ޚަބަރު / ހިޔާ ފްލެޓްތައް

ހިޔާ ފްލެޓެއްގެ 13 ވަނަ ބުރިން ކުއްޖަކު ވެއްޓެނިކޮށް ސަލާމަތްކޮށްފި

ހިޔާ ފްލެޓުން ވެއްޓުނު ކުއްޖާ ސަލާމަތްކުރަނީ --- ފޮޓޯ/ސޯޝަލް މީޑިއާ

ހިޔާ ފްލެޓްގެ ޓަވަރެއްގެ 13 ވަނަ ބުރިން ކުޑަކުއްޖަކު ވެއްޓެނިކޮށް ސަލާމަތްކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކުއްޖާ އޮތީ ބެލްކަނީގެ ދަގަނޑުތަކުގައި އެލިގެންނެވެ. އަދި އެ ކުއްޖާގެ އަތުގައި އެވަގުތު ހިފަހައްޓައިގެން މީހަކު ހުރި މަންޒަރު ފޮޓޯތަކުން ފެނެ އެވެ.

ބެލެވޭ ގޮތުގައި އެއީ 10 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ އެ ކުއްޖާ މިހާރު ސަލާމަތް ކޮށްފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

18 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 29%
icon angry icon angry 25%
icon wow icon wow 33%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފުޅު1111

03 September 2022

ހިޔާ ފުލެޓަކުން މީހަކު ފުންމާލިއްޔާ ނޫނީ ނުވެއްޓޭނެ. މަށަކީ 5 ފޫޓް 3އިންޗި ހުންނަ މީހެއް. ތިޔަ ބެލްކަނީކައިރީގައި ހުންނައިރު އޭގެ އުސްމިން މޭކަށިގަނޑަށްވުރެ އުސް. ްu

The name is already taken The name is available. Register?

ވަހީދު

03 September 2022

ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އުޅޭ އިމާރާތްތަކުގެ ކުޑަދޮރާއި ބެލަކަނީ ތަކުގައި ހުންނަން ޖެހޭނީ ދާޖަހާފައި. ވަރަށް ކުރުކޮށް މިބުނީ. އަހަންނަށް ބާރެއް ލިބިފައި އޮތްނަމަ އެކަން އެގޮތަށް ކުރުމަށް މަޖުބޫރު ކުރީމުސް.

The name is already taken The name is available. Register?

ކޮންމެސް މީހެއް.

02 September 2022

އަހަރެން ހިތައް އަރަނީ އެންމެން އިމާރާތް ގޯސް މިކުރަނީ ކީއްވެ ބާއޭ؟ ކޮބައިތޯ ބެލެނިވެރިޔާ. ކުއްޖާ އުޅޭ ނޫޅޭ ގޮތް ބަލަން ޖެހެނީ އިމާރާތާ ތޯ؟ ނޫނީ އިމާރާތް ކުރި ފަރާތުންތޯ ނޫނީ ކުއްޖާ ބެލުމުގަ އިހުމާލު ވި ނޫނީ ފަރުވާ ކުޑަ ކުރި ބެލެނިވެރިޔާ ތޯ؟

The name is already taken The name is available. Register?

ގުއިޓައްޕަންއައްޔައްޕާ

02 September 2022

އަހރުމެން ދިވެހިން ކަނޑުމަސް ކައިއުޅޭތީ ބަނޑުދަށު ތިކިޖެހި ލައްޓިސިކުޑި މިހުންނަނީ. ކައުންސިލުން މާރުކޭޓުމަތިވެސް ބަންދުކުރީ. މިހާރު ގޯސްމިވަނީ ފްލެޓު އުސްވީމަ. މާލޭގައިިވެސް ގިނަމީހުންނަށް މިއުޅެވެނީ ތިންހަތަރު ފްލޯއެއް މަތީގަ. ކުދިން ބެލެހެއްޓުމުގެ ޒިއްމާއެއް އިމާރާތް ކުރާއިރު ބަހައްޓަން ޖެހޭ ރައްކާތރިކަމުގެ މިންގަޑެއްގެ ވާހަކަ ދައްކާ އެކަމަށް ހައްލެއް ހޯދަން ނުޖެހޭބާ.

The name is already taken The name is available. Register?

ވަހީދު

03 September 2022

މާ ކުރިން ދިވެހިން ކަނޑުމަސް ކައި އުޅުނީ. މިހާރު ކަނީ ދެތިން މަސް ވަންދެން އައިސް ކޮށްފައި ހުންނަ ކުކުޅާއި ތަރުކާރީ ތެލުލައިގެން.

The name is already taken The name is available. Register?

ޙިނި

02 September 2022

މިކަހަލަ އުސް އިމާރާތް ތަކުގަ ސޭފް ބެލްކަނިލާންވީ ނޫނީ ބެލްކަނި ނުލާވީ، ތިޔަ ހިޔާ ފުލެޓު އަދި މާލޭގެ ގިނަ އިމާތާރް ތަކުގަ ހުންނަނީ 1 ފޫޓު ނޫނީ 1.5 ފޫޓު ފުޅާ ބެލްކަނި. ބެލްކަނި ބަކައްޓަންޏާ ސްޓޭންޑަޑެއް ކަންޑަ އަޅާބަލަ، އަދި ބެލްކަނި ތަކަކީ ރައްކާރެރި ތަނަކައްހަދާބަލަ

The name is already taken The name is available. Register?

ގިނި

02 September 2022

ކިތަންމެ ފުޅާ ބެލްކަންޏަކަސް ވެއްޓެންވެއްޖެނަމަ ވެއްޓޭނެ. އެތަނުގަ ހުންނަ ބެލްކަނި ސޭފްނުވާނެ ގޮތެއް ނެތް. ބެލްކަނިން ބޭރަށް ވެއްޓޭނެ ގޮތް ނޭނގޭވަރު މީހުން ނުއުޅޭނީ އެފަދަ ތަންތަނުގައި.

The name is already taken The name is available. Register?

ޙޙ2022

02 September 2022

ޥަރުގަދަ ހިޔާފްލެޓެއްތާ؟ ބޮއިހަލަކި

The name is already taken The name is available. Register?

"ބޯހަލާކު"

02 September 2022

"ބޮއިހަލަކި" މީ ދިވެހި ބަހެއްބާ، ބޮއި އެގުނަސް މިހެން މި ބުނަނީ ކީކޭ ބުނަން ކަމެއް ނޭގެ. ވަރަށް ގިނަ ކޮމެންޓުން ފެންނަ ބަހެއް މިހާރަކު، ބުނަން އެ އުޅެނީ ކީކޭ ކަމެއް ނޭގެ

The name is already taken The name is available. Register?

ސަލީމު އިދުރީސް

02 September 2022

ބައެއްކަހަލަ ހާލަތްތަކުގަ މީހުން ވީޑިއޯކޮއް ފޮޓޯ ނަގާތަން ފެނުނީމަ ރުޅިއައިސް ހިތަންއަރާ ފޯނުގަނޑު އަތުލާފަ ބިމުގަޖާ ހަލާކޮއްލަންވީއޭ!އެހެން ކުއްއްޖަކު އެލިފަ ހުންނަތަން ފެނިއްޖޭއާ އެންމެ ކައިރި އަތުޖެހެން ހުރިތާކުން ސަތަރިގަނޑެއް ބެޑުސީޓެއް ފަދަ އެއްޗެއް ދަމައިގަނެގެން ގިނަބަޔަކު ހަތަރު ކަނުގަ ހީފާ ކުއްޖަވެއްޓޭ ދިމާލުގަ ދާމާފަ ދެންތިބިމީހުން މައްޗައްގޮސް ކުއްޖަސަލާމަތް ކުރެވޭތޯބަލާނީ މިހެން ހަދައިފިނަމަ ފުރާނަ ސާލާމަތް ކުރުގެ ފުރުސަތު ބޮޑުވާނެ

The name is already taken The name is available. Register?

ށަވިޔަނި

01 September 2022

އަދި ތި އިމާރާތްތައް މާތިރި. 50 ބުރިއަށް ނަގާ. އޭރުން ރަނގަޅުވާނެ.

The name is already taken The name is available. Register?

ކަކުނިބޯ

02 September 2022

5ބުރި.މަތިންވެއްޓުމާ 100ބުރި.މަތިންވެއްޓުމާ ނިކުންނާ ދާދި.އެއްނަތީޖާއެއްކަމަށް ފެންނަނީ

The name is already taken The name is available. Register?

ނޫނު

02 September 2022

އިމާރާތް ގޯސް ވީ ކިހިނެއް؟

The name is already taken The name is available. Register?

މަބަލްދީބް

01 September 2022

ފޮޓޯ އެކަނި ބަލާފަ މަގޭ މޭގަނޑު އަތަށް އައިއްސި..

The name is already taken The name is available. Register?

އަހްމަދ

01 September 2022

ޕޮލިހުން ތިޔަ ކިޔާ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ދިއުން ނިމޭތަނެއް ނާދޭ. ކަރަށް ވަޅި ޖެހި މީހާވެސް ނަސަބުން މާމޮޅުވީމަ އަދިވެސް ބަލަން ޖެހޭ ކަންކަން ބަލަނީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454