ރިޕޯޓް / ޖިނާއީ އަދުލުގެ ނިޒާމު

އަދަބަކަށް ނުވާ އަދަބުތަކުން މުޖުތަމައު ހަލާކެއްގެ ތެރެއަށް!

މީހެއްގެ އަތުގައި ބިޑި އަޅުވަނީ: ގާނޫނުލް އުގޫބާތުގައި ހުރި އަދަބުތައް ކުޑަކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި --- ފޮޓޯ/މިހާރު

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު ސައިކަލެއް ވަގަށް ނަގާ މީހާއަށް ވެސް، ހަމަ އެ ގާނޫނުގެ ދަށުން އެއް އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ކުށަށް އެއްބަސްވެއްޖެނަމަ ބޮޑު ޑިސްކައުންޓެއް ލިބެ އެވެ. މިއީ ގާނޫނުލް އުގޫބާތުގެ ވާހަކަ އެވެ.

މީހަކު މެރުމުގެ ކުށަށް ގާނޫނުލް އުގޫބާތުގެ ދަށުން ދެވޭ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމޭ ބުނުމުން ގިނަ ބަޔަކު ހައިރާން ވިޔަސް، އެއީ އެކަން އޮތްގޮތެވެ. ޝަރީއަތް ނިމޭއިރު ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން އޮންނާނީ ދެ ތިން އަހަރެވެ. އެ މީހެއްގެ ނަސީބުގައި ޕެރޯލް ނުވަތަ ކްލެމެންސީ އޮތިއްޔާ އެކަން ވެސް އެ ނިމުނީ އެވެ.

ޖޫރިމަނާއަކަށް ބަދަލުކޮށްފިއްޔާ ގިނަ ފަހަރަށް ދެން އެއީ ރަމްޒީ އަދަބެކެވެ. ބައެއް މީހުން ވައްކަން ކޮށްގެން ހޯދާ ފައިސާއަށް ވުރެ އެ ކުށުގެ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަ އެވެ. ޖޫރިމަނާއެއް ކުރިޔަސް، އެ ފައިސާ ދައުލަތަށް ދައްކާތޯ ހޭވެސް އަހާލާނެ ބަޔަކު ނުވެ އެވެ.

ގާނޫނުލް އުގޫބާތު އުގޫބާތަކަށް ނުވި

ޒަމާނާ ނުގުޅޭ ގާނޫނުލް އުގޫބާތެއް އުވާލުމަށްފަހު 10 އަހަރުގެ މަސައްކަތުން އާ ގާނޫނުލްއުގޫބާތެއް 2015 ވަނަ އަހަރު ވުޖޫދަށް ގެނައީ މުޅި ނިޒާމަށް އިންގިލާބެއް ގެނައުމަށެވެ. އެ ގާނޫނަށް ފަސް އަހަރު ނުވަނީސް، މިހާރު އޮތީ އަދަބުތައް ލުއިކަމުގެ ކަންބޮޑުވުމެވެ. ހުރިހާ ކުށަކަށްހެން އޮތީ އަދަބަކަށް ނުވާ އަދަބުތަކެވެ.

"މިއީ ދެން އަދަބެއްތަ؟. ދެން އެކަހަލަ ކަމެއް ނުކުރާށޭ ކިޔާފައި ނަސޭހަތެއް ދީފައި ނިންމާލިނަމަ ދައުލަތުގެ ޚަރަދު ވެސް ކުޑަވީތާ." އެއް ޖިންސުން ގުޅުން ހިންގި އަލަމްގިރިއަށް ގާނޫނުލް އުގޫބާތުގެ ދަށުން ހަތް މަހުގެ ޖަލު ހުކުމެއް އިއްވުމުން މީހަކު ފާޅުކުރި ޚިޔާލެއްގައިވެ އެވެ.

ގާނޫނުލް އުގޫބާތު ވުޖޫދަށް އައިއިރު ޖިނާއީ ބޮޑެތި ކުށްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅޭ ޚާއްސަ ގާނޫނުތަކެއް ހުއްޓެވެ. އެ ގާނޫނުތައް އުވާލަން އޭރު އެއް ބަޔަކު ވަކާލާތު ކުރިޔަސް، އެކަން ނުކޮށް، އެ ގާނޫނުތައް ދެމެހެއްޓި އެއް ސަބަބަކީ ވެސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ގާނޫނުލް އުގޫބާތުގައި ހުރި އަދަބުތައް ކުޑަކަމުންނެވެ. ގާނޫނުލްއުގޫބާތުގެ "އޮފު ކެނޑިދާނެތީ" އެ ވާހަކަ އޭރު ދައްކަން ބޭނުންނުވީ އެވެ.

"ލޯ މަރާލާފައި ޕީނަލް ކޯޑަށް ހިޖްރަ ކުރީމަ މަޑުމަޑުން އޭގެން ދިމާވާ މައްސަލަތައް ހައްލު ކުރަމުން ގެންދެވިދާނެ. މިއީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫން." ޕީޖީ

އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެކަން ގަބޫލެއް ނުކުރައްވަ އެވެ.

ޝަމީމް ވިދާޅުވި ގޮތުން މައްސަލައަކީ ޚާއްސަ ގާނޫނުތަކުގައި އަދަބުތައް ލިޔުނުއިރު އެއްވެސް ހަމައެއް ލަމައެއް ނެތި އެކަން ކޮށްފައި އޮތުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މުޅި މައްސަލަ ހައްލުވާނީ ޖިނާއީ ހުރިހާ ކުށެއް ގާނޫނުލް އުގޫބާތުގައި ހިމަނައިގެންނެވެ.

"އެހެން ގާނޫނުތަކުގައި ހުރި ކުށްތަކުގެ ތެރެއިން ޕީނަލް ކޯޑުގައި ހުރި ކުށްތަކާ އެއްވަރުގެ ކުށްތަކަށް ހުރީ މުޅިން އެހެން ކަހަލަ އަދަބުތަކެއް ކަނޑައަޅާފައި. ވީމާ އަދަބުތައް ހާމަނައިޒް ނުވުމުގެ މައްސަލައެއް އެބައޮތް." އޭނާ ވިދާޅުވި އެވެ.

ޕީޖީ ޝަމީމް --- ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުން ހައްލަކީ ޖިނާއީ ހުރިހާ ކުށެއް ގާނޫނުލް އުގޫބާތުގައި ހިމެނުމެވެ.

"ލޯ މަރާލާފައި ޕީނަލް ކޯޑަށް ހިޖްރަ ކުރީމަ މަޑުމަޑުން އޭގެން ދިމާވާ މައްސަލަތައް ހައްލު ކުރަމުން ގެންދެވިދާނެ. މިއީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫން." ޝަމީމް ވިދާޅުވި އެވެ.

ޚާއްސަ ގާނޫނު ހިންގުމުގައި އެކި މީހުންނަށް އެކިގޮތް

ޚާއްސަ ގާނޫނުގެ ގޮތުގައި ހަތް ގާނޫނެއް އެބައޮތެވެ. ގާނޫނުލް އުގޫބާތުގެ މައްޗަށް އެ ގާނޫނުތައް އިސްވުމުގެ މާނައަކީ އެ ގާނޫނުތަކުގައި ބަޔާންކުރާ ކުށެއް ގާނޫނުލް އުގޫބާތުގައި ލިޔެފައި އޮތަސް، ދައުވާ ކުރުމާއި އަދަބު ކަނޑައެޅުމުގައި ވެސް ރުޖޫއަވާނީ ޚާއްސަ ގާނޫނުގައި ބުނާ ކުށާއި އަދަބަށް ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 18 ވަނަ މާއްދާގައި މި ވާހަކަ ސާފު ބަހުން ލިޔެފައި އެބައޮތެވެ. އެކަމަކު ދައުވާ ކުރުމުގައި އޮތީ ހިތުހުރި ގޮތެކެވެ. ބައެއް މީހުންނަށް ޚާއްސަ ގާނޫނުގެ ދަށުން ދައުވާ ކުރާއިރު އަނެއް ބަޔަކަށް ލިބެނީ ގާނޫނުލް އުގޫބާތުގައި އޮންނަ ލުއި އަދަބުގެ މަންފާ އެވެ.

"ޚާއްސަ ގާނޫނުގެ ދަށުން ނޫނީ ތިމަންމެންނަށް ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން އޭރު ވިދާޅުވީ. ކޯޓުން ވެސް ނިންމީ ޕީޖީން ވަކާލާތުކުރި ގޮތަށް. މިހާރު މި މައްސަލަތަކުގައި މި ފެންނަނީ އެ ހުރިހާ ކަމަކާ ޚިލާފަށް އަމަލުކުރާ ތަން"

ދާދިފަހުން ފެންމަތިވި އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް އޭގެ މިސާލަކަށް ފުދެ އެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު އަދަބު އަންނަ ދައުވާ ކުރުމުގައި ބަދަލުގައި އެ މައްސަލާގައި ހިމެނޭ އެންމެންނަށް ދައުވާކުރީ ގާނޫނުލްއުގޫބާތުގެ ދަށުން ގިނަވެގެން ހަތް މަހުގެ ޖަލު ހުކުމް އަންނަ ދައުވާ އެވެ. އަދި އަދަބު ކަނޑައެޅިއިރު އެކި މީހުންނަށް އައީ އެކި މިންވަރަށެވެ.

އެކަމަކު މީގެކުރިން ފެންމަތިވި އެއް ޖިންސުން ގުޅުން އެހެން މައްސަލަތަކުގައި ދައުލަތުން ދައުވާކުރީ ބޮޑު އަދަބު އަންނަ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ. އެ މައްސަލަ ދިފާއީ ވަކީލުން އޭރު ކޯޓުގައި ފެންމަތި ކުރުމުން އޭރު ދައުލަތުން އެކަން ދިފާއު ވެސް ކުރި އެވެ.

"އަޅުގަނޑުމެން ގޮސް ކޯޓުގައި ހުށަހެޅުމެއް ހުށަހެޅިން ގާނޫނުލްއުގޫބާތުގެ ދަށުން ލުއި އަދަބު އަންނަ ދައުވާއޭ ކުރަން ޖެހޭނީ. ޕީޖީން އޭރު ވިދާޅުވީ ޚާއްސަ ގާނޫނުގެ ދަށުން ބޮޑު އަދަބު އަންނަ ދައުވާއޭ ކުރެވޭނީ." މިފަދަ މައްސަލައެއްގައި ކުރިން ވަކާލާތުކުރި ވަކީލަކު ވިދާޅުވި އެވެ.

"ގާނޫނުލް އުގޫބާތު އޮންނަ ގޮތުން ޚާއްސަ ގާނޫނުގެ ދަށުން ނޫނީ ތިމަންމެންނަށް ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން އޭރު ވިދާޅުވީ. ކޯޓުން ވެސް ނިންމީ ޕީޖީން ވަކާލާތުކުރި ގޮތަށް. އެކަމަކު މިހާރު މި މައްސަލަތަކުގައި މި ފެންނަނީ އެ ހުރިހާ ކަމަކާ ޚިލާފަށް އަމަލުކުރާ ތަން." އޭނާ ވިދާޅުވި އެވެ.

އޭޖީގެ ސިޔާސަތުގެ ސަބަބުން އޮޅުން ބޮޅުންތަކެއްގެ ތެރެއަށް

ޚާއްސަ ގާނޫނުތަކަށް އިސްކަންދޭން ޖެހޭނެ ކަމަށް ގާނޫނުގައި އޮޅުން ނާރާނެ ސާފު އިބާރާތުން ލިޔެފައި އޮއްވާ 2019 ވަނަ އަހަރު އެޓާނީ ޖެނެރަލް ނެރުއްވި ޕީޖީ އަމަލުކުރަންޖެހޭ މައިގަނޑު ސިޔާސަތުގައި އޮތީ އެއާ ދިމާ އިދިކޮޅަށެވެ. އޭގައި އެޓާނީ ޖެނެރަލް ކަނޑައެޅުއްވީ އެއް ކުށެއް ދެ ގާނޫނުގައި އޮންނަ ނަމަ، ޕީޖީ ދައުވާކުރަން ޖެހޭނީ ލުއި އަދަބު އަންނަ ގާނޫނެއްގެ ދަށުން ކަމަށެވެ.

ޚާއްސަ ގާނޫނުތަކާއި ގާނޫނުލް އުގޫބާތުގެ "އަރައިރުން" ފެށުނީ މި ހިސާބުންނެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކު ވެސް ފާހަގަ ކުރެއްވީ އެ މައްސަލަ އެވެ. ޚާއްސަ ގާނޫނަށް އިސްކަން ދޭން ގާނޫނު ލާޒިމްކޮށްފައި ވަނިކޮށް އެއާ ޚިލާފަށް އޭޖީގެ ސިޔާސަތެއް ނެރުއްވުމުން ބަލަންވީ ކޯއްޗަކަށް ކަމެއް ނޭނގުމެވެ.

"އޭޖީގެ ސިޔާސަތު އޮތްގޮތުން ވެސް މިކަހަލަ ބައިވަރު ސަބަބުތައް އެބަހުރި." އޭނާ ވިދާޅުވި އެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވާ ގޮތުން ވެސް އެކަމުގައި ގާނޫނީ އޮޅުން ބޮޅުންތަކެއް އެބަހުއްޓެވެ. އޭގެ ތަފްސީލަކަށް އޭނާ ވަޑައެއް ނުގެންނެވި އެވެ.

"އޮޅުންބޮޅުންތައް ސުޕްރީމް ކޯޓުން ހައްލުކޮށް ދެއްވަން ފެށީ ދާދިފަހުން. އަދިވެސް ބައެއް ކަންކަން ސާފުނުވެ އެބައޮތް." ޝަމީމް ވިދާޅުވި އެވެ.

ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުން އަދަބު ލުއިވުމުގެ މައްސަލައަށް ވުރެ ބޮޑީ އަދަބުތައް ތަންފީޒު ކުރުމުގައި ގެންގުޅޭ ތަފާތު ކުރުމެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ އަދަބެއް ކަނޑައެޅިޔަސް، ތަންފީޒުވާނެ ކަމުގެ ޔަގީންކަން ނެތުމެވެ.

"ބައެއް ކުށްވެރިން އެބަތިބޭ ގޭގައި. އަނެއްބައި މީހުން އެބަތިބޭ ރާއްޖެއިން ބޭރުގައި ފަރުވާގައި ވެސް. އަނެއް ބަޔަކު ޖަލުގައި. މިހެން ގޮސް އެކިމީހުންނާ މެދު އެކި ގޮތަށް ހެދޭތީ މިހާރު އިތުބާރު ކުޑަވެފައި މި އޮތީ." އޭނާ ވިދާޅުވި އެވެ.

ކުރި ކުށާ އެއްވަރުގެ އަދަބެއް ދިނުމަކީ ޖިނާއީ އަދުލުގެ ނިޒާމެއްގެ އެއް ބޭނުމެވެ. ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވަނީސް، މިހާރު މިއޮތީ އަދަބުތައް އެކަށީގެންނުވާ ކަމުގެ ކަންބޮޑުވުމެވެ. މިކަމަށް ހައްލެއް ނުގެނެވޭ ނަމަ، މުޖްތަމައު އަނެއްކާވެސް ދާނީ ނުރައްކަލެއްގެ ތެރެއަށެވެ.

50 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޑަމް

29 September 2022

ތަންދޮރުނުފިލާް މީހުންނައް މަޤާމުތައްދީގެން މުޅިޤައުމު ފުޑުފުޑުވެ ޤައުމުގެސަރުޢީނިޒާމު ގެއްލި ކަންކަމައްއޮތްދީނީޙުކުމްތައްގެއްލި އިސްލާމީ ސަރީއަތްވަޅުޖަހާފި މައިމީހާގާތައްވަދހެގެންސާބިތުވެގެން ކޯޓައްއަންނައިރު ދައުލަތާއެކުހަދާފައޮންްނައެއްބަސް ވުމެއް ނުވަތަޤާނޫނުލްޢުޤޫބާތުގެމާއްދާއެއްއޮވޭ! އޭގައޮންނާނެ މީނައެއްބަސްވެ އެއްބާރުލުންދީފަވާތީ ގެއައްގޮސް މަންމަޔާސަލާމްކޮއްފަމަޢާފައްއެދެންޙުކުމްކުރަން!!

The name is already taken The name is available. Register?

ސަދޫމު ކޯޓުހުކުމް

28 September 2022

ސަދޫމަށްވުރެން ގޯސްކޮށް ހުކުމްކުރަނީ ހެޔޮނިޔަތުގާ ކަމެތް ކުރާމީހަކު ކުށްވެރިޔެއްނުވާނެ ހިމާރުވަނީ މަގުމަށްޗައް ދޫކޮށްލާފަ އެ ގެންދިޔަމީހާވަނީ އެޔައްފެންދީ ކާންދީ އަދި ރަންގަޅަށް ބަލާނެ މީހަކަށް އެވިއްކާލާފަ އެވިއްކައިގެން ލިބުނު ރުފިޔާއިން ގާޒީއައް ބައެތް އަޅާފަ އެހެން ވީމާ އެ ވިއްކި މީހާކުއްވެރިޔެއްނުވާނެ

The name is already taken The name is available. Register?

ފާތުން

28 September 2022

ގާނޫނުއަސާސީއެއީ ވަކިބަޔަކަށްރަނގަޅަކަށްހަދާފައިވާއެއްޗެއް ދެރަމީހާއަށްނިކަމެތިގޮތްމޮޅުމީހާއަށްރަނގަޅުގޮތް ތިގާނޫނުއަސާސީ ކަނޑުފެއްތިޔަސްރަނގަޅުވާނެ

The name is already taken The name is available. Register?

ދެރަ

28 September 2022

އަދަބަކަށް ނުވާ ކަންކަމަށް އަދަބު. އަދަބު ލިބެންޖެހޭ ބޮޑެތި ސިންގާ ކަންތައް މިނިވަންކަމާއެކު ދޫކޮށްލާފައި. މިއަށްވުރެން ބޮޑަށް ޤައުމެއް ހަލާކުގެ ތެރެއަކަށް އެއްލައެއް ނުލެވޭނެ.

The name is already taken The name is available. Register?

ވިކިލީކްސް

28 September 2022

އަނެކާގެ ހައްގަށް ނާރައި، އެމީހަކަށް ފެނުނު ގޮތަކަށް އުޅެންވީ. އޭރުން އޯކޭ ވާނެ. މިއުޅޭ ސިޔާސީ ކަނޑުކޮހުންތަކަށް އަދަބުދީ މައިތިރި ނުވާހާހިނދަކު ގައުމު ދާނީ ފަނާވަމުން

The name is already taken The name is available. Register?

އާބަން ޑިޒައިން އެންޑް ޑިވެލޮޕްމަންޓް އާ ބެހޭ ރިޕޯޓެއް

28 September 2022

ރާއްޖޭގެ ފެއިލްވެފައިވާ ސިސްޓަމް.

The name is already taken The name is available. Register?

ށަވިޔަނި

28 September 2022

ކުށްވެރިން ވެރިކަމުގެ ކޯލުގައި އުޅެއްޏާ ތިކަން އޮންނާނީތިގޮތަށް.

The name is already taken The name is available. Register?

ކިރު ސައި

28 September 2022

އަދަބުދިނުން ހަރުކަށިކުރިވަރަކަށް މުޖުތަމައުވާނީ ހަލާކު. ކުރަންޖެހޭކަމަކީ ވިސްނޭގޮތަށް ކަންކަމުގެ ނުރަގަޅުކަން ކިޔައިދިނުން.

The name is already taken The name is available. Register?

ށަވިޔަނި

28 September 2022

ކިރުސައި މޮޅަސް ﷲ ވަނީ ބޮޑެތިކުށްތަކަށް ހަރުކަށިއަދަބު ކަނޑައަޅުއްވާފައި. އޭގެ ހިކުމަތް ނުވިސްނުނަސް އެއީ ރަނގަޅުގޮތް

The name is already taken The name is available. Register?

ކިރު ސައި

28 September 2022

ޢެންގެވިކަންތަކުން ކަލޭމެނަށް ފެންނަނީ އަދަބުގެ ވާހަކަ އެކަނިދޯ. ޢަރަބިން އުޅޭހާ ގޮތަކީ އިސްލާމް ދީންކަމަށް ގަބޫލުކޮށް ﷲ ވަހީއަށް ފުރަގަސް ދިނުމުގެ ނަތީޖާއަކީ އެއްބަޔަކު ހަރުކަށި ފިކުރަށް ގޮސް ހުސްވީ، އަނެއްބަޔަކު އެއްވެސް ކަމެއް ގަބޫލުނުކުރާބަޔަކަށް ވީ.

The name is already taken The name is available. Register?

ލޮނުސައި

29 September 2022

ބައެއް މީހުންނަކީ ކިތަންމެ ވަރަކަށް ކަމެއް ކިޔައިދިނަސް ގަބޫލުކުރާ ބައެއްނޫން އަދި އެއްކަންފަތުން ވަދެގެން އަނެއް ކަންފަތުން އެވާހަކަތައް ނިކުމެގެންދާނެ. ކަމެއްގަ ހުރި ވަރު އެނގޭނީ އެމީހަކު އަމިއްލައަށް ކަމަކާ ކުރިމަތިލާންޖެހި ނިކުންނަ ނަތީޖާ އަމިއްލައަށް އިހުސާސްކުރީމަ. ކުރި ކުށަކަށް ލިބުނު އަދަބުގެ ރަހައަކީ މެޓައެއްހާ ފޮނި އެއްޗެއްނަމަ އެރަހަ އަލުން ބަލާލަން މައްސަލައަކަށްނުވާނެ. އެކަމު އަދަބުގެ ރަހަ ހިތިނަމަ މުޅި ތަޖުރިބާ ތަފާތުވާނެ.

The name is already taken The name is available. Register?

އަކްމެޑް

28 September 2022

ކިޔަވާ މޮޅުވާވަރަކަށް ކުރާކަންތައް ތާކުންތާކުނުޖެހޭގޮތްވަނީ ކީއްވެ؟

The name is already taken The name is available. Register?

މުޖޫތީ

28 September 2022

ގާނޫނާ ހަމަކަމާ އިންސާފޭކިޔައިގެން ވެރިކަންހޯދި ރީނދޫ ބައިގަނޑުވަނީ މުޅި ގައުމު ހުރިހާ ދިމާލަކުން ހަލާކުކޮށްފަ. މުޅި ގައުމު ކުށުގެ ވެއްޓަކަށްހަދާ ހުރިހާ ނުބައި ފާހިޝް އަމަލްތަށް ޕްރޯމޯޓް ވާނެ ހުރިހާ މަގެއް ތަނަވަސްކޮށްދީފަ. މި އަދިރިކަމާ ނާމާން ކަމަށް އަލިމަގެއް އޮތީ 2023 ގައި މިބައިގަނޑަށް ނޫނެކޭ ބުނެގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454