ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ: ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމި ނިންމުން ކޯޓުން ހުއްޓުވީ ރަނގަަޅަށް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/ޓްރާންސްޕޯޓް މިނިސްޓްރީ
05 އެޕްރީލް 2023 - 14:07
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ތުހުމަތުކޮށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އޭގެ ތެރެއިން 87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިދިޔަ އަހަރު ވަގުތީ އަމުރެއް ނެރުނެވެ.
އެ ވަގުތީ އަމުރު ނެރުނީ ރަޖިސްޓްރީ ބާތިލްކުރަން ނިންމުމުން އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރިފަރާތްތަކުން ދައުވާ ކުރުމުން އެ މައްސަލަ ނިމެންދެންނެވެ. އެ އަމުރު ޓްރާންސްޕޯޓް މިނިސްޓްރީން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ އެ ވެހިކަލްތަކުގެ ރަޖިސްޓްރީގެ ސައްހަކަމާ މެދު ގޮތެއް ނިންމޭނީ ސިވިލް ކޯޓުން ބަލާ މައުޟޫއީ މައްސަލާގެ ތެރެއިން ކަމަށެވެ. އަދި ކޯޓުން ގޮތެއް ނުނިންމަނީސް އުޅަނދުގެ ރަޖިސްޓްރީ ބާތިލްވެފައި އޮވެއްޖެ ނަމަ ގެއްލުން ލިބޭނީ އުޅަނދުގެ ވެރިފަރާތްތަކަށް ކަމަށާއި އެކަމަކު ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ސިވިލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައިވަނީ އުޅަނދުތައް ރަޖިސްޓްރީކުރީ ދައުލަތުން ކަނޑައަޅާފައިވާ ނިޒާމުގެ ބޭރުން ކަމަށް ދައުލަތުން ބުނާ ބުނުމަށް ބާރުލިބޭ ހެކިތަކެއް ހުއްޓާ ހަމައެކަނި ރަޖިސްޓްރީއެއް އޮތުމަކީ އެ ރަޖިސްޓްރީތައް ދަމަހައްޓަން ވަގުތީ އަމުރެއް ނެރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
އުޅަނދުތަކުގެ ރަޖިސްޓްރީއަށް އުނި އިތުރު ގެނައުމުގެ ބާރު ސަރުކާރަށް އޮތްއިރު، މައްސަލައެއް ކޯޓުގައި އޮތުމަކީ ވަގުތީ އަމުރެއް ނެރެވޭނެ ކަމެއް ނޫން ކަމަށް އެ ރައުޔުގައިވެ އެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ނިންމުންތަކުގެ ސައްހަކަން ނުގެއްލޭހާ ހިނދަކު އެ ނިންމުން ދަމަހައްޓަންވާނެ ކަމަށް އެ ރައުޔުގައިވެ އެވެ.
ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ އެ މައްސަލާގައި 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުން ސިވިލް ކޯޓުން ހުއްޓުވިއިރު އެ މައްސަލާގައި ދައުވާކުރީ އެންމެ ނުވަ މީހުން ކަމަށެވެ. އެހެންވެ، ބާކީ ތިބި ވެހިކަލްތަކުގެ ވެރިފަރާތްތަކުގެ މީހުންގެ ބަހެއް ނެތި އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށް އެ ރައުޔުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏޫސް ކިޔާމީހާ
06 April 2023
އަޅުގަޑައް ވެރިކަން ދެއްވައި ފިޔާ ކޯޓްތައް ފިޔަވާ ހުރިހާ މުއައްސަސާއެއް އޮފީސް ތަކުގެ ޑރާމާ ކުޅުން ނޫން ކަމެއް ނުކުރުވާނަން މުޅިންފްރީކޮއްލާފަ ބާއްވާނީ
ސަލީމްބެ
06 April 2023
ޖުމްހޫރީ ޕާޓިން ދިވެހި ރައްޔިތުންނަށްދިން އެންމެ ބޮޑު ދެރައަކީ ޕާޓީ ސްލޮޓޭކިޔާފަ މިނިސްޓްރީތަކުގެ ވަޒީރުންނަށްވެސް ކުފޫ ހަމަނުވާ މީހުން އައްޔަންކުރުން (މިސާލަކަށް ނަހުލާ، އަލީ ވަހީދު، އެއްވެސް ތަޖުރިބާއެއް އެދާއިރާތަކުގައި ނެތް ބައެއް) އެކަމުގެ ސަބަބުން އެމުއައްސަސާތައް ބޮއްސުންލާ އެތަންތަނުގެ ޒިންމާތައް އަދާނުކުރެވި ދިއުން. މިސާލަކަށް ޓްރާންސްޕޯޓްގެ ފެއިލިއަރއެއް މާލޭގެ މަގުތައް މިހާބޮޑަށް ތޮށްޖެހި ހާސްވާ ހިސާބަށް ދިއުން.
ޖުހާނާ
06 April 2023
ތިޔަ ނަހުލާ އަކީ ޤާނޫނެއް ގަވާއިދެއް ދަންނަ މީހެއް ނޫން. ޤާނޫނާ ޚިލާފަށް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވެސް އޮތީ ޙުކުމްކޮށްފައި. ް
އަޑުއަހާބަލަ
06 April 2023
ގިނަ އަންހެން ބޭފުޅުން ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވިން ވަރަށް މުހިންމެވެ.
ޢަރުތަ
06 April 2023
ތިޔަ ޙުކުމް ޙަލާލުބާ! ޙުކުމް ޙަލާލު/ޙަރާމް ކަނޑައަޅާ ކުދިންކޮޅު ގޮތެއް ނިންމާނީ.
އެމްސް
06 April 2023
ތަނެއްގަ ދުވަހުން ދުވަހަށް ކުރާ ކަންކަންވެސް ކޯޓަކުން ނިއްމަން ވަންޏާ ދެން ކީއްކުރާ ވުޒާރާތަކެއްތޯ؟ ހަމަ ބޮލެއް ލައިގެން ކަންކަން ވެދާނެތޯ؟
މިސްޓަރ ޓިނޭ
06 April 2023
ތިހެން ވިއްޔާ ތިޔަ ވެހިކަލްތަކުގެ ބެލެނިވެރިންގެ މައުލޫމާތު ބަލަން ޖެހޭ. ހީވަނީ ސަދޫމް ކޯޓުގެ ފަނޑިޔާރުންގެ ވެހިކަލްތައް ތީގައި ހިމެނޭ ހެން
ދުމްމ
05 April 2023
ހައިކޯޓުގެ ހުކުމަކީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް . ދަށުކޯޓުގެ ހުކުމުގައި ބުނަނީ އެކޯޓުން މައްސަލައިގަ ނިހާއީ ހުކުމެއް އިއްވަންދެން ސަރުކާރުން ނިންމި ނިންމުން (ރަޖިސްޓްރީތައް ބާތިލްކުރުން) މަޑުޖައްސާލަން. ދެން ކޮބާތަ މީގަ މައްސަލައަކީ؟ ދަށު ކޯޓުން މައްސަލައިގަ ފައިސަލާ ކުރަނިވި ނިހާއީ ހުކުމެއް އިއްވީމަ ސަރުކާރަށްވެސް އަދި ދައުވާކުރި ފަރާތަށްވެސް އަނެއްކާވެސް ކައިިކޯޓުގަ އިސްތިއުނާފް ކުރުމުގެ ހައްގު އެބައޮޮތް.
ހަޑިގިއްލާ
05 April 2023
އެކަމު ބުނާތީ އިވޭ ކޯޓްތަކުން ހުކުމް ނުކުންނާނީ ސަރުކާރުން ބޭނުންވާ ގޮތަށޭ....!
ބައިރަހާ
06 April 2023
ތިކަހަލަ ކަންކަމުގައި ވަރުހުންނާނީ ކީސާބޮނޑީގައި. އިސްމީހާ އިންޓަރެސްޓް ތިކަމުގައި ނުހުންނާނެ
ސަލމާމއި
06 April 2023
ސަރުކާރޭބުނީމަ މިހާރު އޮޅޭ. ސަރުކާރުގެ އެއްބަޔަކު ކުރާކަންތަކަކީ ގޯސްކަމެއްކަންދައްކަން ސަރުކާރުގެ އަނެއްބަޔަކު އުޅޭ ދުވަސްވަރެއްގައި ސަރުކާރުންބޭނުންވާގޮތް ސާފެއްނޫން. އެހެންކަމުން ބުނެވިދާނެ ތިވެސް ސަރުކާރު(ގެއެއްބަޔަކު) ބޭނުންވާގޮތޭ
ދޮހޮއްތު
05 April 2023
ސަރުކާރުގެ ދޯހަޅިކަމުން ވީ ކަމެއްގައި ރައްޔިތުމީހާ އުލުބައިންދާކައް ނުޖެހޭ .. މަރްހަބާ .. މިހާތަނައް ނިންމި އެންމެ ހަމަޖެހޭ ނިންމުން
ޢަރުތަ
06 April 2023
ވެރިން ވައްކަން ކުރަނީވެސް ސަރުކާރުގެ ދޯހަޅިކަމުންބާ! ސަރުކާރުގެ އެކިއެކި މަޤާމުތަކުގަ ތިބޭ މީހުނާ ތިޔަބުނާ 'ރައްޔިތުމީހާ' އާ ގުޅި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮށްފަ ހުންނަ ބޮޑެތި ވައްކަންތައް ތިހުންނަނީ، އެކަންކަން އެނގިފަޅާ އެރީމަ ފިޔަވަޅު އަޅަންޖެހޭ، ސަރުކާރޭ ދޯހަޅިއޭ ކިޔާފަ އަޅާނުލާ ދޫކޮށްލާކަށް ނުޖެހޭ.
ސުޕަރމެޖޯރިޓީ
05 April 2023
ޓްރާންސްޕޯޓު މިނިސްޓްރީއިން ކުރީ ރަގަޅުކަމެއް. އެއީ ނުބައި ގޮތަކަށް ރަޖިސްޓަރީކުރި އުޅަނދުފަހަރުގެ ރަޖިސްޓަރީ ބާތިލްކުރުން. ރަޖިސްޓަރީކުރުމާއި ބާތިލްކުރުމަކީ މިނިސްޓްރީއަށް ލިބިގެންވާ ބާރެއް. އެމްޑީޕީއިން ކޯޓުތައް އިސްލާހުކުރާނަމޭ ކިޔާފައި ވައުުދުވެފައި މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބުނީމާ އެއްވެސް ކަމެއް އިސްލާހުކުރަން ނުކުރުމުގެ ނަތީޖާ. މިހާރު ވެސް ރަގަޅު ގަރާރެއް މަޖިލީހަށް ހުށަހަޅައިފިނަމަ އެމްޑީޕީ މެންބަރުން ދަނީ އެގަރާރުތައް ބޭރުކުރަމުން
އެމްސް
06 April 2023
ނުބައިގޮތަށް ކަންކުރި ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންނަށް އަދަބެއްވެސް ނާދޭތޯ؟