ޚަބަރު / އެމްޕީއެލް

ޑައުންޕޭމަންޓާ ނުލައި ކުރިއަށް ދާން އުނދަގޫ، އިތުރު އޮޕްޝަނެއް އެބަ ހޯދަން: އެމްޕީއެލް

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ކުންފުނީގެ އިސްވެރިން ވަނީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށްފައި: ޑައުންޕޭމަންޓާ ނުލާ ކުރިއަށްދާން އުނދަގޫވިޔަސް އިތުރު ލުއި އޮޕްޝަނެއް ހޯދައިދެއްވަން މަސައްކަތްކުރައްވާ ކަމަށް ވިދާޅުވި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެމްޕީއެލްގެ ހައުސިން ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ޑައުންޕޭމަންޓާ ނުލައި، އެ ފްލެޓްތައް ހަވާލުކުރެވެން ނެތް ކަމަށާއި މުވައްޒަފުންނަށް އެ ފައިސާ ދެއްކުމަށް އިތުރު ލުއި ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފްލެޓް ލިބުނު 534 މީހުންގެ ތެރެއިން 484 މީހަކު ސޮއިކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އާއި ޗީފް ފައިނޭންސިން އޮފިސަރު މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ.

ޑިސެމްބަރު 28، 2017 ގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ އެ މަޝްރޫއާ ގުޅިގެން ޝާހިދު އެ ކޮމިޓީގައި ވިދާޅުވީ، އޭރު ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކޮށްފައި ވަނީ 566 މިލިއަން ރުފިޔާ އަށް ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ކަމަށެވެ. ލޭންޑް އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެޗްޑީސީ އަށް 52 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު، އެ ކުންފުނިން ނަގާފައިވާ އިންޑިޕެންޑެންޓް ކޮންސަލްޓަންޓުގެ އެއްބަސްވުމުގެ ދަށުން 1.29 މިލިއަން ރުފިޔާ ހޭދަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓްގެ ގޮތުގައި 10.7 މިލިއަން ރުފިޔާ އާއި ފްލެޓަށް ގެންނަން ޖެހޭ އިތުރު ބަދަލުތަކެއްގެ ސަބަބުން 56 މިލިއަން ރުފިޔާ އަރާފައި އެބަ އޮތެވެ.

"ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގައި ވޭރިއޭޝަން މައްސަލަ އެބަ ދިމާވޭ. މިހާތަނަށް ފާހަގަކުރެވުނު ކޭބަލިން މައްސަލަ. ސީސީޓީވީ ކޭބަލް ނެތުމާއި ފައިބާ ނެޓްވޯކާއި ކޮރިޑޯތަކުގެ ތަންތަނުގައި އިތުރު ދޮރު ހަރުކުރަންޖެހޭ ކަން އެބަ އެނގޭ [އެ މަސައްކަތް ނިންމާފައި ބެލިއިރު] ވާރޭ ވެހޭތީ. ގިނަ ބަދަލުތަކެއް ގެންނަން ޖެހުނު. އެ ވޭރިއޭޝަންތަކަށް 56 މިލިއަން ރުފިޔާ އެރި،" ޝާހިދު ވިދާޅުވި އެވެ.

އެހެންވެ، ފްލެޓްގެ އަގަށް 688 މިލިއަން ރުފިޔާ މިހާތަނަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޕީއެލުން 488 މިލިއަން ރުފިޔާ ކޮންޓްރެކްޓަށް ހަރަދު ކޮށްފައިވޭ. ފައިސާ ހޯދީ މައިގަނޑު ގޮތެއްގައި ކުންފުނީގެ ކޭޝް ފްލޯ އިން. އޭގެ ސަބަބުން ސަރުކާރަށް ދައްކަންޖެހޭ ޑިވިޑެންޑް ދެއްކުމުގައި ލަސްތަކެއް އައިސްގެން މި އުޅެނީ. އަދި ލޯނުގެ ގޮތުގައި 110 މިލިއަން ނަގާފައިވޭ،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލް ފްލެޓް ލިބުން މުވައްޒަފުންގެ މެދުގައި ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްޕީއެލް

އޭނާ ވިދާޅުވިގޮތުގައި ފްލެޓްގެ މައުލޫމާތު ހިމެނޭ ގޮތަށް އޭރު ކުންފުނިން ހެދި ލީފްލެޓްގައި ހިމެނޭ އަގުތަކަކީ ވޭރިއޭޝަން ކޮސްޓާއި އިންޓަރެސްޓް ކޮސްޓް ވެސް ނުހިމެނޭ ގޮތަށް ހަދާފައި ހުރި އަގުތަކެކެވެ.

އޭރު ފައިސާ ދެއްކުމަށް އެމްޕީއެލުން ދީފައިވަނީ އެއް ފަހަރާ ފައިސާ ދެއްކުމަށް ނުވަތަ ބޭންކް މެދުވެރިކޮށް ލޯނެއް ނަގައިގެން ފައިސާ ދެއްކުމަށެވެ.

އެކަމަކު 2019 ގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށް، ގައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތާ އެއްގޮތަށް ފްލެޓް ދޭން އެންގި ކަމަށާއި އެހެންވެ ކްރައިޓީރިއާ އާ ކުރަން ޖެހުނު ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަލުން އިއުލާންކޮށްގެން، އަލުން އެޕްލިކޭޝަން ޕްރޮސެސް ކުރިއަށް ގެންދިޔައީ. ބުކިން ފީއެއް ނަގައި ޑައުންޕޭމަންޓް އެގްރީމަންޓުގައި ސޮއިކުރަން މި ވަނީ ފެށިފައި،" އޭނާ ވިދާޅުވި އެވެ.

މާލީ ދަތިކަމާ ހުރެ ޑައުންޕޭމަންޓް ނުނަގައި ވާކަށް ނެތް

ޝާހިދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްފަހަރާ ފައިސާ ދެއްކުމުގެ އޮޕްޝަން ދީފައި އޮތަސް ކުންފުނީގެ މުވައްޒަފުންނަށް އެ ވަރުގެ މުސާރައެއް ނުލިބޭތީ، އެކަން ނުކުރެވޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެހެންވެ މެނޭޖްމަންޓާއި ބޯޑާ މަޝްވަރާ ކޮށްފައި ނިންމީ 20 ޕަސެންޓްގެ ޑައުންޕޭމަންޓެއް ނަގާފައި 20 އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް އެމްޕީއެލްގެ ސްކީމެއް ހެދީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ގެނައި ބަދަލާ ގުޅިގެން ވެސް ފައިސާ ދެއްކުމުގައި ދަތިވާ ކަމަށް ބުނެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ސިޓީއެއް ލިބުނު ކަމަށާއި އެކަމާ ގުޅިގެން ރައީސް އޮފީހާ ވެސް މައުލޫމާތު ހިއްސާކޮށް، އިތުރު އޮޕްޝަންތަކެއް ތައާރަފުކުރި ކަމަށް ވިދާޅުވި އެވެ.

އެއީ ކުރިން 20 ޕަސެންޓްގެ ބަދަލުގައި 15 ޕަސެންޓްގެ ޑައުންޕޭމަންޓަކަށް ކުޑަކޮށް 20 އަހަރަށް ބަހާލައިގެން ދެއްކުމާއި 50،000ރ. ގެ ޑައުންޕޭމަންޓެއް ދައްކައި ބާކީ ބައި 20 އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމެވެ.

"ގިނަ މުވައްޒަފުންނަކީ ފައިނޭންޝަލް އިންސްޓިޓިއުޓަކަށް ވަދެގެން، އެ ތަނެއްގެ ކްރެޑިޓް ވޯތިނަސް ކްރައިޓީރިއާ އަށް ނުފެތޭނެ މުވައްޒަފުންކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ހުރިހާ ތަނެއްގައި ވެސް މަންތްލީ އިންކަމް އެކަށީގެންވާ ވަރަކަށް ބޮޑުވުން،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލްއިން އިމާރާތްކޮށްފައިވާ 15 ބުރީގެ ތިން ޓަވަރު-- -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި ފްލެޓް ލިބުނު މީހުންގެ އަތުން ޑައުންޕޭމަންޓް ނަގަން ޖެހޭ ސަބަބަކީ މަސައްކަތް ނިމުމުން ކޮންޓްރެކްޓަރަށް 82 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭތީ އެވެ. އަދި އެޗްޑީސީ އަށް 52 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު، އެ ފައިސާ ހޯދުމަށް ޑައުންޕޭމަންޓް ނަގަން ޖެހޭ ކަމަށް ޝާހިދު ގަބޫލުކުރައްވަ އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ އެންމެ ޕްރައިމަރީ މަސައްކަތަކީ ބަނދަރުތައް ހިންގައި އިމްޕޯޓްކުރެވޭ މުދާތައް ކްލިއާ ކުރުން ކަމަށެވެ. އެ މަސައްކަތްތައް ކުރަން ބޭނުންކުރާ ޓަގުތަކާއި ކޮންޓެއިނަރާއި ފޯކްލިފްޓްތަކާއި އިތުރު ސާމާނުތައް ވެސް ވަރަށް ގިނަ ދުވަސްވެ، އާ ކުރަން ޖެހިފައިވާއިރު އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"2019 އިން ފެށިގެން އެ މަސައްކަތްތައް [އިކުއިޕްމަންޓް އާކުރުން] ކުރަމުން މި ދަނީ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސާމާނުތައް އާ ކުރުމަށް ނެގި ލޯނުގެ އެއްބައި ބަދަލުކުރަން ޖެހުނީ ފްލެޓްތަކުގެ މަސައްކަތަށް ކަމަށެވެ.

"އެ ލޯނުގެ އެއްބައި ޑައިވާޓްކުރަން ޖެހުނީ ހަމަ މި ފްލެޓަށް. ޕޭމަންޓް ލަސްވެއްޖެއްޔާ ކޮންޓްރެކްޓް ދިގުލައިގެންގޮސް އަގަށް ބަދަލު އައިސް ލިބޭ މީހުންނާއި ކުންފުންޏަށް ވެސް ދަތިވާނެތީ،"

އެ ކުންފުނިން ބްރޯވިން ލިމިޓެއް ގެންގުޅޭ ކަމަށާއި އެ ފްލެޓްތަކުން ޑައުންޕޭމަންޓެއް ނުނަގައިފި ނަމަ، އަނެއްކާ ވެސް ބޮރޯކުރަން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލް ފްލެޓްތަކުގެ އެއް ކޮޓަރީގެ އެޕާޓްމެންޓްއެއް ދައްކާލުމަށް ތައްޔާރުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެހެން ބޮރޯކޮށްފިއްޔާ މިހާރު ކުރަން ހުރި ހަރަދުތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ. މިހާރު ހޯދަންޖެހޭ ޓަގުތަކާއި ބާޖުތައް ކަހަލަ އެއްޗެހި ހޯދުން ލަސްވެއްޖިއްޔާ ކުރިއަށް އޮތް ތަނުގައި ރާއްޖެ އަށް އަންނަން އޮތް ކާގޯ ވޮލިއުމަށް ބަލަންޏާ ކޮންޖެސްޓްވެ، ރާއްޖޭގެ އިގްތިސޯދަށް އޭގެ އަސަރު ފޯރާނެ،" ޝާހިދު ވިދާޅުވި އެވެ.

އެހެންވެ، އެމްޕީއެލުން މަސައްކަތް ކުރަނީ ޑައުންޕޭމަންޓް ނެގުމަށް ފަހު، ލުއި އޮޕްޝަންތަކެއް ހޯދައިދިނުމަށް ކަމަށާއި ދެ ފަރާތަށް ވެސް ލުއިވާނެހެން ކަންކަން ރާވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޕެޓިޝަން ކޮމިޓީގައި ޕެންޝަން އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެ އޮފީހުގެ ސީއޯއޯ ސުޖާތާ ހަލީމް ވިދާޅުވީ ލޯނެއް ނަގާ ނަމަ، ޕެންޝަން ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ޕެންޝަނުގައި ހުންނަ ފައިސާ ރަހުނު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެހެންކަމުން، މުވައްޒަފުން ބޭނުން ނަމަ، އެ ފުރުސަތު ގާނޫނުން ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ މައްސަލައާ ގުޅިގެން އިތުރަށް މަޝްވަރާކޮށް، އިތުރު ލުއި އޮޕްޝަންތަކެއް ހޯދުމަށް މަސައްކަތްކުރާ ކަމަށް ކުންފުނިން ބުނެ އެވެ.

އެމްޕީއެލްގެ ފްލެޓްތަކުގެ ކުލި

ސްޓޫޑިއޯ އެޕާޓްމަންޓް - 4585ރ.

2+1 އެޕާޓްމަންޓް - 8597ރ.

އެ ކުލީގެ އިތުރުން ކުރިން އެ ކުންފުނިން ނިންމާފައި އޮތީ 2+1 އެޕާޓްމަންޓުން ސާވިސް ފީ އަށް 1،500ރ. އަދި ސްޓޫޑިއޯ އެޕާޓްމަންޓަށް 1،000ރ. ގެ ސާވިސް ފީއަށް ނަގާ ގޮތަށެވެ. އެކަމަކު މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ގުޅިގެން 1،200ރ. އަދި 900 އަށް އެ ފީ ވަނީ ކުޑަކޮށްފަ އެވެ.

އޭގެ އިތުރުން ކުންފުނިން ބުކިން ފީ އަށް ނެގި 5،000ރ. ގެ ޑައުންޕޭމަންޓްގެ އެންމެ ފަހު އިންސްޓޯލްމަންޓުން ކަނޑާލާނެ ކަމަށް ވެސް އެމްޕީއެލުން ބުނެ އެވެ.

އެ ކުންފުނީގެ އެއް ކޮޓަރީގެ 204 ފްލެޓާއި ތިން ކޮޓަރީގެ 330 ފްލެޓަށް އަންނަ އަހަރުގެ ކުރީކޮޅު ވަދެވޭނެ ކަމަށް ބުނެފައި ވެ އެވެ.

12 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުކޮސް

14 September 2022

މި އަޅެ އަރަތެއް - ދުނިޔޭގައި ލެއްވި ހުރިހާ ކަމެއް އެމްޕީއެލް ކުރަން އުޅެންނާ ވާނެ ގޮތް ތިވަނީ -ސަރުކާރަށް ޑިވިޑެންޑް ދިނުމުގެ ބަދަލުގައި ތިކުރި އިންވެސްޓްމަންޓްއިން ތި އެރީ މަޅި ތާ!!

The name is already taken The name is available. Register?

ސާބަސްްް

13 September 2022

ކުންފުނީގެ އެންމެ ވަކި ރަށެއް ހަދައިގެން. މިދެން ކިހާ ދެރަ ކަމެއް. ސަރުކާރު ބޯހިޔާވަހިކަމުގެ ނަމުގައި ބޮޑު މުސާރަ ލިބޭ މީހުނަށް ފްލެޓް ދިނީމަ ކޯއްޗެއް މިކިޔެނި. ރަނގަޅު، ބަޔަކަށް ލިބެންޔާ ހޯދަން އުޅޭނެ. އެކަމް މީތޯ މިކަން އޮންނަން ޖެހޭގޮތް؟

The name is already taken The name is available. Register?

މުންޖިޗޭ

13 September 2022

ފްލެޓްތައް އަޅަން ބިޑުކޮށް ބަޔަކަށް އެވޯޑްކުރާ ހިސާބުން އެތަނަކަށް ޚަރަދުވާނެ ވަރު އެގޭނެ، އެކަމަކު އިޢުލާންކޮށް މީހުން ކުރިމަތިލައި ފްލެޓް ޙަވާލުކުރާ ހިސާބަށް ދާއިރުވެސް އަގެއް ޑައުންޕޭމަންޓެއް އޮޅުމެނުފިލާ، ކުރީބާގައި އެތަނަކަށް ދައްކަންޖެހޭ ވަރު އެނގޭނަމަ، އެމީހަކަށް ނުއުފުލޭވަރުގެ ބުރައަކަށް ކުރިމައްޗެއް ނުލާނެނުން، އަގުތައް ބޮޑު ސިއްރެއްގެ ގޮތުގައި ބާއްވައި ސިޔާސީމީހުންގެ އަވައިގައި ޖައްސައި ފުލެޓްގެ ދަޅަދައްކައިގެން ވޯޓުހޯދަންކުރާ ކަމެއްތީ.

The name is already taken The name is available. Register?

ބަޑިތަކުރު

13 September 2022

ސޯޝަލް ހައުސިންގގެ ދަށުން ދޫކުރީ ހުސް ފްލެޓެއްކަމަށްވާއިރު މިތަންތަނުން މިދެނީ ފަރުނީޗަރ ވެސް ލައި ފައްކާކޮށްފައިތާއެވެ. ފްލެޓަށް ކުރަންޖެހުނު ހޭދަ ބޮޑުކަމުން ސަރުކާރަށް ކުންފުނިން ދައްކާ އެއްޗެއް ނުދެއްކޭވާހަކަ ބުނާއިރު ކުންފުނިތަކުން އެތަންތަން ހިންގަން ބޮޑެތި މުސާރަދީފައި ތިބޭ މީހުންގެ އަމިއްލަ މަންފާއަށް އަށް މުޅި ކުންފުނި ހިންގުން ބަދަލުވަމުންދާ ދިއުން ހުއްޓުވޭނެ ދައުލަތުގެ އިދާރާއެއް ނެތީބާވައެވެ. މުސާރަތަކާއި ބޯނަސްތަކާއި އެނޫންވެސް އިނާޔަ

The name is already taken The name is available. Register?

ހިތަދޫ 2

13 September 2022

ހުރިހާ އެއްޗެެއްވެސް ދޭން ޖެހެނީ ހިލޭ، 50،000ރ އެއްކޮއްލާނެ ހާ ދުވަސް ވެސް ތި ލިބޭ މީހުނަށް ލިބިފަ އޮތީ، މަ ދީފާނަނަން 50،000 ގެނޭ މަށަށް!

The name is already taken The name is available. Register?

ފަލަސްތީން

12 September 2022

ރައިސް ޔާމިންގެ ވިސްނުން ވަރައް ބަރާބަރު

The name is already taken The name is available. Register?

ބިސްމަޅި

12 September 2022

ރަގަޅަށް ލޮލުގަ އަނދުން އަޅުވާފަ މިއޮތީ، އާދައިގެ ރައްޔަތުންނަށް ހަމަ ނަނާ ހުވަފެންދައްކާ ބައެއް.

The name is already taken The name is available. Register?

އާހިރު

12 September 2022

ކުންފުނިތަކުން މިފަދަ ސްކީމް ހިންގުން ރަގަޅު.ގިނަބަޔަކަށް މިފުރުސަތު ތަކުން ފްލެޓް ލިބިގެން ބޯހިޔާވެހިކަމަށް ލުއިލިބޭނީ.މި ފަދަ ޕްރޮޖެކްޓްތައް ގިނަ ކުރަންވީ.ކޮންމެ ދިވެއްސަކައް މަދުވެގެން އެއް ފޮލެޓްް.

The name is already taken The name is available. Register?

754328

12 September 2022

ބަޔަކު އެބައުޅޭ ހައުސިން ދިނުމަށް ސަރުކާރުތަކުން ކުރާ މަސައްކަތް ހަލަކުކޮއްލަން. އެފަދަ ޖަމާތްތަކުން ދަނީ ފުލެތް ލިބޭމީހުން ލަރިދައްކަން ނުޖުހޭކަމަށް ފަތުވާދީ މަސްލަހަތު ގޯސްކުރަމުން.މިފަދަ ޖަމުއިޔާތައް ހަދައިގެން މިވެރިން ބޭނުންވަރަކަށް ފައިސާ ޖީބައް އަޅަނީ ޖަމްއިޔާ ހިންގުމުގެ ނަމުގަ.

The name is already taken The name is available. Register?

ހަންޑި

12 September 2022

ދައުލަތުގެ ކުންފުނިތަކުން ވިޔަފާރިކޮށްފަ ބައިތުލްމާލަށް ވަންނަންޖެހޭ ފައިސާކޮޅުން ތަނުގެ މުވައްޒަފުންކޮޅަކަށް ގެދޮރުއަޅާދީފަ ދޮޅަކަށްދީ ނިންމާލީމަ އެއީ ހަމަޖެހޭ ކަމެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454