ވިޔަފާރި / އެޑްވަޓޯރިއަލް

ވިލާ ހަކަތައިން "ޝެލް"ގެ މޮޅު އަޑީތެޔޮ!

ޝެލް ބްރޭންޑަކީ ދުނިޔޭގެ މަޝްހޫރު އަޑީ އެޔޮ ބްރޭންޑެއް. ރާއްޖޭގެ އެ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ވިލާ ހަކަތަ. ފޮޓޯ: ވިލާ ހަކަތަ

11 ސެޕްޓެމްބަރ 2022 - 10:08

ރާއްޖޭގައި އިންޑަސްޓްރިއަލް ސިނާއަތާއި މެރިން ސިނާއަތާ އެކު އެކި އުޅަނދުފަހަރަށް ބޭނުންވާ ޕްރޮޑަކްޓުތަކުގެ މާކެޓެއް ވަނީ އުފެދިފަ އެވެ. އެ މާކެޓަށް ކޮލިޓީ ރަނގަޅު މޮޅު ޕްރޮޑަކްޓުތަކެއް ނެރުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނައިރު، ވިލާ ހަކަތައިގެ ޕްރޮޑަކްޓުތަކަކީ ފާހަގަކޮށްލެވޭ ތަކެއްޗެވެ. ހާއްސަކޮށް، ހެވީ ޑިއުޓީ މެޝިނަރީ އާއި އެއްގަމު އަދި ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދުތަކަށް ބޭނުންކުރާ އަޑީ ތެލުގެ އެކި ގުރޭޑުގެ އެކި ޕްރޮޑަކްޓުތަކަކީ ފާހަގަކޮށްލެވޭ ޕްރޮޑަކްޓުތަކެކެވެ.

ވިލާ ހަކަތައިން ވިއްކަމުންދާ ޝެލް ބްރޭންޑުގެ އަޑީތެލުގެ ތެރޭގައި އެކި ގްރޭޑުތަކުގެ އަޑީތެޔޮ ހިމެނެއެވެ. އޭގެ ތެރެއިން ޕެޓްރޯލް އިންޖީނުތަކަށް ބޭނުންކުރާ ހީލިކްސް އެޗްއެކްސް5 20ޑަބްލިއު-50 އަކީ ފާހަގަ ކޮށްލެވޭ އަޑީތެލެކެވެ. އެ އަޑިތެލަކީ ޕްރީމިއަމް މަލްޓި ގުރޭޑުގެ އަޑީތެލެކެވެ. ވިލާ ހަކަތައިން ވިއްކަމުން ދަނީ އޭގެ އެއް ލީޓަރާއި ހަތަރު ލީޓަރުގެ ހަމެވެ.

އެކި ސައިޒުގެ ލުބްރިކަންޓު އެ ތަނުން ލިބެން ހުރޭ. ފޮޓޯ: ވިލާ ހަކަތަ

އެ އަޑީތެލަކީ ކާރާއި ސައިކަލުގެ އިތުރުން އަޓްބޯޑު އިންޖީނުތަކަށް ވެސް ބޭނުން ކުރެވޭނެ އަޑީތެލެކެވެ. އެ އަޑީތެލުން އިންޖީނު ހަލާކުވިޔަ ނުދީ ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއެވެ. އެގޮތުން އެ އަޑީއެލަކީ އިންޖީނުގައި ދަބަރުޖެހުން ކުޑަކޮށްދީ އިންޖީނުގެ މެއިންޓެނެންސް ހަރަދު ކުޑަކޮށްދޭ އެއްޗެކެވެ. އަދި އިންޖީނުގެ ވައިބްރޭޝަން ކޮންޓްރޯލުކޮށް، އިންޖީނުގެ އަޑު ވެސް މަޑު ކޮށްދޭ އެއްޗެކެވެ. އަދި އެ އަޑީތެލުގެ ސަބަބުން އިންޖީނަށް ބޭނުންވާ ތެޔޮ މަދުވެ، ތެލުގެ ހަރަދު ކުޑަވެއެވެ.

ހީލިކްސްގެ އިތުރުން ވިލާ ހަކަތައިން ދާދިފަހުން ޝެލް ބްރޭންޑުގެ ރިމިއުލާ އާރު4އެކްސް 15ޑަބްލިއު-40ގެ ޓައްޕު ވެސް ވަނީ މާކެޓަށް ނެރެފައެވެ. އެ އަޑީތެލަކީ ކަނޑު އުޅަނދުފަހަރާއި ޕަވާ ޖެނަރޭޓަރުތަކަށް ހާއްސަ އަޑީތެލެކެވެ. އެ އަޑީތެލަކީ ވެސް އިންޖީނަށް ލިބޭ އެކި ގެއްލުންތައް ކުޑަ ކޮށްދޭ އަޑީތެލެކެވެ. އެގޮތުން އެ އަޑީތެލުން އިންޖީނު ތެރޭގައި އުފެދޭ އެސިޑް އަދި ދަބަރު ކޮންޓްރޯލުވެއެވެ. އެހެންކަމުން، އިންޖީނުގެ މެއިންޓެނެންސަށް ދާ ހަރަދު ކުޑަކޮށް އިންޖީނުގެ އުމުރު ދިގުކޮށްދެއެވެ.

މި އަހަރުގެ މެރިން އެކްސްޕޯގައި ވެސް ޝެލް ބްރޭންޑުގެ ލުބްރިކަންޓު ވިލާ ހަކަތައިން ވަނީ ދައްކާލާފަ. އެ އެކްސްޕޯ އާއި ގުޅޭގޮތުން ކޮށްފައިވާ ޕޯސްޓެއްް.

އެ ފިހާރައިން ލިބެން ހުރި އަޑީތެލުގެ ތެރޭގައި ކަނޑުއުޅަނދު ފަހަރަށް ހާއްސަ ރިމިއުލާ އާރު3+ 40 ސީއެފް 228.0 ވެސް ލިބެން ހުރެއެވެ. އަދި ޔޮޓު ފަދަ އުޅަނދުފަހަރަށް ހާއްސަ ރިމިއުލާ އާރު4އެލް 15ޑަބްލިއު-40 ވެސް ލިބެން ހުރެއެވެ. އޭގެ އިތުރުން މެނުއަލް ގިއާ އަށް ހާއްސަކޮށް ބޭނުން ކުރާ ސްޕައިރެކްސް އެސް2 ޖީ 90 އަޑީތެޔޮ ވެސް ލިބެން ހުރެއެވެ.

ވިލާ ހަކަތައިން ލިބެން ހުރި އިތުރު އަޑީތެލުގެ ތެރޭގައި ކްރޭނާއި އެކްސްކަވޭޓާ ފަދަ ހެވީ ވެހިކަލަށް ބޭނުން ކުރާ ޓެލަސް އެސް2 އެމް 68 ގެ އަޑީތެޔޮ ވެސް ހުރެއެވެ. އަދި ސައިކަލަށް ހާއްސަ އެޑްވާންސް 4ޓީ އޭއެކްސް3 20ޑަބްލިއު-50 ގެ އަޑީތެޔޮ ވެސް ލިބެއެވެ.

އެކި ކަހަލަ އުޅަނދު ފަހަރަށް ބޭނުންވާ މޮޅު އަޑީ ތެޔޮ ވިލާ ހަކަތައިން ދަނީ ވިއްކަމުން. ފޮޓޯ: ވިލާ ހަކަތަ

ވިލާ ހަކަތައިން ރާއްޖޭގައި އަޑީތެލުގެ ވިޔަފާރި ކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، މިއީ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ޕްރޮޑަކްޓުތަކެއް ވިއްކަމުން ދާ ފިހާރައެކެވެ. ވިލާ ހަކަތައިން ވިއްކާ ޝެލް ބްރޭންޑުގެ އަޑީތެލަކީ ދުނިޔޭގެ މާކެޓުގައި އެންމެ ކުރި ހޯދާފައިވާ އެއް ބްރޭންޑެވެ. އެ ބްރޭންޑަކީ ފަހުގެ ޓެކުނޮލަޖީގެ މޮޅު ފޯމިއުލާތަކެއް ހިމެނޭ ބްރޭންޑެކެވެ. އެ ބްރޭންޑުގެ އުފެއްދުންތައް ދުނިޔޭގެ 100އެއްހާ ގައުމުގައި ދަނީ ވިއްކަމުންނެވެ.

ވިލާ ހަކަތައިގައި ލުބްރިކަންޓުގެ އިތުރުން، ކޮންސްޓްރަކްޝަންގެ ގިނަ ތަކެތި ވެސް ދަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި ޓީނާއި، ލަކުޑި އާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ސާމާނާއި، ސިމެންތި އަދި ގޭސް ހިމެނެއެވެ.

ނޯޓު: މިއީ ވިލާ ހަކަތައިިގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454