ސަރުކާރުން ހިމާޔަތްކޮށްފައިވާ ށ. ފަރުކޮޅު: މަޝްރޫއުތައް ހިންގުމަށް ގިނަ ރަށްތަކަކަށް އެއް އީއައިއޭ ރިޕޯޓެއް ހުށަހަޅާ މައްސަލަ ވަނީ ބޮޑުވެފައި -- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
20 ސެޕްޓެމްބަރ 2022 - 13:20
ތިމާވެށީގެ މަޝްރޫއުތައް ހިންގުމަށްޓަކައި، ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހުށަހަޅާއިރު، އެއް ރަށަށް ވުރެ ގިނަ ރަށްރަށަށް އެއް ރިޕޯޓެއް ހުށަހަޅާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވުމަށް އީޕީއޭ އިން ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.
އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ، އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެއް އީއައިއޭއެއްގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެދި ހުއްދަ ހޯދަން ހުށަނޭޅުމަށް ތިމާވެށީގެ ކޮންސަލްޓަންޓުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.
އެ ބަދަލު ގެނަން ޖެހުނީ "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދު"ގެ ބައެއް މާއްދާތައް ތަންފީޒު ކުރުމުގައި އީޕީއޭ އަށް ގޮންޖެހުންތަކާ ކުރިމަތިވަމުން ދާތީ ކަމަށް ބުންޏެވެ. ނަމަވެސް އެއީ ސީދާ ކޮން މާއްދާތަކެއް ކަމެއް ބުނެފައެއް ނެތެވެ.
އެ އިސްލާހާ އެކު، އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް، އެއް އެޕްލިކޭޝަން ފޯމަކުން، އެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއް އީއައިއޭއެއްގެ ގޮތުގައި ހުށަހަޅާފައިވާ ނަމަ، އެފަދަ އެޕްލިކޭޝަންތައް ބާތިލް ކުރާނެ ކަމަށް އީޕީއޭ އިން ބުނެ އެވެ.
މިދިޔަ މަހުގެ 23 އިން ފެށިގެން އެ އިސްލާހަށް އަމަލުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް، މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ނޭދެވޭ އަސަރު ކުޑަ މަޝްރޫއުތައް ކަމަށް، އެ މަޝްރޫއެއްގެ ތިމާވެށީގެ ކޮންސަލްޓަންޓަށް ފެނިއްޖެ ނަމަ، އެއް ހުއްދައެއްގެ ދަށުން، އެކި ރަށް ހިމެނޭ ގޮތަށް ހުއްދަ އަށް އެދެވިދާނެ އެވެ.
ތަރައްގީގެ ކޮންމެ މަޝްރޫއުއެއް ހިންގާއިރު ވެސް އީއައިއޭ ހަދަން އޮންނައިރު، އެ ރިޕޯޓުން ފާހަގަވާ ކަންކަމަށް ސަމާލުކަން ނުދީ މި ފަހުން ބައެއް މަޝްރޫއުތައް ހިންގާތީ ކަމާބެހޭ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީދުު
21 September 2022
އިޕީއޭއިން ޝާޢިރު ކުރި އިސްލާހުގައި ބުނަނީ އެއް ރިޕޯޓެއްގައި ގިނަ ރަށްތަކެއް އެއްކޮށް ހުށަހަޅާތީ މައްސަލަތައް ދިމާވާކަމައް. އެކި ރަށްރަށަށް ވަކިން އެއް ރިޕޯޓެއް ހުށަހަޅާ ވާހަކައެއް ނޫން. މިހެން ވެފަ ހުރީ އެއް މަޝްރޫޢެއްގެ ދަށުން އެއްރަށަށް ވުރެ ގިނަރަށްރަށުގައި މަސައްކަތްތައް ކުރާފަހަރު. މިސާލަކަށް ހޯޑެްދޫ އާއި މަޑަވެލީގައި ސަރުކާރުން ނަރުދަމާއަޅާއިރު އެއް ރިޕޯޓެއްގައި ދެރަށް ހިމަނާފައިހުރުން.
ސަލީ
21 September 2022
ހަމަ އެއްތާކުއެއްނުން އެ ޖެހެނީ
މޫސާ ޖަމީލް
20 September 2022
މިއީ އެންމެންނައް އެގޭ ބޮޑު ސިއްރެއް! ބިލިއަން ރުފިޔާ ކަޓުވާލިހެން، ބިލިއަނައް ވުރެ އަގުބޮޑު މިގައުމުގެ 'ތެޔޮވަޅު' ރައްތައް ކަޓުވާލައިގެން ދިޔައިރު، ލޯމަރައިގެން ހުރެ 'އަޅެ ތިކަމެއް ނުވެސް ދެނަހުރިން'!
ހިތަދޫ 2
20 September 2022
ތިކަމުން ދޭހަ ވަނީ މިވީހާ ދުވަހު އެޕްރޫވް ކުރި ރިޕޯޓް ތަށް ތިބޭފުޅުން އިވެލުއޭޓް ނުކޮށްކަން ދޫކޮއްފަ ހުރީ...އެކަމަކު މީހަކު ގެންގުޅޭ ޑިނގީގަނޑެއް ފަރަށް އެރިޔަސް 40މިލިއަން.
އޯލްޑް މެކްޑޮނާލްޑް
20 September 2022
އީއައި އީއައި އޯ
ފޮނިފޮނިޓައްޕު ކުމާރު
20 September 2022
ނަންވާނީ ކޮލެޖުކުދިން.
ކުޗީ
20 September 2022
ރަބަރ ސްޓޭމްޕް ކޮޕީ ރިޕޯޓް. މިކަން ކުރަނީ އީޕީއޭގެ މުއަޒިފުންނާ ގުޅިގެން. ޚުޜާތާ އެތަކެއް އަހަރެއް ވެއްޖެ. ރާއްޖޭގް ހުރިހާކަމެއްވެސް ހިނގަނީ މަކަރާއި ހީލަތުން.
100%
20 September 2022
ކުޗީ ތިޔަ ބުނީ ހަމަ ރަގަޅަށް. މިކަން ކުރަނީ އެތާގެ މުވައްޒަފުންނާ ގުޅިގެން. ބޮޑު މައްސަލައަކަށް މިވީ ބައި އެޅުމުގަ ގޯހެއް ހެދުނީމަ ކަމަށް ވާނީ. “އީއައިއޭ އިން ލިބޭ ކަމިޝަން، ބައި އެޅުމުގެ މައްސަލަ ބޮޑުވެއްުޖެ “
ރާއްޖެ
20 September 2022
ލޮލް. މިވެސް ޔުނިވަސިޓީ ކުދިން އެސައިންމަންޓް ހަދާހެން ކުރާ ކަމެއް. ގޫގަލް އިން ކޮޕީ ޕޭސްޓް ކޮއްލަނީ. މިއޮތީ ވާ ގައުމެއް.