ރިޕޯޓް

މިހާރު ވެސް ބޮއްސުންލާފައި، ޕާކްކުރުން އެއްކޮށް މަނާކުރުމުން ހައްލުވީބާ!

މަޖީދީ މަގު ތޮއްޖެހިފައި: މިނީ ބަހުގެ ދަތުރުތައް ފެށުމަށް ޕާކްކުރުން އެއްކޮށް މަނާކުރިޔަސް އަދި ފެންނަނީ ބާރު ބޮޑުކޮށް.

މާލޭގެ ބޮޑުތަކުރުފާނު މަގުން ސަލްމާން މިސްކިތް ކައިރި އާއި ކާނިވާ ސަރަހައްދުން އެ މަގަށް އެކަނި ބަލައިލިޔަސް މަންޒަރު ސާފުވާނެ އެވެ. މާ ސިންގާ ބަސްތައް އެ މަގުން ދަތުރުކުރާތީ މަގުގެ ދެ ފަޅީގައި ޕާކްކުރުން މަނަލެވެ. އެކަމަކު، ދެ ފަޅީގައި އުޅަނދުފަހަރު ޕާކް ނުކުރާ ގަޑިއެއް މަދެއް ނޫނެވެ. ހަތަރުފުރޮޅުކީ އުޅަނދުފަހަރުތަކުގެ ޕާކިން ޒޯނަކީ ވެސް ޕާކްކުރުން މަނާ ބޮޑުތަކުރުފާނު މަގުހެން ހީވާ ފަހަރު އާދެ އެވެ. ދެ ފަޅީގައި ޕާކްކޮށްފައި ޑްރައިވަރުން ގޭގައި ތިބެނީ އަރާމު ނިދީގަ އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރުތައް ފެށިއިރު، ބޮޑުތަކުރުފާނު މަގުން ތާރު އެޅި ސަރަހައްދު ފުލުހުން ވަރަށް ބޮޑަށް މޮނިޓަ ކުރިޔަސް އެ ކަން ބޮއްސުންލިތާ ކިތަންމެ ދުވަހެކެވެ. ފުލުހުންނަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުގެ ނަތީޖާއަކީ އެ މަގުގެ ދެ ފަޅީގައި ވެސް ޕާކްކުރުން އިތުރުވެ، އާންމު ކަމަކަށް ވުމެވެ. އޭގެ އެތައް ދުވަހެއް ފަހުން މިހާރު މި އުޅެނީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަޖީދީ މަގާއި އެހެން ބައެއް މަގުތަކުގައި ޕާކްކުރުން މަނާކޮށް، މިނީ ބަހުގެ ދަތުރުތައް ފަށާށެވެ. ބޭނުމަކީ މިނީ ބަހަށް ފަސޭހައިން އެ މަހުތަކުން ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމެވެ.

އެކަމަކު، ސުވާލަކީ ބޮޑެތި ބަސްތައް ދަތުރުކުރަން ޕާކްކުރުން މަނާކުރި "ކުޑަކުޑަ ތަންކޮޅެއް" ގައި ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދުފަހަރުތަކަށް ފިޔަވަޅު ނޭޅޭއިރު އެންމެ ބާރު ބޮޑު މަޖީދީ މަގާއި އަމީނީ މަގު އަދި އޯކިޑް މަގު ފަދަ މަގުތައް ފުލުހުން ބަލަހައްޓާނީ ކިހިނެއް ހެއްޔެވެ؟ މިހާރު ވެސް މި އުޅެނީ މާލޭގެ ޓްރެފިކް ބެލެހެއްޓުން ބޮއްސުންލައިގެންނެވެ. ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، ވެހިކަލްތަކަށް ކުރިއަށް ނުދެވި، ބައެއް މީހުން ހަދާނެ ގޮތް ހުސްވާއިރު ވެސް ޓްރެފިކް މައިތިރި ކުރާނެ ފުލުހުން ފެންނަނީ މަދު ފަހަރަކު އެވެ. އެ މީހަކަށް ފެނުނު ގޮތަކަށް ދުއްވަންވީ އެވެ. ޕާކްކުރަންވީ އެވެ.

މާލޭގެ ޓްރެފިކް ހެޑް، ސުޕްރިންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވެސް ވިދާޅުވީ، ބޮޑުތަކުރުފާނު މަގުން ވަކި ސަރަހައްދެއްގައި [ސަލްމާން މިސްކިތް ކައިރިން ފެށިގެން ފެރީ ޓާމިނަލާ ހަމައަށް] ދެ ފަޅީގައި ޕާކްކުރުން އިތުރުވާ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. ބައެއް ފަހަރު އެ އުޅަނދުތަކަށް ފިޔަވަޅު އެޅި ނަމަވެސް އެ ކަން ރަނގަޅުކޮށް، ހަރުދަނާ ކުރަންޖެހޭ ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަތެވެ.

މާލޭގެ ޓްރެފިކް ހެޑް، ސުޕްރިންޓެންޓް އޮފް ޕޮލިސް ސަމީރު: މަޖީދީ މަގުގެ ޓްރެފިކް ކަންކަން ހަމަޔަކަށް އަޅުވަން އިތުރު ކަންކަން ކުރަންޖެހޭ ކަމަށް ވިދާޅުވި.

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އިތުރަށް އެ ކަންތައް ބަލާނަން. އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަ ކުރާނަން. އެ ދިމާ ވެސް ހަމަޔަކަށް އަޅުވަން އަޅުގަނޑުމެން ވަރަށް ބޮޑަށް ފޯކަސް ކުރާނަން،" ސަމީރު ވިދާޅުވި އެވެ.

މާލޭގައި މިނީ ބަހުގެ ޓެސްޓް ދަތުރުތައް ރަސްމީކޮށް ފަށާނީ މާދަމާ އެވެ. އެކަމަކު، މަޖީދީ މަގުގައި ޕާކްކުރުން މަނާކޮށްފައި އޮންނަތާ ތިން ހަފުތާއެއްހާ ދުވަސް ވީއިރު އަދި ފެންނަނީ ވަރަށް ބާރު ބޮޑުކޮށެވެ. ކުރިއަށް ވުރެ މާ ބާރު ބޮޑުހެން ހީވާ ފަހަރު މަދެއް ނޫނެވެ. ހަތަރު ފުރޮޅުލީ އުޅަނދެއް އެ މަގުގެ އެއް ފަޅި އަށް މަޑުކޮށްލާއިރަށް ދެ ފަޅީގެ ޓްރެފިކް ހުއްޓޭ ފަހަރު ވަރަށް ގިނަ އެވެ. މިއީ އަދި ބަސްތަކުގެ ދަތުރު ނުފެށެނީސް އުޅޭ ހާލެވެ.

ސަމީރު ވިދާޅުވީ، މަޖީދީ މަގުގައި ޕާކްކުރުން އެކަނި މަނާކޮށްގެން ހައްލެއް ނުފެންނާނެ ކަމަށެވެ.

"ދުނިޔޭގެ އެއްވެސް ތަނެއްގައި މުދާ އުފުލާ ވެހިކަލްތައް 24 ގަޑިއިރު ހުރިހާ މަގުތަކަށް ނުވަންނާނެ. ބައެއް ބަދަލުތައް ގެނެސްގެން ޓްރެފިކް ފްލޯ އެކަށީގެންވާ ގޮތަކަށް ދާނީ. އެހެންވީމާ ޕާކްކުރުން މަނާކުރުމާއެކު އެހެން ކަންކަން ވެސް ފުރިހަމަ ވާން ޖެހޭ. މަޖީދީ މަގަކީ ފިހާރަތައް ވަރަށް ގިނަ މަގެއް. އެހެންވީމާ އަޅުގަނޑުމެން އުންމީދު ކުރަނީ މަޖީދީ މަގާއި އަމީނީ މަގާއި ބަސް ދުއްވާ ރޫޓުތަކުގެ އެހެން މަގުތަކުގައި މުދާ އަރުވައި ބާލަން ވަކި ގަޑިތަކެއް ކުރިއަށް އޮތް ތަނުގައި ހަމަޖެހޭނެ ކަމަށް ފަހުގެ ތާރީހެއްގައި،" އޭނާ ވިދާޅުވި އެވެ.

"އެންމެންނަށް ވެސް ފަސޭހަކަމާއެކު މަޖީދީ މަގު ވެސް އަމީނީ މަގު ވެސް އޯކިޑް މަގުން ވެސް ދުއްވަން އޭރަށް ފަސޭހަވާނީ."

މަޖީދީ މަގުގައި ޕާކްކުރުން މަނާކަން އަންގައި ދިނުމަށް ސިންގަލް ލައިން ކުރަހައި ކޯން ބަހައްޓާފައި.

މިނީ ބަހުގެ ދަތުރުތައް ފެށުމަށްޓަކައި އެއްކޮށް ޕާކްކުރުން މަނާކުރި މަގުތަކުގައި ފުލުހުން ކުރަހާފައި ވަނީ ރީނދޫ ކުލައިގެ ސިިންގަލް ލައިނެކެވެ. އެ ލައިނުގެ މާނައަކީ މަގުގެ އެއް ފަޅީގައި ވެހިކަލްތަކަށް މަޑުކުރެވިދާނެ ކަމެވެ. އެކަމަކު ޕާކެއް ނުކުރެވޭނެ އެވެ. ޕާކްކުރުން މަނާކަން އަންގައިދޭން މީގެ ކުރިން ފުލުހުން ކުރަހަނީ ޑަބަލް ލައިނެކެވެ.

ސަމީރު ވިދާޅުވީ، ސިންގަލް ލައިނު ކުރަހާފައިވާ ސަރަހައްދުގައި އުޅަނދުފަހަރަށް މަޑުކުރެވުނަސް އެ އުޅަނދެއްގައި ޑްރައިވަރު ނުވަތަ ދުއްވާ މީހާ ހުންނަން ޖެހޭނެ ކަމަށެވެ.

"އެ އުޅަނދެއް މަޑުކޮށްގެން ހުންނަ ހުރުމުގައި ވެސް މަގަށް ތެދުވާ ގޮތަށޭ ސައިކަލް ބަހައްޓައިގެން ހުންނަން ޖެހޭނީ. މަގަށް ދަތިވެގެން ނުވާނެ. ޑްރައިވަރެއް ނެތިއްޔާ އަޅުގަނޑުމެން ބަލާނީ ޕާކްކުރީ ކަމަށް. އެ ކަންކަން އަޅުގަނޑުމެން ބަލަމުން ދާނަން،" އޭނާ ވިދާޅުވި އެވެ.

ސަމީރު ގަބޫލު ކުރައްވާ ގޮތުގައި މިނީ ބަހުގެ ދަތުރުތައް ފަށަންވާއިރަށް ހުސްކުރި ޕާކިން ޒޯނުތަކަށް ވުރެ ގިނައިން ޕާކު ކުރެވޭނެ ޖާގަ ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ. ބައެއް ޕާކިން ޒޯނުތައް އަދި އަންނަނީ ހަދަމުންނެވެ.

"މާވެޔޮ މަގާއި ޗާންދަނީ މަގާ ދެމެދު އިތުރު ތަންތަނެއް [ޕާކިން އަށް] އަޅުގަނޑުމެންނަށް ނުދެއްކޭ. އެހެން ހުރިހާ ދިމާއަކުން މިހާރު ވާނީ ޕާކިންތައް އިތުރު ކޮށްދީފައި،" ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޖީދީ މަގުގައި ޕާކްކުރަން ބޭނުންވާ މީހުންނަށް އެ މަގުގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯނުތައް ހަދާފައިވާތީ، އެ ތަންތަނުގައި ޕާކް ކުރުމުން މައްސަލަ ހައްލު ވާނެ ކަމަށެވެ.

އަމީނީ މަގުގައި އަލަށް ހަދާ ޕާކިން ޒޯނުގެ މަސައްކަތް ނިންމަން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ.---ފޮޓޯ: މާލެ ސިޓީ ކައުންސިލް

"ސީދާ ކޮންމެ ފިހާރައެއްގެ ދޮރުމަތިން [ޕާކިން] ހަމަނުޖެހޭނެ. ބިއްލޫރިޖެހިގޭ ޕާކިން އާއި ހީނާމާގޭ ޕާކިން ވެސް އެބަހުރި. އެހެން ދިމާތައް ވެސް އެބަހުރި. ސްކޫލް ބަންދު ނުވަތަ ބައެއް ހާއްސަ ދުވަސް ދުވަހު ބާރު ބޮޑުވެދާނެ. އެ ހާލަތުގައި އަޅުގަނޑުމެން ޓްރެފިކް ފުލުހުން ނުކުމެ، ޓްރެފިކް ފްލޯ ހަމަޔަކަށް އަޅުވަން މަސައްކަތް ކޮށްދޭނެ،" ސަމީރު ވިދާޅުވި އެވެ.

މާލޭގެ ޓްފިކްގެ ކަންކަން ގޯހުންގޯހަށް ގޮސްފައިވާއިރު، ކަންކަން ހައްލު ނުކުރެވި އޮތްކަން އެންމެންނަށް ވެސް އެނގެ އެވެ. އެއީ ފުލުހުން އެކަނި ގޯސް ވެސް ކުރެވެން އޮތް ކަމެއް ނޫނެވެ. މިނީ ބަހުގެ ދަތުރުތައް ފަށަންވާއިރަށް، އެ އަށް ވުރެ ދުރު ޕްލޭންތަކެއް ނެތުމަކީ އެއީ ކަމާ ބެހޭ ހުރިހާ އެންމެން ޒިންމާ ނަގަން ޖެހޭ ކަމެކެވެ.

ފުލުހުންގެ ޓްރެފިކްގެ އެންމެ އިސްވެރިޔާ އެ ވިދާޅުވާ، މުދާ އަރުވައިބާލަން ވަކި ހާއްސަ ގަޑިތަކެއް މިހާރު ވެސް ކަމާބެހޭ އިދާރާތަކުން އޮންނަން ޖެހޭނީ ކަނޑައަޅާފައި ކަމަށް ގަބޫލު ކުރެވެ އެވެ. ބަރު އުޅަނދުފަހަރުތައް ވަދެވޭނެ ވަކި މަގުތަކެއް ވެސް އެނގެން ޖެހެ އެވެ. މިހާރު ފެންނަ ހާލަތަށް ބަލާއިރު، އެ ކަންކަން ކޮށްގެން ނޫނީ ހައްލު ވާނެ ކަމަކަށް ނުބެލެވެ އެވެ.

އިމާރާތްތައް ހަދާއިރު، ޕާކިން އަށް މަޖުބޫރު ނުކުރުމާއި މުދާ އަރުވައި ބޭލުން ވަކި ގަޑިތަކެއްގައި ނޫނީ ނުކުރެވޭނެ ގޮތް ހެދުމާއި ބަރު އުޅަނދުފަހަރުތައް ބާރު ބޮޑު މަގުތަކަށް ވަނުން މަނާކުރުމާއި މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލް ކުރުން ފަދަ ކަންކަމުގެ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ބަޔަކު ފިއްތުންތައް ކުރިމަތިކުރާ އިރަށް ނުވަތަ ވެރިކަން ބަދަލުވާއިރަށް މީގެ ތެރެއިން ބައެއް ކަންކަން އެތައް ބަޔަކަށް ދަތިވާ ގޮތަށް އެނބުރޭ ފަހަރު ވެސް މަދެއް ނޫނެވެ.

"އެހެން ޒޯނުތަކަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތައް މާލޭގެ މަގުތަކުގައި އެބައުޅޭ. ޕާކްކޮށްފައި ހުއްޓާ އެބަފެނޭ. މި އަހަރުގެ މިހާތަނަށް އެކަނި ވެސް 100 އަށް ވުރެ އުޅަނދަށް [އެހެން ޒޯނުތަކަށް ރަޖިސްޓަރީ ކޮށްފައިވާ] ފިޔަވަޅު އަޅާފައިވޭ. އެހެންވީމާ އަޅުގަނޑުމެން އެކަނި ނުކުމެ ކަންކަން ހައްލު ކުރަން އުޅުނަކަސް އަދި ނުވޭ. ގަރާޖަށް ދޫކުރާ ތަންތަން ސައި ހޮޓަލަކަށް ނޫނީ ފިހާރައަކަށް ބަދަލުވީމާ ހުރިހާ އުޅަނދެއް ވެސް ހުންނާނީ މަގު މެދުގައި،" ސަމީރު ވިދާޅުވި އެވެ.

"އެހެން އިދާރާތަކުން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަން އަޅުގަނޑު ފާހަގަކުރަން. އެ ކަންކަމަށް އެކަށީގެންވާ ހައްލުވާން އަޅުގަނޑުމެން އުންމީދު ކުރަނީ. އެހެން ނޫނީ މާލޭގައި ކުރިއަށް އޮތް ތަނުގައި ޓްރެފިކް ކަންކަން ގޯސްވުމަކީ ކައިރި ކަމެއް."

ސީދާ ކޮންމެ ފިހާރައެއްގެ ދޮރުމަތިން [ޕާކިން] ހަމަނުޖެހޭނެ. ބިއްލޫރިޖެހިގޭ ޕާކިން އާއި ހީނާމާގޭ ޕާކިން ވެސް އެބަހުރި. އެހެން ދިމާތައް ވެސް އެބަހުރި."--- ސަމީރު

މަޖީދީ މަގުގައި އެއްކޮށް ޕާކްކުރުން މަނާކުރުމުން މިހާރު އެންމެ އާންމުކޮށް ފެންނަ އެއް މަންޒަރަކީ މަގުގެ އެއްފަޅި އަށް ވެހިކަލް މަޑުކޮށްލައިގެން މީހުން ތިބޭ ތަނެވެ. ބައެއް މީހުން ގޭމް ކުޅެން ނުވަތަ ފޯނުން ފިލްމު ބަލަން ތިބެ އެވެ. އެހެން ތިބޭއިރު ވެސް އެ ތިބެނީ މަގުން ދަތުރުކުރާ އެހެން މީހުންނަށް ދަތިވާ ގޮތަށެވެ.

"އެއީ މިހާރު އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެންނަ މަންޒަރެއް. އަޅުގަނޑުމެންގެ އެދުމަކީ އެހެން ނުތިބޭށޭ. އަޅަންޖެހޭ ފިޔަވަޅެއް އެ ހާލަތެއްގައި އަޅުގަނޑުމެން ވެސް އަޅާނެ. ހެވީ ވެހިކަލްތައް މި މަގުތަކަށް ނުވަނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް. ބޭރު މަގު ވެސް އެ އޮތީ،" ސަމީރު ވިދާޅުވި އެވެ.

މާލޭގައި އަދި މިނީ ބަހުގެ ދަތުރުތައް ނުފަށަނީސް ވެސް އެއްކޮށް ޕާކްކުރުން މަނާކުރި ބައެއް މަގުތައް ފެންނަނީ އާދަޔާ ހިލާފަށް ކާރޫބާރޫ ބޮޑުކޮށެވެ. މަގުގައި އެއްކޮށް ޕާކް ނުކުރެވޭތީ، ދުއްވަން ފަސޭހައަކަށް ކުރިއަށް ވުރެ ގިނަ ވެހިކަލްތައް މަޖީދީ މަގުން ދަތުރުކުރާ ކަމަށް ބެލެވެ އެވެ. ބަހުގެ ދަތުރުތައް ރަސްމީކޮށް ފެށުމުން ފުލުހުން އެކަށީގެންވާ ފިޔަވަޅުތައް ދާއިމަށް ނާޅައިފި ނަމަ އަދި މާ ގޯސްވުމަކީ ކައިރި ކަމެކެވެ. އެއީ ބޮޑުތަކުރުފާނު މަގުން ސަލްމާން މިސްކިތް ކައިރިއެއް ވެސް ނޫނެވެ. މާލޭގައި އެތައް ފިހާރައަކާއި އެހެން ގިނަ ބޭނުންތައް ހިފަންޖެހޭ ތަންތަން ހުރި ކާރޫބާރޫ ބޮޑު މަޖީދީ މަގެވެ.

79 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 9%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބވން

05 September 2022

މިކަމަށް ހައްލެއް ލިބޭނީ ހުރިހާ މުއައްސަސާތަކުންވެސް ގުޅިގެން މަސައްކަތްކޮށްގެން ހުރި ދަތިތައްވެސް އޮޅުންފިލުވައިގެން ޑެސިޝަންސް މޭކްކޮށްގެން ސޮލިއުޝަންއަކަށް. އެމީހަކާ އެމީހެއް އެންމެން ބޮޑުހެދިގެން މުސާރަ ނަގައިގެން ކަމެއްނުކޮށްތިބެގެން ހައްލެނުވާނެ. ގައުމީ ރޫހު ޕާޓީ ރޫހެއްނޫން.

The name is already taken The name is available. Register?

ޓްރެފިކް ޖޭމްސް

05 September 2022

އަދިވެސް އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުން ހުއްޓާލާކަށް ނުވަނީތޯ؟

The name is already taken The name is available. Register?

÷މަތީ

05 September 2022

މާލެ އަކީ ހިނގާފާ އުޅޭ ތަނަކަށް ހަދާލާ!

The name is already taken The name is available. Register?

ގަރާޖުއަލީ

04 September 2022

ކޮބާ ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ގަރާޖުތައް. އެތަންތަން ހޯދަނިކޮށް ވަރަށް ބޮޑު ލުޔެއް ލިބޭނެ. އެވާހަކަ ދައްކާލާނެ މީހަކު ނެތީތޯ. އޭސީސީން، އޮޑިޓް އޮފީހުންވެސް ބަލަންޖެހޭ ކަމެއް ނޫންތޯ. އެގަރާޖުތައް ބަޔަކު ފޮރުވައިގެން އުޅެނީ.

The name is already taken The name is available. Register?

ވޯލް

04 September 2022

ހިތު ހުރި ތާކު ޕާކު ކުރަ ހަތަރު ފުރޮޅުލީ ވެހިކަލްތަކުގެ ރަޖިސްޓްރީ ވަކި މުއްދަތަކަށް ހިފަހައްޓަން ފަށާ ބަލަ އަދި ވެރީހާގެ ލައިސަންސާ އެކު އޭރަށް ދެން ނުކުރާނެ ހިތު ހުރިހާ ތާކު ޕާކެއް. ވައްދާނެ ތަނެއް ނެތަސް ކާރި ގެންގުޅެންވޭ.

The name is already taken The name is available. Register?

އުދުހޭ

04 September 2022

މާލޭގައި ޖުއްވަންވީ ޖެޓްސްކީ.

The name is already taken The name is available. Register?

75337

04 September 2022

ތިލަފުށީގަ ހުރިހާކާރަކާ ޓެކޮސީ ޕާކުކުރަންވީ.

The name is already taken The name is available. Register?

87542

04 September 2022

އަދިވެސް ގިނަ މަގުތަކުގަ ޕާކުކުރުން މަނާކުރަންވީ.ހަނި މަގުތަކުގަ އިންގީނުލީ އެއްޗުހި ދުއްވުން މަނާކުރަންވީ.މަގުތަކުގަ ހިނަގާފަ އުޅުވޭ ގޮތް ހަދަންވީ.ސޮކޫލް ފެށޭ ގަޑި އަދީ ނިމޭ ގަޑީގަ ދުއްވުން މަނާކުރަންވީ.ސްކޫލްތަކުގެ ދަރިވަރުން އިންގީނުލީ އެއްޗިއްސާ ދުރުކުރުމުގެ ޕްރޮގަރާމްތައް ހިންގަންވީ.ނޮއިސް ޕޮލިއުޝަން ހުއްޓުވާ.

The name is already taken The name is available. Register?

އެމްސް

04 September 2022

ހުޅުމާލޭގަ ހުރި ސްކޫލްތައްވެސް މާލެއަށް ބަދަލުކޮށް، މިހާރު މާލޭގަ 10 ބުރިއަށް ހުރި ޢިމާރާތްތައް 20 ބުރިއަށް، 14 ބުރިއަށް ހުރި ތަންތަން 28 ބުރިއަށް، 25 ބުރިއަށް ހުރި ޢިމާރާތްތައް 50 ބުރިއަށް ނަގާ، ރާއްޖޭގެ އެންމެން މާލެއަށް ޖަމާކޮށްލަންވީ! ދެން ލާމަރުކަޒޭ ގިނައިން ކީ ވަރަކަށް ޓްރެފިކްގެ ހުރިހާކަމެއް ދާނީ ޙައްލުވަމުން! އޭގެ އިތުރުން ދެކޮޅުޖެހޭ އާމްދަނީގެ އެއްވެސް ވަޒީފާއެއް ރިސޯރޓަކުންވެސް ދިވެއްސަކަށް އޮވެގެން ނުވާނެ!

The name is already taken The name is available. Register?

ޝަކްތީ

04 September 2022

ރާއްޖޭގަ އެކަނި ގޭދޮރުމަތީ ޕާކުކުރެވެނީ ދުނިޔޭގެ އެހެންތަންތާންގަ ވާކަމެއްނޫން މިކީ ދޫނި ރާއްޖެ

The name is already taken The name is available. Register?

ހާސަރު

04 September 2022

މުޅި މާލެ ފުރެންދެން ސައިކަލާ ، ކާރާ ، ޕިކަޕާ ރަޖިސްޓަރީ ކޮސްދީފަ ދެން ބަސްދުއްވަން އުޅުނީމަ ބަހެއްވެސް ނޫން ދުއްވޭނީ !؟ މާދަމާ މަޖީދީމަގު ގަ ފިސާރި ފޯރި ހުއްނާނެ .

The name is already taken The name is available. Register?

އެމްސް

04 September 2022

ޓްރެފިކް އަކީ މަގުމަތީގަ އޮންނަ ނުވަތަ ދުއްވާ އުޅަނދު! އެއްވެސް އުޅަނދެއް އޭގެ ޒާތަކު ނުދުވާނެ ނުން! އެކަން ވާނީ އެ އުޅަނދެއްގަ މީހަކު ހުރެގެން! 2 ބުރި ބަހަކުން ދަތުރު އެކުރަނީ 12 ވަރަކަށް ކާރުގެ މީހުން، އެކަމަކު މަގުން ނަގާނީ އެންމެ ދެތިން ކާރުގެ ޖާގަ! ކުރަން އުޅެނީ ރަގަނޅު ކަމެއް، އެކަމަކު ދުރާލާ ތައްޔާރުވާންޖެހޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454