އެޗްޑީސީގެ އެމްޑީ އާތިފު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
19 އޮކްޓޯބަރ 2022 - 23:25
އަމިއްލަ ކުންފުނިތަކުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވިޔަސް އެ ތަންތަނުގެ މަސައްކަތުގެ 80 ޕަސެންްޓް މިހާރު ނިންމާފައިވަނިކޮށް، ކުއްލިއަކަށް ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ކަމެއް ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ 1 ގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ލަސްވެފައިވާ ހަތަރު މަޝްރޫއެއްގެ އެޕާޓްމަންޓްތަކަށް ނޫސްވެރިން ގެންދިއުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން އާތިފު ވިދާޅުވީ، ކޮންޓްރެކްޓަރު އަމިއްލަ އަށް ފައިނޭންސް ހޯދައިގެން ހިންގާ އެ މަޝްރޫއުތައް ލަސްވެފައި ވަނީ ދެ ސަބަބަކާ ހުރެ ކަމަށެވެ. އެއީ ކޮވިޑާ ގުޅިގެންނާއި ފައިސާ ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
އާތިފު ވިދާޅުވިގޮތުގައި ލަސްވެފައިވާ ހަތަރު މަޝްރޫއުގެ ވެސް 80 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.
"އެކި މައްސަލަތައް ދިމާވެ އެ ތަންތަނުގައި އުޅެވޭނެ ކަމަށް ޑިވެލޮޕަރުން ދިން މުއްދަތު ވަނީ ފަހަނަ އަޅާފައި،" އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމުން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިދިޔަ މަހުގެ ހަތަރެއްގައި އައްޔަން ކޮށްފައިވާ އާތިފު ވިދާޅުވި އެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ހިންގާ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެ މަޝްރޫއުތަކަށް ބިން ދެނީ ކޮންޓްރެކްޓަރުން އަމިއްލަ އަށް ފައިސާ ހޯދައިގެން އެޗްޑީސީން ދީފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އާތިފު ވިދާޅުވީ މީގެ ކުރިން އެގޮތަށް ހަވާލު ކޮށްފައިވާ ގިނަ މަޝްރޫއުތަކެއް މުއްދަތަށް ނިމިފައިވިޔަސް މިހާރުގެ މަޝްރޫއުތައް އެކި ސަބަބުތަކާ ހުރެ ނުނިމި ދިގުލައިގެންގޮސްފައިވާ ކަމަށެވެ.
"މި ކޮންޓްރެކްޓަރުންނަށް ކޮވިޑާ ހެދި ވެސް އެބަ ހުރި މަސައްކަތްތައް ލަސްވެފައި. އަދި ފައިނޭންސް ހޯދުމުގައި ވެސް ލަސްވެފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، އާތިފު ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް ނިންމައި އަންނަ ނޮވެމްބަރުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީއާ ދެމެދު ހަވާލު ކުރަމުން ގެންދާނެ އެވެ.
އައިރާ އެޕާޓްމަންޓެއްގެ ބަދިގެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނަމަވެސް އެ ތަންތަން ނުނިމި ދިގުލައިގެންދާއިރު، ކޮންޓްރެކްޓަރާ މެދު ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ކުރި ސުވާލެއްގައި އާތިފު ވިދާޅުވީ މަސައްކަތް ކުރަމުން އަންނަ ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަކީ މަސައްކަތް އަވަސްވާނެ ސަބަބެއް ކަމަށް އެޗްޑީސީން ގަބޫލުނުކުރާ ކަމަށެވެ.
"ޕްރޮޖެކްޓްތައް ޓާމިނޭޓް ކުރުމަކީ މި މަސައްކަތްތައް އަވަސްވާނެ ކަމެއް ކަމަށް އެޗްޑީސީއަކަށް ނުފެނޭ. އައްޑިހަ ޕަސެންޓަށް މަސައްކަތް ނިންމާފައި ހުރި އިރު މަސައްކަތް ހުއްޓުވުމަކީ އެންމެންގެ މަސްލަހަތަށް އެންމެ ރަނގަޅު ހައްލުކަމަށް ނުފެނޭ،" އާތިފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެޗްޑީސީގެ ފަރާތުން ލިބެންޖެހޭ ހުއްދަތައް ނުލިބިގެން އެ ތަނުން އެއްވެސް މަޝްރޫއުއެއްގެ މަސައްކަތް ލަސްވެފައެއް ނެތެވެ.
ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓެއްގެ ސިޓިންރޫމް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެންމެ ބޮޑަށް މަސައްކަތް ލަސްވެފައިވާ މަޝްރޫއުތަކަކީ އެންޕީއެޗްގެ "އަކުވާ ވިޓާ ރެޒިޑެންސް" އާއި ޖާހުގެ "ދަ ގާޑަން" އާއި އެންސިސް ފިޝަރީޒްގެ "އައިރާ ކޮންޑޮމީނިއަމް" އަދި ހަންބޯ ކުންފުނީގެ "ކޭ ޕާކް ރެޒިޑެންސް" އެވެ. އެ ތަންތަނުގެ މަސައްކަތް 2016 ހިސާބުގައި ފަށައިގެން ކުރިއަށް ގެންދާއިރު، ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެތައް މުއްދަތެއް ވަނީ ދީފަ އެވެ.
- އަކުއާ ވިޓާ - 90-95 ޕަސެންޓް ނިމިފައި [މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރެވޭނެ]. - ފްލެޓްގެ މަސައްކަތް މުއްދަތަށް ނުނިމިގެން ހަތަރު ފަހަރަކު މުއްދަތު އިތުރު ކޮށްދޭން އެދުނު.
އަކުވާ ވިޓާ އެޕާޓްމަންޓެއްގެ ކޮޓަރި ތެރެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
- ކޭޕާކް ރެޒިޑެންސް - 80 ޕަސެންޓް ނިމިފައި - އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ކުރިން މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރާނެ. ދިން އެކި މުއްދަތުތަކަށް އެ ތަން ނުނިމިގެން ފަސް ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދޭން އެދުނު.
- ދަ ގާޑަން - 90 ޕަސެންޓް ނިމިފައި [އެ ތަން ނިންމައި ހަވާލުކުރާނީ އެކި މަސްތަކަށް ބަހާލައިގެން. އަންނަ ޑިސެމްބަރަށް 18 ފްލެޓެއް ނިންމައި ހަވާލުކުރާނެ. ބާކީ އެކި މަސްތަކަށް ބަހާލައިގެން ފެބްރުއަރީގެ ނިޔަލަށް މުޅި ތަން ނިންމާ ހަވާލުކުރާނެ]. ހަތަރު ފަހަރެއްގެ މަތިން އެ ތަން ނިންމަން ދިން މުއްދަތު އިތުރުކޮށްފައިވޭ.
ޖާހުން އިމާރާތްކުރާ ފްލެޓެއްގެ އެތެރެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
- އައިރާ - 92 ޕަސެންޓް އެއްކޮށް ނިމިފައި [ފިނިޝިންގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ އެ ތަން މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ނިންމާ ހަވާލުކުރާނެ]. އެ ތަން މުއްދަތަށް ނުނިމިގެން ފަސް ފަހަރެއްގެ މަތިން މުއްދަތު އިތުރު ކޮށްފައިވޭ.
އެޗްޑީސީން އެ ތަންތަނުގެ މުއްދަތު އިތުރުކުރީ މައިގަނޑު ގޮތެއްގައި ކޮވިޑާ ގުޅިގެން އިމާރާތްކުރަން ބޭނުންވާ ސާމާނު ލިބުމުގެ ދައްޗާއި ބޭރުން މަސައްކަތްތެރިން ގެނައުމުގައި ހުރި ގޮންޖެހުމާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްކުޅިޔާ
20 October 2022
މީވާ ހެއްވާ ގައުމެއް. ބަލަ ކޮންޓްރެކް އުވާނުލިޔސް އެޅޭނެ ފިޔަވަޅެއް ތިޔަ އެގްރީމެންޓް ތަކުގައިނެތީތަ. ޖައުޒާ ޖާހުއަށް ބަދަލުކޮށް މީރާ އަށްދައްކަން އޮށް އެތައްމިލިޔން ނުދައްކާ ހަމަ ބޯޑްބަދަލު ކޮށްލައިގެން ރީބްރޭންޑް ކިރީޔޭކިޔައިގން އެހެރީ. .
އެމްސް
20 October 2022
އެމްއެމްޕީއާރުސީން ބިލިޔަނުން ފައިސާ މަދު! ކޯޓްގަ ދަޢުވާ ހިނގާތާވެސް ކިތައް އަހަރު؟ މިހާތަނަށް އެންމެ ރުފިޔާއެއްވެސް އަނބުރާ ހޯދިއްޖެ؟ ނެގިމީހަކު އެބަހުރި؟
ހަމަ ނުބުންޏޭ
20 October 2022
80% ޕަސެންޓް 90% ނިމިފަ ހުރީ ކޮން އަހަރަކާ ހިސާބުންތޯ ބުނެލިނަމަ އެނގޭނީ އަދި ކިތައް އަހަރުންކަން ބާކީ 10% ނިމެން ނަގާނީ. އެކިޔާ ޕަސެންޓްތައް ނިމިފަ ހުރީ 2018ގަ ނޫންކަމެއްވެސް ނޭނގޭ. ކޮވިޑް މައިތިރިވިފަހުންވެސް 1 އަހަރުވެ ނިމުނީ.
އެމްސް
20 October 2022
ނޫހުގަ ސުރުޚީއެއް އަޅާލާއިރަށް، އެންމެން ކޮމެންޓް ކޮށްގެންނަ ގޮތުން ހީވަނީ މިއީ މިފަދަކަމެއް އަލަށްވާ ޤައުމެއްހެން! ކޮބައިތޯ ސީލައިފް ގްލޯބަލް؟ އަދިއަދަށްވެސް ފައުންޑޭޝަންވެސް ނާޅާ ތަނެއް، އެބަޔަކު އަތުވާކަށްވެސް ނެތް! އިންޓަރޕޯލްގަ އާއި އެތަން މިތާ އިޢުލާން ކޮށްގެން އެއިން އެކަކު ގެނެސްގެންވެސް އުޅުނު! ކުރީގެ ވެރިކަމުގަ ކިތައްމީހުން ފްލެޓަށް ލާރިދެއްކި؟ ވިސާ ނެތް ކިތައްހާސް ބޮންދުން މިޤައުމުގަ އެބައުޅޭ؟ ބިދޭސީންގެ ކިތައް ވަގުވިޔަފާރި އެބައޮތް؟
ކޭޕޮޕް
20 October 2022
ނިމޭނެ ކޮންމެވެސް ދުވަހަކުން. ލާރިކޮޅު ލިބިއްޖެވިއްޔަ. ދެންކީއްކުރަން މާ އަވަސްއަރުވާލައިގެން ނިންމަނީ.
އެމްސް
20 October 2022
ތިއަށްވުރެ އަދި މާގޯހެއް ނޫންތޯ މަޝްހޫރު ސީލައިފްގެ ކޭސް! ވުޖޫދުގަވެސް ނެތް ތަނަކަށް ކުރީގެ ވެރިކަމުގަ ބަޔަކު ލާރިދައްކާ ހަފުސްވީ!
ސިރާ
20 October 2022
މަގާމަށް ކުފޫ ހަމަ ނުވާ މީހެއް މީ!
ޖަމާލު
20 October 2022
މަގާމައް ކުފޫ ހަމަވާ 50% މީހުންވެސް އެޗްޑީސީގާ ނޫޅޭނެ.
އެމްސް
20 October 2022
ހަމަވަނީ ކާކުގެ؟ ތިޔައީ ކުރިން ހުރި މީހާއެއް ނޫން، އިހަކަށް ދުވަހު އެރި މީހެއް! ތިޔައީ ކުރިން ހުރި މީހާގެ ދަށުން އެންމެ އިސްކޮށް ހުރި މީހާ!
ހިތަދު
20 October 2022
2015-2016 ހަވާލު ކޮއް ނުނިމިގެން 2023 ހަމަވާން ގާތްވެފަ އޮތް އިރުވެސް "ކުއްލިއަކަށް" ފިޔަވަޅު ނޭޅޭ ވާހަކަ! ހެހެ!
އެމްސް
21 October 2022
2023 އަށް ވަރަށް ގިނަ ފިޔަވަޅު އެޅޭނެ، ނޫނީ ހޮވެން އުނދަގޫވާނެ!
ޔައުޤޫބުލް ހައްޤު
20 October 2022
ބަޔަރ ގެ ރައިޓްސް ޕްރޮޓެކްޓް ކޮއްދޭންޖެހޭ ފަރާތުގެ ވާހަކަ ހުރިގޮތް ނިކަން ބަލާބަލަ. ބަލަ 2016ގަ ފެށި ޕްރޮޖެކްޓް ތަކާ 2020ގެ ކޮވިޑާގުޅުވަނީ ތިކީއްވެ؟ ޕްރޮޖެކްޓް އެވޯޑް ކުރީ އެކަމުގެ ޤާބިލްކަން ހުރިވަރުބަލާފަ ކަމުގައިވާނަމަ މިހާރު ކޮން ފައިނޭންސްގެ ބަހަނާއެއް ދައްކާކައް ދޯ! ކިތައް ކްލައަންޓް އަތުން އެއްކޮއް ފައިސާނަގާފަވޭތޯ އެމް.ޑީ ބެއްލެވިބާ! ނިންމަން މުއްދަތު ތިޔަދެއްވީ އެމް.ޑީ މިފަހަރު އެއީ ފައިސާ ހަމަޖެގިގެން ދިޔައީތޯ؟
އެމްސް
20 October 2022
ސަރުކާރުން ވިޔަފާރިއަށް ނިކުތީމަ ވާނެ ހުރިހާ ގޮތްތަކެއް ތިހިރަގެން ފެންނަނީ، ދެން ޖެހޭނީ އެއް އަތުން ޖަހާ އަނެއް އަތް ބުރިކުރަން! އެކަމަކު އެކަމެއް ނުވާނެތާ! ސަރުކާރު އޮންނަންވީ، ރެގިއުލޭޓަރީ ބޮޑީއެއްގެ ގޮތުގަ! ރެގިއުލޭޓަރީ ބޮޑީގަ ތިބެންވާނީ ހުރިހާކަހަލަ ރަގަނޅު ސިފަތަކުގެ އަހުލުވެރީން! ދެން މުޅިން އިންޑިޕެންޑެންޓް ކޮލިޓީ ކޮންޓްރޯލަރެއްވެސް ހުންނަންވާނެ! 3 ބާރު ވަކިވެފަ އޮންނަންވަނީ ހަމަ އެކަނި ޑިމޮކްރަސީއަކު ނޫން!
ހައްޓާ
20 October 2022
ނުފޯރާފޮތިން ފޫގެޅުން މިއަށް ކިޔަނީ. އެންސިސް، ޖައުޒާ މަންޑޭ މިމީސްމީހުން
އެޑްމުންޑޯ
20 October 2022
މީގެ 4 އަހަރު ކުރިން ތިބުނާ ކޭޕާކުން މީހުންލައްވާ ބޭންކުން ބޮޑެތިލޯނު ނަގުވާފައި ފްލެޓްތައް ވަނީ ވިއްކާފައި ، ކޮންމެ އަހަރަކުވެސް ބުނަނީ ނިމެނީ ނިމެނީ ކަމަށް ، ބޭންކަށް ބޮޑެތި އަދަދުން ފައިސާ ދައްކަމުން މާލޭގައި ކުއްޔަށް އުޅޭ ތަނަށް ފައިސާ ދައްކަމުން ، މިއީ ކޮން އިންސާފެއް ، އާތިފް ތިހުންނެވީ ހަމަހޭގަތޯ ، އެކުންފުނިތަކުން މާކުރިން ފްލެޓްތައްވިއްކާ ލާރިތަށް ވަނީ ހަޖަހަމްކޮއްލާފައި ، ދެންކިހިނެއް އެމުއްދަތަށް ނިމޭނީ ،،،
އެމްސް
20 October 2022
އާތިފް އަށް ތިޔަކަންކަން މާބޮޑަށްވެސް އެނގޭނެ، އެހެނަސް ސުހޭލް ހުރިހާ ހަޑިއެއް ހާވާފަ، މުޅި ކުޑަ ހުވަދޫ ތައްޔާރީ ޙަލަތަށް ގެނެއްސަ ކުއްލިއަކަށް ނައްޓާލީމަޔޯ؟
ކޭޕާކު ވިކްޓިމް
20 October 2022
ތި ރިއަލް އެސްޓޭޓުތެރޭ ހިންގާ ސްކޭމްތަކުން އެތައްހާހަކުން ގެއްލުން ލިބެމުންދާ ރައްޔިތުންގެ ދިފާއުގައި ބަހެއް ބުނާނެ އޮފީހެއް ސަރުކާރެއް ނެތް މިރާއްޖެއަކު. އެވަރުންވެސް ސޯލިހު ހޭކަޑާފަ އެބަބުނޭ 2023ގަ އެކަލޭގެއަށް ވޯޓު ދޭށޯ ޗީޗީ އަހަރުން ހޭނައްތައިގެން ވޯޓު ހޯދަން ޖެހޭނީދެން ސޯލިހު
އެމްސް
20 October 2022
މިޤައުމުގެ ކަންކަމުގަ ބޮޑަށް ގެންގުޅެނީ އެއްވެސް ކަމެއްގެ ހުނަރެއް/ވައްޓަފާޅިއެއްވެސް ނެތް، އިންތިހާއަށް އިންއެފިޝެންޓް ބޮންދުން! އަގުހެޔޮކޮށް މަސައްކަތް ކުރުވަން ދިވެހީން ބާކީކޮށް ބިދޭސީން އަރިސްކުރީމަ ފައިދާވަނީ ކުންފުނީގެ އޯނަރަަށް އެކަނި! ތަނުގަ އުޅޭ ދިވެހިން މުވައްޒަފުންނަށްވެސް ތިބެން ޖެހެނީ ބާންއައުޓެއްގަ ތެރޭ!
ސައުތު
20 October 2022
މިކަން މިހެން ކުރީ ވަގު ސަރުކާރުގަ. މިކަހަލަ ކޮލިޓީއެއް ނެތް ކުންފުނިތަކަށް މިކަންކަން ދީގެން ހުރިހާ ގެއްލުމެއް ރައްޔިތުންނަށް
ޛާން
20 October 2022
ކޮބާތޯ ކަސްޓަމަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު؟. ޖާހް ކުންފުނިން ލަސްވާ ސަބަބުތެރޭގައި އެބަހުރި ވިއްސާރަ ކަމުން މަސައްކަތް ނުކިރެވިގެންކަމަށް. ޢެއީ ބަލައިގަނެވޭނެކަމެއްނޫން. ޕްރޮޖެކްޓެއް ޕްލޭން ކުރާއިރު ރާއްޖެއަށް ވިއްސާރަކުރާކަން އެނގެންވާނެ. މީ ވަރަށްބޮޑު އޮޅުވާލުމެއް އެޗްޑީސީ އާ ގުޅިގެން ހިންގާފައޮތް. ޥަރަށް ކުޑަކޮށް ކުޑަ އިރުކޮޅަކަށް ވާރޭވެހުނު ދުވަސްތައްވެސް އެބަހުރި މަސައްކަތް ނުކުރެވޭ ދުވަސްތައްކަމަށް ލިޔެފަ.
އެމްސް
20 October 2022
ވައްކަންކޮށްފަ ތިމާއީ ވަގެއްކަމަށް އެއްބަސްވޭތޯ؟
ނޯވޯޓު
20 October 2022
ކަސްޓަމަރުންނަކީ ރައްޔިތުން. ރައްޔިތުން ތިބިކަން ފެންނާނެ މިއަންނަ އަހަރު. ވޯޓު ނުދޭތި އެކަކުވެސް
ކޭޕީ
20 October 2022
ކަސްޓަމަރުންނަށް ވުރެ ކޭޕާކޭ މެން ކަހަލަ ސްކޭމު އާޓިސްޓުންގެ އިންޓަރެސްޓު މާމުހިންމު ވާނެ އިގިއްޖޭ. ކަސްޓަމުން ދެން ތިބޭ ރޯން
އިންތިހާބު އަންނަނީ އަންނަނީ...
20 October 2022
ކަސްޓަމަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު 2023 އިންތިހާބުގައި ހޯދަންވާނެ ރައްޔިތުން
އެޗްޑީސީ އައުޓް
20 October 2022
އެންމެ ބަތާނަ ހަޑި އިދާރާތީ ރާއްޖޭގަހުރި