އިނގިރޭސި ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ރާނީ ކެމީލާ
12 އޮކްޓޯބަރ 2022 - 15:10
އިނގިރޭސި ރަސްކަމަށް އިސްވެވަޑައިގެންނެވި ރަސްގެފާނު ޗާލްސް ތިނެއް، ރަސްމީ ގޮތުން ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތު އަންނަ އަހަރުގެ މެއި 6 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް، ލަންޑަންގައި ހުންނަ ބަކިންހަމް ގަނޑުވަރުން އިއްޔެ ބުނެފި އެވެ.
ރަސްގެފާނު ތަހުތުގައި ވަޑުވާ ރަސްމިއްޔާތުގައި އަނބިކަނބަލުން ރާނީ ކެމީލާ ވެސް ތަހުތުގައި ވެޑުވުން އޮންނާނެ އެވެ. ޝާހީ ކުލަ ގަދަ ރަސްމިއްޔާތެއްގެ ގޮތުގައި އޮންނަ އެ ހަފުލާގައި، ރަސްގެފާނަށް ސިޔާދަތީ ބާރު ރަސްމީކޮށް ހަވާލުކުރުމާއި އިސްތަށިފުޅުގައި ތާޖު އެޅުވުން އޮންނާނެ އެވެ.
އުމުރުން 27 އަހަރުގެ އެލިޒަވަތު ދޭއް، 1953 ވަނަ އަހަރު އިނގިރޭސި ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި، އެކަމަނާގެ ދޮށީ ދަރިކަލުން އަދި މިހާރުގެ ރަސްގެފާނު ޗާލްސް (މ) ބައިވެރިވަނީ.
ރަސްގެފާނު ޗާލްސް ރަސްކަމުގައި ވެޑުވުމަށް އަންނަ މެއި މަހު އިނގިރޭސި ވިލާތުގައި ބާއްވަން ތާވަލުކުރި އެ ރަސްމިއްޔާތަކީ، ވޭތުވެ ދިޔަ 70 އަހަރުގެ ތެރޭގައި އެ ގައުމުގައި ބާއްވާ މިފަދަ ފުރަތަމަ ހަފުލާ އެވެ. ތަހުތުގައި ބޭފުޅަކު ވެޑުވުމަށް އެންމެ ފަހުން ރަސްމިއްޔާތެއް ބާއްވާފައިވަނީ ޖޫން 1953 ގަ އެވެ. އެއީ ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބަތު ރަނިކަމުގެ ތަހުތުގައި ވެޑުވުމަށެވެ.
ރަސްގެފާނު ޗާލްސް ތިނެއް ތަޚުތުގައި ވެޑުވުމަށް ވެސް ބޭނުންކުރާނީ، މެދު ޒަމާނުގެ (ފަސް ވަނަ ގަރުނާއި 15 ވަނަ ގަރުނާ ދެމެދު) މި ތަޚުތު
ރަސްކަމުގެ ތަހުތުގައި ވަޑުވާ އިރު ޗާލްސްގެ އުމުރުފުޅުން ހުންނަވާނީ 74 އަހަރުވެފަ އެވެ. މިއީ މިހާ ދޮށީ އުމުރެއްގެ ބޭފުޅަކު އިނގިރޭސި ތަހުތުގައި ވަޑުވާ ފުރަތަމަ ފަހަރެވެ. ޗާލްސް ރަސްކަމުގެ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތު އޮންނާނީ ލަންޑަންގެ ވެސްޓްމިންސްޓާ އަބީގަ އެވެ. ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތު ކުރިއަށް ދާނީ އެ ފައްޅީގެ އިސް ފާދިރީގެ ބެއްލެވުމުގެ ދަށުންނެވެ.
އުމުރުން 27 އަހަރުގެ އެލިޒަވަތު ދޭއް، 1953 ވަނަ އަހަރު އިނގިރޭސި ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިނގިރޭސި ރަސްކަން، ޗާލްސް އަށް ލިބިވަޑައިގަތީ، މަންމާފުޅު އަދި އިނގިރޭސި ރާނީ އެލިޒަބަތު ދޭއް، އުމުރުފުޅުން 96 އަހަރުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ހަތްދިހަ އަހަރު ރަނިކަން ކުރެއްވުމަށް ފަހު އަވަހާރަވި ރާނީ އެލިޒަބަތު އިނގިރޭސި ތަހުތުގައި ވެޑުވުމަށް ބޭއްވި ރަސްމިއްޔާތު ތިން ގަޑިއިރަށް ދެމިގެން ދިޔަ އެވެ.
ނަމަވެސް ޗާލްސް ތަހުތުގައި ވެޑުވުމަށް އަންނަ އަހަރު ބާއްވާ ރަސްމިއްޔާތު އެ އަށް ވުރެ އަވަހަށް ނިމޭނެ ކަމަށް ބެލެވެ އެވެ. އެލިޒަބަތު ތަހުތުގައި ވެޑުވުމަށް ބޭއްވި ރަސްމިއްޔާތަށް ދައުވަތު އެރުވި 8،000 ބޭފުޅުންނަށް ހާއްސަކޮށް ވެސްޓްމިންސްޓާ އަބީގައި ވަގުތީ ޓެންޓެއް ޖަހައި ޖާގަ އިތުރުކުރި އެވެ. ނަމަވެސް މިހާރު އެ ފައްޅީގެ ޖާގަ ހުރި ގޮތުން 2،200 އަށް ވުރެ ގިނަ މީހުންނަށް އެ ރަސްމިއްޔާތުގައި ބައިވެރިއެއް ނުވެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްއިކް ގަން މުރުގަން
16 October 2022
ދުނިޔޭގަ ހުންނާނެބާ އެހާތަނަށް؟
ޝާހިދާ
13 October 2022
މޭއި 6 ގެ ކުރީން އެމަނިކުފާނު ދުނިޔެއަށް އަލްވިދާއު ކިޔަން ވެސް ޖެހިދާނެ
ނަނާ
13 October 2022
މިހާރު އިށީންނަ ގޮނޑީގެ ފޮޓޯއެއް ނެތްތަ؟
ކްރޫސް
12 October 2022
އޭނ. އަދި ތިކަމެއް ނުކުރޭތަ؟ މަ ހީކޮށްގެން މިހިރީ ތިކަން މިހާރު ނިމިއްޖެ ކަމަށް. ތިހެންވިއްޔާ ކޮލިކަލޭގެ ފޮނުވައިގެން މާލޭގެ 4 އަވަށުގަ ކޮލިލާން ފޮނުވަންވީ ދޯ؟
އިނގިރޭސި ރަސްކަމަކީ ބޮޑު ޖަރީމާއެއް
12 October 2022
ވެޑުވުނަސް ތިއަކީ އެއްވެސް ލައްޒަތެއްވާ ކަމެއްނޫނެވެ. 2 ޝަހާދަތް ދުލުންކިޔައި، އިސްލާމްވެ، އިސްލާމްކަން ފައުޅުކޮށް އަދި އިސްލާމުން އުޅޭގޮތަށް ނުއުޅޭ ހަމަ ކޮންމެ އާދަމުގެ ދަރިއަކީ ދާއިމަށް ޖަހައްނަމައިގެ ވޭންދެނިވި ޢަޛާބު ޙައްޤުވެއްޖެ މަޚުލޫޤެކެވެ. ވަﷲ އަޢުލަމް...
ޑަނޑޫ
12 October 2022
ޗާލްސް ތަޚުތުގާ ވަޑުވާއިރު އުފުލާލައިގެން ގެންގޮސް ތަޚުތުގާ ބާއްވާނީތޯ؟
ހަސަނަ
12 October 2022
މި ކޮމެންޓް ކުރަން ތި ހޭދަކުރި މިނެޓެއްހާއިރު އެއީ ތި ބޭފުޅާގެ ހަޔާތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް