އޯކިޑް މަގުގައި ހަދާފައިވާ ޕާކިން ޒޯން.
18 ސެޕްޓެމްބަރ 2022 - 20:38
މިނީ ބަހުގެ ހިދުމަތަށް އޯކިޑް މަގުގެ ޕާކިން ނަގައި، އޭގެ ބަދަލުގައި 65 ވެހިކަލް ޕާކުކުރެވޭނެ ޖާގަ ހަދައިފި އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އޯކިޑް މަގުގެ ޕާކިން ނަގައި އޭގެ ބަދަލުގައި ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ވަނީ މ. ސްޓާލިން ގޭގައި ކަމަށެވެ.
ވެހިކަލް ޕާކުުކުރުމަށް ކުރަހާ މިހާރު ނިމިފައިވާއިރު އެތަނުގައި 50 ސައިކަލާއި 15 ކާރު ޕާކުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެ ދެ ހަފްތާ ކުރިން މާލޭގައި ބަހުގެ ހިދުމަތް ފެށުމަށް މަޖީދީ މަގުގެ ޕާކިން އެއްކޮށް ވަނީ ނަގައިފަ އެވެ. ފަހުން އަމީނީ މަގުގެ ޕާކިން ނަގައި އިތުރު ޕާކިން ޒޯނުތައް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެެވެ.
Minibus operation ah Orchid Magu ge parking nagaa eyge badhalugai parking jaaga hamajessumattakaa, M.Starlin , Laami gey gai hedhi parking zone gai 50 cycle, 15 car park kurevey gothah kurahaa nimifai. @MaleCitymv pic.twitter.com/miZZWmROnh
— Dr Mohamed Muizzu (@MMuizzu) September 18, 2022
ކުރިން މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޕާކިން ނަގައި އިތުރު ބިންތައް ސަރުކާރުން ހަމަޖައްސައިދިންހާ އަވަހަކަށް ޕާކިން ޒޯނުތައް ހެދުމުގެ މަސައްކަތް ކައުންސިލުން ކުރާނެ އެވެ.
މިފަހުން އަމީނީ މަގުގައި ހަދާފައިވާ ޕާކިން ޒޯނަކީ މީގެ ކުރިން އެ މަގުގައި މާކު ކުރުމަށް އޮންނަ ޖާގައަށް ވުރެ އިތުރަށް ޕާކުކުރެވޭނެ ބޮޑު ޒޯނެކެވެ. އަމީނީ މަގުން މާފަންނު ސްޓޭޑިއަމް ސަރަހައްދުން އެއް ބައިގައި ހަދާފައިވާ ޕާކިން ޒޯނުގައި 335 ސައިކަލު ޕާކުކުރެވޭނެ އެވެ.
ވެހިކަލްތަކުން ފުރިފައިވާ މާލޭގެ ބޮޑެތި މަގުތަކުގައި ޕާކިން ޒޯނު ނުހަދައި ޕާކުކުރުން މަނާކުރުމުން މަގުގެ އެއް ފަޅީގައި ޕާކުކޮށްފައި ހުންނަ މަންޒަރު ވެސް ފެނުނެވެ. އެކަމަކު އެގޮތަށް ވެހިކަލް ބަހައްޓާއިރު މިނީ ބަސް ދަތުރުކުރަން އުނދަގޫވާ ގޮތަށް ވެހިކަލްތައް ހުންނަ މައްސަލަ ބޮޑުވެ ފަހުން ފުލުހުން ވަނީ ސްޓިކާ ޖަހައި ވެހިކަލް ޓޯކުރަން ފަށަައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުރަބޯ
31 May 2023
ޕާކުކުރާނެ ބިލްޑިންގ ތަކެއް ހެދުން ރަނގަޅު.
ބަޑިތަކުރު
19 September 2022
މާލޭ މީހުންނަށް އެންމެންގެ ފައިސާއިން ބޮޑުހޭދަކޮށްގެން ހިއްކާ ތަންތަނުން ހިލޭ ބިންދޭއިރު އެންމެ ކުޑަމިނުން ކުރިން ވެސް އުސޫލު ކަނޑައެޅިގޮތަށް ތަންފީޒުވެސް ކުރެވޭގޮތަށް ގޯތިލިބޭ މީހާއަށް މާލެއިން ލިބޭތަންކޮޅު ދޫކޮށްލުން ޝަރުޠުކޮށްބަލާށެވެ. އަދި ގޯތިދީފައި ޝަރުޠު އުވާނުލައި އެކަން ތަންފީޒުކޮށް ޕާކިންގޒޯންހަދަން އެތަންތަން ބޭނުންކޮށް ބަލާށެވެ. އެކަމަކު މިފަދަ ކަންކަން ނިންމަންވެސް ތިބޭނީ އެފަދަ ބަޔަކު ވީމާ ކުރެވެން އޮންނަ ކަމެއްވެސް ނުކުރާނެތާއެވެ.
އޮނަރަބްލް އަފީފު ދީދީ
19 September 2022
ޤައުމުގެ ހުރި ހުރިހާ އޮފީސްތަކާއި، އާމްދަނީ ލިބޭނެ ވަޒީފާއެއްގެ ގޮތުގައި އަދާކުރެވޭ ސަރުކާރާއި ދައުލަތް ޙިއްސާވާ ކުންފުނިތަކުގެ ވަޒީފާތައްވެސް ތިޔަ މުޤައްދަސް ރަށްކޮޅުން ބޭރަކަށް ނުގެންދެވޭ. # ބަނދަރު، ތެޔޮތާނގީ، ކާޑު ގުދަން، ކުޅޭ ދަނޑު ތަކާއި، ހުރިހާ ކޮލެޖް އިންސްޓިއުޓް ތަކާއި ވޮކޭޝަނަލް ސެންޓަރުތައްވެސް ހުންނާންވާނީ ކ.އަތޮޅު މާލޭގައި ކަމަށް ޤަބޫލުކުރާ މީހުނަށް މިކަމުން ދުވަހަކުވެސް ސަލާމަތް ނުވެވޭނެ. ތިރަށުގައި އުޅެންޖެހޭނީ ވަޅެއްގައި އުޅޭހެން.
މަަސްދަރު
19 September 2022
ވަޅުގައި އުޅެން އަންނަމީހުން ގިނައީ. އެމީހުންގެ ރަށުގައި ކަންތައްތަށް އާލާކުރާނެ ހިތްވަރުނެތީބާ؟
ޢެލޯ
18 September 2022
ސްޓެލްކޯ ކައިރީގަވެސް ސައިކަލް ޕާރކިންގ ޒޯނެއް އޮވޭ ..އެކަމަކު އެތަުނުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ގެ 2 ކާރު ކޮޅު ބާއްވަންވަނީ ބޮޑުޖާގައެއް ނަގާފަ.... މިކަންކަން ކުރާބޭފުޅުން އެބަވިސްނަންޖެހޭ
އޭސީ
19 September 2022
އެތަނުގެ މެނޭޖިންގ ޑިރެކްޓަރަކީ ވަރަށް އަތް ދިގު ބޭފުޅެއް. އެބޭފުޅާބޭނުންވާނެ މުޅި ސަރަޙައްދުވެސް............
ޕިކްސް
19 September 2022
އެދެކާރު ސްޓްލެކޯގެ އެތެރޭގަވެސް ޕާކުކުރެވިދާނެ.
ޝަރި
19 September 2022
ރަނގަޅުވާހަކަޔެއް .. އެ 2 ކާރަށް ސައިކަލް ޕާރކިންގ ޒޯނުން ޖާގަ ނެގުމުގެ ބަދަލުގަ ސްޓެލްކޯ ތެރެއިން ޖާގަ ނަންގަވާ
ދިސްކަންޓްރީ
18 September 2022
އޯކިޑް މަގުގެ ޕާކިން ނަގައި ޕާކިން ޒޯނެއް ހަދައިފި ނަމަ ގަމާރުންނަށް ހީވާނީ މީ މާލެ ސިޓީ ކައުންސިލުން ކުރި ވަރަށް ބޮޑު ކަމެކޭ މީ އެއްވެސް ހާލެއްގައި މިކަމަށް އޮތް ހައްލެއް ނޫނޭ މާލެ ސިޓީ ކައުންސިލް މެމްބަރުންގެ ތެރޭގައި ހަގީގަތުގައި އިންޖިނިއަރިންގް ހަދައިގެން ހުރި އެކަކު ވެސް ނެތޭ މަމެންނަށް ގަބޫލުކުރަން ދަތިއޭ މުއިއްޒު އެއީ ޖެނުއިން އިންޖިނިއަރެއް ކަމަށް ހިޒް މެމޮރީ އެން ނޮލެޖް އިޒް ނޮޓް އެކްސްޓެސީ އައި މިސް ޖެނުއިން އިންޖިނިއަރިންގް ފްރޮމް
ދަނޑު
18 September 2022
ގަލޮޅު ދަނޑު ނަގައި ބޮޑު ޕާކިންގ ޒޯނަކާއި ސެންޓްރަލް ޕާކެއް ހަދާބަލަ. މިއޮށް ފުރިބާރުވެފާ އޮތް މާލޭގެ މެދުގައި ކޮން ބޮޑު ދަނޑެއްތަ؟ ބަޔަކު އެތަނަށް ވަންނަނީކީވެސް ނޫން. ހެޔޮނުވާނެ.
ބިޔަރޭ
19 September 2022
އަނެްކާ ތިދަނޑުގަ ކުޅޭމީހުން ރާއްޖެއިން ބޭރުގެ މުބާރާތަކަށް ފޮނުވައިފިއްޔާ ދިވެހިން ލަދުން ބޯ ހަލާކުވާވަރުގެ ނަތީޖާތައް ހިފައިގެން އަންނަނީ. އަސްލުވެސް ހަމަ ޕާކިން ޒޯނެއް ހަދަން ވަރައްރަނގަޅު ތަނެެއް ތިޔަތަނަކީ.