ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސސީންތަކެއް ވެހިކަލަށް އަރުވަނީ.
17 ޑިސެމްބަރ 2025 - 16:31
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ މިރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލު ކުރަން ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
ރައީސް އެކްސްގައި ދެންމެ ވިދާޅުވީ، ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ އާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ބައެއް ބިދޭސީން އުޅެމުންދާތީ, ދަންވަރު 12 އިން ހެނދުނު 6 އާ ހަމައަށް އާންމު ތަންތަނުގަ އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލު ކުރަން އެދިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ މީހުންގެ ފަރާތުން ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެ ފިޔަވަޅެއް އެޅުމަށް ވެސް ދިވެހި ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ދަންނަވާފައި ވާނެ ކަަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހޯދައި މި ވަގުތު ވެސް ވަނީ 70 އަށް ވުރެ ގިނަ ތަންތަން ބަންދުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނީ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 74 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް އެ މުއްދަތުގައި ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، އެ ޝަކުވާތަކާ ގުޅިގެން ވަނީ 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފަ އެވެ.
މީގެ އިތުރުން ދިވެހިންނަށް ފަހިވާ ގޮތަށް ބިދޭސީން ގެންގުޅުމާ ބެހޭ ގަވާއިދު ވެސް މި ހަފުތާގައި ވަނީ އިސްލާހުކޮށްފަ އެވެ.
އެ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަންޖެ2.0
17 December 2025
މިނިސްޓަރުންނާއި މުވައްސަސާތަކުގެ ވެރިން ދެންމީ ކީއްކުރާބައެއްތޯ؟ މިވަރުކަމެއްވެސް މިއެނގެނީ ރައީސުލް ޖުމްހޫރިއްޔާއަށް. ރައީސުލް ޖުމްހޫރިއްޔާ އެކަނި ހުރީހަމަ ހުރިހާ އިޝޫސްތަކެއް ހައްލުވާނެ.
ލަތީ
17 December 2025
އެހެން ކިޔާލަކިޔާލަ ތިބޭ އެހެންގޮތެއްނެއް... މުސީބާތަކަށް ވެއްޖެމިކަން
ނޫބް
17 December 2025
ކަފިހި ހުރަހަށް ނުހުއްޓިދާ ސައިކަލާއި ކާރުގެ ލައިސަންސް ބާތިލްކޮށްބަލަ ފުރަތަމަ
ޢޭސީޕީ
17 December 2025
ރައީސްއަށް ޤާނޫނީ ލަފާ މިދެނީ އަޅެ ކޮހުންތަ ފުލުހުން މީހުން ހުއްޓުވާ ސުވާލުކޮށް ޙަދަން ޤާނޫނީ މިންގަޑުތަކާއި އިހުރާއަތުތައް ހަދާ އެޔަށް މީހުން ތަމްރީނުކޮށް އެއާއި ޚީލާފަށް ފިޔަވަޅެއް އެޅިޔަސް ކުއްވެރިވާތީ ކަމެއް ނުވެގެން އުޅޭއިރު މިހަރަ ގަޑުކޮަށް ނެރޭ އަމުރު މައުރޫފް ތަންފީޒުކުރާނީ ކިހިނެތްބާ
ވޮޗްމޭން
17 December 2025
ބިދޭސީންނަށް ރޭގަނޑު މާލޭގައި ސައިކަލް ނުދުއްވޭ ގޮތަށް ކަނޑައެޅުންވެސް މުހިންމު. މާލޭގެ މަގުތަކަށް ލުޔެއް ހޯދުނު ގޮތަކަށް ހޯދަންޖެހޭ. ހުޅުމާލޭގައި ދުއްވިދާނެ. އަދި ޑެލިވަރީ ހާއްސަ ހުއްދައެއްގެ ދަށުން ދޫކުރަންވީ މާލޭގައި ރޭގަނޑު ދުއްވުމުގެ ލައިސަންސް.
އަދާލަތު
17 December 2025
ތިޔަކަންކުރާނީ ކައުންސިލް އިންތިޚާބުނިމެންދެން. އޭގެފަހުންނިމުނީ. ތިޔައީ އަޅުވާ އަނދުނެއް. އިޔަހޫދި ގިރިޓީ. ބިދޭސީން ހިންގާ ކޮންމެކަމެއްގައި ސަރުކާރުގެ ބާރުހުރި ދިވެއަސެއް. ފުލުހުންނާއި ސިފައިން އަދި އެމިގްރޭޝަނާއި ކަސްޓަމްސްގެ ބާރުވެރި މީހަކު ނުވަތަ ބަޔަކު ޝާމިލްވޭ.
ތުނިޔަ
17 December 2025
ބަންދުކުރާ ތަންތަނުގެ ނަން ޢާއްމު ނުކުރަނީ ކީތްވެތޯ؟
ހހހހހ
17 December 2025
މާފުޑީގަ ވެސް ޑީޖޭ ކޮށް ޕާޓީކޮށް އުޅޭ ފުލުހުންނަށް ނުކެރޭ ފިޔަވަޅެއް އަޅާކަށް
ކޮރަލް
17 December 2025
ދަންވަރު ގަޑި އަކީ އެމީހުންގެ އޮފީސް ގަޑި އެވެ. އެގަޑީގަ އޮންނާނީ ވެރީން ނާ ބައްދަލު ކުރުމެވެ. ވެރީންނަށް އަންހެން ކުދީން ހޯދަ ދިނުމެވެ. އަނެއް ދުވަހު ކުރަން އޮންނަ މަސައްކަތް ތަކަށް ފައިސާ ދިނުމެވެ.
ލަތީ
17 December 2025
ތިބުނީ ހެޔޮކޮން އަހަރުމެންގެ ގޯޅިގަނޑު ތިކަމަށް އެކިވާނެ އެކަމުގަ ކުރީގެ އެމްޑީޕީ މެންބަރެއް އުޅުނީ މިހާރުވެރިކަންކުރާޕާޓީ
މަބުނާނީ
17 December 2025
މިގައުމަށް ބޭނުންވަނީ ތިޔަކަހަލަ ރައީސަކާ ކަންކަން ތަންފީޒުކުރާނެ ފޯސްއެއް. މިހާރު މިއޮތް މުއައްސަސާތަކަށް ވެރިންލާފަތިއްބަސް ކަމެއް ނުކުރެވޭ.