މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއްގެ މެދުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 11:30 ހާއިރު ވައިޖެހޭ މަގުގައި ބިދޭސީންތަކެއް މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގެ މައްސަލާގައި ދެ ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މާރާމާރީ ހިނގަން މެދުވެރި ސަބަބެެއް ފުލުހުން އަދި ނުބުނެ އެވެ.
އެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާއިރު އެ ތަނުގައި 10 ވަރަކަށް ބިދޭސީން އުޅޭ ތަން ފެނެ އެވެ. އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައި ވަނީ ހެންވޭރުގައި ހުންނަ ޖެލީ ޓޭކްއަވޭގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގަ އެވެ.
ރާއްޖޭގައި ހާއްސަކޮށް ވެރިރަށް މާލޭގައި ބިދޭސީން މެދުގައި ދޭތެރެއިން މާރާމާރީ ހިންގަ އެވެ. އަދި އެފަދަ ބައެއް މައްސަލަތައް ބަލައި ރާއްޖެ ނާދެވޭ ގޮތަށް ބައެއް މީހުން ވަނީ މީގެ ކުރިން ޑީޕޯޓުކޮށްފަ އެވެ.