އެޓާނީ ޖެނެރަލް ރިފްއަތު: 65 އަހަރު ނުވިޔަސް، ފަނޑިޔާރުންނަށް ރިޓަޔާވެވޭ ގޮތަށް އިސްލާހު ހުށަހަޅާނެ ކަމަށް ވިދާޅުވި --- ފޮޓޯ/މަޖިލިސް
01 ސެޕްޓެމްބަރ 2022 - 18:04
އުމުރުން 65 އަހަރު ނުވިޔަސް، ފަނޑިޔާރުންނަށް ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާ ކުރެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުންގެ ގާނޫނު މިހާރު ގާނޫނު އޮންނަ ގޮތުން އަމިއްލައަށް އެދިގެން ރިޓަޔާ ކުރެވެނީ 55 އަހަރުވުމުންނެވެ. އެކަމަކު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގައި އޮތީ އެ އުމުރު 65 އަހަރަށް މަތިކުރަން ހުށަހަޅައިފަ އެވެ.
އެޓާނީ ޖެނެރަލް ރިފްއަތު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އާ އިސްލާހު ފާސްވިޔަސް، 65 އަހަރުން ދަށުގެ ފަނޑިޔާރުންނަށް ވަކި މުއްދަތެއްގެ ތެރޭގައި އަމިއްލައަށް ރިޓަޔާ ވެވޭނެ ގޮތަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ. އަދި ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް ލިވިން އެލަވަންސްގެ ގޮތުގައި އިތުރަށް ދިނުމަށް އެ ބިލުގައި ހިމަނާފައިވަނީ މިހާރު ލިބެމުންދާ އެއްވެސް އެއްޗެއް އުނި ނުވާނެ ގޮތަށް ކަމަށް ވެސް ރިފްއަތުގެ ޓްވީޓްގައިވެ އެވެ.
އަދި ޤާނޫނަށް ޢަަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔަރކުރަން ބޭނުންވާ 65 އަހަރުން ދަށުގެ އަދި ކަނޑައެޅޭ ވަކި އުމުރަކަށްވުރެ މަތީ ޢުމުރުގެ ފަނޑިޔާރުންނަށް އެ ފުރުޞަތު ލިބޭ ގޮތަށް ޤާނޫނު އިޞްލާޙުކުރުމަށް ހުށަހަޅާނަން
— I Riffath (@ibriffath) September 1, 2022
ރިފްއަތުގެ ޓްވީޓް
މީގެ އިތުރުން ފަނޑިޔާރުން ދިރިއުޅޭ ރަށުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ނަމަ، އެތަނެއްގައި ހިންގާ ފްލެޓް ނުވަތަ ގޯތި ދޫކުރުމުގެ ސްކީމްތަކުގައި ބައިވެރިވެވޭނެ ގޮތަށް ވެސް އިސްލާހު ހުށަހަޅާނެ ކަމަށް ރިފްއަތުގެ ޓްވީޓްގައިވެ އެވެ.
ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު އޮންނަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދުދީދީ
02 September 2022
ޤާނޫނަށް އިސްލާޙް ގެންނަން މަޖިލީހަށް ފޮނުވުމަށް ފަހު،އިސްލާޙަށް ބަހުސް ނުފެށިގެން އުޅެނިކޮށް، އިސްލާޙް ހުށަހަޅަން ޖެހިފައި ތިޔަވަނީ. މީދެން ތަންފުކެއް ބޮޑުވަރު. ތިޔަ ކަންކަމަކީ އޭޖީގެ ހެޔޮފުޅު ކަމުން ފަނޑިޔާރުންނަށް ކޮށްދޭ ކަމެއްކަން ދެއްކުން ބަލައެއް ނުގަނެވޭ. އޭޖީ އަކީ މައްސަލަތަކުގައި ފަނޑިޔާރުންގެ ކުރިމައްޗަށް ދާ ޚަޞްމެއް.
ލަންޑާ
01 September 2022
ވެވިގެން ނުވާނެ ތިޔަހާ އިނާޔަތްތައް ދީފަޔެއް. ކޮން މަގުމައްޗެއްތަ އެ މީހުން ވާނީ، ކުލި ދެއްކޭނެހާ ލާރި މަހަކު ދޭއިރު، ރިޓަޔަމަންޓުގެ ގޮތުގައި.