ރިޒް ކާލްޓަން ރިސޯޓަށް. އެ ރިސޯޓަކީ ފަރި އައިލެންޑްސްގެ ދަށުން ހިންގާ ރިސޯޓެއް. އެއީ ދުނިޔޭގެ އެންމެ ލަގްޒަކީ އެއް ބްރޭންޑް-ފޮޓޯ:ރިޒް ކާލްޓަން
04 ސެޕްޓެމްބަރ 2022 - 07:34
މިދިޔަ މަހުގެ ސާވިސް ސާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދިން ރިސޯޓަކަށް ރިޒް ކާލްޓަން ވެއްޖެ އެވެ.
އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު 20،000ރ. (1،317 ޑޮލަރު) ދިނެވެ.
މިދިޔަ ދުވަސްތަކުގައި އެންމެ ގިނައިން ސާވިސް ދޭ ރިސޯޓުތަކުގެ ލިސްޓުގައި އޮތީ ނޯޓިލަސް މޯލްޑިވްސް އާއި ވޮލްޑޯފް އެސްޓޯރިއާ އާއި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު ފަދަ ތަންތަނެވެ.
މިދިޔަ އަހަރުގެ އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަސްވަރު، ޑިސެމްބަރު މަހު ވެސް ރިޒް ކާލްޓަން ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދޫކުރީ 23،000ރ. (1،500 ޑޮލަރު) އެވެ. މިއީ އޮފް ސީޒަން ދުވަސްވަރާ އަޅާ ބަލާ އިރު ބޮޑު އަދަދެކެވެ. އޮފް ސީޒަން ދުވަސްވަރު އެންމެ މަތިން ސާވިސް ޗާޖު ލިބޭ ރިސޯޓުތަކުގެ އަދަދުތައް މީގެ ކުރިން އުޅެނީ 15،000ރ. (1000 ޑޮލަރު) އަށް ވުރެ ދަށުގަ އެވެ.
ރިސޯޓުތަކުގެ ސާވިސް ޗާޖާ ގުޅޭ މައުލޫމާތު އާއްމުކުރަނީ "ރިސޯޓް ވޯކާސް މޯލްޑިވްސް" ގެ ފޭސްބުކް ޕޭޖަކުންނެވެ. އެއީ މުވައްޒަފުން ދޭ މައުލޫމާތުގެ އަލީގަ އެވެ. ރާއްޖޭގެ 58 ރިސޯޓަކުން މިދިޔަ މަހު ދިން ސާވިސް ޗާޖުގެ މައުލޫމާތު އެ ޕޭޖުގައި މިހާރު ވަނީ އާންމުކޮށްފަ އެވެ.
ރާއްޖޭގައި ހުޅުވި ރިޒް ކާލްޓަން ރިސޯޓު. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 23،000ރ. މުވައްޒަފުންނަށް ބަހާފައިިވޭ--ފޮޓޯ:ރިޒް ކާލްޓަން
ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިސްޓް ހޮޓެލް ގްރޫޕް، ރިޒް ކާލްޓަން ރިސޯޓު ހުޅުވީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އެ ރިސޯޓުގައި ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންނަށް އައިސް ޗުއްޓީ ހޭދަކޮށްލެވޭނެ 100 ވިލާ ހުރެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ވެސް ހިމެނެ އެވެ.
މިދިޔަ މަހު ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ އަނަންތާރާ ކިހާވަށް މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން މުވައްޒަފުންނަށް 12،800ރ. (835 ޑޮލަރު) ދިނެވެ. ލިސްޓުގެ ތިންވަނައިގައި އުޅެނީ އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ވަން އެންޑް އޮންލީ ރީތި ރަށެވެ. އެއީ 12،300ރ. (785 ޑޮލަރު) އެވެ. ހަތަރު ވަނަ އަށް މި ލިސްޓުގައި އޮތީ އަގްސާނާ ވެލާވަރު މޯލްޑިވްސް އާއި އޯޒެން ރިޒާވް ބޮލިފުއްޓެވެ. އެ ދެ ރިސޯޓުގެ ސާވިސް ޗާޖު ވެސް އުޅެނީ 12،000ރ. އަށް ވުރެ މަތީގަ އެވެ.
ރިސޯޓު ވޯކާސް މޯލްޑިވްސް އިން އާންމުކުރި ލިސްޓުގައިވާ ގޮތުން މިދިޔަ މަހު އެންމެ މަދުން ސާވިސް ޗާޖު ދިނީ ކަގި މޯލްޑިވްސް އާއި ދިއްގިރި ރިސޯޓުންނެވެ. އެ ދެ ރިސޯޓުގުގެ ސާވިސް ޗާޖު އުޅެނީ 2،500ރ. (175 ޑޮލަރު) ގަ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، ކުރިއަށް އޮތީ ޕީކް ސީޒަންގެ ދުވަސްވަރެވެ. އެ ދުވަސްވަރު ރިސޯޓުތަކުގެ ސާވިސް ޗާޖު އިތުރަށް ބޮޑުވާނެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ 150 އެއްހާ ރިސޯޓުގައި 16،000 އަށް ވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރެ އެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ކުރަނީ ހައުސް ކީޕިން އާއި ރެސްޓޯރެންޓާއި ރިސޯޓުތަކުގެ ލޯންޗުތަކުގެ ކްރޫންގެ ގޮތުގަ އެވެ.
ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
04 September 2022
ރިސޯރޓް ތަކުގަ ދިވެހި މުވައްޒަފުން އުޅޭ ޢަދަދުވެސް ހާމަ ކުރުން މުހިއްމު، އެހެނީ ބައެއް ރިސޯރޓްތަކުގަ %90 އަށްވުރެވެސް ގިނައީ ބިދޭސީން! މި އާރޓިކަލް އިން ފާހަގަވާ އަނެއްކަމަކީ ދިވެހިން ގިނައިން ތިބީ އެންމެ ދަށް މުސާރަ ލިބޭ ދާއިރާ ތަކުގަ ކަން! މިޑްލް މެނޭޖްމަންޓްގަ ގިނައިން ތިބެނީ އިންޑިއާ/ލަންކާ މީހުން!
ޓޫރިޒަމް
04 September 2022
މި ރާއްޖޭގަ މިހާރު އެންމެ ރަނގަޅަށް ހިންގައިގެން އެންމެ ބޮޑު ސާވިސްޗާޖެއް ދެނީ ވޯލްޑޮފް އެސްޓޯރިއާ މޯލްޑިވިސް އިން. ޜިޒް، ވެލާ ފަދަ ތަންތަން ހިންގަނީ މަދު ސްޓާފުން ކޮޅެއް ލައިގެން ގިނަ ކަންކަން ތާޑް ޕާޓީ ކޮއްގެން. 199 ކޮޓަރީގެ ވޯލްޑޮފް ގަ 650 ވރަކަށް ރިސޯޓް މުވައްޒަފުން ތިބޭއިރު ރިޒް ގަ 100 ވިލާ އަށް ތިބެނީ 400 ވަރކަށް ރިސޯޓް މުވައްޒަފުން.
އަދުރެމެޓިކްސްު
05 September 2022
ގާތްގަނޑަކަށް 200 ކޮޓަރިއަށް 650 މުއައްޒަފުން ތިބޭކަމަށް ވާނަމަ 100 ކޮޓަރިއަށް 400 މުއައްޒަފުން ތިބުނަކީ ނިސްބަތުން މަދުއަދަދެއް ނޫން ދެއްތޯ؟ ދެންކޮބާ މައްސަލައަކީ؟
ޙިނި
04 September 2022
ރިސޯޓުތަކައް މާލީގޮތުން ފައިދާބޯޑީ ބޭރުމީހުން ގެންގުޅެގެން، ގާތްގަންޑަކައް ރޭންކް އެން ފައިލް މުވައްޒަފަކައް މަހަކައް ބޮލަކައް 3500ރ ސަލާމަތްކުރެވޭ ބޭރު މުވައްޒަލަކު ލީމަ، އެއީ އެމީހުނައް ދޭން ޖެހެނީ -300-250 ޑޮލަރު މުސާރަ އަދި ޕެންޝަން ފައިސާ ދައްކާކައް ނުޖެހޭ، ވިސާޕީ ދެއްކިޔަސް/ނުދެއްކިޔަސް އޯކޭ، ރޯދަ އެލަވަންސް ދޭކައް ނުޖެހޭ، ބޭނުން ދުވަހަކު ކަންޑާލާފަ ފޮނުވާލެވޭ، ޓޫރިޒަމައް 50 އަހަރުފުރޭއިރު ވަޒީފާގެ ގާނޫނުގަ ބޮޑެތި ބާގަންޑުތައް. އިސްލާހުކުރޭ
އެމްސް
04 September 2022
މިއީ ހުރިހާ ދިވެހިންގެވެސް ޤައުމު، މިޤައުމުގެ ހަރުމުދާ ބޭނުން ކުރެވެން ޖެހޭނީ މިޤައުމަށް އެންމެ ފައިދާވާނެ ގޮތެއްގަ! ފަތުރުވެރިކަމުގަ ޤާނޫނުގަ އޮންނަ %75 މުވައްޒަފުން ދިވެހިންނަށް ވާންޖެހޭ ނުކުތާވެސް ޒަމާނަށް ފައްތަންޖެހޭ! މިސާލަކަށް %75 ދިވެހި މުވައްޒަފުންނާއި %75 އާމްދަނީ ދިވެހި މުވައްޒަފުންނަށް ލިބޭގޮތަށް އޮންނަންޖެހޭ! ޤަވާޢިދަށް ނުފެތި ހިންގާ ތަންތަނުން އިތުރު ޓެކްސް އެއް ނެގުމާއި %90 އަށްވުރެ ދިވެހި މުވައްޒަފުން މަތިތަންތަނަށް އިނާމް ދޭންވީ!
ރިސޯޓ
04 September 2022
ވެލާ އާ ރަންދެލި ތި ލިސްޓައް ނުލަނީ ކީއްވެ. ބޮޑު ވީމާ ސިއްރު ކުރަނީ ތ؟ އެގޭ މީހަކު ކިޔާދީ ބަލަ.
އޮނަރަބްލް އަފީފު ދީދީ
04 September 2022
ރާއްޖޭގެ ރިސޯޓްތަކަކީ ސައުދީ، ވެނަޒިއުލާ، ޤަޓަރ، ޑްބާއީ ފަދަ ޤައުމުތަކުގައި ނަމަ އެ ޤައުމުގެ ތެޔޮވަޅުފަދަ ތަންތަން. # އެހެން ކަމުން ޤާނޫނު ހަދައިގެން ކަމުގައިވިޔަސް ރާއްޖޭގެ ރިސޯޓް ތަކުގެ ފުރިހަމަ މަންފާގައި އެތަނުގެ މުވައްޒަފުން ބައިވެރިުރެވޭނެ ގޮތް ހެދުމަށްޓަކާ ރިސޯޓް ތަކުގެ ވޭޖަސްގެ %75 ހޭދަކުރާންވާނީ ދިވެހި މުވައްޒިފުންގެ މައްޗަށް ކަމަށް ކަޑައަޅާންޖެހޭ. ބިދޭސި ދޮންމީހާއަށް 15 ހާސް ޑޮލަރުގެ މުސާރަ ދިވެހި މީހާއަށް 8500ރ މިއީ އިންސާފެއްނޫން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
04 September 2022
އެކިއަހަރުތަކުގެ ވާހަކަދެއްކިއިރު "ވެލާ"ގެ ވާހަކައެއް ނެތް. ކީއްވެބާ؟
ވެލލ
04 September 2022
ވެލާ މިވަގުތު އޮތީ ބަންދުކޮށްފަ. މި މަހު ހުޅުވާނެ.
އުމަރުބެ ބނޑދ
04 September 2022
އެއުޅޭ ރައީސް ކަމައް ފައިވިދާގެން އުޅޭ ސަންޓުރެވަލް ސިޔާމު ރިސޯޓްތަކުން މިފަހަރު ކިހާވަރެއް ސޭވިސް ޗާޖު ދިންބާ؟! މަމެން ހަމަ މިއަހާލީ
ދޮންޑު
04 September 2022
ޕެންސަންފައިސާ ނުދައްކާ ކިތައްރިސޯޓު ވޭބާ. ޣައިމު މައުޅޭ ތާކުން ނުދައްކާ މީ ރައްޔިތުންނައްލިބޭ ވަރައްބޮޑު އިހާނެތިކަމެއް. ޢަދި މީހާޔައް ލިބޭ ޕެންސަންގެ ނަފާ ފައިސާއައްވެސް އަސަލުކުރާނެ. ޕެންޝަށް ގާނޫނައް ބަދަލުގެންނަން ޖެހޭ، އަދި މުސާރައިން ކަންޑާ ފައިސާ ވަގުތުން ޕެންސަން ފަންޑައް ޖަމާވާންޖެހޭ. ޜިސޯޓުން ދައްކަން ޖެހޭ ބައި ނުދެއްކޭތީ މުވައްޒަފުން އަތުން ކަންޑާ ފައިސާވެސް މިބޭނުން ކުރަނީ ރިސޯޓުން، ދެންމިބުނަނީ ކޯޓުކޭހެއް އޮތީމައޭ ނުދައްކަނީ
ވެރިމީހާ
04 September 2022
ކޮން ރިޒޯޓެއްކަން ވެސް ބުނީމަ ދޯ އިނގޭނީ
އިލި
04 September 2022
ކޮން ރިސޯޓެއްބާ ނަން ހާމަކޮއްލާ އޭރުންތާ އިންގޭނީ