ޚަބަރު / ހުޅުމާލެ

އަމިއްލަ ކުންފުނިތަކުގެ ފްލެޓްތަކާ މެދު އަނެއްކާވެސް އާ އުންމީދެއް، އާ ތާރީހުތަކެއް!

ކޭޕާކް އިމާރާތް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ހަތަރު އިމާރާތެއްގެ މަސައްކަތް ނިންމައި، ފްލެޓް ގަތް މީހުންނާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް އެ ކުންފުނިތަކުން މިއަދު މީޑިއާ އަށް ދީފި އެވެ.

ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންސިސްގެ "އައިރާ" އިމާރާތާއި ޖާހު (ޖައުސާ) ގެ "ދަ ގާޑަން" އާއި ކޯދި އިންވެސްޓްމަންޓްގެ "ކޭ-ޕާކް" ރެޒިޑެންސާއި "އަކުވާ ވިޓާ" އިން ހަދަމުން އަންނަ ޒަމާނީ ފެންވަރުގެ އެޕާޓްމަންޓްތަކަކީ 2015-2016 އަހަރާ ދެމެދު ހަދަން ހަވާލުކުރި ތަންތަނެވެ.

އެ ތަންތަން ނިންމަން ދިން މުއްދަތު ހަމަވެ، އެތައް ފަހަރަކު އެ މުއްދަތު އިތުރުކޮށްދީފައިވާއިރު، އެޕާޓްމަންޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، އެޕާޓްމަންޓް ގަތް މީހުންނަށް ވަނީ ބޮޑު ބުރައެއް އުފުލަން ޖެހިފަ އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރާ އެ ހަތަރު މަޝްރޫއު ހިންގަމުންދާ ސައިޓުތަކަށް އެޗްޑީސީން މީޑިއާތައް ގެންގޮސް ޒިޔާރާތްކޮށް، މިއަދު ވަނީ ކޮންޓްރެކްޓަރުންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ. އެ އެޕާޓްމަންޓުތައް ހަދާ ވެރިންނާއި ކޮންޓްރެކްޓަރުން އަނެއްކާ ވެސް ދިނީ އާ ތާރީހުތަކާއި އުންމީދުތަކެކެވެ.

މިއީ ނުނިމި ދިގުލައިގެން ގޮސްފައިވާ ފްލެޓް އިމާރާތްތަކަށް އެޗްޑީސީން މީޑިއާތައް ގެންގޮސް އެ ތަންތަނުގެ ވެރިންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިން ފުރަތަމަ ފަހަރެވެ.

- އަކުއާ ވިޓާ

ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އަޔެންކާ ހޯލްޑިން އާއި އެންޕީއެޗް ގުޅިގެން ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދުގައި އިމާރާތްކުރަމުން އަންނަ އަކުއާ ވިޓާ ފްލެޓްތަކުގައި ހިމެނެނީ 104 އެޕާޓްމަންޓެވެ. އެއީ 14 ބުރީގެ އެ އިމާރާތުގައި ކޮންމެ ފަންގިފިލާއެއްގައި އަށް އެޕާޓްމަންޓް ހިމެނޭ ގޮތަށެވެ.

އަކުވާ ވިޓާގެ ސައިޓް އިންޖީނިއަރު ސަޗިން ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ޖުމްލަ 90 ޕަސެންޓް މަސައްކަތް މި ވަގުތު ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށް ގެންދަނީ އެޕާޓްމަންޓްތަކުގެ އެތެރޭގައި ކުރަން ހުރި ކުދިކުދި މަސައްކަތްތައް އެކަންޏެވެ.

"މިވަގުތު ކުރަމުން ދަނީ އެޕާޓްމަންޓްތަކުގެ އެތެރޭގެ މަސައްކަތްތައް. އެ ތަންތަނުގެ 95 ޕަސެންޓް މަސައްކަތް އެއްކޮށް ނިމިއްޖެ. ބާކީ ފަސް ޕަސެންޓަކީ އެޕާޓްމަންޓްތަކުގެ ފައިނަލް ޓަޗިންގެ ކަންކަން،" އެ ސައިޓުގައި ހުންނަވައި އޭނާ ވިދާޅުވި އެވެ.

އަކުއާ ވިޓާގެ އިމާރާތް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސަޗިން ވިދާޅުވީ އަކުއާ ވިޓާގައި ނުނިމޭ 10 ޕަސެންޓުގެ ތެރޭގައި ހިމެނެނީ ގްރައުންޑް ފްލޯގެ މަސައްކަތްތައް އެކަނި ކަމަށެވެ. އެ މަސައްކަތް ވެސް މި އަހަރުގެ ޑިސެމްބަރަށް އެއްކޮށް ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކޮންސްޓްރަކްޝަން މަސައްކަތުގައި ވެސް އެއްވެސް ގޮންޖެހުމެއް ނެތް. ކުރިން ލަސްތަކެއް އައި ކޮވިޑާ ގުޅިގެންނާއި ޕްރޮކިއުމަންޓް މައްސަލަތަކެއް ވެސް ދިމާވެގެން. އެކަމަކު މިވަގުތު މަޝްރޫއު މުއްދަތަށް ނިންމުމަށް އެއްވެސް ދައްޗެއް ނެތް،" ސަޗިން ވިދާޅުވި އެވެ.

އަކުއާ ވިޓާގެ އެތެރެއަށް ނޫސްވެރިން ވައްދައި އެ ތަނުގެ މަސައްކަތް ގޮސްފައިވާ ހިސާބު ދައްކާލިއިރު، މިވަގުތު ހުރީ ކުންފުނިން ބުނި ގޮތަށް ބޮޑެތި މަސައްކަތްތައް އެއްކޮށް ނިންމާލައިފަ އެވެ.

- ކޭ-ޕާކް

ކޭ ޕާކް ރެޒިޑެންސަކީ 110 އެޕާޓްމަންޓް ހިމެނޭ ގޮތަށް ކޮރެއަން ސްޓައިލަކަށް ހަދާ މިކްސް-ޔޫސް ރެސިޑެންޝަން އެޕާޓްމަންޓްތަކެކެވެ. ޖުމުލަ 14 ބުރީގެ އެ ތަންތަން އިމާރާތްކުރަނީ ހަމްބޯ ކުންފުނިންނެވެ.

ކޭ ޕާކްގެ ކޯޕަރޭޓް ލީގަލް، ޖައިޝާން ސައީދު ވިދާޅުވީ، އެ އެޕާޓްމަންޓްތަކުގެ މަސައްކަތް އެހާ ބޮޑަށް ލަސްވީ ކޮވިޑާ ގުޅިގެން އިއުލާނުކުރި ލޮކްޑައުން ދިމާވީ އެ ކުންފުނީގެ ޗައިނާ މަސައްކަތްތެރިންތަކެއް ޗުއްޓީ އަށް ގައުމަށް ދިޔަ ދަނޑިވަޅާ ދިމާވުމުން ކަމަށެވެ. އެހެންވެ، އެ މީހުން އަނބުރާ ރާއްޖެ އަށް ގެނައުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޖައިޝާން ވިދާޅުވިގޮތުގައި ގިނަ ގޮންޖެހުންތަކަކާ އެކު ވެސް ފާއިތުވި ދެ މަސް ދުވަހު ބައެއް މަސައްކަތްތެރިން ރާއްޖެ އަށް ގެނަ އެވެ. އަދި ޗައިނާގެ ލޮކްޑައުން މި މަހު އުވައިލާ ގޮތަށް އެ ގައުމުން ނިންމާފައިވާތީ މަސައްކަތްތެރިންގެ ދަތިކަމަށް އަންނަ މަހު ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަހަކީ އިރާދަކުރެއްވިއްޔާ 30-35 މަސައްކަތްތެރިން ރާއްޖެ އަށް ގެނެވޭނެ މަހެއް ކަމަށް ކޮންޓެކްޓާ ސައިޑުން އެބައިން އަންގާފައި،" ޖައިޝާން ވިދާޅުވި އެވެ.

އެއާ އެކު އަންނަ މަހު މަސައްކަތުގެ ސްޕީޑް އަވަސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޭޕާކް އެޕާޓްމަންތެއްގެ ސިޓިން ރޫމް- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޖައިޝާން ވިދާޅުވި ގޮތުގައި އެ ތަނުގެ މަސައްކަތް ކޮވިޑާ ގުޅިގެން ލަސްވި ނަމަވެސް ލޯކަލް ޕާޓީއަކާ އެކު ކުރިއަށް ދާން ކޮންޓްރެކްޓަރާއި ޑިވެލޮޕާ ބޭނުން ނުވީ އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާ ގޯސްވެދާނެތީ އެވެ.

އޭނާ ވިދާޅުވީ، މިހާރު މަސައްކަތް ކުރަމީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ކުރިން އެތަން ހަވާލު ކުރުމަށް ކަމަށެވެ. އެ ޔަގީންކަން ދެއްވީ އެ ތަން ނިންމުމަށް ބޭނުންވާ ހުރިހާ މެޓީރިއަލްތަކެއް ރާއްޖޭގައި ހުރުމާ އެކު މަސައްކަތްތެރިންގެ ދަތިކަން ވެސް ހައްލުވާނެތީ ކަމަށް ވިދާޅުވި އެވެ.

ކޭ-ޕާކް އެޕާޓްމަންޓްތަކުގެ މަސައްކަތް އެހާ ބޮޑަށް ލަސްވާތީ، އެޕާޓްމަންޓްތައް ގަނެފައިވާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެހެންވެ، އެ މީހުންނަށް ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ކުރާނެ ކަމަށް ޖައިޝާން ވިދާޅުވި އެވެ.

"މެނޭޖްމަންޓުން ނިންމާފައި އޮތީ [ބަދަލު ދޭން]. އަޅުގަނޑުމެން ކަސްޓަމަރުންނަށް ކޮންޓެކްޓް ކުރާނަން. ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި، ޕޭކުރި ކަސްޓަމަރުންނަށް ކޮމްޕަލްސަރީ ދިނުމުގެ މަސައްކަތް ކުރިއަށް ދާނެ،" ޖައިޝާން ވިދާޅުވި އެވެ.

- ޖާހުގެ "ދަ ގާޑަން"

ޖާހުގެ "ދަ ގާޑަން" އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. އެ ތަނުން 83 އެޕާޓްމަންޓް ހަދާއިރު ހިމެނެނީ 2+1 އާއި 3 އަދި 3+1 ގެ އެޕާޓްމަންޓްތަކެކެވެ.

އެ ކުންފުނީގެ ޗީފް އޮފިސަރު، ޒިޔާދު ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ގޮތުން އަންނަ ޑިސެމްބަރުގެ ނިޔަލަށް 18 އެޕާޓްމަންޓެއްގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރެވޭނެ ކަމަށެވެ. ބާކީ ކޮންމެ މަހަކު އެކި ވަރަށް ހަވާލުކުރަމުން ގޮސް އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ހުރިހާ އެެޕާޓްމަންޓްތަކެއްގެ މަސައްކަތް ނިންމައި ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާހުން އިމާރާތްކުރާ ފްލެޓެއްގެ އެތެރެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް "ދަ ގާޑަން" ގަތް މީހުން ވެސް އެބަ ހުއްޓެވެ. އެކަމާ ގުޅިގެން ޒިޔާދު ވިދާޅުވީ ފްލެޓް ކެންސަލްކޮށް، ރީފަންޑަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

"ބަދަލާ ގުޅޭ ގޮތުން ޑިސްކަސް ކުރާނީ ހޭންޑްއޯވާ އަށް ފަހު. އެ ކަމަށް މަޝްވަރާ އަށް އިށީންނާނަމޭ. އެ އަށް މަސައްކަތް ކުރަމުން މިދަނީ އެތަނަށް އަވަހަށް މީހުން ވެއްދޭތޯ،" އޭނާ ވިދާޅުވި އެވެ.

- އައިރާ އެޕާޓްމަންޓް

އައިރާ އެޕާޓްމަންޓްތަކަކީ އެންސިސް ކުންފުނިން ހަދަމުން އަންނަ 94 އެޕާޓްމަންޓް ހިމެނޭ އިމާރާތެކެވެ. އޭގެ ތެރޭގައި 3+1 ގެ 45 އެޕާޓްމަންޓާއި 2+1 ގެ 26 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 13 އެޕާޓްމަންޓުގެ އިތުރުން 10 ޕެންޓް ހައުސް ހިމެނެ އެވެ.

އެންސިސްގެ ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އަންނަ މަހުގެ ކުރިން ބައެއް މީހުންނަށް އެ އެޕާޓްމަންޓްތަކަށް ބަދަލުވެވޭނެ ކަމަށެވެ. ކޮމަން އޭރިއާގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ފްލެޓްތަކުގެ އެތެރޭގައި ވެސް ހުރީ ނިންމަން ކުދިކުދި މަސައްކަތްތަކެވެ.

އައިރާ އެޕާޓްމަންޓެއްގެ ސިޓިންރޫމް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ކޮމަން އޭރިއާގެ މަސައްކަތް މިހާރު މި ކުރަނީ. ނޮވެމްބަރުގެ ނިޔަލަށް ބައެއް ތަންތަނަށް ވަދެވޭނެ ކަމަށް މި ބަލަނީ. ކަރަންޓާއި ފެނަށް މިހާރު އެދިފައި ވަނީ. އެހާތަނަށް އެ މަސައްކަތް ނިމޭނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

އެތަން ހަވާލުކުރާއިރު ހުންނާނީ އެއްބަސްވުމުގައިވާ ގޮތަށް ހުރިހާ މަސައްކަތެއް ނިމިފައި ކަމަށް ސައީދު ވިދާޅުވި އެވެ.

ފްލެޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އަނެއްކާވެސް އާ ތާރީހުތަކެއް ދިންއިރު މި ފްލެޓްތައް ގަތް މީހުން ތިބީ އެތަންތަނަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. މި ފަހަރު ވެސް އޮތީ އާ އުންމީދުތަކެވެ. އާ ތާރީހުތަކެކެވެ.

19 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިސްރާ

21 October 2022

މާލޭ ރައްޔިތުންނައް ބިން ބެހީމަ ބޮޑު ކުލީގާ ރާއްޖެތެރޭ ނިކަމެތިން ހަނާކުރަނީ

The name is already taken The name is available. Register?

މުސްކަން

21 October 2022

އުންމީދުގާ ނިކަމެތި ރައްޔިތުން ހަނާވަނީ

The name is already taken The name is available. Register?

ބޮޑުމީހާ

20 October 2022

މިގައުމުގައި މިއޮތީ ޑިމޮކްރަސީއަށް ވުރެ ބޮޑަށް ކެޕިޓަލިޒަމް. މިގޮތަށް ފްލެޓް އަޅާފަ ދެވޭނެ ދުވަހަކު ބައިލޯލާރިއެއް ނެތަސް.

The name is already taken The name is available. Register?

މަބުނީ

20 October 2022

ބޭބޭފުޅުން މިލިއަނުން 2 މިލިއަނުން އަގު ޖަހާފަ ހުންނަ އެޕާރޓްމެންޓްތައް ގަންނައިރު މަށަށް މި އުޅެނީ މާލޭގަ 2 ދުވަހު ހުރެލާނެ ލާރިކޮޅެއްވެސް އެއްނުވެގެން... މަ ހަމަ އަޖައިބު ވެއްޖެ

The name is already taken The name is available. Register?

ބޮޑުރިޔާ

20 October 2022

ތިޔަތަންތަން ރަނގަޅުވާނީ ސޯސިއަލް ހައުސިން ސްކީމްގެ ދަށުންހަދާ ފުލެޓްތަށް ދިނީމާ ހަވާލުކުރުން އޭރުން އޭރުން ގަތްފުލެޓާ ލިބުނު ފުލެޓާ ދެފުލެޓްވާނެ މިހާރުވެސް ނޭގާ ހިޔާފުލެޓް ތަކުންވެސް ނުލިބޭކަމެއް މީވާ ހެޔޮވެރިކަމެއްކުރާ ގައުމަކީ

The name is already taken The name is available. Register?

ޕްރޭމްޗޯޕްރާ

20 October 2022

ކުންފުނިތަކުން ލަސްކުރަންއެދޭ ކޮންމެފަހަރަކު އޮންނާނީ ފަހަތު ޖީބަށް ލައިދީފަ ޔަޤީން. އެހެންވެ އެއްބަސްވުންތަކާ ޚިލާފަށް ކުންފުނިތަކުން ލަސްވަނީ. ކުންފުނި ލޯނު ނަގާވާހަކަ އެޗްޑީސީން ބުނާއިރު އެޕާރޓްމަންޓް ގަންނަމީހާވެސް ލޯނުނަގައިން އެޕާރޓް ގަންނަނީ. ދެން ލަސްވީމާ ޕަނިޝްމަންޓެއް ދޭކަށްނުޖެހޭތަ؟

The name is already taken The name is available. Register?

އަލިފުޅު3

20 October 2022

"ޖައިޝާން ވިދާޅުވީ މިހާރު މަސައްކަތް ކުރަމީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ކުރިން އެތަން ހަވާލު ކުރުމަށް ކަމަށެވެ. އެ ޔަގީންކަން ދެއްވީ އެ ތަން ނިންމުމަށް ބޭނުންވާ ހުރިހާ މެޓީރިއަލްތަކެއް ރާއްޖޭގައި ހުރުމާ އެކު މަސައްކަތްތެރިންގެ ދަތިކަން ވެސް ހައްލުވާނެތީ ކަމަށް ވިދާޅުވި އެވެ." މިސޮރު ދޮގުހަދާ ވަރަށް ދިގު ހަދަން ދަންނަ މީހުން މަދުވާނެ. ދޮގު ހެދުމުން އެވޯދެއް ދެންޏާ މީނާ އަށް އެ ހައްގުވާނެ.

The name is already taken The name is available. Register?

ތާރީޚު

20 October 2022

ދުނިޔެ ދެމިއޮތްހައި ހިނދަކު ތާރީޚު ދެމިއޮންނާނެ. ހުހެއްވެސް ނުވާނެ. ބުނާ ތާރީޚަށް ނުނިންމޭނަމަ ދައްކަންޖެހޭ ފައިސާއިން ބައެއް އުނިވެ އެކުންފުންޏެއް ޖޫރިމަނާކުރެވެންވާނެ. ނިކަމެތި ކުލީ އަޅުކަލޭގެ ކޮންމެ ކަމެއްގައި ކުށްވެރިކޮށް ޖޫރިމަނާކުރެވޭ ގޮތަށް ދޮގުވެރި މަކަރުވެރި މަހުޖަނު ކަލޭގެވެސް ޖޫރިމަނާކޮށް އަދަބުދޭންޖެހޭނެ.

The name is already taken The name is available. Register?

ޙެ ހެ

20 October 2022

ތީ ނިކަމެތިން އުޅޭތަނެއްނޫން ތީ މުއްސަދިން ނަށް އަޅާ ތަންތަން މޮޅެތި ސުރުހި ހަދައިގެން ބޯކަނީ

The name is already taken The name is available. Register?

އެމްސް

20 October 2022

ހިޔާ ފްލެޓްތައްހެން ހަމަ "އަންނަ މަސް، އަންނަ މަސް؟"

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454