ޑރ. މުހައްމަދު އަލީ
13 އޮކްޓޯބަރ 2022 - 12:59
އަމިއްލަ ވަޒަނެއް ނެތް ރޮހިންޖާ މުސްލިމުން އުޅޭ އެންމެ ބޮޑު އެއް ރެފިއުޖީ ކޭމްޕަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވަޑައިގެން ބަލި މީހުން ބައްލަވައިފި އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ގުޅިގެން ހިންގި މެޑިކަލް ކޭމްޕެއްގައި ޑރ. މުހައްމަދު ވަނީ ބަންގްލަދޭޝްގެ ކޮކްސަސް ބާޒާރު ސިޓީއަށް ވަޑައިގެންފަ އެވެ.
އެއީ 2017 ވަނަ އަހަރު ރޮހިންޖާ މުސްލިމުންނަށް ކުރިމަތިކުރުވި ނުރައްކާތަކާ ގުޅިގެން 1.2 މިލިއަނެއްހާ މީހުން ރައްކާތެރިކަން ހޯދަން ދިރިއުޅެމުން އަންނަ ބޮޑު ރެފިއުޖީ ކޭމްޕެކެވެ.
އައިއޭސީން ބުނި ގޮތުގައި ޑރ. މުހައްމަދު އަލީ ގެންދަވަނީ އެ ތަނުގައި ހުރި ހަމައެކަނި މެޑިކަލް ފެސިލީޓީގައި ބަލި މީހުން ބައްލަވައި އެ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ޑރ. މުހައްމަދު އަލީ ރޮހިންޖާ ރެފިއުޖީ ކޭމްޕްގައި
ޑރ. މުހައްމަދު އަލީ އޭނާގެ ފޭސްބުކްގައި ޕޯސްޓު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އޭނާ ހުންނެވި މެޑިކަލް ފެސިލިޓީ އަށް ދާ 50 ޕަސެންޓު މީހުންނަކީ ހަމުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން ކަމަށެވެ. ނަމަވެސް މެޑިކަލް ފެސިލިޓީގައި ފަރުވާ ދޭން ހުރީ އާންމު ބަލިތަކުގެ ޑޮކްޓަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޕެޝަލިސްޓް ޑޮކްޓަރުން ނެތުމާއި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން، ލިބެން ޖެހޭ ފެންވަރަށް ބޭސްފަރުވާ ނުލިބޭ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
"އަޅުގަނޑާ ދިމާވި ބަލި މީހުންނަށް ބަލައިއިރު ވަރަށް ގިނަ މީހުންގެ ފުއްޕާމޭގެ ބަލިތައް އެބަހުރި. އަދި ލޭމައްޗަށް ދިއުމާއި ހަކުރު ބަލި ފަދަ ކަންކަން ހުރޭ،" އޭނާ ވިދާޅުވި އެވެ.
އައިއޭސީ އިން ބުނީ، އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ އިތުރު ޑޮކްޓަރުންނަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިންގް އިލްހާމް
02 November 2022
އަޅުގަނޑު ހައިރާނެއް ނުވޭ މިކަމަކަށް ސަބަބަކީ ޑޮކްޓަރުންގެ ޒިންމާތަކާއި އޯގާތެރި ބަސްތަކުން ބަލިމީހާގެ ހިތައް ލިބޭ ހިތްހަމަ ޖެހުން އިޙްސާސް ވާނެކަން ޤަބޫލުކުރާ ޑޮކްޓަރަކު ނޫނީ މިފަދަ ނަމޫނާއެއް ނުދައްކާނެތީ ޑޮކްޓަރ މުޙައްމަދު ޢަލީ އަކީ ދިވެހި ޤަޢުމު ކީއްކުރަން ދުނިޔެވެސް އެމީހަކަށް ޓަކައި ފަޙްރުވެރިވާ ޑޮކްޓަރެއް އިލްމީ ޤާބިލް ފަންނީ ޒުވާނެއް
ވޯލް
17 October 2022
ރަގަޅު ކަމެއް، އެކަމަކު އަހަރެނަށް ގަބޫލު ކުރެވެނީ، މި ރާއްޖޭގައި ހުރެގެން މީހުން ބަލަންތިބިައްޔާ މާ ރަގަޅު ވާނެހެން ސަބަބަކީ. ޑޮކްޓަރުން މަދުވެފަ އަޅާލުމާއެކު ބަލިމީހާއަށް ކަމޭ ހިތާ ތިޔަފަ ޑޮކްޓަރުން ނެތި ވާ އެންމެ ދުވަހަކިވެސް ގެއްލުމެއް.
ކުޑަދޫ
15 October 2022
ކޮމެންޓްތަކަށް ބަލާލުމުން ބޮޑަށް ގަބޫލުކުރެވެނީ މި ޑޮކްޓަރާއި އޭނާގެ ކުޑަޓީމް ހޭބޯނާރައި ޕޮސިޓިވް ކޮމެޓްލިޔެ ނެގެޓިވް ކޮމެންޓްތަކަށް ރައްދުދޭތަން.
ކުޑޭ2
15 October 2022
ތެދެއް. ބަލިމީހުންނަށް ވަރަށް އިހްތިރާމާއިއެކު ވާހަކަދައްކާ ޑޮކްޓަރެއް. އެކަމު އެ ހުރިހާކަމަކީވެސް ތިމާގެ މަސްހޫރުކަން ހޯދަން ކުރާކަންކަން ކަމަށް ގަބޫލުކުރަންޖެހޭ. ރާއްޖޭގައި މިއަށްވުރެ މޮޅެތި ޑޮކްޓަރުން އެބަތިބި. އެކަމު ކޮވިޑަށްފަހު ފާޅުވެގެން މިއުޅެނީ މުޅިންއެހެން ކަމެއްގައި
މާކުންބޭ
15 October 2022
ޑރ މުޙައްމަދު ޢަލީ އާއި ޑރ މޫސަ ރާއްޖޭގަ ނެތް ކޮންމެ ހިނދުކޮޅަކީ އަބަދުވެސް ބޮޑު ކަންބޮޑުވުމެއް، މޫސަގެ ޓްރެއިނިންގ އަށްފަހު އަވަހަށް ޚިދުމަތަށް ވަޑައިގަންނަވާތަން ދެކެން ބޭނުން، ޑރ މުޙައްމަދު ޢަލީ އަކީ އެފަދަ ދެވަނައެއްނެތް ދިވެހިންގެ ޚިދުމަތްތެރިއެއް، ފައިސާ ބޭނުންވާނަމަ ރޮހިންގްޔާ ދަތުރެއް ނުކުރާނެކަން ޔަޤީން، އެކަމަކު ބޭނުންވަނީ އިންސާނީ އެހީ ފޯރުކޮށްދޭންކަމަށްވާތީ ދަތުރުކުރެއްވީކަން ޔަޤީން، އަވަހަށް އެނބުރި ޤައުމަށް އަންނަތަން ދެކެންބޭނުން.
67584
14 October 2022
ހާދަ އުފާވެރި ހަބަރެކޭ. އަމިއްލަ ގަުމުގަ ޑޮކްޓަރުން ނެތިގެން ހޮސްޕޮޓަލްގަ ކިއުގަ ހާހުން މީހުން އަހަރު ދެ އަހަރުވަންދެން މިތިބެނީ. ސްމޯލް ކަންޓްރީ ގެ ސްމޯލް ހޮސްޕިޓަލްގަ މަސައްކަތް ކުރާނެ ދިވެހިން ނުވެގެން ބިގް ބަގްލަދޭޝް ގެ ޑޮކްޓަރުން މިގެންނަން ޖެހެނީ.
އިސްލާހުޖާޑި
14 October 2022
ގައުމު ދޫކޮށްލާފަ ޑޮކްޓަރުން ބޭރަށް ދާ ހިސާބުގަބާ ދައުލަތުގެ ސިއްޙީ ހާލަތުހުރީ ?
ރޯނުއެދުރު...
14 October 2022
ހެހެހެ. ކަލެޔަށް ބޮޑައް އިނގޭނީ ގައުމުގެ ހާލަތު. ހެޔޮ އެއްޗެއް ނުބުނެވެންޏާ ހަނު ހުރުން ރަނގަޅު.
އީސާއަލީ ބަރުމާގެ
14 October 2022
ދަރުމަވެރިވެރި މަސައްކަތާ އެހީތެރިވުމުގެ ކަންކަންކުރަމުންދާ ދިވެހިންގެ ފޮޓޯއާއި މަންޒަރުދެކެން ބޭނުންވެއެވެ. ދުނިޔޭގައިއޮތް ބޮޑުޖަމްއިއްޔާއާ އިންސާނީހައްގާ ސުލްހައިގެ މޮޅުކަމުން ބިކަވެފައިއޮތް އެންމެބޮޑު ރެފިއުޖީކޭމްޕަށްދެވޭނަމަ އަހުރެންވެސް ދިޔައީމުހެވެ
މިސްބަންޑީއަ
14 October 2022
ބުނަންތަ ވާހަކައެއް. ވަކި ހިސާބުގަޑެއް އޮންނާނެ ދާން ނުވާނެ. އެހިސާބުގަޑައް ގޮއްސިއްޔާމުން ލޭބަލް ވާނީ ޓެރަރިސްޓްއެއް ގޮތައް. ވިސްނާލައްވައްޗޭ ތިގޮތައް ދަތުރުފަތުރު ކުރާއިރު!
ހަސަންފުޅުބެ
13 October 2022
ސާބަހޭ ޑަކުޓަރު މުހައްމަދާ. ވަރަށް ފަހުރުވެރި އިހުސާސެއް ދިވެހި ޑަކުޓަރަކު ގޮސް ބޭރުގެ ހާލުގައިޖެހިފައިތި އިންސާނުން ތަކަކަށް އެހީތެރިވާތީ.