ހާބާޓް ނީޗް. އޭނާ އަކީ "ޑީޕަސްޓް މޭން"ގެ ގޮތުގައި މަޝްހޫރު އެންމެ ފުނަށް ފީނުމުގެ ރެކޯޑު ހަދާފައިވާ މީހެއް.
26 ސެޕްޓެމްބަރ 2022 - 13:31
އެންމެ އަޑި އަށް ފީނުމުގެ ދުނިޔޭގެ ރެކޯޑް އޮތް، އަދި ޑީޕަސްޓް މޭންގެ ގޮތުގައި މަޝްހޫރުވެފައިވާ ހާބާޓް ނީޗް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ. އޭނާ ރާއްޖެ އަންނަނީ، ރާއްޖޭގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފްރީ ޑައިވް ހަރަކާތް "ނޭވާ 2"ގައި ބައިވެރިވާށެވެ.
އެ ހަރާކަތް އިންތިޒާމު ކުރާ ފްރީ ޑައިވުން ބުނީ ހާބާޓް އެ އިވެންޓާއި ގުޅުމަކީ އެ އިވެންޓު އިތުރަށް ފުރިހަމަ ވާނެ ކަމެއް ކަމަށާއި، އެއީ އިވެންޓު އިންތިޒާމު ކުރާ ފަރާތަށާއި ބައިވެރިންނަށް ލިބޭ ފަޚުރެއް ކަމަށެވެ.
ހާބާޓް އަކީ ދުނިޔޭގެ 33 ރިކޯޑެއް ހަދާފައިވާ ޑައިވަރެކެވެ. އަމިއްލަ އަށް ޑައިވްކުރަން ދަސްކުރި ހާބާޓް އަކީ ޑައިވިން ކޮމިއުނިޓީގައި ލެޖެންޑެކެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފީނައި، އެކި ރެކޯޑުތައް ހަދައިފަ އެވެ.
ހާބާޓްއާ ގުޅޭ ގޮތުން ނޭވާ 2އިން ކުރި ޕޯސްޓު.
"ނޭވާ 2" އަންނަ މަހުގެ އެކެއްގައި ބާއްވާ ގޮތަށް ހަމަޖެހިފައި ވާއިރު މިއީ ގިނިސް ވޯލްޑް ރިކޯޑުގައި ހިމެނޭނެ ހަރަކާތެއް ކަމަށް ފްރީ ޑައިވުން ބުނެއެވެ. އެ ހަރަކާތަކީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ރިކޯޑު އަދަދަކަށް ބަޔަކު މޫނު އަޑިއަށް ލައިގެން، ދެ މިނެޓަށް ނޭވާ ހިފަހައްޓައިގެން މަޑުކޮށްލާނެ ހަރަކާތެކެވެ.
އެ ހަރަކާތް ބޭއްވުމުގެ މަގުސަދަކީ މޫސުމީ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަމަށް ގެެސް އެކަމާ ގުޅިގެން ކަނޑާއި ކަނޑުގެ ދިރުންތަކަށް އަންނަ ބަދަލުތަކަށް ސަމާލުކަން ގެނައުމެވެ. އެ ހަރަކާތުގެ ޝިއާރަކީ "ވަން ބްރެތް ފޮ ދަ އޯޝަންސް"- ކަނޑަށްޓަކައި އެއް ނޭވާ އެވެ.
ނޭވާ 2 އަށް ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ވެޓް ސެޝަންތަކުގެ ތެރެއިން. ބައިވެރިންނަށް މިހާރު ވަނީ ޓްރެއިިނިން ދީ ނިމިފައި. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ނޭވާ 2"ގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުން އަންނައިރު، ބައިވެރިންނާއި ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ "ސޭފްޓީ ބަޑީސް" އަށް ބޭނުންވާ ޓްރެއިނިންތައް ވެސް މިހާރު ވަނީ ނިމިފަ އެވެ. އެ ހަރަކާތުގައި 800 އެއްހާ މީހުން ބައިވެރިވާނެ ކަމަށް ފްރީ ޑައިވުން ބުނެ އެވެ.
ފްރީ ޑައިވުން މިދިޔަ އަހަރު ވެސް ވަނީ ގިނިސް ވޯލްލް ރެކޯޑެއް ހެދި ހަރަކާތެއް ބާއްވައިފަ އެވެ. އެ ހަރަކާތުގައި 521 މީހުން ބައިވެރިވެފައި ވެއެވެ. އެ ހަރަކާތަކީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ގިނަ ބަޔަކު އެއްފަހަރާ ޑައިވް ކޮށްގެން ވޯލްޑް ރެކޯޑެއް ހެދި ހަރަކާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްގަޅޭ
28 September 2022
މި ކާކު. މަ ތިތަނަށް ގެންދެބަލަ
އާރިފު
28 September 2022
މިސޮރު އެންމެ 214 މީޓަރަށް ފީނި، ދިވެހި ފިރިހެނަކު އެބަހުރިބާ މިހާ އަޑިއަށް ޖައްސާލެވޭނި
ބާބޫ
28 September 2022
އަނގޮޅިތީމު ގަ އުޅޭ ފީނާ ސޮރުމެން ކައިރީ ތިޔަ ހާބާޓް ޖެހޭނީ ހުނިގާނަން. ތިޔަ ގޮލާ ކިހިލި ޖަހައިގެން އެސޮރުމެން ބޭނުން އެއްޗެއް ހަދާނެ.
ޢަލީ ބަލީ
28 September 2022
ޑުނިޔޭގެ އެންމެފުނަށް ފީނާ މީހާ ފީނީ ކިހާ ފުންމިނަކަށްކަމެއް މި އާޓިކަލް ދެފަހަރު ކިޔާލި އިރުވެސް ނޭގުނު. ޢެކަން ފާހަގަ ކޮށްލިނަމަ ވަރައް އާޓިކަލް ފުރިހަމަވީސް.
ވށވށ
27 September 2022
ގއ. ވިލިގިލި މުހައްނަދު ކައިރީގަ މީނަޖެހޭނީ ފެންފޮތިލާން
ހަސަންޓެ
27 September 2022
ގދ ވާދޫ ޖޯލި އިއްސެ ކައިރީ މިގޮލާ މިއީ ސުމެއް!
ޙހ2022
27 September 2022
ޜާއްޖޭގަ މިއުޅޭ ކުދިން ކާރީގަ ތި ނުވާނެ އެކައްޗަކަށްވެސް.... ބޮއިހަލަކި
ޚހގ0ުުިގުގ
26 September 2022
ތުރާކުނު މުރުޠަލާ ކައިރިން މި ސޮރު ގޮނޑުހޮވާނެ
ހިޔާލީ އަލީ
26 September 2022
ރާއްޖޭގެ 99% ކަނޑުއޮތަސް ހަކުރުބޯން ހަދައިގެން މޫދުކުޅިވަރާ ކަނޑުގެ ކަންކަމުގަ އަދިވެސް އުޅެނީ ގިނަ ޒުވާނުން ވަރަށް ފަހަތުގަ
ނަދީ06
26 September 2022
ފިއްލަދޫ ހާމީދު ކައިރީ މީނާ ޖެހޭނީ ގޮނޑު ހޮވަންދާ.
ކަޅު މޮހޮންމަދު
27 September 2022
ކުޅުދުއްފުށީ ބޭކޮޅަކީ ވެސް ލެޖެންޑެއް. ރަޙިމަހުﷲ.