ޚަބަރު / ކ. ގުރައިދޫ ކައުންސިލް

ގުރައިދޫ މިސްކިތުގައި މުދިމަކު ނެތި އަހަރެއް، މިނިސްޓްރީގެ ޚަބަރެއް ނުވޭ

ކ. ގުރައިދޫ މަސްޖިދުލް އިޚާ: އެ މިސްކިތުގައި މުދިމަކު ނެތްތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި -- ފޮޓޯ: ޔޫސުފް ޒިޔާދު

27 ސެޕްޓެމްބަރ 2022 - 11:41

15 comments

ކ. ގުރައިދޫގެ މިސްކިތެއްގައި މުދިމަކު ނެތި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ވެސް ޚަބަރެއް ނުވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

ގުރައިދޫ ކައުންސިލުގެ މެމްބަރު އިބްރާހިމް ޝަލީޒް "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ހުންނަ ދެ މިސްކިތުގެ ތެރެއިން އެއް މިސްކިތް ކަމަށްވާ މަސްޖިދުލް އިޚާގައި މުދިމަކު ނެތީ މިދިޔަ އަހަރުގެ މާޗު މަހު މުދިމު ރިޓަޔާކުރެއްވުމުން ކަމަށެވެ.

އެ މިސްކިތަށް މުދިމަކު ހޯދަން، އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އިއުލާނުކޮށްފައިވެ އެވެ. ކައުންސިލުން ބުނި ގޮތުގައި އެ މަގާމަށް މީހުން ކުރިމަތި ވެސް ލި އެވެ. އެކަމަކު މަގާމަށް މީހަކު ނުނަގާ ކަމަށް ބުންޏެވެ.

"ކައުންސިލުން އެކި ފަހަރު މަތިން މިނިސްޓްރީއަށް އަންގާފައި ވާނީ. އެކަަމަކުމިދިޔަ އެއް އަހަރުގެ ތެރޭގައި އެއްވެސް އެއްބާރުލުމެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

"ކުރިން އަޅުގަނޑުމެން ގުޅީމަ ފޯނުވެސް ނަގާ. މިހާރު ފޯނު ވެސް ނުނަގާ."

އޭނާ ވިދާޅުވީ އެ މިސްކިތުގައި މިހާރު އިމާމުވެ ނަމާދުކުރަނީ މިސްކިތް ބެލެހެއްޓުމުގެ ވަޒީފާގައި އުޅޭ ބައެއް މީހުންނާއި އެ ރަށުގައި އިމާމުކަން ކުރުމުގެ ހުއްދަ އޮންނަ ބައެއް މީހުން ކަމަށެވެ.

މާލެ އާއި ރަށްރަށުގައި ހުންނަ މިސްކިތްތަކަށް މުދިމުން ހަމަޖައްސައި، އެ މީހުންނަށް މުސާރަދެނީ އިސްލާމިކް މިނިސްޓްރީންނެވެ. ކައުންސިލްތަކުގެ ޒިންމާއަކަށް އޮންނަނީ މިސްކިތްތަކުގެ މަސައްކަތު މީހުން ހަމަޖެއްސުމާއި އެތަންތަން މަރާމާތުކޮށް، ސާފުކޮށް ބެލެހެއްޓުމެވެ.

މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. މިފަހުން އިސްލާމިކް މިނިސްޓްރީއާ ގުޅޭ ގިނަ މައްސަލަތަކުގައި މައުލޫމާތު ހޯދަން ގުޅިޔަސް އެ މިނިސްޓްރީން ޖަވާބެއް ނުލިބެ އެވެ.

15 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަތީފާ

28 September 2022

ރައީސް ނަޝީދުގެ ބައްޕަގެ ގެ ގ.ކެނެރީގޭގެ ކުރިމަތީގަ ދައުލަތުގެ ކާރު އަދި އެމްއެންޑީއެފްގެ ޖިޕު ހެދުނު 11:30 ރޭގަނޑު 9:30 4 ނޫނީ 5 ސެކުރިޓީ އޮފިސަރުންނާއި އެކު އެ ވެހިކަލްގެ އިންޖީނު ނިއްވާ ނުލާ އޮވޭ! އަދި ނުވީތާކަށް ދައުލަތުން އޭނާ އުޅެން ގެއްދީފަ 250،000ރ މަހަކު މުސާރަ އަދި އިނާޔަތުގެ ގޮތުގަ ނަގާ! މި ވެރިން ލަދެއް ނުގަނޭ ދޯ ރައްޔިތުންނޭ ކިޔަން! ދެން މުދިމެއް ނަގާނެ ފައިސާ އެއް ނޯނާނެނުން ދޯ؟

The name is already taken The name is available. Register?

2033

28 September 2022

2033 ގަ އަދާލަތުން ވެރިކަމާ ހަވާލުވާންވާއިރަށް ދުރާލާ ރައްޔިރުންގެ ރުހުން ހޯދަން ކުރާކަންކަން ތިހުންނަނީ. އެމީހުން ވެރިކަމާ ހަވާލުވީމަ އޯކޭ ވާނެ. ދެން ބާކީ އޮތީ 10 ވަރަކަށް އަހަރު މިވަގުތު މުދިމަކު ނެތަސް ކެތްކޮށްލާ!

The name is already taken The name is available. Register?

މުދިންކަލޭ

27 September 2022

މިސްކިއް ތަކުގެ އަޑުކަޑުވާލީޔޯ ބަޔަކައް އުދަގޫވީޔޯ މިކޮމަންޓު ނުލިޔާނެ ޔަގީން ނޫސްވެރިކަން މިނިވަން

The name is already taken The name is available. Register?

ޢިންނު މުހައްމަދު

27 September 2022

ކައުންސިލްގެ ނުކުޅެދުންތެރިކަން

The name is already taken The name is available. Register?

އައްބެ

27 September 2022

ކުޅުދުއްފުށީ މިސްކިތެއްގެ އިމާމު ރިޓަޔަރ ކުރެއްވުމުން އެމަޤާމަށް މީހަކު ހަމަނުޖައްސާ އޮންނަތާ މިހާރު އަހަރެއްވާން އުޅެނީ. ކުޑަމިނުން އަދި އިއުލާންވެސް ނުކުރޭ.

The name is already taken The name is available. Register?

އުދުހޭ

27 September 2022

ދެން ކިޔާ ޖަޒީރާ މިސްކިތޭ. ކިޔާފަ އަތްޖަހާ.

The name is already taken The name is available. Register?

އަލްއަޚްނަސް ބުނި ޝުރައިޤު

27 September 2022

ކީއްކުރާނި ދީނީ މީހުންގެ ބައި އެންމެ ދަށީ އެމީހުން ހޭބޯ ނާރާ ސިޔާސީ ކަންކަމުގަ ދީނީ ތަވިދު އަޅައިގެން ނިކަން ބަލާބަލަ ފެހި ޤާނޫނު އަސާސީ ހިންގާތާ 15 އަހަރުވެދިޔައިރު ދީނީ ނަޞޭޙަތްދެވޭ ވަރުގެ މަޤާމްތަކެއް ރަށްރަށުގަގާއިމްކުރެވުނުތޯ މާލޭން ޗޭހުންގޮސް ކުކުޅު ކާލައިގެން ކުރާވަރުގެ ކަމަކަށް ވެފަ އޮންނަނީ ލިޔެދީފަ ފޮނުވާނީ އެމީހުން އެކިޔާފަ އަންނާނީ މާލެ އެދެން 5އަހަރަށް ބޭނުންވާ ވެކްސިންގ ގޯލްޑަންޑޭގަ ގޮސް ދޭހެން ދެވުނީ މަހަމަދެރަވޭ މިކަންކުރިނާރުވާތީ

The name is already taken The name is available. Register?

ނަފްސު

27 September 2022

ތިބާއާއި ﷲ ދެމެދު އޮތް ގުޅުން ކޮންމެ ދުވަހަކު ވަރުގަދަ ކުރަން ތިބާ ކުރީ ކޮންކަމެއްތޯ އެންމެ ފަހަރަކުވެސް އަމިިއްލަ ނަފްސަށް ވިސްނާލެއްވިންތޯ؟ ޝޭހަކު އައިސް ކިތަންމެ ވަރަކަށް ދަރުސް ދިނަސް ތިބާގެ ނަފްސު މާތް ﷲ އަށް ތަޤްވާވެރިކުރުވާ މަޑުމޮޅިނުވާވަރަކުން އީމާންތެރިކަމުގެ ފޮނި މީރުކަމެއްވެސް ނުލިބޭނެ!

The name is already taken The name is available. Register?

ހިޔަލީ އަލީ

27 September 2022

ކޮންމެވެސް ސަބަބެއް އޮންނާނެ ގުރައިދޫ ކައުންސިލުން މީގެ ކުރިންވެސް ބައެއް ކަންކަމުގައިވަނީ ވަރަށް ބޮޑެތި ދޮގުތައް ހަދާފަ

The name is already taken The name is available. Register?

ޢައްޔާ

27 September 2022

ބަލަ ތިކަން ޖެހޭނީ ކައުންސިލުން ރައީސްގެ ފައިންޕުޅު ދެކެން ދަންނަވާ އެވާހަކަ ރައީސަށް ދަންނަވަން

The name is already taken The name is available. Register?

ކުޑަ ހުސޭނު

27 September 2022

ރަށުގަ 1 މިސްކިތުން ބަންގި ގޮވިޔަސް ނަމާދަށް އަރަނީ 10 މީހުން. އެބައި ރަނގަޅު ކޮށްބަލަ.

The name is already taken The name is available. Register?

ޖަޒީރާކަލޯ

27 September 2022

ދެން މިހާރު ކުރަންވީ ކަމަކީ އަލުން ކަތީބުން އައްޔަނުކޮށްފާ މިސްކިތްތައް ކަތީބުންނާ ހަވާލުކުރަންވީ. ކަތީބުންނަކީވެސް ޖަޒީރާ ދިރިއުޅުމުން ކޮންމެހެންވެސް ފެންނަށްޖެހޭ ބައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454