ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުމަތިން ބަޔަކު ވެހިކަލް ދުއްވާފައި ދަނީ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
05 އޮކްޓޯބަރ 2022 - 11:06
ގަވައިދާ ހިލާފަށް ރަޖިސްޓްރީ ކުރި 100 އެއްހާ އުޅަނދުގެ ރަޖިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާ ވެސް އުވާލައިފި އެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ މި ފަހަރު ރަޖިސްޓްރީ ބާތިލްކުރީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އަދި ގަވައިދާ ހިލާފަށް މާލެ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ 98 ވެހިކަލެއްގެ ކަމަށެވެ.
އެއީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއް ކަން ފާހަގަވުމާ އެކު، އެ އެއްޗެހީގެ ރަޖިސްޓްރީ ބާތިލްކުރީ ކަމަށް އިއުލާނުގައި ބުންޏެވެ.
މިނިސްޓްރީން ވަނީ އެ އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު ވެސް އެ އިއުލާނާ އެކު ވަނީ އާންމުކޮށްފަ އެވެ.
ގިނަ އަދަދެއްގެ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރިިއިރު، މިިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި 37 އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާއިރު، ގަރާޖު ސިޓީގެ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެއީ އެއް ގަރާޖެއްގައި، ގަވާއިދާ ހިލާފަށް އެތައް ސަތޭކަ ވެހިކަލެއް ރަޖިސްޓްރީ ކުރާ މައްސަލައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުށޭނު
06 October 2022
ތިޔަ ވެހިކަލެއް ރަޖިސްޓަރ ކުރުމަށް، ޓްރާންސްޕޯރޓް ގަ ތިއްބަވާ ވެރީންނާއި ކައުންޓަރު ތަކުގައި ތިއްބަވާ ކުދީންނަށް ދެވުނު "ހެޕީ ޕިލް" ދެވިފައިވަނީ ކޮހާ ވަރަކަށްތޯއާއި، އެފަދަ ކުދިންނާއި ވެރީން ހޯދުމުގެ މަސައްކަތް ކުރައްވާ، ހޯދުމުން ވަޒީފާގެ ކޮންޓްރެކްޓް "ބާޡިލް" ކުރަން ގަސްދު ކުރަންވަނީ އަންނަ ސަރުކާރުގައި ދެވަނަ ދައުރަށް ހޮވުމުންތޯ؟
އުދުހޭ
06 October 2022
ގަރާޖް ސިޓީގެ ލާރިގަނޑު ޕަކަޅާކޮށްލާފައި ރަޖިސްޓްރީކޮށްދީފަ ދުވަސްކޮޅަކުން ބާތިލް. އަނެއްކާވެސް އެ ވެހިކަލް ރަޖިސްޓްރީކުރަން އަނެއް ލާރިގަނޑެއް ޕަކަޅާކޮށްލެވޭނީ މިހެން ހެދީމާތާ؟! މީ ކާކު ހޯދި ފޯމިއުލާއެއްބާ؟
ދޯޕައްޓާ
05 October 2022
އަތޮޅުތަކުގެ މާސިންގާ ފަޅުރަށް ވަގަށްނެގިމީހާ ހުންނާނީ ހެވިފަ، ނަންބަރުބޯޑާއި މިރުސްކޮތަޅާއި ރިހާކުރުފުޅި ފަހަތުން ކަލޭމެން ދުވުނީމަ ހުރިހާކަމެއް ހަމަވީ.
ބޮޑުމީހާ
05 October 2022
ތިހުރިހާ ރެޖިސްޓްރީގަ ދައުލަތުގެ ނިޝާން އެބަހުރި، ދައުލަތުގެ ސިސްޓަމްތަކުން ދައްކާ. ދެން ބޮޑެތި އަދަދުތައް ދީފަ ސައްޚަ ގަރާޖް ނަމުގަ ތި ރެޖިސްޓްރީ ތިކުރެވެނީ. ޓްރާންސްޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމެއް ނެތި ތިކަމެއް ނުކުރެވޭނެ. ފުރަތަމަ ފިޔަވަޅު އަޅަންވީ އެމީހުންނަށް
ޟަހުޖަނ
05 October 2022
ކޮންމެ ވެހިކަލަކަށް 25000 ޜ ގެ މަގުން ކިތަށް މިލިޔަން ތި ޓުރާންސްޕޯޓުކުދިން ނަގާފަވާނެ ތި ވެހިކަލްތަށް ގަވައިދުން ބޭރުން ރެޖިސްޓާކޮއްދޭން… ސިވިލް “ސާވެންޓު” އެކަމަކު މަހުޖަނު…
ބުޙާރީ
05 October 2022
50-70 ދޭތެރޭ އަގު ނަގާފައި ވަނީ
76432
05 October 2022
ތިބުނާ ވިޔަފާރި ހިންގަނީވެސް ހަމަ ރައްޔިތުން.ވިއަކަނީ ރައްޔިތުން.ގަންނަނީ ރައްޔިތުން.ރިޝްވަތުދެނީ ރައްޔިތުން.ތިޝްވަތުގަ ހިފަނީ ރައްޔިތުން.ކޮމެންޓް މި ލިޔަނީވެސް ރައްޔިތުން.
މހލދބ2
05 October 2022
ޤަވައިދަށް ނުފެތޭ ނަނަބަރު ބޯޑް އަޅުވައިގެން ދުއްވުމަކީ ކުށަކަށް ވާނަމަ، އެގޮތަށް އެބޯޑް ވިޔަފާރިގެ ގޮތުގައި ހަދާދިނުންވެސް ވާންޖެހޭނެ ކުށަކަށް. މިހާ ދުވަސްވަންދެން އެކަން އެގޮތަށް ކުރަން ދޫކޮށްލައިގެން ތިބި ބަޔަކުވެސް ޒިންމާނަގަންޖެހޭނެ. ހަމަ އެކަނި ރައްޔިތުން ބޮލުގަ ހުރިހާކަމެއް އެޅުވިޔަކަސް ނުނިމޭނެ. ޤާނޫނާ ހިލާފު ވިޔަފާރިތައް ހުއްޓުވަންވެސް ޖެހޭނެ. ވެދުން
މހލދބ1
05 October 2022
ރަގަޅު .. ހަމަ ތިޔަ ގޮތަށް ތިކަންކަމުގަ ބައިވެރިވި މުވައްޒަފުން ހޯދާ ހަރުކަށި އަދަބު ދޭންވާނެ. ދެން ނަންބަރު ބޯޑުގެ މައްސަލަ، އެތައް އަހަރަށް ވަންދެން ތިބުނާ ޤަވައިދާ ހިލާފަށް ނަންބަރު ބޯޑް ހަދާއިގެން ބޮޑުއަގުގަ ވިއްކާ ވިޔަފާރިކޮށް އެކަމުން ފައިދާ ނެގިއިރު އެކަން ހުއްޓުވޭނެ ސަރުކާރުގެ އިދާރައެއް އޭރު ނެތީތޯ ؟ އެހެންނޫން ކަމަށް ވާނަމަ އެކަން ވެސް ބަލެން ޖެހޭނެ. …..
ބޭނުން
06 October 2022
ބޭނުންވަނީ މަޅީގަ ޖައްސާފަ ހިފަން. އަބަދު މަނާކަމެއްގޮތުގަ އޮތިއްޔާ ޖޫރިމަނާކުރަން ފުރުސަތެއް ނޯންނާނެނު. ވަސްނާބަލަ
ރަނގަޅު ފެށުމެއް
05 October 2022
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްދިނުމާއި ރަޖިސްޓްރީ ކެންސަލް ކުރަނީ ދެ ވުޒާރާ އަކުންތޯ؟
ކެކެކެކެކެ
06 October 2022
ޔެސް ބުރޯ! ކެކެކެެކެކެ
ކުޑަމިންވަރެއް
05 October 2022
ރާއްޖޭގައި ހިންގާ ގަވައިދާ ޚިލާފު ކަންތަކަށް ބަލާއިރު ތިޔައީ ނިޞްބަތުން ތިނޯހެއްގެ ފަގައިންދާ މިންވަރުގެ ކުޑަ ކަމެއް ގަވައިދާ ޚިލާފުވާން ފުރުޞަތު އޮތް މިންވަރަކީ ވަގަށް ވަދެ ތިބި ބަނގާޅިން ވިޔާފާރީގަ ހޮތާ ހިންގުމުގަ ހަތަރު ފަސްއަހަރުވާއިރު ހޭއަހައި ނުލާ އެމީހުން ްއެހުރިހާ ކަމެއް ކުރަން ތިބީ މައި އިދާރާ ތަކުގެ ދޮރުމަތީގަ