ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން: ޕީޖީގެ ވަކީލުން ސަކަރާތް ޖަހާތީ ގާޒީ ވަނީ އިންޒާރު ދެއްވާފައި
07 ސެޕްޓެމްބަރ 2022 - 12:38
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ސަކަރާތް ޖަހާތީ އެކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ދެއްވައިފި އެވެ.
އާރަށުގެ މައްސަލައިގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ އިސް ގާޒީ ޝަކީލް އެ ގޮތަށް އިންޒާރު ދެއްވީ ދިފާއީ ވަކީލުން ވާހަކަ ދައްކަމުން ދިޔައިރު ވަކީލުން ހީ ހެދުމުންނެވެ.
އިސްގާޒީ ޝަކީލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހަކީ ހީ، ސަކާރާތް ޖަހާ މަޖިލީހެއް ނޫން ކަމަށާއި ވަކީލުންގެ ގޮތުގައި ތިބެ އެކަން ތަކުރާރު ކުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ދައުލަތުގެ ވަކީލުން، މިއީ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫން އިނގޭތޯ. އެއް ބޭފުޅަކު އަނެއް ބޭފުޅަކު ކޮއްޓާ، ހީ ސަރަކާތް ޖަހާ މަޖިލީހެއް ނޫން މިއީ. އެފަދަ ކަމެއް ކުރައްވާ ނަމަ ޝަރީއަތުގެ މަޖިލީހުން ޖެހޭނީ އެ ވަކީލަކާ ދޭތެރޭގައި ފިޔަވަޅު އަޅާފައި، އެ ވަގުތަކު ޝަރީއަތުން އަމަލު ކުރަންޖެހޭ ގޮތަކަށް އަމަލުކުރަން" އިސް ގާޒީ ވިދާޅުވި އެވެ.
މިއަދު ކުރިއަށް ގެންދިޔައީ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހާޒިރުކޮށް، ހެކިބަސް ނެގުމެވެ. ހެކިބަސް ނަގަމުން ދިޔައިރު، ދައުލަތުގެ އެއް ވަކީލަކު، އަނެއް ވަކީލުގެ އަތުގައި ކޮއްޓައި، ހީ، ސަމާސާކުރާ މަންޒަރު ވަނީ ފެނިފަ އެވެ. އޭގެ ރެކޯޑިން ސޯޝަލް މީޑިއާ އަށް ދޫކޮށް، ބައެއް މީހުން ދަނީ ދައުލަތުގެ ވަކީލުންނަށް ފާޑުކިޔަމުންނެވެ.
އިސްދިސް ދަލެވެލް އޮފް ޕަބްލިކް ޕުރެސެކިއުޓާސް ، މީ ކޮންމެދުވަހަކު ފެންނަ މަންޒަރެއް 🤮.. pic.twitter.com/yJUR3hqfUH
— αℓι υмαя (@AIiUmar) September 7, 2022
މީގެ ކުރިން ވެސް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން އެހެން މީހުންނާއި ވާހަކަ ދެއްކުން ފަދަ ކަންކަމާ ގުޅިގެން ވެސް އިންޒާރު ދީފައި އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯޓުއޮޅުވާލިޖިންނި
09 September 2022
ތަސައްރަފްނުފުދޭ ކުޑަކުދިންނާ ޤާޒީކަންހަވާލްކުރީމާފެންނާނީ މިފަދަމަންޒަރުތަށް.
ހުސެންް
08 September 2022
ލޯބިންގުޅޭ ދެހިތެއްސަފުން ވަކިކުރެވިދާނޭތޯއޭ. އެދެކުދިން އެތިބީ ލޯބީގެ ހަނީމޫންގެ ދުވަސްވަރުގައޭ. ޝަރީއަތުން ބުންޏެއްކަމަކު، ތިކަމެއް ނުހުއްޓުވޭނެޔޭ. ހުއްޓުވައިފިނަމަ އެކަމާއި ދައުވާވެސް ކުރެވޭނެޔޭ. އެކުދިން ފުލްމޫނަށް އެޅެންދެން މަޑުކޮށްލަބަލަ. އޭރުން ހުންނާނީ ތަސައްރަފް ފުދިފައޭ.
ސިނަމާލެ
08 September 2022
ތިތާނގައި ހީ ސަމާސާވެސް ކުރާނެއެވެ. ތިއީކީ ބަޔަކު ގަދަރެއް އިހުތިރާމެއްކުރާތަނެއްނޫނެވެ. ތިތަނަށް މައްސަލަ ހުށަހަޅާ މީހާވެސް ކަޓުންނޫނީ ކަމެއްނުވާނެކަން ގަބޫލުކުރެއެވެ. ބޮޑެތި ކޯޓުތައްލައިގެން ތިތާއުޅޭ އެންމެނަކީ ވަގުންކަމަށް ރައްޔިތުން ގަބޫލުކުރެއެވެ. އެކަން ބަދަލުކުރެވޭނީ ލައްކަ މަސައްކަތް ކޮށްގެންގެންނެވެ
ހެހެހެ
08 September 2022
ދައުލަތުގެ ވަކީލުން ސީރިއަސްއެއް ނޫން! މިހެންވެ، ބޮޑެތި ވަގުން މައްސަލަތަކުން ފަސޭހައިން ސަލާމަތް ވަނީ!
ޓީކްޓޮކް
08 September 2022
ކޮފީ ޝުރަބް ގަ ޓިކްޓޮކް ކުޅެން އުޅޭ ބައިގަނޑެއް ތިއީ. މިހެން އުޅޭ އަށެއްކަ ވަކީލުންގެ ގްރޫޕެއް ތިއީ. ވަކީލުން ކޯޓުތެރޭ އުޅެންވަކި އުސޫލުތަކެއް ހުރޭ. ރާއްޖޭގަ ނޫނީ މިހެނެއް ނޫޅޭނެ.
މުންޖިޗޭ
08 September 2022
ކޯޓްގަ ސަކަރާތްޖަހާ ޖޯކްކީ އެހެން މީހެއް، މަށެއް ނުބުނާނަން ކޯޓްގެ ހުރުމަތްކެޑީކަމަށް ހަދާފަ މަ ސަސްޕެންޑް ކޮއްފާނެ. އޭރުން ތީވީންވެސް ނުފެންނާނެ.
ބޮޑުމީހާ
08 September 2022
ގައުމެއް ނެތް. ކޮރަޕްޝަނާއި ނުފޫޒު ހުއްޓުވައި ހެޔޮވެރިކަމެއް ކުރަން މައުމޫނު ވެރިކަމުން ބޭލި ހިސާބުން މިގައުމުގައި ކޮރަޕްޝަން އާއްމުވެއްޖެ. ވަޒީފާއެއް ހަމަޖެހެނީ ކޮރަޕްޝަނުން، ޕރޮޖެޖްޓެއް ލިބެނީ ކޮރަޕްޝަނުން، އާސަންދައިން ކޮރަޕްޝަން، ހައްޖު ކޯޓާއިން ކޮރަޕްޝަން، ފްލެޓުން ކޮރަޕްޝަން، ކޮވިޑުން ކޮރަޕްޝަން،
ޝާހިދާ
08 September 2022
މައުމޫނު ވެރިކަމުގެ ޒަމާނާ މިހާރާ ހުރި ތަފާތަކީ އޭރު މުޅި ޤައުމު މައުމޫނު އާއި އޭރުގެ ވެރިން ކޮންޓްރޯލް ކޮށް ކެއީ ވަކި ބަޔަކު. މިހާރު އެންމެ ތިރިންފެށިގެން މައްޗަށް ކޮންޓްރޯލެއް ނެތް ހަމަ ކެވެން އޮތްގޮތަކަށް އެންމެން ވެސް ކަނީ.
ސެންޓޭ
07 September 2022
ޑްރަގް ވިއްކާ މީހުން ކޯޓު ތެރެރިން ދޫ ވަނީ ޕީޖީގެ ވަކީލުންގެ ފަރުވާ ކުޑަ ކަމުން. .
ޙަމަހޭންވީ
07 September 2022
ޥައްކަން އޯކޭ. ޢެކަން ކުރި މީހުންގެ ހައިނަތު ހުފަހައްޓަން އެކަމާއި މެދު ހުނުން ކުއްވެރިވޭ. ކޮންކަހަލަ ގައުމެއްބާ؟ ގާޒީ ގަނެފަ؟
ތަރާސް
07 September 2022
ދެން ނުހެވޭ ވަރެއް ނޫނެެއްނު މި ކުޅޭ ޑްރާމާތަކުން. ގައުމުގެ ރައީސަކަށް ހުރެ 15 މިލިޔަން ރުފިޔާ ގޭގަ ފެންޑާގަ އިށީނދެ ތިބެ އަތުން ގުނިއްޔޯ.