އިންޓަޕޯލްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީ.-- ޓްވިޓާ ފޮޓޯ: ސީޕީ
18 އޮކްޓޯބަރ 2022 - 21:41
އިންޓަޕޮލްގައި މަސައްކަތްކުރަން ދިވެހި ފުލުހަކަށް ފުރަތަމަ ފަހަރަށް ފުރުސަތު ލިބިއްޖެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންޓަޕޮލްގެ ހެޑްކުއާޓަރުގެ ފައިނޭންޝަލް ކްރައިމް ސެންޓަރުގައި މަސައްކަތްކުރަން ދިވެހި ޗީފް އިންސްޕެކްޓަރަކަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތްކުރާނެ އޮފިސަރަކު ހޮވާފައިވަނީ އިންޓަޕޮލްއިންނެވެ. ފްރާންސްގައި ހުންނަ ހެޑް ކުއާޓަރުގައި އެ އޮފިސަރު މި އަހަރުގެ ފަހުކޮޅު މަސައްކަތްކުރަން ފައްޓަވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
This demonstrates Maldives’ contribution to enhance the globe’s effort to fight crime. This would put @PoliceMv’s flag high among others in the international arena, and pave ways for MPS to further develop its capacity & capabilities. Congratulations to the 🇲🇻 police fraternity!
— Mohamed Hameed (@M_Hameedh) October 18, 2022
އޭނާ ވިދާޅުވި ގޮތުގައި އެ ކަމުން ދައްކުވައި ދެނީ ކުށްކުރުން ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތައް އިތުރުކުރަން ރާއްޖެ އިން ކުރާ މަސައްކަތެވެ.
އެ ކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އެހެނިހެން ފަރާތްތަކުގެ މެދުގައި ދިދަ އުފުލުމާއި ފުލުހުންގެ ގާބިލްކަން އިތުރަށް ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ފުލުހުންނަށް މަރުހަބާ،" ހަމީދުގެ ޓްވީޓުގައި ވެ އެވެ.
އިންޓަޕޮލް ނުވަތަ އިންޓަނޭޝަނަލް ޕޮލިސްއަކީ މީގެ 99 އަހަރު ކުރިން އުފެއްދި ޖަމާއަތެކެވެ. އިންޓަޕޮލްގައި 195 ގައުމަކުން ބައިވެރިވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރާ
20 October 2022
ޔާރައްބީ!! އިންޓަޕޮލްގެ ދުވަސް ދިޔައީ. ތިތަނައް ފޮނުވާ ފުލުސްބޭފުޅާ ލައްކަ އެއްޗެހި އިންޓަޕޮލް ބޭފުޅުންނަށް ދަސްކޮށްދެއްވާނެކަން ޔަގީން. މިސާލަކަށް: އިސްޓިކާޖެހުން، ވައްކަންކުރާމީހުންނާއި އެކިއެކި ކުށްކުރާމީހުން ވަލުދޮރާށިން ބޭރުކުރުން ފަދަ ކަންކަން،
މަރުހަބާ
19 October 2022
މަރުހަބާ ކިޔަންޖެހޭނެ ކަމެއް. ލަފާކުރެވޭ ގޮތުގައި ތިބޭފުޅެއްގެ ފަރާތުން އިންޓަރޕޯލްގައި މަސައްކަތްކުރާ މީހުންނަށް މަގުމަތީގައި ޓޭޕް ދަމާނެ ގޮތާއި ޕާކުކުރުން މަނާ ޖަހާފައި މަގުމަތި ޒީނަތްތެރިކުރުމަށް ކޯން ބަހައްޓާނެ ގޮތް ފިސާރަ ރަނގަޅަށް ދަސްވާނެ. ދަމާ ޓޭޕަކާއި ބަހައްޓާ ކޯނަކީވެސް އެއަކު މާކަބޮޑު އުރަތްޕެއް ބާރެއް ހުރި އަދަބެއް ދޭންޖެހޭ އެއްޗެއް ނޫންކަންވެސް ދަސްވާނެ. މިކަން ދަސްކޮށްދެވުނީމާ ފަޚުރުވެރިވެ އިތުރު ކުލަބަރިއެއް ޖައްސާލަންވާނެ.
އިސްރާފު
19 October 2022
ހޯން.. ދެން ކަލޭމެންގެ އާއިލާ ކުއްޖެ ފޮނުވާ. ގާބިލް ކުދިން ތައް ރާއްޖޭގަ ޕާރކިން ސުޓިކާ ޖަހަން ބަހައްޓާފަ.
ރި
19 October 2022
ތިދެން އިންޓަރ ޕޯލްވެސް ހަލާކުވީ
އެޑްވާންސް
19 October 2022
އިންޓަޕޮލްއަށް ދިވެހި ހުރިހާ ފުލުހުންނެއްފޮނުވަންވީ. ދިވެހި ރާއްޖޭގަ ކުރާނެކަމެއްނެޠް މިހާރު.
ކުޗީ
19 October 2022
ދިވެހި ފުލުހުންނަކީ ދިވެހިންނަށް އޮތް ބޮޑު ލަދެއް. ގިނަވަނީ އަމިއްލަ އެދުންބޮޑު ތަންދޮރު ނުދަންނަ ހޖލނނ. ބޮޑެތި ތަރިބަރި އަޅުވައިގެން ހުންނައިރު ރަނގަޅަށް ދިވެހިބަސް ބޭނުން ކުރަންވެސް ނޭނގޭ.
ޕުނާނީ
19 October 2022
ސުބުހާނައްﷲ. އިންޓަޕޯލްގެ ދުވަސް ތި ދިޔައީ.
ކކކކ
19 October 2022
ކުޅަދާނަ ކަމުން ހުޅުމާލޭގަ މީހެއްގެ ހަށިގަނޑު ގަސްތަކެއްތެރޭ އޮވެ ކުނިވިއިރުވެސް ނުފެނުނީ
ކަކުނިބޯ
19 October 2022
ޑެތްކޭސްތަކުގެއެއްނޫނޭ ފައިނެންޝިއަލް ކިރައިމް ގެ އިގޭތޯ އެގިލައްވާނެ މިފަހަކަށް އައިސް ދުނިޔޭގައި މަނީލޯންޑްރިން އެންމެ ގިނައީ ދިވެހިރާއްޖެއިން އެކަމު ތަހުޤީޤްކޮށްނިމޭއިރު ތަހްޤީޤް ދެކޮޅުނުޖެހި ކޯޓް ފަހަންޖެހިފައި ވީމާ ތަޖްރިބާ ކިހަރަނގަޅުވާނެ
ސާކިރުބެ
19 October 2022
ބަލަ މިހިރަ ބުރާންޗާ ލިޔެފަ އޮންނަ އެތި ކިޔާފަ ކޮމެންޓް ކޮށްބަލަ،
ށަވިޔަނި
19 October 2022
ދިވެހި ފުލުހުންގެ ތެރޭ ގާބިލު މީހުން ތިބިކަން އެނގުނު ކަމެއް. ދެރަކަމަކީ ގާބިލުމީހުންގެ ބޭނުން ހެޔޮގޮތުގައި ނުހިފޭކަން.
ޓީޑީޓީ
19 October 2022
ވަރަށް ބޮޑު ކުރިއެރުމެއް. މަރުޚަބާ! އެކަމަކު ރާއްޖޭގައި ކުއްކުރުން ނުހުއްޓުވޭއިރު އަދި ސީޕީ ބުންޏަކަސް ބޭރުދުނިޔޭގަ ކިހިނެއް ހުއްޓުވާނީ؟