އުމުރުން ތިން އަހަރުގެ ކުޑަކުއްޖަކަށް ބިދޭސީ މެއިޑަކު އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރަނީ މާލޭގެ ގެއެއްގައި އުޅޭ ނޭޕަލް އަންހެނަކަށެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ އިއްޔެ ހުށަހަޅާފައިވާ ނަމަވެސް މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، 2023 ވަނަ އަހަރު ކުޑަކުއްޖަކަށް އަނިޔާކުރި މެއިޑެއް ހައްޔަރު ވެސް ކުރި އެވެ.