މާފުށި ޖަލު: ޖަލުގައި މިފަހުން ކުއްލި ގޮތަކަށް މަރުވި މީހާގެ މައްސަލަ އެޗްއާރްސީއެމުން އަންނަނީ ބަލަމުން -- ފައިލް ފޮޓޯ: މިހާރު
27 ސެޕްޓެމްބަރ 2022 - 10:05
ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށްފައި ހުއްޓައި، މި މަހު 15ގައި ކުއްލި ގޮތަކަށް މަރުވި މީހެއްގެ މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.
ބަންދުގައި ހުއްޓައި މަރުވީ މ. މުލި، ހުދުފިނިފެންމާގޭ، މުހައްމަދު ނަޝީދު، 40، އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި 2020 ވަނަ އަހަރު ހައްޔަރުކުރި ނަޝީދު، ޖަލުގައި މަރުވި ގޮތުގެ މައްސަލަ ބަލަމުން އަންނަ ކަން އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލް އާމީރާ އަބޫބަކުރު މިއަދު ކަށަވަރުކޮށްދިނެވެ.
އެޗްއާރުސީއެމުން އެ މައްސަލަ ބަލަމުން އަންނައިރު، ނަޝީދު ޖަލުގައި މަރުވި ގޮތް ތަހުގީގުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ކަމާބެހޭ އިދާރާތަކަށް ގޮވާލި އެވެ. އޭނާ މަރުވީ ޖަލު އޮފިސަރުންގެ އިހުމާލުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
"...އޭނާގެ ނޭވާ އަށް އުނދަގޫވާކަން ޖަލުގެ އޮފިސަރުންނާއި ހިއްސާ ކުރުމުން ވެސް، އެކަމުގައި ފަރުވާ ކުޑަކޮށް، އެކަށީގެންވާ ފަރުވާދީފައި ނުވާ ކަމާއި އަދި ތަކުރާރުކޮށް އަނިޔާކުރުމުގެ ޝަކުވާ ނަޝީދުގެ ލޯޔަރުންނަށް ލިބިފައިވާ ކަމުގެ މައުލޫމާތު މި ކޯލިޝަނަށް ލިބިފައިވެ އެވެ،" އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.
ނަޝީދުގެ މަރާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ އޭނާ ނޭވާ ނުލާތީ އޭނާއާ އެއް ގޮޅިއެއްގައި ހުރި ގައިދީއަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރު ދިން ކަމަށެވެ. ސީޕީއާރުގެ ފަހުން ވެސް އޭނާ އަށް ނޭވާނުލެވި، އެ ދުވަހުގެ ހަވީރު އޭނާ މަރުވި ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.
ނަޝީދު މަރުވުމުގައި ކަރެކްޝަންސްގެ އިހުމާލު އޮތް ކަމަށް އޭނާގެ އާއިލާއިން ވެސް ތުހުމަތުކުރެ އެވެ.
ޖަލު ބަންދުގައި ތިބޭ މީހުން ކުއްލި ގޮތަކަށް މަރުވާ މައްސަލަ ރާއްޖޭގައި އިތުރުވެފައިވާއިރު، އެފަދަ މައްސަލަތައް އެއްވެސް ވަރަކަށް ތަހުގީގުނުކުރާތީ ސަރުކާރަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުޣްމާން
27 September 2022
ހަގީގަތަކީ މިސަރުކާރު އައިފަހުން ޖަކުތަކުގެ ހިންގުމުގެ ނިޒާމު ބޮއްސުންލައިގެން ގޮއްސި. ތަޖުރިބާނެތް ކުޑަކުއްޖަކާ ޖަލުތަށް ހަވާލުކުރުމުގެ ނަތީޖާމިފެންނަނަނީ. އެކަށީގެންވާ ސިއްހީފަރުވާ ނުދެވި ކިތަށް ދިވެހިންގެ ފުރާނަތޯ ޖަލުގެ ތޭރިތެރޭގަ ނެތިގެން މިދަނީ. ހާލަތުދަނީ ދުވަހެއް ދުވަހަކަށް ދަށަން، ކުރާކަމަކީ މީޑިޔާއަށް ދައްކަން ހުސްރިބަން ކެނޑުން
ހިޔާލީ އަލީ
27 September 2022
ޕީޕީއެމުން މި ކަމުގަ ހާދަ ވަރަކަށް މިއުޅެނީ، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގަ ހައްޔަރުކުރި މީހެއްގެ ދިފާއުގަ ތިވަރަށް އުޅުމަކީ ވަރަށް ހިތާމަވެރިކަމެއް، ކިތައް ކުދިންގެ މުސްތަގުބަލާ ފުރާނަ ގެއްލިފަތީ ހުރީ 60 ކިލޯގެ ބޮޑުން ގެ ސަބަބުން. (އެހެން ނޫސްތަކުގަ ޕީޕީއެމުން ނެރުނު ބަޔާނަށްވަނީ ހަބަރު ހަދާފަ)
ދގދސެފ×
27 September 2022
ކުރާނެ ކަމެއް ނެތިއްޔާ ކޮންމެސްކަމެއް ބަލަންޖެހޭނެތާ. ނޫނީ ތަން އުވާލާފާނެވިއްޔަ.