ލައިފްސްޓައިލް / ކަސްރަތު

ގިނަ ވަގުތު ކަސްރަތުކުރުމުގެ ބަދަލުގައި އެހެން ގޮތެއް

ވެއިޓް-ޓްރެއިނިން ހަދަނީ: މުހިންމު ގިނައިރު ކަސްރަތު ކުރުމަށް ވުރެ ކުޑަ އިރުކޮޅަކު ނަމަވެސް ހަށިގަނޑަށް ބާރު ބޮޑުވާ ކަސްރަތެއް ކޮށްލުން

ޖިމަށް ގޮސް ކަސްރަތުކުރުމަކީ އެއްގޮތަކަށް ވެސް ގޯސް ކަމެއް ނޫނެވެ. ހަގީގަތުގައި ގަވައިދުން ޖިމަށް ދިއުމަކީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު މިއީ ކޮންމެ ކޮންމެ މީހަކަށް ބަރާބަރަށް ކުރެވޭ ކަމަކަށް އޮންނަނީ ނުވެފަ އެވެ. ވަރަށް ހިތްވަރާއެކު ފެށިޔަސް ދުވަސްކޮޅަކުން އެކަން ހުއްޓާލަނީ އެވެ. އެހެންވެ ގަދަކަމުން ޖިމަށް ދިއުމަށް ވުރެ ނުވަތަ އެ ނޫންވެސް ކަސްރަތެއް ކުރުމުގެ ބަދަލުގައި ސައިންސްވެރިން މިހާރު ވަނީ ގޮތެއް ހޯދައިފަ އެވެ.

ސައިންޓިސްޓުން ބުނަނީ ފިޓްކޮށް ހުރުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ޖިމަކަށް ގޮސް ގަޑި ދެގަޑިއިރު ކަސްރަތު ކުރުން ނޫން ކަމަށެވެ. ބައެއް މީހުންނަށް މިފަދަ ކަސްރަތުން ފައިދާ ކުރާއިރު އަނެއް ބަޔަކަށް މާ ބޮޑު ކަމެއް ނުވެ އެވެ.

"ދަ ކޮންވަޒޭޝަން" ކިޔާ ނޫހަކަށް ސައިންސްވެރިން މައުލޫމާތު ދީފައިވާ ގޮތުގައި ހައި-އިންޓެންސިޓީ އިންޓަވަލް ޓްރެއިނިން (ހީޓް) އަކީ އެހެނިހެން ކަސްރަތުތަކަށް ވުރެ މާ ރަނގަޅު ރަނގަޅު ކަމެކެވެ.

ސައިންސްވެރިން ދެކޭ ގޮތުގައި ގިނަ ވަގުތުތަކަކަށް ވަރުގަދަ ކަސްރަތުތައް ކުރުމަށް ވުރެ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކޮށްލެވޭ މި ކަސްރަތުން ހަށިގަނޑަށް ލިބޭ ފައިދާ މާ ބޮޑެވެ. އަނދާ ސަރުބީ ވެސް މާ ގިނަ އެވެ.

"ސްނެކް ސައިޒް އެކްސަސައިޒް" ގެ މި ޚިޔާލު ސައިންސްވެރިން ގެންގުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. މި ކަސްރަތަކީ މިނިޓެއް ހާއިރަށް ކުރާ، ހިތް ވަރަށް ބާރަށް ހިންގުވާލާ ކަސްރަތެކެވެ. އެންމެ ރަނގަޅު ކަމަކީ މިއީ ދުވާލުގެ އެކި ގަޑިތަކަށް ބަހާލައިގެން ކުރަން ޖެހޭ ކަސްރަތަކަށް ވުމެވެ.

ސިޑިން ދުވެފައި އަރާ ފޭބުން ނުވަތަ ސްކިޕްކޮށްލުން ނަމަވެސް ކުއްލިއަކަށް ހިތުގެ ހިނގުން އަވަސްކޮށްލާ ކޮންމެ ކަސްރަތެއް ވެސް ރަނގަޅެވެ. ބޭނުންވަނީ މިނެޓެއް ވަންދެން ހަށިގަނޑަށް ވަރަށް ބާރުކުރާ ކަހަލަ ވަރުގަދަ ކަސްރަތެއް ކުރުމެވެ. މިގޮތަށް ކުރާ ކަސްރަތުން ފަހަރެއްގައި ހަށިގަނޑުގެ ބައްޓަން ރީތި ނުވެދާނެ އެވެ. ނަމަވެސް މިއީ ހަގީގަތުގައި ވެސް ހަމަ ވަރަށް ފައިދާހުރި އަދި ކޮންމެހެން ކޮށްލަން މުހިއްމު ކަމެކެވެ.

ސައިންޓިސްޓުން ގަބޫލުކުރަނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ކޮށްލާ މި ކަސްރަތުން، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރަން އެހީތެރިވެދޭނެ ކަމަށެވެ. އަދި މެޓަބޮލިޒަމް މަތިވެގެން ދާނެ ކަމަށެވެ. އަދި ޖިމްގެ ސެޝަނަކުން ހަށިގަނޑަށް ކުރާ ވަރުގެ ފައިދާއެއް ކުރާނެ ކަމަށެވެ.

ލުއި ކާނާއެއް ދޭތެރެއަކުން ކާލާ ގޮތަށް ކުރާ މި އެކްސަސައިޒް ސްނެކިންގެ ފައިދާ ދެނެގަތުމަށް ސައިންސްވެރިން ހެދި ދިރާސާގައި ބައިވެރިކުރި މީހުން ލައްވާ 30 މިނިޓް ވަންދެން ހުއްޓުމެއް ނެތި ކަސްރަތު ކުރުވި އެވެ. އަދި ހަމަ މި ގްރޫޕްގައި ހިމެނޭ މީހުން ތިން ގަޑިޔަކަށް ބަހާލައިގެން އެއް ފަހަރު، ހެނދުނު ސައި ބުއިމުގެ ކުރިން އަދި ދެ ވަނަ ފަހަރު، މެންދުރު ކެއުމުގެ ކުރިން އަދި ތިން ވަނަ ފަހަރު، ރޭގަނޑު ކެއުމުގެ ކުރިން އެއް މިނެޓަށް ވަރުގަދަ ކަސްރަތެއް ކުރުވުމަށް ފަހު ދެ ގޮތަށް ކަސްރަތުކުރުމުން އައި ބަދަލު ދެނެގަތެވެ.

ދިރާސާއާ ބެހޭ ގޮތުން ޓައިމްގައި ބުނެފައި ވަނީ ހުއްޓުމެއް ނެތި 30 މިނިޓް ކަސްރަތު ކުރި މީހުންނަށް ވުރެ "އެކްސަސައިޒް ސްނެކިން" ނުވަތަ ދޭތެރެދޭތެރެއިން ކުޑަ އިރުކޮޅަކަށް 24 ގަޑިއިރު ތެރޭގައި ކަސްރަތު ކުރި މީހުންގެ ލޭގައި ހަކުރު ހުރި މިންވަރު މާ ބޮޑަށް ދަށްވި ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އަދި ވަރަށް ގިނަ ކަންތައްތައް އިތުރަށް ދަސްކުރަންޖެހޭ ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ. ނަމަވެސް އެކްސަސައިޒް ސްނެކިން އަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއްޗެއް ކަމަށް ސައިންސްވެރިން ޔަގީން ކުރެ އެވެ.

ސިޑިން ދުވެފައި އެރުމަކީ ވެސް ރަނގަޅު ކަސްރަތެއް

"އެއް ސެޝަނަކަށް 30 ވަރަކަށް މިނިޓް ކަސްރަތު ކުރުމަށް ވުރެ ކާން ފެށުމުގެ ކުރިން ކުރާ އެކްސަސައިޒް ސްނެކިން ނުވަތަ ކާ ގަޑި ނޫނަސް އެއް މިނިޓް ވަންދެން ހިތުގެ ހިގުން 90 ޕަސެންޓަށް މައްޗަށް ދާވަރަށް ކަސްރަތެއް ކޮށްލުމުން ލޭގައި ހަކުރު ހުންނަ މިންވަރު އެއީ އަންހެނަކަށް ވިޔަސް އަދި ފިރިހެނަކަށް ވިޔަސް ދަށްވޭ،" ޓައިމްގައި ބުނެފައިވެ އެވެ.

ކުއްލިއަކަށް ކުޑަވަގުތުކޮޅަކަށް ހަށިގަނޑުގެ ހަރަކާތްތައް އިތުރުކޮށްލުމަކީ މީހުން ފިޓްކޮށް ތިބުމަށް ވެސް އެހީތެރިވެދޭ ކަމެއް ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ހަކުރު ބަލި ހުންނަ މީހުންގެ ހަކުރު ކޮންޓްރޯލް ކުރުމަށް ވެސް މިއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ސްނެކް-ސައިޑް އެކްސަސައިޒް ނުވަތަ ކުޑަ ވަގުތުކޮޅަކަށް ކޮށްލާ ހަށިގަނޑުގެ މަސައްކަތް ވަރަށް ބާރަށް ހިނގައިގަންނަ މިކަސްރަތު ކުރަން ފަށަން ޖެހޭނީ ޑޮކްޓަރެއްގެ އިރުޝާދު ހޯދައިގެންކަން ސައިންސްވެރިން ފާހަގަކުރި އެވެ. ސަބަބަކީ ބައެއް މީހުންނަށް މިފަދަ ކަސްރަތު އެކަށީގެން ނުވެދާނެތީ އެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފައިރޫޒް

06 January 2017

ޤަބޫލެއް ނުކުރަން.

The name is already taken The name is available. Register?

ކަސްރަތު

06 January 2017

މީ އަންހެނުން ކަސްރަތު ކުރަން ރަގަޅު ނޫން ގޮތެއްކަން ވެސް ވަނީ ހޯދިފައި، އެހެންވީމަ ތާކު އާޓިކަލް އެއް ޕޯސްޓް ކުރާއިރަށް އޭ ތަރުޖަމާ ކުރާއިު، އެއާއި ބެހޭގޮތުން އެހެން ބައެއް ބުނާ އެއްޗެއްވެސް ހޯދުން ރަނގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454