ދުނިޔެ / ކޮންޒާވެޓިވް ޕާޓީ

މިއީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން: ލިޒް

އޮކްޓޫބަރ 19، 2022؛ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި އެ ގައުމުގެ ބޮޑުވަޒީރު ލިޒް ޓްރަސް ވާހަކަ ދައްކަވަނީ. --އޭއެފްޕީ

20 އޮކްޓޯބަރ 2022 - 09:40

4 comments

އިނގިރޭސި ސަރުކާރުގެ އިގްތިސާދީ ޕްލޭންގެ މައްސަލައިގައި "އުނބަށް ޖެއްސެވި" އެ ގައުމުގެ ބޮޑުވަޒީރު ލިޒް ޓްރަސް އިސްތިއުފާ ދެއްވުމަށް، އެ މަޖިލީހުގެ މެމްބަރުން އަޑުއުފުއްލަވަން ފެއްޓެވުމުން، "އަހަންނަކީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން" ކަމަށް ވިދާޅުވެ ހޫނު ރައްދެއް ދެއްވައިފި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ވަގުތުގައި އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ބޮޑުވަޒީރު ވިދާޅުވީ އޭނާ ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ ގައުމީ މަސްލަހަތުގައި ކަމަށެވެ. ގައުމުގައި އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު ކިއާ ސްޓާމާ ވިދާޅުވީ ގައުމުގެ އިގްތިސާދު ފުނޑުފުނޑުވެ ހުރިހާ ކަމެއް ބޮއްސުންލައިގެން ދާއިރު ވެސް، ބޮޑުވަޒީރުގެ މަގާމުގައި ލިޒް ހުންނަވަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. "ކުރައްވާ ވައުދުތަކުގެ މަތީގައި ހަފުތާއަކަށް ވެސް ދެމިނުހުންނެވޭ ބޭފުޅަކަށް" ރައްޔިތުން އިތުބާރު ކުރާނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

ކިއާ ސްޓާމާ އެ އިޝާރާތް ކުރެއްވީ، އިގްތިސާދު ރަނގަޅު ކުރުމަށް، ގާނޫނު ހަދާ މަޖިލީހަށް ބޮޑުވަޒީރު ހުށަހެޅުއްވި، ޓެކްސް ކުޑަކުރުމުގެ ޕްލޭން އަނބުރާ ގެންދަވާފައިވާތީ އެކަމަށެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރު ލިޒް ގެންގުޅުއްވާ އިގްތިސާދީ ވިސްނުމަކީ "ޚިޔާލީ ފޮލައެއް" ކަމަށާއި، ހަރުދަނާކަމެއް ނެތް ސިޔާސަތުގެ ސަބަބުން ގައުމުގެ އިގްތިސާދު ފުނޑުފުނޑުވެއްޖެ ކަމަށެވެ.

އޮކްޓޫބަރ 19، 2022؛ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި އެ ގައުމުގެ ބޮޑުވަޒީރު ލިޒް ޓްރަސް ވާހަކަ ދައްކަވަނީ. --އޭއެފްޕީ

ޖަވާބުގައި ބޮޑުވަޒީރު ލީޒް ވިދާޅުވީ މުޅި ދުނިޔޭގައި ވެސް އިންޓްރެސްޓް ރޭޓް ދަނީ މަތިވަމުން ކަމަށާއި، އިގްތިސާދީ ލަފާކުރުންތައް ގޯސްވަމުން ދާ ކަމަށެވެ. އެހެން ނަމަވެސް އިނގިރޭސި ވިލާތުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށްޓަކައި ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮޑުވަޒީރުގެ މަގާމުގައި އަދި އެންމެ ދެ މަސްދުވަސް ހޭދަވި އިރު، ލީޒް އަށް ދަނީ އޭނާގެ އަމިއްލަ ކޮންޒަވޭޓިވް ޕާޓީގެ ތެރެއިންނާއި އިދިކޮޅު ލޭބާ ޕާޓީގެ ފަރާތުން ވެސް އެތައް ފިއްތުންތަކެއް ކުރިމަތިވަމުންނެވެ. ދެ ފަރާތުން ގޮވަމުން ދާ އިސްތިއުފާގެ އަޑުތަކަށް ބީރު ކަންފަތެއް ދެއްވަމުން ގެންދަވާ އިރު، މިހާތަނަށް އޭނާގެ ސަރުކާރު ދޫކޮށް ދެ ވަޒީރަކު ދުރަށް ޖެހިވަޑައިގެންފި އެވެ.

އޮކްޓޫބަރ 18، 2022؛ އިނގިރޭސި ވިލާތުގެ ދާޚިލީ ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވި ސުއެލާ ބްރޭވާމޭން، ކެބިނެޓްގެ ބައްދަލުވުމަކަށް ބޮޑުވަޒީރުގެ އޮފީހަށް ވަޑައިގަންނަވަނީ. --އޭއެފްޕީ

ޓެކްސް އުނިކުރެއްވުމަށް ހުށަހެޅުއްވި ޕްލޭނާ ދެކޮޅަށް ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން، މާލީ ވަޒީރުގެ މަގާމުގައި ހުންނެވި ކްވާސީ ކްވާޓެންގް، މިމަހުގެ 14 ވަނަ ދުވަހު ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭނާގެ ބަދަލުގައި އެމަގާމަށް އައްޔަންކުރެއްވީ، ޖެރެމީ ހަންޓް އެވެ.

އޮކްޓޫބަރ 19، 2022؛ އިނގިރޭސި ވިލާތުގެ ދާޚިލީ ވަޒީރުގެ މަގާމުގައި ހުންނެވި ސުއެލާ ބްރޭވާމޭން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އައްޔަންކުރެއްވި ކޮންޒަވޭޓިވް ޕާޓީގެ މެމްބަރު ގްރާންޓް ޝެޕްސް، ބޮޑުވަޒީރު ލީޒް ޓްރަސްއާ ބައްދަލުކުރެއްވުމަށް، ބޮޑުވަޒީރުގެ އޮފީހަށް ވަޑައިގަންނަވަނީ. --އޭއެފްޕީ

އޭގެ ފަހުން، އެ ގައުމުގެ ދާޚިލީ ވަޒީރު ސުއެލާ ބްރޭވާމޭން އިއްޔެ ވަނީ، ސަރުކާރު ހިންގުމުގެ ތެރޭގައި "ފަންނީ ދެބަސްވުންތަކެއް" އެބަހުރި ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ ބަދަލުގައި ބޮޑުވަޒީރު ލިޒް އެ މަގާމަށް އައްޔަން ކުރެއްވީ، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ގްރާންޓް ޝެޕްސް އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވުމަށް އޭނާގެ ޕާޓީގެ ތެރެއިން ގޮވާ އަޑުތައް ދަނީ ގިނަވަމުންނެވެ. ނަމަވެސް، ކޮންޒަވޭޓިވް ޕާޓީގެ ގަވާއިދުތައް މިހާރު ހަމަޖެހިފައި ހުރި ގޮތުން، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ މަގާމުން ދުރުކޮށް، އާ ލީޑަރަކު އައްޔަންކުރުމުގެ އިންތިޚާބެއް ނުބޭއްވޭނެ އެވެ.

ނަމަވެސް ލީޒް އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވައިފިއްޔާ، އާ ލީޑަރަކު އިންތިޚާބު ކުރެވިދާނެ އެވެ. އެހެން ނަމަވެސް، ލިޒްގެ ބަދަލުގައި އާ ލީޑަރަކަށް އައްޔަންކުރާނެ ބޭފުޅަކާ މެދު ޕާޓީގެ އިސް ވެރިންގެ މެދުގައި ވެސް ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައިވާތީ، ލިޒް އިސްތިއުފާ ދެއްވިޔަސް، މައްސަލަ ހައްލު ކުރުން ފަސޭހައެއް ނުވާނެ އެވެ.

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފްރާސިޔާބު

22 October 2022

ހެހެހެ. އެހެންވެ ދޯ އެހާ އަވަހަށް އިސްތިއުފާ ދިނީ. ޒީލެންސްކީ އަށްވެސް އިސްތިއުފާ ދެވޭނަމަ މިހާރު އޭނާވެސް އިސްތިއުފާދިނީސް. އޭނާ އެހުރީ އެމެރިކާއާއި ޔޫރަޕުގެ ހިސާރުގެ ދަށުގައި. އިސްތިއުފާގެ ވާހަކަ ހިތަށް އެރުވިޔަސް ބަޑިޖަހާ މަރާލާނެ. މީނާ ލައްވާ ޔޫރަޕުން ކުޅުވި ޑްރާމާއާ އެއްގޮތަށް ކަންކަން އެދަނީ.

The name is already taken The name is available. Register?

ކަންތަރީސް

20 October 2022

ހެޔޮނުވާނެ' މިހާރު ނޫހުން މީނަ އާއި ކަނގަނާގެ ވާހަކަ ނުގެނެބަލަ.

The name is already taken The name is available. Register?

އިސްރާފު

20 October 2022

ނަސީދުމެން މި އުޅެނީ މިކަހަލަ ޑިމޮކުރެސީ ރާއްޖެ އަށަގަނނަވަން' ދުވާލަކު ބޮޑުވަޒީރެއް. މަޖްލިސް ތެރޭ އޮންނާނީ އަބަދުވެސް މިމީހުން އާއި މިމީހުންއަށް ލިބެން ޖެހޭ އެއްޗެހީ ގެ ބަހުސް. ދެން މިހާރުވެސް ކަނތަަށްތަ އޮންނަނީވެސް އެހެން.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

20 October 2022

ގިނަ ދުވަހެއް ނުވެ އިސްތިއުފާދޭނެ.ބްލޭއާއަށް ފަހު ސްޓޭބަލަ ވެރިކަމެއް ކަލޭމެން ގައުމުގަ ނެތޭ.ޖޯން މޭޖާ ފަދަ މީހުން މިއަަދު ވެސް މާދަމާ ވެސް ތަމެންނަށް ބޭނުންވަނީ.ގައުމު ހިންގާލެވޭ ފަދަ މީހުން މިއަދު ބޭނުންވަނީ.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454