މާލޭގައި މިނީ ބަހުގެ ހިދުމަތް ދެނީ: އެ އުޅަނދުތަކަށް އުނދަގޫވާ ގޮތަށް ޕާކުކުރާނަމަ ސްޓިކާ ޖަހާނެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
19 ސެޕްޓެމްބަރ 2022 - 13:57
މާލޭގައި ބަސް ދަތުރުތަކަށް އުނދަގުވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖަހަން ފެށުމުން، ގަވާއިދާ ޚިލާފަށް ޕާކުކުރުން މި ހަފުތާގައި މަދުވެފައިވާ ކަން ފުލުހުން އާއްމުކުރި ތަފާސްހިސާބުން ހާމަވެއްޖެ އެވެ.
އާއްމުންނަށް ދަތުރުފަތުރުގެ ލުއި ފަސޭހަކަމަށް ބަހުގެ ހިދުމަތް މީގެ ހަފުތާއެއްހާ ދުވަސްކުރިން ފެށިއިރު، ބަސް ސްޓޮޕްތަކާ އެކު ދަތުރުތަކަށް އުނދަގޫވާ ގޮތަށް ގިނަ އަދަދަކަށް ވެހިކަލް ޕާކުކޮށްފައި ހުރެ އެވެ. މިކަން ހުއްޓުވަން ފިޔަވަޅު އަޅަން ފަށައި، ފުރަތަމަ ހަފުތާގައި ފުލުހުން ވަނީ 538 ވެހިކަލެއްގައި ސްޓިކާ ޖަހައިފަ އެވެ.
އެކަމަކު މި ހަފުތާގައި އެ އަދަދު ވަނީ ދެ ގުނަ ދަށްވެފަ އެވެ.
ފުލުހުން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން ދެ ވަނަ ހަފުތާގައި ވަޔަލޭޝަން ސްޓިކާ ޖަހަން ޖެހުނީ 259 ވެހިކަލެއްގަ އެވެ.
މިނީ ބަހުގެ ހިދުމަތް ފެށި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޖުމަލް 797 ވައިލޭޝަން ސްޓިކާ ޖަހާފައިވެ އެވެ. އަދި 69 ސައިކަލު ޓޯކުރި އެވެ.
ފުލުހުން ބުނީ މާލޭގައި މިނީ ބަސް ރޫޓުގައި ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި ބަސް ރޫޓަށް އުނދަގޫވާ ގޮތަށް ޕާކުކުރާ ވެހިކަލްތަކުގައި ސްޓިކާ ޖަހާނެ ކަމަށެވެ. އަދި ވެހިކަލްތައް ޓޯކުރަންޖެހިއްޖެ ނަމަ، އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި @RTLnetwork އިން ފޯރުކޮށްދެމުންދާ މިނީ ބަހުގެ ޚިދުމަތް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ! #އެންމެންގެލާބައަށް މަގުމަތި ބޭނުންކުރުމުގެ ރީތި އާދަތަކަށް ލޯބިކުރަމާ! pic.twitter.com/PndezCb05I
— Maldives Police (@PoliceMv) September 19, 2022
މާލޭގެ އެންމެ ބޮޑެތި މަގުތަކުގައި މިނީ ބަސް ދަތުރުކުރާ ގޮތަށް ކަނޑައަޅައި މަޖީދީ މަގާއި އަމީނީ މަގުގެ އިތުރުން އޯކިޑް މަގުގައި ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެ މަގުތަކުގައި ޕާކުކުރުމަށް ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އެބަދެ އެވެ.
މިނީ ބަހުގެ ހިދުމަތް ފެށި ދުވަސްވަރު ވަނީ ބަހަށް އުނދަގޫ ކުރުމަށް ބައެއް ޑްރައިވަރުން މަސައްކަތްކުރާ ކަމުގެ ޝަކުވާ ވެސް ކޮށްފަ އެވެ.
ކުރިން މަޖީދީ މަގުގައި އެވަރަށް ޓެކްސީތައް ދަތުރުނުކުރިޔަސް ބަސް ފެށުމުން އެކަން ކުރަން ފެށީ "ޖެއްސުމަށް" ކަމަށް ބުނެ ބައެއް މީހުން ޓެކްސީ ޑްރައިވަރުންނަށް ފާޑުކިޔެވެ. އަދި ސައިކަލު ދުއްވާ ފަރާތްތަކުން ވެސް ސީދާ ބަސް ހުއްޓިއަށްވާ ގޮތަށް ޕާކުކޮށްފައި ހުންނަ މައްސަލަ ބޮޑުވެ، ފުލުހުން ސްޓިކާ ޖަހައިގެން އެކަން ހުއްޓުވަން ނިކުތީ އެވެ.
މިނީ ބަހުގެ ހިދުމަތްތައް ފެށީއްސުރެ އަދި ކުރިއަށް އޮތް ދެ ހަފްތާގައި ވެސް ހިލޭ ދަތުރުކުރެވޭ ގޮތަށް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަތްބެ
20 September 2022
ބަސް ދަތުރުތަކަށް އުނދަގުކުރަން ހުރިހާ ޓެކްސީއެއް މަޖީދީމަގަށް ނުކުމެއުޅޭކަން ފާހަގައެއް ނުކުރެވޭތަ؟
ލަތީފާ
19 September 2022
މަޖިލީސް މެންބަރ އީވާގެ ރަސްމީ ކާރު މަޖީދީ މަގުގަ ގިނައިރު އުސޫލުން ބޭރުން ބަސްތަކަށް ދަތިވާނެހެން ޕާކުކޮށް މަގު ބުލޮކްކޮށްފަ އޮވޭ! އީވާ އަދި ނަޝީދުގެ މައްޗަށް ގާނޫނު އަދި ގަވައިދު ނުހިގަނީތޯ؟ ހަމަ އަހާލީ!
އަހުމަދު55
19 September 2022
ވަރަށް ހީނުވޭ މީ ތެދެއްހެން. މަދުން ސްޓިކާ ޖަހަން ހަވާލުކުރީމަ ސްޓިކާ ހުންނާނީ މަދުން. ނޫނީ ބައެއް ސްޓިކާ ނުގުނީމަވެސް މަދުވާނެ.
ޖޯޖް
19 September 2022
މިއިން އިނގެނީ ދިވެހިންނަކީ ތަހުޒީބުނުވެ ރޯނުފިލާ ބައެއްކަން
އައްލާ
19 September 2022
ތިކަމަށްވުރެ އުފަލުން ފުލުހުން ކުރާކަމެއް ނޯންނާނެ.
އަނީލް
19 September 2022
މަޖީދީ މަގާއި އަމީނީ މަގުގައި ޕާކު ނުކުރެވޭގޮތް ހަދާއިރު މިމަގުތަކާއި ގުޅިފައިވާ ގޯޅިތަކުގެ ޕާކިން ޒޯންތައް އާންމު ވެހިކަލް ޕާކިންގއަށް ހުސްކުރަން ޖެހޭ. ގިނަ ގޯޅި ތަކުގައި ހުންނަ ޕާކިން ވަނީ މާލޭސިޓީ ކައުންސިލުން ވިއްކާފަ. ޙާއްސަކޮށް އަމިނީ މަގާ ގުޅިފައިވާ ގޯޅިތައް.
އަހްމަދ
19 September 2022
ތިޔަ ގަޓުގަ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވަންވެސް ނިކުމެބަލަ. ހުއްޓުވޭނެ. ކުރިންކީ އެކަން ހުއްޓުވަން ޤާނޫނެއްނެތޭ. މިހާރު ޤާނޫނު ހެދިތާވެސް އަހަރެއްވެގެން ދިޔައީ. ވާކަމެއް ހަރާން. ކުރަން ބޭނުން ނުވަންޏާ ވާނީ އެހެންތާ.
ޖޯޖް
19 September 2022
މޮޔަ ނުތަޅަބަލަ ބިދޭސީ މީހާ ވިޔަފާރީގަ މުލުގައި ހުރީ ދިވެއްސެކޭ ދެން ކޮން ވާހަކައެއް
ނަގިއްޔާ
19 September 2022
ޕާކިންޒޯން ނެތްވަރަށް ދުއްވާއެއްޗެހި ހުންނައިރު އެހުރިހާ އެއްޗެއް ޕާކުކުރެވޭނެ ގޮތެއް ނުދައްކައި އޮޑްގޮތަކަށް ހުންނަ ކޮންމެ ސައިކަލެއްގައި ސްޓިކާ ޖަހާފަ، ޓެކްސީ ޑްރައިވަރުންނާ ޕިކަފުތައް ހަމަމަގައް ނައަޅުވައި، އެމީހުން ބޭނުން ވަގުތަކަށް ހަނި މަގުމަތީ ހުއްޓާލައިގެން ދެމީހުންނާ ފަޅި ބޭނުންކޮށްގެން އެއްޗެއް ބާލާ އަރުވާއިރު އަހަރުމެންގެ ގަޑިންވެސް ވަގުތައް ހިނގާ އިގޭތޯ! ދާންޖެހޭ ތަނަށްދާން ލަސްވެސްވޭ! އެކަމަށް ހައްލެއް ހޯދައިދެނީކާކު؟؟
މުއިއްޒު
20 September 2022
ޝަކުވާނުކޮއް ހެދޭނެގޮތެއް ނުވަތަ ގެނެވޭނެ ހައްލެއް އޮތިއްޔާ ބުނެބެލަ. ތިޔަ ބުނަނީވިއްޔާ ޕާކިންގް ޒޯންއަށްވުރެ ދުއްވާއެއްޗެހި ގިނަވީމައި ވާގޮތެކޭ. ތިޔަބުނާ އޮޑްގޮތަކަށްދޯ ނުގަވައިދުން ހުރިހާ އެއްޗެހި ޕާރކްކޮށްފައި ހުންނަނީ.
ބައްޕީލެހެރީ
19 September 2022
ހަމައެކަނި ސައިކަލް ދުއްވާމީހާއަށް ދޯ މަނިޓަރީ އަދަބު ދެނީ؟ ޓެކްސީ ދުއްވާ މީހުން ހެޔޮދޯ މީހަކު އަރުވަން މަގުމެދު ހުރަހަށް ކާރުގަޑު މަޑުކޮށްގެން އެތައް އިރަކު އޮތަސް، އެމީހުންނެއް ފައިން ނުކުރޭ!
ާއުނިމާ
19 September 2022
މިހާރު ބަސްތައް އެހެން މީހުނަށް އުދަގޫކުރަނީ