ޒަކީ:އޭނާގެ ޕާސްޕޯޓް ކެންސަލްކުރަން ނެރުނު އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައި
22 ސެޕްޓެމްބަރ 2022 - 21:28
ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ދައުލަތަށް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި އަދި އޭގެ ކުރިން މިނިސްޓަރުކަން ވެސް ކުރެއްވި ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން 2020 ވަނަ އަހަރު ސިވިލް ކޯޓުން އަމުރު ނެރުނީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހުކުމް ތަންފީޒު މައްސަލައެއްގަ އެވެ.
އެ އަމުރު އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ގާނޫނާ ހިލާފަށް އަމުރު ނެރުނު ކަމަށް ބުނެ އެވެ. އެކަމަކު ހައި ކޯޓުން ނިންމީ ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން އަމުރު ނެރުމުން ދައުލަތަށް ގެއްލިގެން ދަނީ ކޮން ހައްގެއްކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.
އެ މައްސަލަ ޒަކީގެ ފަރާތުން އިސްތިއުނާފު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި ކޯޓުތަކުން އެންމެ ފުރަތަމަ ބަލަންޖެހޭ ކަމަކީ ވެސް ދައުވާކުރުމުގެ ހައްގު އޮތްތޯ ކަމަށް ހުކުމުގައި ބުންޏެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޖިޗޭ
23 September 2022
ކޮންމެހެން މައްސަލަ އިސްތިއުނާފު ކުރަނީކީއްކުރަން! ބޭނުންވަނީ ޕާސްޕޯޓެއް ހަދާކަށްނުން، އެހެންކަންތައްތައްވެސް ކޮށްދޭ އުޞޫލުން އޭނާއަށް ޕާސްޕޯޓެއް ހަދައިދިނީމަ ނިމުނީނުން، ކުރީގަ ނިންމާފަހުރި މައްސަލަތައް ފުށުންޖަހާލިގޮތަށް ތިމައްސަލަވެސް ފުށުންޖެހޭނުން، އަނެއްކާ ވެރިކަންކުރުމުގެ ނިޔަތެއް އޭނާގެ އޮތީތޯއްޗެއް! އެހެންވެއްޖެއްނަމަ ޕާޓީތެރޭގައި ވާދަވެރިކަން އުފެދުން އެކަށީގެންވޭ، މާލޭބޭފުޅުންވީމަ ވެރިކަމާ ޢައްޔާޝީކަމުގެ ވިސްނުން ހުންނާނެ،
ހިޔާލީ އަލީ
23 September 2022
މިހާރު ދެން ޒަކީއަށް ވާންވީ ކިހިނެތްތޯ؟ ސިޔާސީ ދާއިރާގަ އުޅުނަސް ދަމާކޫއްތާފަ ކޮންމެވެސް ހާޖާނަކަށް ވައްދަންވާނެ
ޖާބިރުބެ
23 September 2022
ތި މައްސަލަ ކޯޓަށް ލީ އަޅެ ކާކު ބުނެގެންތަ؟
މުހައްމަދު.
23 September 2022
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ތަސައްރަފު ފުދޭ ބަޔަކު ލައިގެން ގައުމު ހިންގޭނީ. ސިޔާސީގޮތުން ވަޒީފާ ދިނީމަ ދިމާވާނެ މައްސަލަތައް ތި ދިމާވަނީ. ޕްރޮސެކިއުޓަރ އަކީ ކުށެއް ކުރިކަމަށް ތުހުމަތު ކުރާ ރައްޔިތުން ކުށް ކުރިތޯ ނޫންތޯ ރައްޔިތުންނަށް ޔަގީންކޮށްދޭ ފަރާތް. ރައްޔިތުން ހޭއަރާ ގާބިލު ބަޔަކު ލާން އަދިވެސް ނުވޭބާ. މަސްވެރިޔަކަށް ދޯނި މަރާމާތު ކުރެވުނަސް މަތިންދާ ބޯޓެއް މަރާމާތު ނުކުރެވޭނެ ކަން ގަބޫކޮށްގެން ގައުމުގައި ހަމަޖެހިލައިގެން އުޅެވޭނީ.
ބިކަޗުން
23 September 2022
އެކޮއި މުހައްމަދާ. ތަންކޮޅެއް ތަސައްރަފު ފުދޭ، ޒިންމާދާރު މީހަކަށް ވާންވެއްޖެއްނުދޯ. އެޓަރނީ ޖެނެރަލާ ޕުރޮސެކިއުޓަރު ޖެނެރަލާ އެއީ ދެ މީހެކޭ. ނަމަނަމަ މަތިންދާ ބޯޓެއް މަރާމާތު ކުރަން ހިފާނުލާތި އިނގޭ. މަށަކަށް ނުފެނޭ އެކޮޔާ ދޯންޏެއް ހަވާލުކުރާންވެސް.
ވަހީދު
23 September 2022
ޒަކީ ފަދަ އެހެން މީހުންނަށް ވެސް ރާއްޖެ ގޮސް އައިސް އުޅެވޭ ފަދައިން އޭނާއަށް ވެސް އެފުރުސަތު އޮންނަންވާނެ. ހެއްދެވިހާ ނުބައި ކަންކަން ކޮށްފައި އެއީ ނުހިނގާ ކަމެއް ފަދައިން ހަދައިގެން މީސްމީހުން އެބަ އުޅޭނޫންތަ؟
ކަނބިލި
23 September 2022
ދައުލަތުން ތިޔަކަންކުރީ " ބޭފުޅެއް" ވީމާ. އެމްޑީޕީ ސަރުކާރުކާރުގެ ވިސްނުން މިހުރީ ދިވެހިން އެކަންކަމަށް ނޫނެކޭ ބުނެ އެންމެން ހަމަހަމަކަން ކަށަވަރުކޮށް އުފަންކުރި ފެހި ގާނޫނު އަސާސީއާ ދިމާ އިިދިކޮޅަށް. މިވެރިން ރާއްޖޭގައި ހެޔޮވެރިކަން ގާއިމުކުރުމުގެ ބަދަލުގައި މި ފެންނަނީ މުޖުތަމައު ގިންތިކޮށް "ރާއްޖެތެރޭމީހުންނާއި" "މާލޭމީހުންނާއި" "ގަނޑުވަރުތެރޭ ބޭފުޅުން" ތައާރަފުކޮށް ކާސްޓީ ސިސްޓަމް ރާއްޖޭގައި ގާއިމުކުރުމަށް ކަންކަންކުރަމުން.
48343
23 September 2022
ޒަކިއްޓެ މިހާރު ހާދަ ނުފެނެއޭ.
ޒައިކް
23 September 2022
އެކުއްޖަ ސިޔާސީ ހަޔާތް ނިންމާލި ކަން އިޢުލާންކޮށްފަ ބޮނދައިގެން އުޅެނީ އެމްޑީޕީގެ އެތެރޭގެ 3 އިންތިހާބެއްގަ ވާދަކޮށް ފެއިލްވީ ހިސާބުން..
ދިއްދޫމީހާ
23 September 2022
ޔައުނީ ތިޔަކަމުގައި އެެއްމެ އައުލާކަން ބޮޑީ ޒަކީގެ ފަރާތުން ހޮނޑާފުށީގެ މޭޔަރު އަބްދުﷲ ޖާބިރް ކޯޓަށް ދިޔުން
އުނދުނޭ
22 September 2022
އަޑީދައުލަތެއް އެބައުޅޭ، އޭގައި އުޅެނީ ކ.މާލޭ އެކިއެކި ގަބީލާތަކުގެ މުސްކުޅިފުރައިގެ މީހުން، ސަރުކާރެކޭ ކިޔާފަ ރައްޔިތުންނަށް ދައްކާފައޮންނަނީ މާސްކެއް.
ކަތްދައްތަ
22 September 2022
މިއީ ހޮޑައިފުށީ މުދިންކަލޭގެ ދޯ. ހޮޑައިފުށި ތަޅާލި ހާދިސާއަށްފަހު މުދިންކަލޭގެ މިރާއްޖެ ދޫކުރައްވައި އުތުރުކަރައަށް ވަޑައިގެން އެތަނުގައި އުޅުއްވަނިކޮށް ތިޔަ ޕާސްޕޯޓެއް ކެންސަލް ތިޔަކުރާނީ. ދެން ދައުލަތް މުދިންކަލޭގެއަށް ދަރާ އޮވެގެންބާ މިއުޅެނީ.
އެޑްވައިޒަރ
23 September 2022
ޒަކީގެ ދަރިންނަށް މިސަރުކާރުން އެންބަސީތަކުގެ ވަޒީފާ ހަމަޖައްސާފަ ހެސްކިޔާފަ ލާރި އެބަލިބޭ. ޒަކީ ދެން ދައުވާކުރާނީ އޭނަގެ ހައްގު ހޯދަން އެއީ 100މިލިއަން ޑޮލަރު، ދެން ކޯޓުންބޭރުން ނިއްމާނީ 50 މިލިއަނަށް އެހިސާބުން މިސަރުކާރު މޮޅުވީ، ކުރީސަރުކާރުގެ ކޮމިޝަނަރ އަށް ދައުވާކުރަންވީ! ފިލްމް ނިމުނީ!