މާލޭގައި ނޭޕާލު ދެ އަންހެނެއްގެ މެދުގައި މާރާމާރިއެއް މިރޭ ހިންގައިފި އެވެ.
ފުލުހުން ބުނީ އަސަރީ ހިނގުމުގައި ދެ މީހެއްގެ މެދުގައި މާރާމާރިއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް މިރޭ ލިބިފައިވާ ކަމަށެވެ.
އެ މާރާމާރި ހިނގާފައިވަނީ ނޭޕާލުގެ ދެ އަންހެނެއްގެ މެދުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މާރާމާރިއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ މާރާމާރީގައި އެ ދެމީހުންނަށް އަނިޔާވި ކަމެއް އަދި ޔަގީނެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، ދެ އަންހެނަކު އެކަކު އަނެކަކު ގައިގައި ތަޅައި، ބޮލުގެ އިސްތަށިގަނޑަށް ދަމާއިރު، އެ ދެ މީހުން ހުއްޓުވަން އެހެން މީހުން އުޅެ އެވެ.
އެ މާރާމާރީ ހިންގިއިރު، އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނިކުމެ ހާއްސަ އޮޕަރޭޝަނެއް އަންނަނީ ހިންގަމުންނެވެ. އަދި ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލު ކުރުމުގެ އޮޕަރޭޝަނެއް ވެސް ފުލުހުން ވަނީ ފަށައިފަ އެވެ.