ޑރ. ފައިސްލް
16 ޑިސެމްބަރ 2025 - 18:25
ދުވަސްނުފުރާ ވިހާ ކުދިންގެ ތެރެއިން މަހެއް ނުވާ ކުދިންނަށް މެދުވެރިވާ ސިއްހީ މައްސަލަތަކުގެ ދާއިރާއިން ތައުލީމު ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ޑޮކްޓަރަކަށް ނިއޯނެޓޮލޮޖިސްޓް ޑރ. މުހައްމަދު ފައިސަލް ވެއްޖެ އެވެ.
ނިއޯނެޓޮލޮޖިސްޓުންނަކީ ދުވަސް ނުފުރާ ވިހާ ކުދިންނާއި އުފަންވާއިރު އެކި ބަލިތައް ހުންނަ ކުދިންނަށް މެދުވެރިވާ ސިއްހީ އެކިއެކި ކަންކަމަށް ފަރުވާ ދޭން ހާއްސަ ޑޮކްޓަރުންނެވެ. އެ ޑޮކްޓަރުން މަސައްކަތް ކުރައްވަން ޖެހޭނީ ކުޑަކުދިންނަށް ހިދުމަތްދޭ ނާސަރީ [އެންއައިސީޔޫ]ގަ އެވެ.
ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ބިދޭސީ ނިއޯނެޓޮލޮޖިސްޓް މަސައްކަތް ކުރެ އެވެ.
ޑރ. ފައިސަލްގެ ދެމަފިރިންނަކީ ވެސް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ދެ ޑޮކްޓަރުންނެވެ.
ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަތާ 20 އަހަރު ވެފައިވަ ފައިސަލް ނިއޯނެޓޮލޮޖިސްޓް ދާއިރާއިން ހާއްސަވުމަށް ކިޔަވަން ފެއްޓެވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަނިކޮށް 2022 ވަނަ އަހަރު ސަރުކާރުން ހުޅުވާލި ފުރުސަތުގަ އެވެ.
ސްރީ ލަންކާގެ ކޮލަމްބޯ ޔުނިވާސިޓީގައި ދެ އަހަރު އެ ދާއިރާއިން ކިޔަވައި ވިދާޅުވުމަށްފަހު، މިހާރު ޑރ. ފައިސަލް ވަނީ އަލުން ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅިވަޑައިގެން ހިދުމަތް ކުރައްވަން ފައްޓަވައިފަ އެވެ.
އޭނާ ވަނީ މީގެ ކުރިން ކުޅުދުއްފުށީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. ޑރ. ފައިސަލް ކުޑަކުދިންގެ ޑޮކްޓަރަކަށް ހާއްސަ ވެވަޑައިގަތީ ނޭޕާލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
16 December 2025
ޑޮކްޓަރުން މަސައްކަތް ކުރަން ދާން ވީ ރަށްރަށަށެވެ. ހަމަ ހިމޭން މާހައުލެވެ. އެކަކު އަނެކަކަށް އެހީތެރިވާ އަހްލާގު ރަނގަޅު މުޖުތަމައު އެކެވެ. ހުސްވަގުތު ލިބޭނެ އެވެ. ކައިރި ފަޅު ރަށްތަކަށް ދަތުރު ދެވޭނެ އެވެ. ލިބޭ އެއްޗަކުން ހޭދަ ކޮށްފަ ރައްކާ ކުރެވޭނެ އެވެ.
ސައިމާ
16 December 2025
ޑރ.ފައިޞަލް އެމްބީބީއެސް ހެއްދެވީ މިޞްރުގެ އަޒުހަރު ޔުނިވަރސިޓީން. އިސްލާމީ މުއައްސަސާތަކުން ދުނިޔެވީ އިލްމުގައިވެސް ވަރަށް ގާބިލު މީހުން އުފައްދާކަން މިކަމުން އެނގި ކަށަވަރުވެއްޖެ.
ހުސެންދީދީ
16 December 2025
މިއީ މޮޅު ޑޮކްޓަރުންނަކީ.. ރާއްޖެތެރޭގައިވެސް ހިދުމަށް ދޭތީ އެކަމުން ދޭހަވަނީ ފައިސަލަކީ ލާރިއާ ހެދި އުޅޭ މީހެއް ނޫނޭ.
އަފްރާސިޔާބު
16 December 2025
ޑރ. ފައިސަލު ކަހަލަ މީހުން ވަރަށް މަދުވާނެ. ރާއްޖެތެރޭގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރެއްވިއަސް ޚިދުމަތް ލިބެނީ މިގައުމުގައި އުޅޭ މީހުންނަށް. ރާއްޖެތެރެއަށް ލިބޭ ފުރުސަތުތަކުގައި ކިޔަވައިގެން އައިސް ރާއްޖެތެރެއަށް ނުދާން ދެކޮޅުހަދައި މަހުންމަހަށް ލާރިދައްކާގޮތަށް މާލޭގައި ތިބީ ކިތައް ޑރ. ންތޯ ބަލާބަލަ. ފައިސަލަށް ހަމަސާބަސް.
ބުރަތޭރީ
16 December 2025
މަރުޙަބާ ޑރ ފައިސަލް.
ޢަލްޓިކޯ
16 December 2025
މަރުހަބާ ޑރ.ފައިސަލް ވަރަށް ޚުލްގު ހެޔޮވެސް ބޭފުޅެއް