ލައިފްސްޓައިލް

ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ އަސަރު ދަރިންނަށް ކުރޭ

ދަރިން ތަރުބިއްޔަތު ކުރާ ވައްޓަފާޅި އަކީ އެ ކުދިންގެ އުޅުމަށް އަސަރު ފޯރު ކުރާނެ ކަމެއް.

10 އޮކްޓޯބަރ 2022 - 18:36

4 comments

ކުޑަކުދިން ދުނިޔެއަށް އުފަންވަނީ އެ ކުދިން ބަލަހައްޓަންވީ ގޮތުގެ މެނުއަލެއް ނެތި އެވެ. ކޮންމެ މީހަކުވެސް، މަޔަކަށް ނުވަތަ ބަފައަކަށްވުމުން، ކުއްޖާގެ ކަންތައްތައް ކުރަންވީ ގޮތް އަމިއްލަ އަށް ދަސްކުރަނީ އެވެ. ބައެއް ފަހަރު، އެ ކުދިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ހަރުދަނާ އުސޫލުތައް މައިންބަފައިންގެ ފަރާތުން ފެނެ އެވެ. އަނެއްބައި ފަހަރު، ދަރިންނާ މެދު އިހުމާލުވެ، ތަރުބިއްޔަތު ދިނުމުގައި ފަރުވާކުޑަވާ ތަން ވެސް ފެނެ އެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އާއްމުކޮށް ކޮންމެ މީހަކު ވެސް އެ މީހެއްގެ ތަޖުރިބާތަކަށް ބަލަ އެވެ. އަދި އެ މީހެއްގެ މައިންބަފައިންނާ އޮންނަ ގުޅުމާއި އެ މީހެއްގެ މައިންބަފައިން އެ މީހަކާ މެދު ކަންތައް ކުރާ ގޮތަކީ އެ މީހެއްގެ އަމިއްލަ ޕޭރަންޓިން ސްޓައިލަށް ނުވަތަ ދަރިން ތަރުބިއްޔަތުކުރާ ގޮތަށް ނުފޫޒު ފޯރުވާ ކަމެކެވެ.

ދަރިން ތަރުބިއްޔަތުކުރާ ވާހަކަ ދައްކާ އިރު، "ގުޑް ޕޭރަންޓިން" އަކީ ވަރަށް ގިނައިން އިވޭ ބަހެކެވެ. އެކި މީހުންގެ ނަޒަރުގައި ރަނގަޅު ބެލެނިވެރިއަކަށް ވެވޭނީ ވަކި ކަންތައްތަކެއް ކޮށްގެންނެވެ. ދަރިން ތަރުބިއްޔަތު ކުރާ ގޮތްތަކަށް ބަލާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ސްޓައިލުތަކަށް ދަރިން ތަރުބިއްޔަތު ކުރާއިރު، ވަކި ސްޓައިލެއް ގޯހޭ ބުނެވޭކަށް ނެތެވެ. ނަމަވެސް، ބައެއް ސްޓައިލުތަކުން ނޭދެވޭ އަސަރު ކޮށްފާނެ އެވެ. ހާއްސަކޮށް ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ ވައްޓަފާޅި އާއްމުކޮށް ބިނާވެފައި އޮންނަނީ ދަރިން ހެދިބޮޑުކުރަން ބޭނުންވާ ގޮތުގެ މައްޗަށެވެ. މިސާލަކަށް، ދަރިންނަށް "ބައުންޑްރީޒް" ނުވަތަ ކަންކަމުގައި އޮންނަން ޖެހޭ އިންތައް ދަސްކޮށްދިނުމަށް ބައެއް މައިންބަފައިން އެ މީހުންގެ ދަރިންނާ އެކު ގާތް ގުޅުމެއް ބޭއްވި ނަމަވެސް ހަރުކަށި ވާންޖެހޭ ކަންތައްތަކުގައި ހަރުކަށިވެ އެވެ. އެއާހިލާފަށް ބައެއް ބެލެނިވެރިންނަކީ އެ މީހުންގެ ދަރިން އަމިއްލައަށް އިތުބާރުކުރެވޭ ޒިންމާދާރު މީހުންނަށް ވާނެ ކަމަށް ދެކި، ހަރުކަށިކަމެއް ނެތި ކުދިންނަށް ހުރިހާ މިނިވަންކަމެއް ދީގެން ތަރުބިއްޔަތު ކުރާ ބައެކެވެ. އަދި ބައެއް މައިންބަފައިންނަކީ، ވަރަށް ހަރުކަށި ގަވާއިދުތަކަކާ އެކު، ދަރިން ތަރުބިއްޔަތުކުރާ ބައެކެވެ.

ދަރިން ތަރުބިއްޔަތުކުރާ ބައެއް ގޮތްތައް

ޑަޔާނާ ބޯމްރިންޑް، އެލެނާ މޮކޯބީ އަދި ޖޯން މާޓިންގެ ލިޔުންތަކަށް ބަލާއިރު، ދަރިން ތަރުބިއްޔަތު ކުރުމުގައި ބޭނުންކުރާ ހަތަރު ވައްޓަފާޅިއެއް ފާހަގަކޮށްލެވެ އެވެ.

- ނެގްލެކްޓްފުލް ޕޭރަންޓިން ސްޓައިލް

ނެގްލެކްޓްފުލް ޕޭރަންޓިން ސްޓައިލް ނުވަތަ ފަރުވާކުޑަކޮށް ދަރިން ބޮޑުކުރާ ބެލެނިވެރިންނަކީ ކުދިންގެ އެއްވެސް ކަމަށް ސަމާލުކަން ނުދީ، ކުދިންގެ ކަންކަމުގައި އިހުމާލުވުމެވެ. އެ ވައްޓަފާޅިއަށް އުޅޭ ބެލެނިވެރިން ދަރިންނަށް އެދެވޭ ތަރުބިއްޔަތެއް ނުދިނުމުގެ ސަބަބުން ދަރިންގެ އިނގެންޖެހޭ ގިނަ ކަންތައްތަކެއް ނޭނގެ އެވެ.

- ޕާމެސިވް ޕޭރެންޓިން ޕޭރަންޓިން

ޕާމެސިވް ޕޭރަންޓިން ސްޓައިލަކީ ކުއްޖާއަށް ވަރަށް ދޫ ދީގެން ތަރުބިއްޔަތު ކުރުމަށް ކިޔާ ނަމެކެވެ. އެ ސްޓައިލްގައި ދަރިންބަލާ ބެލެނިވެރިން ކުދިންނަށް ކުށެއް ނުވަތަ ރަނގަޅު ކަމެއް ކުރެވުނަސް އެކަމާ އަޅާނުލާ، އެ ކުރެވުނު ގޯސް ކަމަކުން ފިލާވަޅެއް ދަސްވާނެ ކަމަށް އުއްމީދުކޮށް، އެކަންކަމަށް ދޫ ދޭނެ އެވެ. އަދި އެ ފަދަ ބެލެނިވެރިން ކުދިންނަށް އުޅެންވީ ގޮތާއި ނޫޅެންވީ ގޮތެއް ނުބުނެދޭނެ އެވެ.

- އޮތޯރިޓޭރިއަން ޕޭރެންޓިން ސްޓައިލް

އޮތޯރިޓޭރިއަން ސްޓައިލުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، އެ ކުދިންގެ ކަންކަން އަޑުނާހާ، އަމިއްލަ ޑިމާންޑުތަކެއް ނެރެ، ވަކި އެކްސްޕެކްޓޭޝަނަކަށް ކުދިން އުޅުމަށް ބާރުއަޅާ، ހަރުކަށި އުސޫލުތަކެއް ގެންގުޅުމަށް ކިޔާ ނަމެކެވެ.

- އޮތޯރިޓޭޓިވް ޕޭރެންޓިން ސްޓައިލް

އޮތޯރިޓޭޓިވް ސްޓައިލަކީ ދަރިންނާއި އެކު ރަނގަޅު ގުޅުމެއް ބިނާ ކޮށް، ކުދިންނަށް ބޭނުންވާ އަހައްމިޔަތާއި ސަމާލުކަން ދީ، އެ ކުދިންނަށް ރަނގަޅާ ނުބައި އަންގައިދީގެން ތަރުބިއްޔަތު ކުރުމަށް ކިޔާ ނަމެކެވެ. އަދި އެ ސްޓައިލުގައި ދަރިން ބަލާ ބެލެނިވެރިންނަކީ އެ ކުދިންގެ އިހުސާސުތައް ދެނެގަންނަން މަސައްކަތްކުރާ، އެ ކުދިންގެ އިހުސާސުތަކާއި، ހިޔާލުތަކަށް ވެސް އިހުތިރާމު ކުރާ ބައެކެވެ.

ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖަކަށް ވާއިރު، އެ ކުއްޖެއް ބެލުމުގައި އަމަލު ކުރަންވީ އެންމެ ރަނގަޅު ގޮތް އިނގޭނީ މައިންބަފައިންނަށެވެ. މައިންބަފައިންގެ އަމަލުތަކާއި، ދަރިން ތަރުބިއްޔަތު ކުރާ ގޮތަކީ ކުއްޖާގެ ހެދިބޮޑުވުމާއި، ކުއްޖާގެ މުޅި ދިރިއުޅުމާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާނެ ކަމަކަށް ވާއިރު، ކުދިން ތަރުބިއްޔަތު ކުރުމުގައި އެ ކަމަށް ސަމާލުވުން މުހިންމެވެ.

ނަފްސާނީ ދުޅަހެޔޮ ޖީލެއް ބިނާ ކުރެވޭނީ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން މައިންބަފައިން ދަރިންނަށް ދޭން ޖެހޭ އަޅާލުމާއި، ލޯތްބާއި ތަރުބިއްޔަތު ދީގެންނެވެ.

ނޯޓް: މިއީ ނަފުސާނީ ފަރުވާ ދިނުމަށް ސިމްޑީ ކުންފުނިން އުފައްދާފާއި އައިސީޕީ އިން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. އައިސީޕީ އަކީ ސިމްޑީގެ ސަބްސިޑަރީ ކުންފުންޏެކެވެ.

4 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީރިއަޑް

11 October 2022

އެކި ހާލަތްތަކުގަ އެކި ސްޓައިލް ބޭނުންކޮށްގެން ނޫންބާ އުޅެވޭނީ؟ ތިޔައިން އެންމެ ސްޓައިލަކަށް ގެންގުޅެގެން އުނިވާ ކަންކަން ވަރަށް ގިނަވެދާނެ..

The name is already taken The name is available. Register?

ވަކަރުގެއިން

11 October 2022

މިއިން އެއްވެސް އުސޫލެއްގައި ވަކަރުގޭ ކުދިން ތަރުބިއްޔަތުކުރާނެ ގޮތެއް ނެތް. އެއީ ކުދިން ތަރުބިއްޔަތު ކުރާ ގޮތެއް.

The name is already taken The name is available. Register?

އައިމީ

10 October 2022

އެންމެފަހަށްއޮތް "އޮތޯރިޓޭޓިވް ޕޭރެންޓިންގ ސްޓައިލް" މަށަށް ބޭނުންކުރެވުނީ ވ ކާމިޔާބު،، ހެޔޮލަފާ އުޅުންހުރި ކާމިޔާބު ދަރިންތަކެއް ބޮޑުވެއްޖެ ކަމުގެ އިހުސާސް ކުރެވޭ މިހާރު. މަގޭ އުމުރުން 45 އަހަރު ދޮށީ ދަރިފުޅަށް 22 އަހަރު.

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

10 October 2022

އިއިސީޕީއަކީ ކޮންގައުމެއްގާ ހުންނަ، ކާކު ހިންގާ އިދާރާއެއް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454