ޖޭއެސްސީގެ ރައީސާއި ބައެއް މެމްބަރުން: ގާނޫނުގައި ބުނާ މުއްދަތުގައި މައްސަލަ ނުނިންމާތީ މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
16 އޮކްޓޯބަރ 2022 - 12:34
ޖިނާއީ މައްސަލައެއްގައި އެއް މަސް ތެރޭގައި ހުކުމް ނުކުރުމުން މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަސް ތެރޭގައި ހުކުމް އިއްވަން ޖެހޭނެ އެވެ.
ޖޭއެސްސީން އިން މިއަދު ބުނީ ގާނޫނުގައި ބުނާ މުއްދަތުގައި މައްސަލާގެ ހުކުމް ނުކުރާތީ ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އިބްރާހިމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި، ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އަޑުއެހުންތައް ނިންމާލުމަށްފަހު އެއް މަސް ތެރޭގައި ހުކުމް ނުކޮށް ހުރި ބައެއް މައްސަލަތައް ކްރިމިނަލް ކޯޓުގައި ވެސް އެބަހުއްޓެވެ. އެކަމަކު މީގެކުރިން މިފަދަ ކަމެއްގައި ސުލޫކީ މައްސަލަ ބަލާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުމް
17 October 2022
ވަކިބަޔަކާ ޖެހިގަނެގެން އުޅޭ ބައެއް. ލަދެއްވެސް ނުގަނޭ!
ރޫފަތު
16 October 2022
ޖޭއެސްސީން ސުލޫކީ މައްސަލައެއް ސާބިތުކުރަން ދެއަހަރު ނެގުމަކީ ވަކި ދެރަކަމެއްތަ؟
އިބްރ
16 October 2022
ރ ޔާމީންގެ މައްސަލަ ހުކުމާއި ހަމައަށްގެންގޮސް ނުނިންމައި ބޭއްވީ ސީދާ ޖޭއެސްސީ ގެ ނުފޫޒުންކަން މިއޮއްކަށަވަރުވީ. އަތަށްގޮވީ.
ކޮރަލް
16 October 2022
ސުލޫކީ މައްސަލަ ބެލުމުގަ ރާއްޖޭގެ ހުރިހާ ރަށްރަށެއްގެ ކޯޓް ތަކުގެ މެދުގަ ހަމަ ކަން އޮންނަން ޖެހެ އެވެ. ނޫނީ ބެލެވޭނީ ސިޔާސީ ފައިދާ ހޯދަން ކުރާ ކަމެއްގެ ގޮތުގަ އެވެ.
ސަނައްޓޭ
16 October 2022
ވަކި މީހެއްގެ މައްސަލަ ބަލާތީއޭ ބުނަންޖެހެނީ ތީ ވަކި ބަޔަކަށް މަސައްކަތް ކޮށްދޭ ބައެކޭ
ނުވަން
16 October 2022
ތިޔައީ ބޮޑު ޖޯކެއް، ދެލޯފުޅާ ކިތައް މައްސަލަތޯ ކްރިމިނަލް ކޯޓުގައި އެހުރީ 5 އަހަރު 10 އަހަރު ވެފަހުރީ،
އެމްސް
16 October 2022
ކުރިން ކަންކުރިގޮތަށް ކޮށްކޮށް ތިބެގެނެއް ސިންގަޕޫރާއި އެއްވަރެއް ނުވެވޭނެ! ތަފާތު ނަތީޖާއެއް ނެރެވޭނީ ކަންކުރާގޮތްވެސް ބަދަލު ކޮށްގެން!