ޚަބަރު / މޯބައިލް ނެޓްވޯކް

ފޯނުން ގުޅުމުގައި މައްސަލަތަކެއް ކުރިމަތިވެއްޖެ

މީހަކު ފޯނެއް ބޭނުންކުރަނީ: ދިރާގާއި އުރީދޫގެ ނެޓްވޯކަށް ވެސް ވަނީ މައްސަލަތަކެއް ކުރިމަތިވެފައި.-- ފައިލް ފޮޓޯ: މިހާރު

އެއް ނެޓްވޯކުން އަނެއް ނެޓްވޯކަށް ގުޅުމުގައި މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

މިއަދު ހެނދުނު 9:30 ހާއިރުން ފެށިގެން، ދިރާގުގެ ނަމްބަރުތަކުން އުރީދޫގެ ނަމްބަރުތަކަށް އަދި އުރީދޫގެ ނަމްބަރުތަކުން ދިރާގުގެ ނަމްބަރުތަކަށް ގުޅުމުގައި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން، ބައެއް ކޯލުތައް އެއްގޮތަކަށް ވެސް ނުކުރެވުމާއި ކޯލުގެ މެދުތެރެއިން ކެނޑުން ފަދަ ކަންކަން ދިމާވުމުގެ ޝަކުވާ އާއްމުން ދަނީ ކުރަމުންނެވެ.

އެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ދިރާގާއި އުރީދޫން ދެންމެއަކު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުންޏެވެ. އެ ބަޔާނުގައި ބުނި ގޮތުގައި އެއީ ޓެކްނިކަލް މައްސަލަ އެކެވެ.

"މި މައްސަލަ ހައްލުކޮށް، ވީހާ ވެސް އަވަހަކަށް ފުރިހަމަ އަށް ހިދުމަތް ދިނުމަށް އަޅުގަނޑުމެންގެ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.

ފޯނު ކުރުމުގައި މައްސަލަތަކެއް ދިމާވިއިރު، އިންޓަނެޓަށް ވެސް މި ދުވަސްވަރު ވަނީ އަނެއްކާ ވެސް މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން، ބައެއް ވަގުތުތަކުގައި އިންޓަނެޓުގެ ސްޕީޑް ދަށްވުމާއި ހިދުމަތް ނުލިބުމުގެ މައްސަލަ ވެސް ވަނީ ކުރިމަތިވެފަ އެވެ.

އުރީދޫން ރޭ ބުނި ގޮތުގައި އިންޓަނެޓަށް މައްސަލަ ދިމާވެފައި ވަނީ ޑީޑޮސް އެޓޭކުތަކެއްގެ ސަބަބުންނެވެ. އެ މައްސަލަ ހައްލުކުރަން ފަންނީ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޑީޑޮސް ހަމަލާތަކެއްގެ ސަބަބުން ދިރާގާއި އުރީދޫން ފޯރުކޮށް ދޭ އިންޓަނެޓުގެ ހިދުމަތަށް މިދިޔަ ނޮވެމްބަރު މަހު ވެސް ބުރޫ އެރި އެވެ.

8 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 20%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާ

08 January 2017

އަދި ބިލަށް އިތުރަށް ރުފިޔާ ނަގައޭ މިމީހުން.. އޭގެ ތަފްސީލު އެހީމަ ބުނަނީ ބަލަންށޯ ޖެހޭނީ..

The name is already taken The name is available. Register?

ރައުލ

08 January 2017

ހުޅުމާލޭގައި އުޅޭ އުރީދޫ ކަސްޓަމަރުންނަށް ތިމައްސަލަ ޖެހޭތާ ވަރަށް ދުވަސް ވެއްޖެ. 4ޖީ ޚިދުމަތް ލިބެނީ ނަމެއްގަ. އެއީ ވަރަށް ދަށް ސްޕީޑްއެއްގަ އިންޓަނެޓް ދޫކޮށްފަ ހުންނާތީ، އެންމެ ކުޑަމިނުން ވައިބާ މެސެޖެއް ކޮށްލަންވެސް 5 މިނިޓް ވަރު ވޭ. ގޭތެރޭގައި އުޅޭ އިރު އަދި މާގޯސް. ނެޓްވޯކް ކެނޑިފަ ފޯނެއް ކުރެވެނީ ވެސް ބެލްކަނީގައި ހުރެ. ރަނގަޅު ކުރޭތޯ ބަލަން ގުޅައިގެން 2 މަސް ވީ އިރުވެސް ރަނގަޅު ކުރެވޭ ކަަމަކަށް ނުވޭ. އަބަދުވެސް ޓެކްނިކަލް ޓީމަށް މައުލޫމާތު ދީފައިވާކަމަށް ބުނަނީ. އެންމެ ފަހުން މި ޖެނުއަރީ މަހުގަވެސް އުރީދޫ އަށް ގުޅާފަ ބުނީމަ ބުނީ ހަމަ އެހެން. މުހިންމު ކޯލްތައް ގެއްލޭއިރުވެސް ރަނގަޅު ކުރަން އިސްކަމެއްދޭކަމަށް ބެލެވޭކަށްނެތް.

The name is already taken The name is available. Register?

ޝަހާމް އިބްރާހިމް

08 January 2017

މިއަދު ހެނދުނު ތެދުވެ ކުދިވެރިން ގޮވައިގެން ސުކޫލަށް ދާން ނައްޓާލަން އުޅުނު އިރު ބައެއް މީހުންނަށް ތިމައްސަލަ ކުރިމަތިވިއެވެ. ބައެއްމީހުން، ދިރާގު ނެޓްވޯކުން ވަތަނިޔާ ނެޓްވޯކް ގެންގުޅޭ އަނބިންނަށަށް އަދި ފިރިންނަށް ދިޔައީ ގުޅޭތޯ ބަލަމުންނެވެ. ނުއެއް ގުޅުނެވެ. އަރަނީ ނޯ ނެޓްވޯކް ކަމަށެވެ. އެކަމަކު ބާތައް އަރާފައި ހުރުމުން، އަނެއްކާ ފޯނު ހަލާކުވީކަމަށް ހީކޮށް އެހެން ސިމްއެއް ލައިގެންވެސް ބައެއްމީހުން ޓްރައިކުރިއެވެ. އެކަމަކު ނުވިއެވެ. 10:30 ކަންހާއިރު، ނެޓްވޯކް އަލުން ލިބެން ފެށިކަން އިނގުނީ، އޫރިދޫއިން އަބްދު ފޮނުވަމުންދާ އެސްއެމްއެސް ތަކުގެ ތެރެއިން އެސްއެމްއެސްއެއް އައީމައެވެ. ފަހަރުގައި މިވެދާނެ ދެކުންފުނީގެ އަރައިރުމަކަށްވެސް. އެއްބަޔަކު އަނެއްބަޔަކަށްވުރެއް ކުރިއަރަން ކުރާކަމަކަށްވެސް، ނުވަތަ މިއީ، ސިއްރިއްޔާތުގައި އޮތްކަމަށް ބުނާ ޕާޓްނަރޝިޕްގެ ތެރެއިން ވީކަމެއްކަމަށްވެސް ވެދާނެ. ކޮންމެ ގޮތެއްވިއަސް ނެޓްވޯކްތަކުގެ މެދުގައި ގުޅުން ކެނޑުމުން، ދިރާސީ އާއަހަރު ގެ ފެށުން ވަރަށް ހަލަބޮލިވެގެން ދިޔަކަމަށް ފެނޭ...! ސަރުކާރުން މިކަންކަން މިއަށްވުރެއް ރަނގަޅުކޮށް އިންޓަރނޭޓް ސްޕީޑް ރަނގަޅުކުރުމަށް ވިސްނާ ފިޔަވަޅު އެޅުން އެދެން.

The name is already taken The name is available. Register?

ޢަހްމަދު

08 January 2017

ސަބްމެރިންނާ ޕިއްޒާ ކޭބަލްތައް އަޅާވަރަކަށް ގޯހެއްނު ވަނީ

The name is already taken The name is available. Register?

ފޮނިކަލޯ

08 January 2017

ކީއްތޯ ކުރާނީ މިވެސްމިހާރުމިވަނީ ސިޔާސީކަމަކައް ވެފައި ބިލް ފޮނުވާއިރު މިވަނީ އަމިއްލަ މީހާއައް ކެތްކޮށްލަންވެސެނުކެރިފައި،ދިރާގާއި އޫރީދޫ އަށް ވަރައްސަލާމް.

The name is already taken The name is available. Register?

އަައްޔަ.

08 January 2017

ދެން ފޮނިކަލޯ ވޯކީ ޓޯކީ އެއް ގެންގުޅެންވީނު

The name is already taken The name is available. Register?

ޛޖޖގފ×ގ

08 January 2017

ލާރި ހޯދަން ޖަހާމަޅި އެއް

The name is already taken The name is available. Register?

ދޮން އާމިރު

08 January 2017

މިފަހަރު ބިލުބޯޑުވާނެ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454