ކްލެސިކު ފިހާރަ. އެ ފިހާރައިން ވިއްކާ ޖިއަޑާނޯ ބްރޭންޑުގެ އާ ހެދުން ރީ ސްޓޮކު ކުރުމާއި ގުޅިގެން ޕްރޮމޯޝަނެއް ވަނީ ފަށާފައި. ފޮޓޯ؛ ފަޔާޒް މޫސާ | މިހާރު
13 އޮކްޓޯބަރ 2022 - 14:16
ކްލެސިކް ފިހާރައިން ވިއްކާ ޖިއަޑާނޯ ބްރޭންޑުގެ އަންނައުނު ރީ-ސްޓޮކުކޮށް ސޭލެއް ފަށައިފި އެވެ.
ކްލެސިކުން ބުނީ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބޭ ޖިއަޑާނޯ ބްރޭންޑުގެ ހެދުންތައް މި ފަހަރު ރީ-ސްޓޮކު ކުރީ އާ ކުލަތަކާ އެކު ކަމަށެވެ. ޕޯލޯ، ލިނެންސް ގަމީސް، ޖީމޯޝަން ސޯޓު އަދި ފަޓުލޫނާއި ބެލްޓުގެ އާ ކުލަތައް ވެސް ހިމެނޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ. މީގެ އިތުރުން އާ ޕްރޮޑަކްޓެއްގެ ގޮތުގައި ފިރިހެނުންނަށް ހާއްސަ، ޖިއަޑާނޯ ބްރޭންޑުގެ ކެޝުއަލް ބޫޓު ވަނީ ތައާރަފްކޮށްފަ އެވެ.
ކްލެސިކުގައި ބޭރުގެ މަޝްހޫރު ފެޝަން ބްރޭންޑުގެ އަންހެން އަދި ފިރިހެން ހެދުން ހުރޭ. -- ފޮޓޯ؛ ފަޔާޒް މޫސާ | މިހާރު
ކްލެސިކުން ބުނީ މި ފަހަރު ވެސް އާ މުދާ ގެނައުމާ ގުޅިގެން ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ. އެ ޕްރޮމޯޝަނުގެ ދަށުން 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ. އެ ފިހާރައިން ބުނީ، އެ ޕްރޮމޯޝަނަކީ މި މަހުގެ 21އާ ހަމައަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
ކްލެސިކު ފިހާރައިން ކޮންމެ މަހަކުހެން އެ އެކި ބްރޭންޑުތަކުގެ ހެދުމުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަންތައް ހިންގަ އެވެ. އެ ފިހާރައިގައި އަންހެން އަދި ފިރިހެން އޮފީސް ވެއާ އާއި ކެޝުއަލް ވެއާ ލިބެން ހުރެ އެވެ.
އެ ފިހާރަ އަކީ ބޭރު ދުނިޔޭގައި މަޝްހޫރު ދެ ފެޝަން ބްރޭންޑުކަމަށްވާ ޖިއަޑާނޯ އާއި ޖީ2000ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
14 October 2022
ބްރޭންޑް ބްރޭންޑް މަ ނުބަލަން. އެހެންވެ ބްރޭންޑް ވަކިކުރަންވެސް ނޭނގޭ. އެއިރަކު ފެނުނު އެއްޗެއް ގަންނަނީ. ބައެއް ޒުވާނުން ތިކަމަށް ވަރަށް ޝައުގުވެރިކަން ހުރޭ. ތިފަދަ ފިހާރަތައް އެކުދިންނަށް އުފަލަކަށްވާނެ.