ޚަބަރު / ލާމަރުކަޒީ ހިންގުން

ލާމަރުކަޒީ ބަދަލުތަކުން ރައްޔިތުންގެ އެތައް ހައްގުތަކެއް ކަށަވަރުވެއްޖެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (މ) މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

15 ސެޕްޓެމްބަރ 2022 - 15:15

9 comments

ލާމަރުކަޒީ ބަދަލުތަކާއެކު ރާއްޖޭގައި ހަމަޖެހުން ގާއިމުވެ، ރައްޔިތުންގެ އެތައް ހައްގުތަކެއް ކަށަވަރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ހިތާބެއްގައި ވިދާޅުވީ، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މި ފަހުގެ ތާރީހުގައި އެޅި އެންމެ މުހިންމު ފިޔަވަޅަކީ ރަށްރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ކަމަށެވެ.

އެ ބަދަލުތަކުގެ ސަބަބުން، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ހައްގުތަކެއް އިތުރަށް ކަށަވަރު، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ކުރިއަށް ވުރެ ބޮޑަށް ތަނަސްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ކަންކަމުން ނުކުތް އެންމެ ރަނގަޅު ނަތީޖާއަކީ، ރައީސް ވިދާޅުވި ގޮތުގައި މުޖުތަމައުގައި ހަމަޖެހުމާއި ސުލްހަ އާއި އަމާންކަން ފެތުރިގެން ދިއުމެވެ. ބޭރުގެ ގައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކާއި އަސްކަރީ ކޯޅުންތަކާއި ނަސްލީ ވާދަވެރިކަމުގެ ކުރިމަތިލުންތަކުގެ ސަބަބުން އެތައް ބަޔަކު ތިބީ ޑިމޮކްރަސީގެ އެއްވެސް މަންފާއެއް ނުލިބި، އަސާސީ ހައްގުތަކުން މަހުރޫމުވެ ބިކަވެފައިކަން ފާހަގަކުރެއްވި އެވެ.

"ޑިމޮކްރަސީ އާއި ސުލްހައަކީ އެއް ފައިސާ ފޮތީގެ ދެފުށް ކަމަށްވާއިރު ޑިމޮކްރަސީ ދެމެހެއްޓުމަކަށްޓަކައި ސުލްހަވެރިކަން އޮތުން ވަރަށް މުހިންމެވެ. އަދި ސުލްހަ އާއި ހަމަޖެހުން އޮތުމަށްޓަކައި ޑިމޮކްރަސީ ހަރުދަނާކުރުން އެހާމެ މުހިއްމެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ޑިމޮކްރަސީއެއްގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުން ކަމަށް ވާތީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތެއްގައި އަންނަނީ ކުރަމުން ކަމަށެވެ.

ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް ގާނޫނުތަކަށް މިހާރު ވެސް ގިނަ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޑިމޮކްރަސީ އާއި ސުލްހައަކީ އެއް ފައިސާ ފޮތީގެ ދެ ފުށް ކަމަށްވާއިރު ޑިމޮކްރަސީ ދެމެހެއްޓުމަކަށްޓަކައި ސުލްހަވެރިކަން އޮތުން ވަރަށް މުހިންމެވެ. އަދި ސުލްހަ އާއި ހަމަޖެހުން އޮތުމަށްޓަކައި ޑިމޮކްރަސީ ހަރުދަނާކުރުން އެހާމެ މުހިއްމެވެ.-- ރައީސް ވިދާޅުވި އެވެ.

ޑިމޮކްރަސީއާ މެދު ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރިވެ، ދައުލަތް ހިންގުމުގެ ނިޒާމުގައި ލިބެންޖެހޭ ހިއްސާ އަކީ ކޮބައިކަން ދެނެގަނެ، އެ ހިއްސާ ލިބެމުން އަންނަ ކަމަށާއި އެކަމަކު ޑިމޮކްރަސީގެ ހަމަތައް ދެމެހެއްޓުމުގައި ދުނިޔޭގެ ފެންވަރުގައި އަދި ވެސް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"ވަރަށް ހަލުވި ބަދަލުވުންތަކެއްގެ ތެރޭގައި އޮތް މުޖުތަމައެއްގައި މިނިވަން ގައުމެއްގެ ގޮތުގައި އަޑު އުފުލަމުން އަންނައިރު، އަޅުގަނޑުމެންގެ ޑިމޮކްރަސީ އަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކާތަކާއި ހުރަސްތަކަށް ވަރަށް ބޮޑަށް ސަމާލުވެ ފާރަވެރިވާންޖެހެ އެވެ. އޭގެ ތެރެއިން ވެސް މިއަދު ދުނިޔޭގެ ގިނަ ގައުމުތައް ތަޖުރިބާކުރަމުންދާ އެންމެ ބޮޑު ނުރައްކަލަކީ ދިވެހިރާއްޖެ ވެސް ތަޖުރިބާކުރަން ޖެހިފައިވާ ތިމާވެށީގެ މައްސަލަތަކެވެ. ޓެރަރިޒަމާއި ހަނގުރާމަތަކުގެ ނުރައްކާތެރިކަން ވަކިން ކުޑައެއް ނޫނެވެ،" ރައީސް ވިދާޅުވި އެވެ.

ޑިމޮކްރަސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި ވަކި ހާއްސަ ދުވަހެއް ފާހަގަކުރަން އދ. އިން ނިންމީ 2007 ވަނަ އަހަރެވެ. މިއީ، ޑިމޮކްރަސީގެ ދުވަސް ފާހަގަކުރާ 15 ވަނަ އަހަރެވެ.

9 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޮޅިއިބިރިހެންބެއްޔަ

23 September 2022

މި ހުންނަނީ ފުސްކުކުޅު ހާލީގަ އޮވެ ތަޅާކުސް

The name is already taken The name is available. Register?

ގިނި

21 September 2022

ޑިމޮކްރަސީ އާއި ސުލްހައަކީ އެއް ފައިސާ ފޮތީގެ ދެ ފުށް ކަމަށްވާއިރު ދައްކާ ކޮސް ވާހަކަ ، އެއް ފައިސާ ފޮއްޗެއްގެ ދެ ފުށް ދުވަހަކުވެސް ނުޖެހޭނެ ފަދައިން ޑިމްކްރަސީއާ ސުުލްހައާ ބައްދަލެއް ނުވާނެ.

The name is already taken The name is available. Register?

ގައުމީ އަޑު

17 September 2022

މިސްކިތްތައް ސާފުކޮށް ބަލާބެލެހެއްތުމަށް ވިޔަސް ފައިސާ ނެތް ޙާލުގަ މާލޭގެ މިސްކިތްތައް ފައްކާތައް ނުނިވާ ފާޚާނާ ތައް ބަންދުކުރެވޭނެ ނިޒާމެއް ނެތި ތިއްބާ މިއޮއް ބުނި އެއްޗެއް

The name is already taken The name is available. Register?

ސަރުކާރު ކިހިލިޖަހާ ރާއްޖެތެރެ

16 September 2022

މަސްވެރި ރަށްތަކުގެ އިގްތިސޯދީ ހާލަތާއިމެދު ސަރުކާރުގެ ކަންބޮޑުވުމެއް ނެތް. ރަށަށް އާމްދަނީ ވަންނާނެ އިތުރު ވިސްނުންތަކެއް ނެތް! ލޭންދޭން ލިސްޓުތައް ދިގުވެ ރަށު ކަންމަތީ ފިހާރައަށް ރަށު ރައްޔިތުން ބެލެހެއްޓުން ހަވާލުކޮށް ސަރުކާރު ވެރީން މާލޭ ގައި ބޮޑު މުސާރަ ނަގައި ޓީވީ އަށް އަރާ ސަޅިބައިސާ ކެނޑީކަމަކާ ވީކީއެއް ނޫން. މަރުކަޒީ ބެންކު ބަލަނީ މާލޭގައި ދައުރުވާ ފައިސާ އެކަނި. ރަށްތައް ތިބެނީ ނިކަމެތިހާލަތުގައި. މީން ރަށަކަށް އަރާވަރާ ހާލަތެއް ނުބަލާ!

The name is already taken The name is available. Register?

އަންހެނުންގެ

16 September 2022

އަންހެނުންގެ ކޮމެޓީތަކަށް ހިނގާ ހަރަދު އިލެކްޝަން ހަރަދާއިއެކު ކައުންސިލްތަކަށް ދީފިނަމަ ވާ ފައިދާ މާބޮޑުވާނެ

The name is already taken The name is available. Register?

ބޮޑުމީހާ

15 September 2022

ކަށަވަރުވީ ޙައްޤަކީ ކޮބާތަ؟ ގައުމުގެ ދެބައިކުޅަ އެއްބައި އުޅެނީ މާލޭގަ. މި މީހުންގެ ތެެެެރެއިން 90 އިންސައްތަ މީހުންނަށް ބޯހިޔާވެހިކަން ނުލިބޭ، ރައްކާތެރި މާހައުލެއް ނެތް، އަރާމުކުރާނެ ފުރުސަތެއް ނެތް. މުޅި ރާއްޖެއަށް ބެލިޔަސް ބޭސްފަރުވާއަށް ސަލާންޖެހުން، މަޖްބޫރު ހިޖްރަކުރުން، ޑްރަގުގެ ވަބާ، ކޮރަޮޕްޝަން އިންތިހާއަށް. ދެން ލިބުނު ޙައްޤަކީ ކޮބާ؟

The name is already taken The name is available. Register?

ހިބިރިންބެއްޔާގެ ކުޑަސޮރު

15 September 2022

ހައްގުތައް ކަށަވަރުވުމުގެ މާނައަކީ ކޮބާ؟ ހައްގުތައް ކަށަވަރުވާއިރު ލަގްޒަރީދޮށުގާ ނިކަމެތިން ސަލާންޖަނީ ކީއްވެ؟ އެސްޓީއޯ އޭޓިމްކައިރީގާ ސަލާންޖަހަނީ ކީއްވެ؟ ފޮލިހުން އެމީހުންގެ ޒިންމާ އަދާނުކޮށް ރައްޔިތުން އަބަދު ބިރުވެރިކަމެއްގާ ހުންނަންޖެހެނީ ކީއްވެ؟ ރައްޔިތުން ބިރަކާނުލާ ދިރިއުޅެވުމަކީ ރައްޔިތުންނަށް ގާނޫނު އަސާސީން ލިއްބައިދީފައިއޮތް ހައްގެއްނޫންތަ؟

The name is already taken The name is available. Register?

2000

15 September 2022

ނުވޭ. ރައްޔިތުން ތިބީ ހާލުގައި . ކައުންސިލަރުން އުލެނީ އަމިއްލަ އަންބޮޑި އިތުރު ކުރަން. އިތުރު އެއްވެސް ކަމެއް ނުކުރެ. ކައުންސިލް ކަންކަން ކުރަން ނަމުގައި ލާރި ނަގާފައި ޖީބަށް އަޅަނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

15 September 2022

ކިހިނެއް ކޮންގޮތަކަށް ކުރި ލާމަރުކަޒެއްތޯ!؟ ދައުލަތުގެ ބަޖޭޓް ހުށަހަޅާ އެބަޖޭޓް ފާސްކުރަނީ ލާމަރުކަޒު ކޮށްގެންތޯ؟! ނުވަތަ ކުރިއެކޭ އެއްގޮތަށް ކ.އަތޮޅު މާލެއަށް %85 އޮންނަ ގޮތަށްތޯ. # މަޖިލިސް މެންބަރުންނަށްތިބީ އެދާއިރާތަކުގެ "ރަށްވެހިން" ތޯ ނުވަތަ މަޖިލީހުގެ ގިނަގޮނޑި (ގާތްގަނޑަކަށް 30 ގޮނޑި) ޕަކަޅާކޮށްގެން ތިބީ ވަކި ރަށެއްގެ ރަށްވެހިންތޯ. # މިއީ ޤއ ގެ 72 ހ އަދި ށ އާއި ޙިލާފު ކަމެއްކަން އިގޭއިރު ކީއްވެތޯ މިކަން ހުއްޓުވަން ފިޔަވަޅު ނާޅުއްވަނީ !؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454