ބަޔަކު، އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
10 އޮކްޓޯބަރ 2022 - 09:53
ނަފުސާނީގޮތުން މީހާ ހަފުސްވެ، ދިރިއުޅުން މަތިން ފޫހިވެ، އަމިއްލަ އަށް މަރުވަނީ އެވެ. ފަރުވާ ލިބޭނެ ގޮތެއް، އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ނެތެވެ. ލިބިފައި ހުރި ޒަހަމެއް މީހަކަށް ފެންނަން ނެތަސް އެ ހަށިގަނޑުގައި އަޅާ ވޭނަށް ކެތެއް ނުކުރެވެ އެވެ.
އެ ހާލަތުގައި އޮތް އިރު ވެސް ނަފުސާނީ މައްސަލަތަކަކީ ބައްޔެއް ކަމަކަށް މީހުން ގަބޫލެއް ނުކުރެ އެވެ. މިހާތަނަށް އައި ސަރުކާރުތަކުގެ ވިސްނުން ވެސް އޮތީ ހަމަ އެހެންނެވެ. އޭގެ ނަތީޖާއަކީ، ފަރުވާ ހޯދުމަށް އެތައް ތަކުލީފެއް އުފުލަން ޖެހުމެވެ.
ބައިނަލްއަގުވާމީ ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު ކަންބޮޑުވާ އެތައް ކަމެކެވެ. އެކަމަކު، އުފާކުރަންޖެހޭ ކަމަކީ މި ހާލަތު ބަދަލުކުރަން ސަރުކާރުން މިހާރު އަތުކުރި އޮޅާލާފައިވާ ކަމެވެ.
ނަފުސާނީ މައްސަލައަކީ ބައްޔެއް ކަން ދެނެގަނެ، އެ ބައްޔަށް ފަރުވާ ދޭ ފުރަތަމަ މަރުކަޒު މާޗު، 2019 ގައި އައިޖީއެމްއެޗްގައި ހުޅުވި އެވެ. އެއީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
މައްސަލައިގެ ސީރިއަސްކަން އެންމެ ބޮޑަށް އެނގެނީ އެ ސެންޓަރުން އެކަނި ވެސް މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ 55،608 ކޮންސަލްޓޭޝަން ހަދާފައިވުމުންނެވެ.
2019: 7،246
2020: 17،708
2021: 16،936
2022 (މިދިޔަ މަހުގެ ނިޔަލަށް): 13،718
2020 (އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް): 49
2021: 232
2022 (ޖެނުއަރީން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް): 125
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މެންޓަލް ހެލްތު ސެންޓަރު ހުޅުއްވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ނަފުސާނީ ދުޅަހެޔޮކަމަށް އެކަށީގެންވާ ވަރަށް އިސްކަންދީފައެއް ނުވެ އެވެ.
އެހެންވެ، އެކަން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ގައުމީ ސިޔާސަތުގެ ތެރޭގައި ނަފުސާނީ ބަލިތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަފުސާނީ އެކި އަސަރުތައް ކޮށްފައިވާ މީހުންނަށް އެކަމުން އަރައިގަނެވޭނީ މުޅި މުޖުތަމައުގެ އެންމެންގެ އަޅާލުމާއި އެހީތެރިކަން ލިބިގެން. ނަފުސާނީ ބަލިތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކަނިވެރިކަމާއި ބާކީވުމުގެ އިހުސާސުން ދުރުވުމަށް މުޖުތަމައުގެ ހުރިހާ ފަރުދުންގެ ވާގިވެރިކަމާއި އެހީތެރިކަން ބޭނުންވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ވަކި ސެންޓަރެއް ހުޅުވި ނަމަވެސް ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކީ ފަރުވާ ހޯދުމަށް އެތައް މަހެއް ނުވަތަ އަހަރެއް މަޑުކުރަން ޖެހުމެވެ. އެ ލިސްޓު 2،000 އަށް ވުރެ މަތީގައި ނޫޅޭ އިރެއް ނެތެވެ.
ނަމަވެސް މެންޓަލް ހެލްތު ސެންޓަރުގައި ހިދުމަތް ދޭ ސައިކޭޓްރިސްޓުންގެ އަދަދު މިދިޔަ ޖުލައި މަހު 4 އިން 8 އަށް އިތުރުކޮށް، އެ ކިއު ވަނީ ވަރަށް ދަށްކޮށްފަ އެވެ.
ވެއިޓްލިސްޓުގައި ތިބި މީހުންގެ އަދަދު އެންމެ މަތިން ރިކޯޑު ކޮށްފައިވަނީ މިދިޔަ މާޗު މަހާއި އޭޕްރީލް މަހު އެވެ. އޭރު ވެއިޓްލިސްޓުގައި 3،500 މީހުން ތިއްބަސް މިދިޔަ މަސް ނިމުނުއިރު އެ އަދަދު ވަނީ 510 އަށް ދަށްކޮށްފަ އެވެ.
މިއީ، ހެޔޮ ބަދަލެއް ކަން ސަރުކާރެއް ފާހަގަކުރެ އެވެ.
އާއްމު އެހެން ބަލިތަކަށް ކްލިނިކްތަކުން ފަރުވާ ލިބުނަސް ނަފުސާނީ މައްސަލަތަކަށް އަމިއްލަ ކްލިނިކްތަކުން އާސަންދައިގެ ހިދުމަތް ދޭން ފެށީ 2019 ވަނަ އަހަރު އެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ދެ ސައިކޭޓްރިސްޓުންނާއި ދެ ކްލިނިކަލް ސައިކޮލޮޖިސްޓާއި ކައުންސެލަރަކާއެކު ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް މިއަދު ހުޅުވާނެ އެވެ.
މީހަކު މަގު ހުރަސް ކުރާއިރު، ސިނަމާލެ ބްރިޖުން ފައިބައިގެން އަންނަ ސައިކަލުތަކެއް.---ފައިލް ފޮޓޯ: މިހާރު
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ފަސް އަތޮޅަކުން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ.
އެއާއެކު، "ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ޑިވެލޮޕްމަންޓް ޕްލޭން"ގެ ދަށުން ރީޖަނަލް ހޮސްޕިޓަލްތަކުގައި ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުން ފުޅާކޮށް، އެ ތަންތަނުގައި ރީޖަނަލް މެންޓަލް ހެލްތު ސެންޓަރުތައް ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އޭގެ ދަށުން، ޕްރައިމަރީ ހެލްތު ކެއާގެ ތެރެއިން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސާނެ އެވެ.
ދިވެހިންގެ ތެރޭގައި ނަފުސާނީ މައްސަލަތައް އިންތިހާ އަށް ބޮޑުވެފައިވާކަން ސަރުކާރުން ގަބޫލުކޮށް، އެ ކަމަށް އަވަސް ފިޔަވަޅުތައް އެޅުމުގެ ނަތީޖާ ފެންނަނީ ރަނގަޅަށެވެ. އެ ބައްޔަށް ފަރުވާދ ދީ، އެޑްރެސް ކުރާނެ ބަޔަކު ނެތުމުގެ ހުސްކަން މިހާތަނަށް ފެނުނަސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް މިހާރު އެބައޮތެވެ. ދެން އޮތީ ފަރުވާ ދޭނެ މީހުންނާއި ވަސީލަތްތައް ގާއިމު ކުރުމާއެކު، ނަފުސާނީ މައްސަލަތަކުން ދުރުވާނެ ގޮތްތައް ލިމިޓް ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިދިޔައީ
11 October 2022
އެހާ ގިނަ މީހުންނަށް ތިޔަފަދަ ފަރުވާއެއް ލިބުނީމަ ލިބޭ ވޯޓްކޮޅު މިފަހަރު މަދުވެދާނެހެން ވަރަށް ހީވޭ.
ސަމްކު
10 October 2022
ތިޔަ ހިސާބު ދިމަލެއް ނުވާނެ. ނަފްސާނީ ފަރުވަ ހޯދަމީހާ އެއްފަހަރު ފަރުވާހޯދީމާ މުޅިން ރަނގަޅުވަންޏާ ހިސާބު ދިމާވަނީ. އެކަކު އތައްފަހަރަކު ދައްކަ. އެކަމަކު އަދަދުބަލަނީ ދައްކާ ކޮންމެ ފަހަރަކަށް. އެހެންވީމާ މީހުނަށްވުރެ ޑޮކްޓަރަށް ދައްކާ އަދަދު ގިނަވަނީ.
ސޯޝަލް މީޑިއާ 1
10 October 2022
ގިނައިން ސޯޝަލް މީޑިއާ ބޭނުންކުރުމަކީވެސް މިކަން މެދުވެރިވާ ކަމެއް. ގިނަ ވަގުތު މިކަމުގައި ހޭދަކުރުމުގެ ސަބަބުން ސިކުނޑިއަށް ނޭދެވޭ އަސަރުކުރޭ. މި ވޭދެވޭ އަސަރުތަށް ޑިޕްރެޝަންފަދަ ބަލިތަކަށް މަގުފައިކުރުވާ. ވަގުތު ހެޔޮ ގޮތުގައި ބޭނުންކުރުމާއި، ލައިފް ބެލެންސް ކުރަން މަސައްކަތް ކުރުން މުހިންމު. ދުނިޔެއާއި އާހިރަތައް މަސައްކަތްކުރާނަމަ ބެލެންސް ކުރަން ފަސޭހަވާނެ.
ޔޯގިސްތާން
10 October 2022
ނަފްސާނީ ވާހަކަ އެއް ނޯވޭ ފޮތަކު. ގަބޫލެއް ނުކުރެވޭނެ!
މިކަންކުރާނަމަ ވެސް ނަތީޖާ ރަނގަޅުވާނެ
10 October 2022
ނަފްސާނީ ބަލި ޤަބޫލު ކުރަމެވެ. އެކަމަކު ގިނަފަހަރަށް އެކަން ބޮޑުވެ ދިރިއުޅުން ބަނަކުރަނީ އެފަދަ މީހުން ވެސް ނެގެޓިވްކޮށް ވިސްނާތީ އެވެ. އެހެންމީހުންގެ ފުދުންތެރި ދިރިއުޅުމާއި ތިމާގެ ދިރިއުޅުން އަޅާކިޔޭތީއެވެ. ބޭނުންވާ ކަންކަން ނުވީމައި މާޔޫސްވެ ރުޅިގަދަވާތީ އެވެ. އެހެންކަމުން ކުރަންވީ ކަމަކީ ކޮންމެ ކަމެއްގައި ވެސް ﷲ އަށް ވަކީލުކޮށް ބޭނުންވާ ކަންކަން ޙާޞިލް ނުވެވެސް ހިނގައިދާނެކަން ޤަބޫލުކޮށް ކުރެވޭތޯ އަނެއްކާ ވެސް މަސައްކަތް ކުރަންވީއެވެ.
ބާރު
10 October 2022
އެއީ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއްނޫން، ސިކުންޑިން ބޭރުކުރާ ހޯމޯންތަކަށް ޑިޕެންޑްވާ ކަންކަން އެއީ. އެކީ މީހުންގެ ސިކުނޑީގައި މިބުނި ދިޔަވަރުތައް އުފައްދަނީ އެކިވަރަށް، ބައެއްމީހުންގެ ސިކުނޑީގައި އެދިޔަވަރުތައް ނޫފެއްދުމުން ، ރުޅިގަދަވުމާއި، ރޮވުމާއި، މާޔޫސްވެރިކަ ކުރިމަތިވޭ. އެހެންވީމާ އެދިޔަވަރުތަށް އުފެއްދުމަށް ބޭސް ބޭނުންކުރަންޖެހޭ، އަދި ދިރިއުޅުމުގެ ވަށްޓަފާޅި ބަދަލު ކުރަންޖެހޭ. އަދި އެއީ ކައުންސިލިން ބޭނުންވާ އެއްސަބަބު.
ކުޗީ
10 October 2022
މާލޭގެ މަގުތަކުގައި ސައިކަލް ، ބަސް ދުއްވާ މީހާވެސް ކޮންމެ ޖަހާ އަޑިގުޑަކުން ސައިކޯވުން އިތުރުވާނެ. އެއްބަޔަކު މިތިބެނީ ހަމައަކުނޫން ، އަނެއްބަޔަކު ސައިކޯ ވެފަ ، އަނެއްބަޔަކު ހަމައިގަ ތިބެ ކިރު ފެލާހެން ފެލައިގެން ދައުލަތް ދަވާލަނީ ( މިކިޔަނީ ވެރިކަމަށް އަރާތިބޭ މީހުންގެ ވާހަކަ ) .. ކޮންމެ ސަރުކާރެއް އަޔަސް ބަލަނީ އަންބޮނޑޮ ބޮޑު ކުރެވޭތޯ. ހުރިހާ ގެއްލުމެއް ލިބެނީ ޓެކްސް ދައްކައިގެން އުޅޭ އާމު ރަށްޔިތު މީހާއަށް.
އުދުހޭ
10 October 2022
5 ވަގުތު ޖަމާއަތުގަ ނަމާދުކުރާ މީހުންގެތެރޭގައި ތިޔަބުނާ ބަލި ހުރިތޯ ދިރާސާއެއް ކޮށްލުން ކިހިނެތްވާނެބާ؟
ބިސްތީ
10 October 2022
ދިރާސާ ކޮށްލަންވީނު؟ ދިރާސާގެ ތެރޭގަ ރުގުޔާވެސް ހިޖާމާވެސް ހިމަނާލުން ރަނގަޅު. ސާމްޕަލް ނަގާއިރު ދުނިޔޭ އެކި ހިސާބުތައްވެސް ބަލާލާތި.
ހަވަރު
10 October 2022
ހުރެޔޭ، 05 ވަގުތު ނަމާދު ކޮށް، ދަމު ނަމާދު ކޮށް، ގަވާއިދުން ސުންނަތް ރޯދަ ހިފާ މީހުންގެ ތެރޭގައިވެސް ތިޔަބަލި ހުރެއޭ.
އަލީ ބިން ޒައީމް އަލް މާލްދީފީ
10 October 2022
ނަފްސާނީ ބައްޔަކީ ކުރާ އަޅުކަމަކުން ޖެހޭ ބައްޔެއް ނޫނޭވެ. އެއީ ސިނކުޑިއަށް އަންނަ ބަދަލަކުން ދިމާވާ ހަލެތެއް، އޭގެ މާނައަކީ ކޮންމެ ނަފްސާނީ މީހަކީ ދުނިޔޭން މޮޔަވެ ހަމަ ނުވިސްނޭ މީހެކޭނޫން. އެކިމީހުނަށް އޭގެ އަސަރުކުރަނީ އެކިވަރަށް. އަދި އެކި ގޮތަށް. މިސާލަކަށް މާބޮޑަށް އަބަދު އުފާވުން ނުވަތަ ހިތާމަ ކުރުމަކީ ވެސް ސިކުނޑިއަށް އަންނަ ބަދަލަކުން ދިމާވާ ނަފްސާނީ ހާލަތެއް.
އިތުރު
11 October 2022
ހަމައެކަނި ނަމާދެއް ނޫން. ގުރުއާން ކިޔެވުންވެސް އެހާ ފައިދާ ބޮޑު. ކަންކަމާ ދެރަވެ މާޔޫސްވާއިރު ސޫރަތެއް، އޭގެ މާނަ އެނގޭ ގޮތަށް ކިޔަވާލުމަކީވެސް ހަމަ ވަރަށް ފައްކާ ފަރުވާއެއް.