ސާބާ ޗެމްޕިއަންޝިޕުގައި ބޫޓާނާއި ލަންކާ ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ސެޕްޓެމްބަރ 2022 - 23:12
ރާއްޖޭގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގެ ދެވަނަ މެޗުގައި މިރޭ، އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާއިން ބޫޓާންގެ މައްޗަށް ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު މެޗުގައި ލަންކާއިން ވަނީ 100 ޕޮއިންޓް ހަމަ ކުރުމާ ގާތަށް ޖެހިލާފަ އެވެ. އެ ޓީމުން މެޗު ކާމިޔާބު ކުރީ 65 ޕޮއިންޓްގެ ލީޑަކާއެކު 98-33 ން ނެވެ.
ނޭޕާލްގައި އެންމެ ފަހު ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލް ފަހަތަށް ޖައްސާލުމަށް ފަހު މުބާރާތް ކާމިޔާބު ކުރި ލަންކާގެ ޓީމުން ވަނީ މުޅި މެޗުގައި ވެސް ބޫޓާންގެ މައްޗަށް ޑޮމިނޭޓް ކޮށްގެން ކުޅެފަ އެވެ.
މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިމުނު އިރު ލަންކާއިން 39 ޕޮއިންޓް ހޯދި އެވެ. ބޫޓާނަށް ހޯދުނީ 17 ޕޮއިންޓެވެ. މިރޭ ލަންކާ ދެއްކި ކުޅުމަށް ބަލާއިރު މުބާރާތުގައި އެންމެ ފޯމުގައި އޮތް ޓީމަކަށް އަދި ފެނުނީ ލަންކާ އެވެ. ލީގު އުސޫލުން ކުޅޭ ސާބާ ޗެމްޕިއަންޝިޕްގައި މިރޭ ލަންކާއިން ބޮޑު ތަފާތަކުން މޮޅުވުމުން ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ލަންކާ އެވެ. ރޭ ނާޕާލް ބަލި ކުރި ރާއްޖޭގެ ޓީމު މިހާރު އޮތީ ދެވަނައިގަ އެވެ.
މާދަމާ ރޭ ލަންކާއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ މެޗު ވެސް ފަށާނީ 8:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުން ބުން
27 September 2022
ޢަދި ރާއްޖެ ޓީމް ގެ މައްޗައް ޗެސް ލަންކާޓީމުން ބޮޑު މޮޅެއް ހޯދާ ނެ
ޢެމް ބީ އޭ
27 September 2022
ލަންކާ ޓީމް މިފަހަރުވެސް ގޯލްޑް ނަގާނެ ވ ޔަގީން