އަނަސްގެ މަރު: އޭނާގެ މަރާ ގުޅިގެން ކުށް ސާބިތުވި ކުޑަކުއްޖާ ޖަލަށްލާން ވަނީ ހުކުމްކޮށްފައި
18 އޮކްޓޯބަރ 2022 - 15:00
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލާގައި ކުށް ސާބިތުވި ކުޑަކުއްޖާ މަރުގެ އަދަބުން ސަލާމަތްވެ، އެކަމަކު 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖުލައި، 2017 ގައި ރ. މީދޫއަށް ނިސްބަތްވާ ލޯންޗް ކެޕްޓަނެއް ކަމަށްވާ އަނަސްއަށް ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މައްސަލާގައި، ބައިވެރިވި 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވެ، ޖުވެނައިލް ކޯޓުން ސަލާމަތްވި އެވެ. އެކަމަކު ހައި ކޯޓުން ދާދިފަހުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފަ އެވެ.
އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން އެފަދަ މީހުންގެ މައުލޫމާތު އާންމެއް ނުކުރެވޭނެ އެވެ.
އޭނާ 18 އަހަރާއި ނުވަ މަހަށް ޖަލަށްލާން ހުކުމްކުރީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އަނަސްގެ ހުރިހާ ވާރިސުން އޭނާގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހައި ކޯޓުގައި ބަޔާން ދިނަސް، ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮތްގޮތުން ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ އެއްވެސް ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެތީ އޭނާ މަރުގެ އަދަބުން ސަލާމަތްވި އެވެ.
އޭނާއަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުދިންގެ ގޮތުގައި ތިބޭ ކުށްތަކަށް އެންމެ ގިނަވެގެން ދެވޭނީ ގާނޫނުގައި އޮންނަ އަސްލު އަދަބުގެ ހަތަރު ބައި ކުޅަ ތިން ބައި ކަމަށްވާތީ އެވެ.
ޖުވެނައިލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމީ އެ ހާދިސާ ހިނގިރޭ އޭނާ އުޅުނީ ހުޅުމާލޭގައި ކަމަށް ދިފާއީ ހެކިން ބުނެފައިވާތީ އެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު ދިފާއީ ހެކިންގެ ހެކިބަސް ނަފީ ކުރެވޭ ކަމަށެވެ.
އެގޮތުން، ވީޑިއޯ ފުޓޭޖްތަކުން އެ ކުއްޖާ ފެންނަ ކަމަށް ވީޑިއޯގެ ތަހުލީލު ރިޕޯޓުތަކުން ދައްކާ ކަމަށާއި އަދި ހާދިސާ ހިނގި ދުވަހު އެ މައްސަލާގައި ތުހުމަތު ކުރެވޭ އެހެން މީހުން އެ ކުއްޖާއަށް ގުޅާފައިވާ ކަން ފޯން ކޯލްގެ ރިޕޯޓްތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯބުރި އާދަނު
19 October 2022
17 އަހަރާ 11 މަހާ 29 ދުވަސްވިޔަސް އެއީ ހަމަ ކުޑަކުއްޖެއް ދެއްތޮ؟
ޕްރޭމްޗޯޕްރާ
19 October 2022
އަމިއްލަޔަށް ހަދާ ޤާނޫނު އޮންނަގޮތުން 18އަހަރު ނުފުރެންޏާ ކޮންމެޖަރީމާއެއް ހިންގޭ.
ޖަލު މީހުނަ
19 October 2022
ހެޔޮ ނުވާނެ ޖަލުގައި ތިބި މީހުން ދޫކޮށްލަ ދީ. ޢަނިޔާ ހުއްޓާ
ގިއުޅު
18 October 2022
ޖަލެއް ނޫން... ހަމަ މަރަށް މަރު
ޝަޓަޕް
18 October 2022
ކަލޭ އައް ތަ އެނގެނީ ދޭން ޖެހޭ އެއްޗެއް
ސިޔާއު
19 October 2022
ސަޓާއަށް ބުނެލަން ކަލޭގެ ދަރި ނުވަތަ އެއްބަނޑު އެއްބަފާމީހެއްކަމުގައި "އަނަސް" ވިނަމަ ހަމަ ތިޔަހެން ބުނާނަންހެއްޔެވެ. މިޤައުމުގައި ތިޔަ ގޭންގްތަކުން މާރާމާރީތަށް ތިޔަހިންގަނީ އެމީހުންނަށް ސަލާމަތްވެވޭނެކަން އިންގޭތީ. އަސްލު "ގިއުޅު" އެބުނީ ރަނގަޅަށް ކުޑައެއް ބޮޑެއް ބަލާނެކަމެއްނެތް މީހަކު މަރައިފިޔާ އެމެރިމީހުން ހަމަ މަރަންވީ.
ޖޯކް
18 October 2022
އާމީން.
އަތުންލިޔާ
18 October 2022
އިސްލާމީ ޝަރީއަތުގަ ކުޑަކުއްޖެއް ކަމަށް ނުބަލާނެ ބާލިޢުވެ ބުުއްދި ސަލާމަތުން ހުންނަ މީހުނެއް. ގާނޫނު އަސާސީގަ ވަރަށް ޞަރީހަ އިބަރާތުން އޮންނާނެ އިސްލާމީ ޝަރީއަތާ ފުށު އަރާ ކޮންމެ ގާނޫނަކީ ބާތިލު އެއްްޗެއް ކަމަށް. ޖޯކެއްނު.
ބޭކާރު އަނގަ ނުތަޅާ!
18 October 2022
ކޮންވާހަކައެއް ތިއީ؟ މިއީ ދިވެހި ރާއްޖެ. މިތާގަ ހިނގާނީ ގާނޫނު އަސާސީ. އޭގަ އޮތްގަތައް ކަންކަން ނިންމާނީ. ގާނޫނު ބަދަލު ކުރަން ބޭނުމިއްޔާ އެކަންކުރެވޭނެ ގޮތްވެސް އޮވޭ.
އަސްރާރު
19 October 2022
ވަރަށް ރަނގަޅު ވާހަކައެއް. މީހަކުމަރާލާވަރު ހިޔާލު ނުހުންނާނެ ކުޑަކުދިންގެ
އަނބޮށްފުޅު
18 October 2022
ކުޑަކުދިން ކުރާ ކަންތައް ދީ
ނާއިދު
18 October 2022
ހެޔޮވާނެތަ އެކުއްޖާފުޅު ޖަލަށްލާން. މިމީހުންނަކަށް ނޭނގޭތަ ކުއްޖާ ބޮޑުވެ ވާންޖެހޭ ހުރިހާ ކަމެއްވަނީ އުމުރުން 18 އަހަރު ފުރިހަމާ ވަގުތު ސުންގަޑި ސުން މިނެޓްގަ ކަމެއް. އަދި އެއީ ވެސް މީލާދީ ގޮތުން އަހަރު ފުރޭ ވަގުތު.