01 ސެޕްޓެމްބަރ 2022 - 12:02
ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ޒިންގްޖިއާންގައި ދިރިއުޅޭ އުއިގާ ދަރިކޮޅުގެ މުސްލިމުންނާއި އެހެން ދަރިކޮޅުތަކުގެ ބައިމަދު މުސްލިމުންގެ ތެރެއިން، ޗައިނާ ސަރުކާރުން ހައްޔަރުކޮށްފައިވާ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވެދާނެ ކަމަށް އދ. އިން ތުހުމަތުކޮށްފި އެވެ.
ޗައިނާ ސިފައިން ހައްޔަރުކޮށްފައިވާ މުސްލިމުންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދޭ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އދ.ގެ ފަރާތުން ކުރި ތަހުގީގުތަކަށް ފަހު އިއްޔެ އާންމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ބައިމަދު މުސްލިމުންނާ ދެކޮޅަށް ހަރުކަށި ލާއިންސާނީ އަނިޔާތައް ދީފައިވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެފަދަ އަނިޔާތައް ދީފައިވާކަމަށް ކަނޑައެޅޭ ވަރުގެ އިތުބާރު ހުރި ހެކި ލިބެން ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
ހައްޔަރުކޮށްފައި ތިބި އުއިގާ ދަރިކޮޅުގެ މުސްލިމުންނާއި އެހެން ދަރިކޮޅުތަކުގެ މުސްލިމުންނަށް، ލާއިންސާނީ އަނިޔާތައް ދޭ ކަމަށް ތުހުމަތުކޮށް އދ. އިން ކުރި ތަހުގީގަކީ ހުޅަނގުގެ ގައުމުތަކުން ރާވައިގެން ކުޅުނު ޑްރާމާއެއް ކަމަށް ޗައިނާ އިން ބުނެ އެވެ. އެހެންކަމުން، އެ މައްސަލަ އދ. އިން ތަހުގީގު ކުރިޔަސް، އެ ތަހުގީގުގެ ރިޕޯޓް އާންމު ނުކުރުމަށް ޗައިނާ އިން ދިޔައީ ގޮވައިލަމުންނެވެ.
އދ.ގެ ޓީމަކުން މައްސަލަ ތަހުގީގު ކުރިތާ އެތައް މަހެއް ފަހުން، އިއްޔެ އާންމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ގައުމީ ސަލާމަތާ ބެހޭ ގާނޫނުތައް، ޗައިނާ ސަރުކާރުން ނަހަމަ ގޮތުގައި ބޭނުންކުރަމުން ދަނީ، މުސްލިމުންގެ ބައިމަދު ޖަމާއަތްތަކުގެ ހައްގުތައް ނިގުޅައިގަތުމަށެވެ. އަދި އެގޮތަށް ޗައިނާ ސަރުކާރުން އަމަލު ކުރުމުގެ ސަބަބުން، "ހިތު ހުރި ގޮތަކަށް މީހުން ހައްޔަރު ކުރުމުގެ" ސަގާފަތެއް އަށަގަންނަމުން އަންނަ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނާގެ އޮފީހުން ނެރުނު އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޗައިނާ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި މުސްލިމް ގައިދީންނާ މެދު ޖަލުތަކުގައި މުއާމަލާތު ކުރަމުން ދަނީ ވަރަށް ދަށު ދަރަޖައެއްގަ އެވެ. އަދި ބައެއް ގައިދީންނަށް ޖިންސީ އަނިޔާ އާއި މިންތީ ގޯނާތައް ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވެ އެވެ.
ގައިދީންނާ މެދު މުއާމަލާތުކުރާ ގޮތްތައް ކުށްވެރިކޮށް، އދ.ގެ ރިޕޯޓްގައި ޗައިނާ ސަރުކާރަށް ގޮވާލާފައިވަނީ ކުށަކާ ނުލައި ހައްޔަރުކޮށްފައި ތިބި އެންމެން ވަގުތުން ދޫކޮށްލުމަށެވެ. އަދި ޗައިނާ ސަރުކާރުން މުސްލިމް ގައިދީންނާ މެދު އަމަލުކުރަމުންދާ ގޮތުގެ މައްސަލަތައް، ކޮމިޝަން އޮފް އިންޓަނޭޝަނަލް ކްރައިމްސް އަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އޭގެ ތެރޭގައި މުސްލިމް ގައިދީންނާ ދެކޮޅަށް ހިންގާ އިންސާނިއްޔާ ޚިލާފު ޖަރީމާތައް ހިމެނެ އެވެ.
އދ.ގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޗައިނާ ސަރުކާރުގެ ޖަލުތަކުގައި، ކުށަކާ ނުލައި ހައްޔަރުކޮށްފައި ތިބީ ބައިމަދު މުސްލިމުންގެ ކިތައް ގައިދީންކަމެއް ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އިދާރާތަކުން އަންދާޒާކުރާ ގޮތުގައި، މުސްލިމް ދަރިކޮޅުތަކުގެ ގައިދީން ހައްޔަރުކޮށްފައި ބޭތިއްބުމަށް ޒިންގްޖިއާން ސަރަހައްދުގައި ހަދާފައިވާ އަސްކަރީ ފޭލިގެތަކުގައި މިލިއަނަކަށް ވުރެ ގިނަ ގައިދީން ހައްޔަރުކޮށްފައި އެބަ ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
03 September 2022
އިޒްރާއީލުން މުސްލިމުން މަރާ ހުސްކިރާއިރު އދ ނިދާފަ
ބޯހަރު
03 September 2022
އިންސާނުންނަކީ ކުރިން ވެދިޔަ އަދި ބޮލަށް ކައިރިން އަޅާލަދޭގޮތަކައްވުރެ ލޯބޯހުޅުވާލައިގެން ވާނުވާބެލުމުގެބަދަލުގަ ހިހޫތަނުންކާލަންދަސްވެފަތިބިބައެއް
އަބްޑޫޅް
03 September 2022
އިސްލާމުން އެހެން މީހުންނަށް ކުރާ އަނިޔާގެ ވާހަކަ ނުލިޔެނީ ކީއްވެގެން؟
އަހަދު
05 September 2022
ދުނިޔޭގެ ގިނަގައުމުތަކުގައި މުސްލިމުންނަށް އެތައް އަނިޔާއެއް އެބަދޭ، މުސްލިމުން އެހެން މީހުންނަށް އަނިޔާދޭ ކަމަކަށް ނުބުނޭ. ލަންކާގަ، އިންޑިޔާގަ، އިސްރާއީލުގައި، ޗައިނާގައި، މިޔަންމާގައި މުސްލިމުންނަށް އަނިޔާވެރި ލާއިންސާނީ އަނިޔާކޮށް މަރާ މިއީ މުސްލިމުންނަށް ތަހައްމަލުކުރެވޭނެ ކަމެއް ނޫން.
އަފްރާސިޔާބު
02 September 2022
އދ. (އަބަދު ދޮގު) ހެދުމުގައި އުޅެންޖެހެނީ އެބައިމީހުންނަށް މުސާރަ ލިބެނީ އެމެރިކާއާއި ޔޫރަޕުން އެހެން ގައުމުތައް ފެލައިގެންނާއި ވަގަށާއި ދިގަށް ދަމާ ފައިސާއިން ކަމަށްވާތީ. އަބަދު ދޮގު ތުހުމަތު އަޅުވައި އެހެން މީހުންނާ ދިމާއަށް އިނގިލި ދިއްކުރާއިރު އެމެރިކާއިންނާއި ޔޫރަޕުން އަފްޤާނިސްތާނާއި ޕާކިސްތާނުން އަތުލައިގަނެ ކުރި އަނިޔާތަކާއި އިރާގާއި ސީރިއާގެ ރައްޔިތުން ހައްޔަރުކޮށް އޮރިޔާންކޮށް ކަރުގައި ވާޖަހައިގެން ދެމިގޮތުގެ ރިޕޯޓް ނެރެން ނުކެރުނީޔޯ؟
އެމްސް
02 September 2022
މިޤައުމުގަ، ދިވެހިން ދިވެހީން އެބަ މަރާ، އެކަމަކު މިއީ %100 މުސްލިމް ވެސް ޤައުމެއް! އެހެންކަމުން ޗައިނާ އަދި ފަލަސްޠީނުގަ ނަމަވެސް ކާފިރުން މުސްލިމުންނަށް އަނިޔާކުރުމީ ޙައިރާންވާން ޖެހޭ ކަމެއް ނޫން އެހެނަސް ކޮށްގެން ވާނެ ކަންކަމެއް ނޫން! އިންސާނުން އިންސާނުންނަށްވުރެ ބޮޑަށް ޖަނަވާރުންނަށްވެސް އެބަ ބަލާ!
ރޮޓެން ރަމްސްފީލްޑު
01 September 2022
އާނ އާނ! އެމެރިކާ ސަރުކާރުން ގޯންޓަނާމޯ ބޭ ޖަލުގައި މުސްލިމުން ގެންގުޅުނީ ވަރަށް އިންސާނީ ކޮށް، މީހަކު ލޯބިން ދޫނިތަކެއްވެސް ނުގެންގުޅޭހާ
ނެތްޔަގީން
01 September 2022
ހިންގާފައި ވެދާނެކަމަށް ކީއްވެބާ މިފަހަރު އެ ބުނަނީ. އެއަށްވުރެ ޔަގީންކޮށް ބުނާނަމަ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރގެ އޮފީހުން ރާއްޖެއާ ބެހޭ ގޮތުން އެންމެ ކުރިއްސުރެ ނެރެމުން އަންނަ ރިޕޯޓްތަކުގައި ވާ ބައެއް ހަގީގަތާ ހިލާފް ކަންކަމަށް ބަލާއިރު އެހެން ގައުމުތަކާ ބެހޭ ގޮތުން އެންމެ ތެދު ރިޕޯޓް ނެރެވޭނެ ގޮތެއް ވަކި ނޯންނާނެ.
އަސަދް
01 September 2022
ބައްޝާރު ސީރިޔާގެ މުސްލުން މަރަނީޔޭ ކިޔައިގެންވެސް މިހެން ހަމަ ޕްރޮޕެގެންޑާ ފެތުރި. ކޮރޯނާޔާއެކު ގައުމުތަކުގެ ބޯޑަރު ބަންދުވުމުންނާ މީހުންގެ ސިކުނޑި ދޮވެލައިގެން އެތަނަށް ގެންދެވޭވަރު މަދުވާން ފެށިފަހުން ސީދާ އިޒްރާއީލުން ސީރިޔާއަށް ހަމަލާ ދެނީ. ގައުމުގެ އެންމެ ތެލުގެ މުއްސަނދިކަން އޮތް ހިސާބު އެމެރިކާ މީހުން އެތިބީ މިލިޓަރީ ބޭސް ހަދައިގެން ވަގަށް ތެޔޮ ބޭރުކުރަން. މިހަނގުރާމައިގެ ހަގީގީ ބޭނުމަކީ އީރާނާ ރަޝިޔާގެ ބާރު އެ ސަރަހައްދުން ކުޑަކުރުން.
އަދިބުނަން
01 September 2022
އަދިކޮބާ އެސަރަހަށްދުގަ ރެފިއުޖީންނަށްވެފަ ތިބި ނިކަމެތި އާއްމު ރައްޔިތުން ބުރަ މަސައްކަތް ކޮށްގެން ހައްދާ ގޮވާން ދަނޑުތަކުންވެސް ދަންވަރުގަޑީގަ ވަގަށް ގޮވާން ކަނޑައިގެން އެމެރިކާ ސިފައިންގެ ޓުރަކުތަކުގަ އެހެރަ ގެންދަނީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްތާ އިންސާނިއްޔަތުކަމެއްވެސް ނެތް..މީ މިވެރިންގެ ފެންވަރު..
ޕްރޮޕެގެންޑާ
01 September 2022
"ނަމަވެސް އެފަދަ އަނިޔާތައް ދީފައިވާކަމަށް ކަނޑައެޅޭ ވަރުގެ އިތުބާރު ހުރި ހެކި ލިބެން ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ."
ބީރުބޮލު ވަޒީރު.
01 September 2022
ޗައިނާ ސަރުކާރުން މުސްލިމުންނަށް އަނިއާކުރާ ވާހަކަ މިރާއްޖޭގައި ގިނަމީހުން ގަބޫލެއް ނުކުރޭ. އެމީހުން އެއަށްވުރެ ޗައިނާދެކެ ލޯބިވޭ. ނޭނގެ ކޮންފަދަ ސިހުރެއްގައި ޖެހިފައިިކަމެއް. ޗައިނާގައިވެސް މުސްލިމު އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މުސީބާތަކީ ހަރުކަށި ހައްދުފަހަނައެޅުން. ނުވަތަ ވައްހާބިޒަމް. މީހުންގެ ސިކުނޑި ދޮވުން. ޖާހިލިއްޔަ ޒަމާނުގެ ޢަރަބިން ބަދަވީންގެ އުޅުން އެއީ އިސްލާމްދީންކަމުގައި ވިސްނައިދެނީ. ރާއްޖެވެސް މިވަނީ އެ މުސީބާތުގައި.
އެހެންވީމާ
01 September 2022
ޗައިނާގަ ހަރުކަށި ހައްދުފަހަނައެޅި މީހުން މަގަށް އަޅުވަން ކަންކަން ކުރީމަ މުސްލިމުންނަށް އަނިޔާ ކުރާ ކަމަށް ނޫންބާ ވާނީ. މިގައުމުގަ ބައެއްގެ ތުނބުޅީގަ ޗިލީ ސޯސް އުނގުޅި ކަމަށް ބުނާ މައްސަލަވެސް ވެގެން ދިއައީ ދީނީ މީހުންނަށް އަނިޔާކުރުން ކަމަށް. އެކަމާ ގުޅިގެން އެ ޒާތުގެ ހުރިހާ ދީނީ މީހުން އެ ސަރުކާރާ ދެކޮޅުވި. އެމީހުންނަށް ފަހުން މިނިވަންކަން ދިންލެއް ބޮޑުކަމުން މިއަދު އެމީހުންގެ އާބާދީ އެހާ ބޮޑުވެއްޖެ.
ށަވިޔަނި
01 September 2022
މުސްލިމުންނަށް ހުރިހާ އެންމެން އަނިޔާކުރޭ ކުރާނެ. މުސްލިމުން ޚުދު އެއްބަޔަކު އަނެއްބަޔަކު އެބަ މަރާ. ހާބީން އެ މީހުން ނޫން މީހުން ކާފިރުކުރޭ.
ބީރުބޮލު ވަޒީރު
02 September 2022
މީ އަހަރެންގެ ކޮމެންޓެއްނޫން. މީހުންގެ އައިޑީ ވަގަށް ނަގައިގެން ކޮމެންޓު ކުރުމަކީ ހާދަ ހުތުރުކަމެކޭ.