ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެެރެއިން ---ފޮޓޯ: އެމްޓީސީސީ
06 އޮކްޓޯބަރ 2022 - 07:23
ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ މަޝްރޫއާ ހަވާލުވެފައިވާ އެމްޓީސީސީން އިއްޔެ ވަނީ އެ ރަށުގައި އަމަލީ މަސައްކަތް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމެވެ. މިނިސްޓަރާއެކު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގަތެވެ.
ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން ބުނީ އެ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާ ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ.
އެ މަސައްކަތް ނިމުމުން، ހިތްފަސޭހަ އަތިރިމައްޗަކާއި ފަތާ ސަރަހައްދެއް ހިތަދޫ ރައްޔިތުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 6891 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުމާއި، 100 މީޓަރުގެ ބޭރުތޮށި ލުމާއި، 570 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ސްޓްރަކްޗާ ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 11.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
06 October 2022
ތަމެންނަށް އަދި ކިރިޔާ ހިތަދޫގަ ކަމެއް ތިޔާ ކުރެވެނީ.މިމިންވަރުވެސް ރަނގަޅު.ދެން ހިނގާ ދޯ އަތް ޖަހާލަން.ވ.ވެދުން