ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީންތަކެއް މަސައްކަތް ކުރަނީ: ހަތް ވަނަ ބުރިން ވެއްޓުނު ދަގަނޑު ހެރުނު ބިދޭސީއަކަށް އޭޑީކޭގެ އައިސީޔޫގައި އަންނަނި ފަރުވާދެމުން. -- ފޮޓޯ | މިހާރު
18 ސެޕްޓެމްބަރ 2022 - 16:17
ނޭފަތާ ދިމާލުން މޫނަށް ވަން ދަގަނޑު، ގުނަވަންތައް ފޫއަޅުވާލައި ނުކުމެފައި ހުރީ އުކުޅުވަޅާ ހިސާބުންނެވެ. އާދަޔާ ހިލާފް މި އެކްސިޑެންޓުގައި ޒަހަމްވި މީހާ އެ ހާލުގައި ފެނުނު މީހުންނަށް އެއީ ގަބޫލުކުރަން ވެސް އުނދަގޫވި މަންޒަރެކެވެ.
މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ހަތް ވަނަ ބުރިން ވެއްޓުނު ތިން ފޫޓު ހުންނަހާ ދަގަނޑެއް ހަށިގަނޑު އެއްކޮޅުން އަނެއްކޮޅަށް ފޫ އަޅުވާލާފައި ދިޔައީ އިމާރާތުގެ މަސައްކަތުގައި އުޅެނިކޮށް މަތިން ބާރު އަޑެއް އިވިގެން ވައިގޮޅިއަށް ބޯދިއްކޮށްލިތަނާ އެވެ.
މި ހާދިސާގައި އަނިޔާވި އިންޑިއާ މީހާ މިހާރު އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ އޭޑީކޭގެ އެކި ސްޕެޝާލިޓީތަކުގެ ޑޮކްޓަރުން މެދުކެނޑުމެއް ނެތި އެ މީހާއަށް އަށް ގަޑިއިރު ފަރުވާ ދެއްވި ކަމަށެވެ. އޮޕަރޭޝަންތައް ކާމިޔާބުކަމާ އެކު ނިންމާލައި އޭނާގެ ފަރުވާ ގާތުން ބަލަމުން އަންނަ ކަމަށް އައްފާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ލިބިފައި ހުރި ސީރިއަސް އަނިޔާތަކަށް ބަލާއިރު، ޑޮކްޓަރުން ލަފާކުރައްވަނީ ގާތްގަނޑަކަށް ހަތަރު ދުވަހު އައިސީޔޫގައި ބާއްވަން ޖެހޭނެ އެވެ.
ބިދޭސީ މީހާ މަސައްކަތްކުރާ ކުންފުނި، އާރުސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަނިޔާވި މުވައްޒަފަކީ ދަގަނޑު އަރުވަން އުޅުނު މީހެއް ނޫން ކަމަށެވެ. އެ އިމާރާތުގެ ފުރަތަމަ ބުރީގައި މަސައްކަތް ކުރަން އުޅެފައި ވައިގޮޅި ކައިރިއަށް ދިޔައީ އަޑެއް އިވޭތީ ކަމަށް ވިދާޅުވި އެވެ.
"އޭނާ ބަލައިލި ވަގުތު ދަގަނޑު އައިސް މޫނަށް ހެރި ވަދެގެން ދިޔައީ. އެތަނުގައި އޭރު ތިބި މީހުން ވަގުތުން އޭނަ ހޮސްޕިޓަލަށް ގެންދިޔަ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮޕަރޭޝަންތަކަށް ފަހު ބިދޭސީމީހާ އަންނަނީ ރަނގަޅުވަމުންނެވެ.
އެ ހާދިސާ ހިނގިއިރު އަނިޔާވި މީހާ އާއި ދަގަނޑު އަރުވަން ތިބި އެހެން ބިދޭސީން ވެސް ތިބީ މަސައްކަތުގެ މާހައުލުގައި އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ކަމަށް ވިދާޅުވި އެވެ. އެއްވެސް ކަމެއް ދޫވެފައި އޮތްތޯ އަދިވެސް ބަލަމުން އަންނަ ކަމަށާއި އެއްވެސް ކަމެއް ނުކޮށް ހުރި ނަމަ ފިޔަވަޅު އަޅާނެ ކަމަށް އާރުސީސީގެ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާ ހިނގިއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިއްބަސް އާއްމު ގޮތެއްގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވާއިރު ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އިސްކަމެއް ނުދެ އެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި ވަރަށް ގިނަ މީހުންނަށް އަނިޔާ ލިބެ އެވެ. މީގެތެރެއިން ބައެއް މީހުން މަރުވެފައި ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީީީއީީީީއީ
20 September 2022
ސުބުހާނަﷲ....
ގިނި
19 September 2022
ޑަކްޓަރުން ބޯ އަނބުރާ ގަނެގެން ނުވެއްޓޭތަ އަހަރުން މި ކިޔާފަވެސއ ގޮތް ވޭ
ދޯސސ
20 September 2022
މަށަށްވެސް މީތި ކިޔުނީ މޫނުގައި އަތް އަޅައިގެން އިނދެ...
އެނބެރި
20 September 2022
އަހަރެންވެސް މީތި ކިޔާ ނިންމާލީ ކޮޓަރީގެ ބޮކިވެސް ނިއްވަލަގެން ކޮމްޕިޔުޓަރ އިސްކްރީންވެސް ނިވަގެން. ދެން މޫނުގަ އަތްއަޅަގެން. ދަންނަ މަދު ހެޔޮ އެއްޗިސް ކިޔަގެން
ވަންޓަޗް
19 September 2022
މުޅިއަކުން ގަބޫލެއްނުކުރެވޭ ތިޔަ ވާހަކައެއް.. މަތިން އަންނަ ދަގަޑެއް ވައިގޮޅިން ބޯދިއްކޮއްލައިގެންނެއް އެގޮތައްވަދެގެން ނުދާނެކަން ޔަގީން.
ދެން ކިހިނެން
19 September 2022
ދެން ކިހިނެން ވީމަ އެހެން ވާނީ
ޢަހޫ
21 September 2022
ދަނގަ ޑެއް މަތިން ވައް ޓަބަލަ ވެއްޓޭ ގޮތް ބަލަން.
ަޢަބްދުﷲ
19 September 2022
އަލްޙަމްދު ލިﷲ، އެފަދަ ނުރައްކާތެރި ޙާދިސާއަކުން އެ މީހާ ސަލާމްކޮށްދެއްވިކަމުގެ މައްޗަށް އިނބަ އިލާހަށް ޙަމްދާއި ޝުކުރު ކުރަމެވެ. ޔާﷲ މިއަޅާމެން އެންމެންނަކީ އިބް އިލާހަށް ބިރުވެތިވެ ފުރުހަމައަށް އަޅުކަންކުރާ އަޅުންކަމުގައި ލައްވާށިއެވެ. އާމީން!!
މާރޭ
19 September 2022
ކޮންމެ ކުންފުންޔަކުން މުއައްޒަފުންތެރެއިން ވޯކް، ހެލްތް އެންޑް ސޭފްޓީ އޮފިސަރެއް ކަޑައެޅުން މުހިންމު. ޢަދި ގާނޫނުތައް މުހިންމު.
ވިސްނާ22
18 September 2022
ތި ހަބަރު ކިޔާފަ ހޭނެތިގެން ވެއްޓޭވަރުވޭ! ބޯއބުރާ! މިކަހަލަ ހަބަރު ގެންނައިރު އަހރެން ފަދަ ސެންސިޓިވް މީހުން އުޅެކަން ވެސް ވިސް ނާގެން ލިޔާނަމަ
ރަދީފްއޮފިޝަލް
20 September 2022
'reader discretion is advised' އެހެންނޫން ތޯ.ވ.ވެދުން
ދޯބެއަ
18 September 2022
ރެއިންބޯ އަދި އާރުސީސީ ފިޔަވައި ސަލާމަތީ ކަންކަން ބަލަހައްޓާ ބަޔަކު ނެތޭ ބުނުމީ ދޮގަކަށް ނުވާނެ. ދެންތިބި މީސް މީހުންވެސް ނަމަކަށް ކުރޭ.
ދިވެހިން.
18 September 2022
ތިކަން ތިދިމާވީ ތިކަން އެންމެ ރަގަޅަށް ކުރާ އާރުސީސީގެ ފަރާތުން ދެން ވިސްނާ އެހެން ތަންތަނުގެ ހާލު ހުންނާނެ ގޮތް. ހަގީގަތުގައި މަތިން ލޫަސް އޮބްޖެކްޓްސް ވެެއްޓިދާނެތީވެސް އެކަމަށްވެސް ފިޔަވަޅު އެޅިފައި ހުންނަޖެހޭނީ! ކަމާ ބެހޭ އިދާރާތަކުން ދޭތެރެ ދޭތެރެއިން މޮނީޓާ ކުރާނަމަ މިކަހަލަ ނުރައްކަތެރި އެކްސިޑެންޓް މަދުކުރެވޭނެ.
ށަވިޔަނި
18 September 2022
އަވަސް ޝިފާއަކަށް އެދެން.
ތޖޖޖޖޖޖ
18 September 2022
މައުލޫމާތު އިތުރަށް ޔަގީިންކޮށްލުން ރަނގަޅު، މަތިން ވެއްޓުނީ 20 ފޫޓް ދަނގަޑެއް ކަމަށް ވަނީ، ހޮސްޕިޓަލް އަށް ގެންދިޔައީ ދަނގަނޑު ބުރިކޮށްލައިގެން.