ޚަބަރު / ރައީސް މުހައްމަދު ނަޝީދު

މެއި 6ގެ ހަމަލާ: ނަޝީދުގެ ބޮޑީގާޑުންނަށް މެޑަލް ދީފި

ގެއިން ނުކުމެވަޑައިގެން ކާރަށް އަރައިވަޑައިގަތުމަށް ނަޝީދު ވަޑައިގަންނަވަނީ. އެ ހިސާބުން ބޮން ގޮއްވާލައި އަނިޔާ ލިބިވަޑައިގަތުމުން އެމަނިކުފާނު ނެންގެވީ އަރިހުގައި ތިއްބެވި ބޮޑީގާޑުން.

14 ސެޕްޓެމްބަރ 2022 - 14:34

10 comments

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ހަމަލާދިން ވަގުތު އެ މަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ބޮޑީގާޑުންނަށް ހިތްވަރުގެ މެޑަލް ރޭ ދީފި އެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ތިން އޮފިސަރަކަށް މެޑަލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

ޝަރަފު ލިބުނު ބޮޑީގާޑުން

- ސްޓާފް ސާޖަންޓް އިލްހާމް އާދަމް، ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް އަދި ހިތްވަރުގަދަ ކުލަ

- ކޯޕްރަލް މުހައްމަދު ނިޔާޒު

- ލާންސް ކޯޕްރަލް މުހައްމަދު ރިޝްވާން

އެ ތިން އޮފިސަރުންގެ އިތުރުން ފުވައްމުލަކުގެ ޓައިގާ ޝާކް ޑައިވިން ޕޮއިންޓަށް އޮގަސްޓް، 2019 ގައި ގެއްލުނު ޑައިވަރަކު ހޯދަން ހަފުތާއަކަށް ވުރެ ގިނަ ދުވަސްވަންދެން ކުރިއަށްގެންދިޔަ އޮޕަރޭޝަނާއި 10 މީހުންނާ އެކު ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަނިކޮށް ފަސް މީހަކު ނިޔާވި ހާދިސާގައި ހަރަކާތްތެރިވި މީހުންނަށް ވެސް ޝަރަފުގެ ނިޝާން ދީފައިވެ އެވެ.

މަޖީދީމަގުން، ގ. ކެނެރީގެ ހުންނަ ނީލޯފަރު ގޯޅި ކަންމަތީގައި މެއި 6، 2021 ވަނަ ދުވަހުގެ ރޭ ގޮއްވާލި ބޮމުގައި ނަޝީދުގެ އިތުރުން އެ މަނިކުފާނުގެ ދެ ބޮޑީގާޑަކަށް ވެސް އަނިޔާވި އެވެ. އޭގެ ތެރެއިން އެކެއްގެ ވާތަށް ހުރީ ބުރައިގެން ދިޔަ އެތިއެތިކޮޅުތައް ހެރިފަ އެވެ. އޭޑީކޭ ހޮސްޕިޓަލުން ހަމަ އެރޭ އެ އެއްޗެހިތައް ވަނީ ނަގައިފަ އެވެ. އެއީ ހަމަލާގެ ވަގުތު ނަޝީދު ކަވަރުކުރި ބޮޑީގާޑެވެ.

އެ އަނިޔާތަކާ ގުޅިގެން އިލްހާމް ވަނީ ކަނދުރާގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ހަމަލާ ދިން އިރު އެ ހިސާބުގައި ހުރި މީހަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ ބޮން ގޮއްވާލި ގަޑީގައި އިވުނު ބާރު އަޑާ އެކު ނަޝީދު ކުއްލިއަކަށް ތިރިވި ކަމަށެވެ. ބޮޑީގާޑުންނަށް އަނިޔާވެފައި ވަނީ ނަޝީދު ތިރިވެލި ވަގުތު، އެ މަނިކުފާނު ވަށައިލުމުން ކަމަށް އޭނާ ކުރިން ބުނެފައިވެ އެވެ.

10 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 54%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަވަސްހިނި

14 September 2022

ހދ. ނޮޅިވަރަންފަރުން ހާދިސާގައި 5 މީހުން ސަލާމަތްވެސްކުރި، އެކަމަކު އެ ސިފައިންނަށް މެޑަލް ނުލިބުނީ ކީއްވެބާ؟ އެމީހުންނަށް ހަމައެކަނީ ޝަރަފުގެ ނިޝާން، މެޑަލ؛ް ނުލިބުނު..... ނަޝީދުގެ ފުރާނަ ސަލާމަތްކުރި އިރުގައި 5 މީހުންގެ ފުރާނަ ސަލާމަތްކުރީމަވެސް ނުލިބުނު.. އެހެންވީމަ ނަޝީދުގެ ފުރާނައާއި ނުބައްދަލޭ 5 މީހުންގެ ފުރާނަވެސް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 September 2022

ތިއީ އެވަގުތު ތިބި ބޮޑީގާޑުން ކުރެއްވެވި މަސައްކަތަށް ހައްޤު އެއްޗެއްކަމަށް ޤަބޫލު ކުރަން. # އެހެން ނަމަވެސް ދުރާލާ އެގިތިބެ މިކަން ޑިފެންސްފޯހުގެ އިންޓަލިޖަންސް އަދި އެންޓިޓެރަރިސްޓް ޑިޕާޓްމަންޓާއި ޙިއްސާ ނުކުރެއްވި މީހާއާއި އަދި މިޝަން ރާވާހިންގި ބޮޑުން (ކޮން ބައެއްކަން ދަނެގަނެވިފައިނެތް) ވެސް އެތިބީ ހަމ ތިފެންވަރުގެ މެޑަލްއެއް ޖަހައިގެން ނޫންތޯ؟! މިއީތޯ މިކަން ހިގާންވާ ގޮތަކީ؟

The name is already taken The name is available. Register?

ލައިލަ

14 September 2022

ކޮބާ ނަޝީދުއަށް ލިބެންވީ މެޑެލް؟

The name is already taken The name is available. Register?

އުދުހޭ

14 September 2022

ކެރީގޭ އަވައްޓެރިންނަށް ޖެހިފައިވާ މުސީބާތަށް ކެތްތެރިވާތީ އެމީހުންނަށް މެޑެއްޔެއް ނުދޭތަ؟

The name is already taken The name is available. Register?

48343

14 September 2022

މެޑަލެއް ނުދިނަސް ނަޝީދު ސަލާމަތްވިކަމަށްޓަކާ އޭނާއަށްވެސް ކޮންމެވެސްބާވަތެއްގެ އިނާމެއް ދޭން ފެނޭ.

The name is already taken The name is available. Register?

ސާބަސ

14 September 2022

މެޑަލް ދޭވަރުވޭ ރައީސް ނަޝީދު އާއި ބޮޑިގާޑާ ދެމެދު ގެސްޓްމީހަކުވެސް ހުރިކަން ފާހަގަވޭ

The name is already taken The name is available. Register?

ޕަލްޕީ

14 September 2022

ލޮލް! ލޮލް! ލޮލް! މަ ހުވާ މި ނަޝީދު މީ ކޮހެއް!

The name is already taken The name is available. Register?

ހަސަނު

14 September 2022

ވަރަށް އުފާވެރި ހަބަރެއް...

The name is already taken The name is available. Register?

ތީތިބަރާބަރު

14 September 2022

ޙައްޤު މެދެއްޔެއް. އުއްމީދު ކުރަން ރައްޔިތުންނާ ޤައުމުގެ ދިފާޢުގައި ކެރިގެން ކުރިމަތިލުމުގައި ވަފާތެރިކަމާއެކު ދެމި ތިބޭނެކަމަށް. މަރުޙަބާ

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

15 September 2022

ކޮން ހައިސިއްޔަތަކުންބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454