އއ. ތޮއްޑޫ: އެ ރަށުގައި އަންހެނަކަށާއި ކުޑަކުއްޖަކަށް އަދި ފުލުހަކަށް އަނިޔާކުރި މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ޖުމާން އާދަމް
22 ސެޕްޓެމްބަރ 2022 - 11:50
އއ. ތޮއްޑޫގައި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅާއި ފުލުހަކަށް އަނިޔާކުރި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އަންހެން މީހާ ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓުން ނެެރެ، އަންހެން މީހާ ދިރިއުޅެމުން އަންނަ ގެއިން ފިރިހެން މީހާ ނުކުންނަން އެދުމުން އެކަމަށް އިންކާރުކޮށް، ކުޑަކުއްޖަކަށް އަނިޔާކުރިކަމުގެ ރިޕޯޓް ރޭ ދަންވަރު ލިބުނު ކަމަށެވެ.
އެ ރިޕޯޓް ލިބުމުން ފުލުހުން އެ ގެއަށް ދިއުމުން އެ ފިރިހެން މީހާ ފުލުހުންނަށް ހަމަލާދީ، މާރާމާރީ ހިންގައި، އިންޒާރު ދިނީ ކަމަށް ވެސް ބުންޏެވެ.
"މާރާމާރީ ހިންގުމުގެ ސަބަބުން ފުލުހަކަށް އަނިޔާވެފައިވޭ،" ފުލުހުން ބުންޏެވެ.
އެ މައްސަލަތައް ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
23 September 2022
ފުލުހުން އަލަމްގިރިއަށް މަހަށް ދިޔައީމާ އުގޫބާތް ބޮޑުވާ ހެން ފުލުހުންނާ ތަޅާމީހުންގެ އުގޫބާތްވެސް ބޮޑުކުރަން ޖެހޭ. ދެކޮޅުންވެސް މިކުރަނީ އެއްކަމެއް. ތެޅުން.
ކުށުގެވެށި
22 September 2022
ހައްޔަރުކުރާނީ ކުށުގެވެށި ނަމަކަށް ކިޔުނު ގެޔަކުން ނުވަތަ ތަނަކުން ކަމަށް ނުވާނެ. ދެން ޖެހޭނީ ދޫކޮށްލަން.
ހަސަނު
22 September 2022
ފުލުހަކަށް ހަމަލާދިނުމުން ލިބޭ އަދަބު އެބަޖެހޭ ވަރަށް ބޮޑުވާން..
ށަވިޔަނި
22 September 2022
ބަޔަކު ވަކިވަރަކަށް ނުބައިވެއްޖެއްޔާ މިކަހަލަ އެތައްކަމެއް ހިނގާނެ. އަހަރެން ފުލުހުންނާމެދު ދެކޭގޮތް ތަފާތު އެހެންވީމަ އެމީހުނަށް ވަރަށް އިހްތިރާމްކުރަން.