ޚަބަރު / ރާއްޖެ-މޮރިޝަސް

ރާއްޖޭން ވިސްނުން ބަދަލުކުރީ ޗާގޮސްގެ މިނިވަންކަމާ މެދު، އިމުގެ މައްސަލަޔަކު ނޫން: އޭޖީ އޮފީސް

ރާއްޖޭގެ ވިސްނުން ބަދަލުކުރީ 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ނިންމި ޗާގޮސް ޑީކޮލޮނައިޒޭޝަންގެ މައްސަލާގައި

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: ޗާގޮސްގެ މިނިވަންކަމާ މެދު ރާއްޖޭން ގެންގުޅުނު ވިސްނުން ބަދަލުކުރިޔަސް އިމުގެ މައްސަލާގައި ރާއްޖޭން ވިސްނުން ބަދަލުނުކުރާ ކަމަށް އޭޖީ އޮފީހުން ބުނި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލު ނުކުރާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

އިޓްލޮސްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެއްވި ބަޔާނުގައި، އދ. ގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރެއްވުމާ އެކު ބައެއް މީހުން ވަނީ އިމުގެ މައްސަލާގައި ހިލާފް އުފެދިފައިވާ ސަރަހައްދު މޮރިޝަސްއަށް ދޭން ނިންމީ ކަމަށް ބުނެ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ވިސްނުން ބަދަލުކުރީ 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ޗާގޮސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން ކަމަށެވެ. އެއީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ނިންމި ނިންމުމެކެވެ. މީގެ ކުރިން އދ.ގައި ރާއްޖޭން މި ނިންމުމަށް ތާއީދެއް ނުކުރެ އެވެ. ބަންޑާރަ ނައިބު އިއްޔެ ހާމަކުރެއްވީ މި ކަމުގައި ސަރުކާރުން ވިސްނުން ބަދަލުކުރި ވާހަކަ އެވެ.

އައިސީޖޭގައި ހިންގާ މައްސަލަ އާއި އިޓްލޮސްގައި މިހާރު ކުރިއަށްދާ މައްސަލައާ ތަފާތެވެ.

ޗާގޮސްގެ ޑީކޮލޮނައިޒޭޝަން މައްސަލައިގައި ރާއްޖޭން ވަކި ގޮތަކަށް ވޯޓު ލުމުގެ ސަބަބުން އިޓްލޮސްގައި ކުރިޔަށްދާ، ޗާގޮސްއާ ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑއެޅުމުގެ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ: އޭޖީ އޮފީސް

ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒުކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.

"އައިސީޖޭއަކީ ބައިންއަގުވާމީ މައްސަލަތައް ބެލުމަށް ޔޫއެން ގެ ޗާޓަރުން އުފައްދާފައިވާ ޖުޑިޝަލް ބޮޑީ. ބައިނަލްއަގުވާމީ މައްސަލަތަކުގައި ގޮތް ނިންމައި ލަފާ ދިނުމުގެ މެންޑޭޓް އައިސީޖޭގެ އޮވޭ. އިންޓަނޭޝަނަލް ކޮނިއުނިޓީގެ ވިސްނުމަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށް. ޗާގޮސްގެ ޑީކޮލޮނައިޒޭޝަންއަށް ތާއީދުކޮށް 116 ގައުމަކުން ޔޫއެން ޖެނެރަލް އެސެމްބްލީގައި 2019 ވަނަ އަހަރު ވޯޓުލާފައިވޭ،" ހުސެން ވިދާޅުވި އެވެ.

"ވީމާ ރާއްޖޭގެ ޕޮޒިޝަނަކީ އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތް ޕޮޒިޝަނެއް."

ހުސެން ވިދާޅުވީ ރާއްޖެެއަކީ ޑީކޮލޮނައިޒޭޝަނަށް (އިސްތިއުމާރުތައް ނިންމުމަކަށް ގެނައުމަށް) އަބަދުވެސް ތާއީދުކުރާ ގައުމެއް ކަމަށެވެ. ރާއްޖޭގެ ފޮރިން ޕޮލިސީ ސްޓޭޓްމަންޓްތަކުގައި ވެސް އެކަން ފާހަގަކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތަށް ވޯޓުލުމުން އިންޓަނޭޝަނަލް ކޮމިއުނިޓީގައި ރާއްޖެ ބަލައިގަނެ އެހެން ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވާނެ ކަމަށާއި ވީމާ އެގޮތަށް ވޯޓުލުމުން ރާއްޖެެއަށް ލިބޭނީ ފައިދާ ކަމަށް ހުސެން ވިދާޅުވި އެވެ.

ޗާގޮސް އައިލެންޑްސް

އިޓްލޮސްގައި މިހާރު ކުރިޔަށްދާ މައްސަލައިގައި ޕްރިލިމިނަރީ ނިންމުމުގައި ވެސް އައިސީޖޭގެ 2019 ވަނަ އަހަރުގެ އެޑްވައިޒަރީ އޮޕީނިއަންއަށް ބިނާކޮށް، ޗާގޮސް އަކީ މޮރިޝަސްގެ ތަނެއްކަމަށް ބުރަވެ، މި މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހުސެން ވިދާޅުވި ގޮތުގައި، ޗާގޮސްގެ ޑީކޮލޮނައިޒޭޝަން މައްސަލައިގައި ރާއްޖޭން ވަކި ގޮތަކަށް ވޯޓު ލުމުގެ ސަބަބުން އިޓްލޮސްގައި ކުރިޔަށްދާ، ޗާގޮސްއާ ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑއެޅުމުގެ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ.

އިޓްލޮސް އަށް ޑިސެމްބަރު 18، 2019 ގައި މައްސަލަ ހުށަހެޅީ، މޮރިޝަސް އާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ) ފުށުއަރާތީ އެ މައްސަލަ ހައްލުކޮށްދޭން އެދި އެވެ. ރާއްޖޭން ބުނެފައިވަނީ މިއީ ސުލްހަވެރިކަމާ އެކު މަޝްވަރާކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.

"މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް މައްސަލައެއް ހައްލުކުރުމަށް، މިކަން [ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ] ޓްރައިބިއުނަލް އަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ނިންމީތީ ހިތާމަކުރަން. ރާއްޖެ އަށް ވަންނަން ޖެހިފައި މި ވަނީ ރާއްޖެއިން އުފެއްދި މައްސަލައެއްގެ ތެރެއަކަށް ނޫން،" ކުރިން ބޭއްވި އަޑުއެހުމެއްގައި އޭޖީ ރިފްއަތު ވިދާޅުވި އެވެ.

އިމުގެ މައްސަލަ ފެށުނު ގޮތް

މީގެކުރިން ރާއްޖެ އިން ގަބޫލްކުރީ، ޗާގޯޒް މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގައިވާ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް 2010 ގައި "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށް އެކަން އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފަ އެވެ. މޮރިޝަސް އިން އިއުތިރާޒްކޮށްފައި ވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެ އެވެ. އެއަށް ފަހު، އައްޑު އަތޮޅާއި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ.

އދ.ގެ އާންމު މަޖިލީހުން މެއި 23، 2019 ގައި ވަނީ ޗާގޯޒް އައިލެންޑްސް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން އދ.ގެ އާއްމު މަޖީލީހުން ފާސްކޮށްފަ އެވެ. އެކަމަކު ރާއްޖޭން ވޯޓު ދިނީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާށެވެ. ރާއްޖޭން ބުނެފައިވަނީ މިގޮތަށް ވޯޓު ދިނީ މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅައިގެން އުޅޭ މައްސަލާގައި، ރާއްޖޭން ކަނޑުގެ ސަރަހައްދެއް ރާއްޖެ އަށް ގެއްލިދާނެތީ ކަމަށެވެ.

ރާއްޖެއާ އެކު ހަ ގައުމަކުން އެ ގަރާރާ ދެކޮޅަށް ވޯޓު ދިން އިރު، 116 ގައުމަކުން ތާއީދުކުރީ ޗާގޯޒް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ފަންސާސް ހަ ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. އޭގެ ތެރޭގައި ފްރާންސާއި ޖަރުމަން ވެސް ހިމެނެ އެވެ. ގަރާރާ ދެކޮޅަށް ރާއްޖޭގެ އިތުރުން ދެން ވޯޓުދިނީ އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ.

26 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 36%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުންޖިޗޭ

24 October 2022

އޮޅުވާލައިގެން ޖީބަށް ބަރުކޮށްގެން ދީލައިލީ ކަމަށް ތުހުމަތުކުރެވޭ، މިކަން ބަލައި ޒިންމާދާރުކުރުވަންޖެހޭ، ކޮންމެ ކަމެއް ކޮންމެގޮތަކަށް ވަރިވަހަމަވެގެން ދިވެހިންގެ މިނިވަންކަމެއްނޯންނާނެ، މިވެރިން ފައިބާއިރު ރާއްޖެ އެއްކޮށް ވިއްކާލާނެކަމީ މިހާރު ގާތްގަނޑަކަށް ޔަޤީންވާ ކަމެއް، މިހާރުވެސް ލަސްވެއްޖެ، ދިވެހިރައްޔިތުން މިކަމާދޭތެރޭ ފުންކޮށް ވިސްނައި، ލަސްނުކޮށް ރަނގަޅު ފިޔަވަޅެއް އެޅުން ބުއްދުވެރި.

The name is already taken The name is available. Register?

ބޮޑުމީހާ

23 October 2022

އަސްލު ގައުމުގެ ޢައްދާރުން މިފެނި ސާބިތުވަނީ! މިކަން މިގޮތަށް ނިންމީމަ ރާއްޖެއަށް އޮތީ ކޮންފައިދާއެއް.

The name is already taken The name is available. Register?

އަލިފުޅު3

23 October 2022

އެކި އިރު އެކި ސަރުކާރާއި ރ.މަޖިލީހަށް ހޮވާފަ ތިބޭ ވެރިން ގައުމު ވީދާ ނޮޅއިގެން ކައި، ވިއްކާ ބަހާ ހުސްކުރަނީ! ކަލޭނޭ މި ވެރިންނަށް މިނޫން ކަމެއް ނެތް!

The name is already taken The name is available. Register?

ރަންދެލި

23 October 2022

އައްޑޫ އާ މޮރިޝަސް އާއި ދެމެދު އިން ތިލަ އަށް ދިވެހިން ކްލެއިމް ކޮށްފަ އޮށްވާ ޑރ.ޝަހީދު މެނަށް ބަޔަކު ދިން އެއްޗެއް ދީގެން އެ ކްލެއިމް ދޫކޮށްލީ! އެކަން އެ ދުވަހު ކުރީމާ މިއަދު 200ނމ ގެ ސަރަހައްދު ފުށު އަރަން ޖެހުނީ، އެ ތިލަ ހޯދަން އުޅުނު ނަމަ ރާއްޖެއަށް ލިބުނީސް. އެހެންވީނަމަ، 200ނމ އަޅަން ފަށާނީ އެ ތިލައިން ދެކުނަށް. މީ ހަމަ ސީދާ ޑރ.ޝަހީދު މެން ޒިންމާ ވާންޖެހޭ ކަމެއް! ތިލަ ކުލެއިމް ނުކޮށް ދޫކޮށްލީ ކާކު ބުނެގެން! އެމީހަކަށް ކާކު ކޯޝެއް ދީގެން؟

The name is already taken The name is available. Register?

ރަންދެލި

23 October 2022

އެޑިޓެޑް: އައްޑޫ އާ 'ފޯޅަވައްސާ' ދެމެދު އިން ތިލަ އަށް ދިވެހިން ކްލެއިމް ކޮށްފަ އޮށްވާ ޑރ.ޝަހީދު މެނަށް ބަޔަކު ދިން އެއްޗެއް ދީގެން އެ ކްލެއިމް ދޫކޮށްލީ! އެހެންވެގެން މިއަދު 200ނމ ގެ ސަރަހައްދު ފުށު އަރަން ޖެހުނީ، އެ ތިލަ ހޯދަން އުޅުނު ނަމަ ރާއްޖެއަށް ލިބުނީސް. އެހެންވީނަމަ، 200ނމ އަޅަން ފަށާނީ އެ ތިލައިން ދެކުނަށް. މީ ހަމަ ސީދާ ޑރ.ޝަހީދު މެން ޒިންމާ ވާންޖެހޭ ކަމެއް! ތިލަ ކުލެއިމް ނުކޮށް ދޫކޮށްލީ ކާކު ބުނެގެން! އެމީހަކަށް ކާކު ކޯޗެެއް ދީގެން؟

The name is already taken The name is available. Register?

ވަގު

23 October 2022

ހަމަ ލާރި ކޮޅެށް ދިނީމަ ކޮޅުބަދަލު ކޮށް ގައުމަށް ގަދާރު ވީތި.

The name is already taken The name is available. Register?

ދިވެހިފެހެން

23 October 2022

ދިވެހިން ތިތަނަށް އަސްލު ކިޔަނީ ފެހެންދީބު އެއީ ޗާގޮސް މުޅި ޖަޒީރާގެ ނަން. ފޯޅަވައްސަކީ ޑިއެގޯ ގާރސީއާ މިހާރު ފޯޅަވައްސައް ނިސްބަތްކޮށް މުޅި ޖަޒީރާއަށް މިހާރު ކިޔަނީ. ކުރީގެ ދިވެހިން ފޯޅަވަހި ވިޔަވާ ދެންތިބި ރަށްރަށަށް ނަން ކިޔުން އެކަށީގެންވޭ.ތިތަން އެންމެ ފުރަތަމަ ހޯދީ ދިވެހިން.ފެހެންދީބަކީ ރާއްޖޭގެ ބައެއް.

The name is already taken The name is available. Register?

އިޒްރޭލް

23 October 2022

ދިވެހިންގެ ކިބައިގައިވެސް ހުރީ އިޒްރޭލްގެ ހުރި ތަންތަން ހިފާ ވިސްނުމެވެ. މަލިކާއި ފޯޅަވައްސަކީ ރާއްޖޭގެ ތަންތަނެއް ނޫނެވެ. ރާއްޖެެއަކީ ކެލައައްޑޫ މިދެމެދެވެ.

The name is already taken The name is available. Register?

ފެހެންދީވީ

23 October 2022

ޗާގޯސް އައިލޭންޑަކީ ފެހެންދީބު ފޯޅަވައްސަކީ ޑިއެގޯ ގާރސިއާ މިތަން ކުރިން ބޭނުން ކުރީ ދިވެހިން. ފެހެންދީބުގެ އަތޮޅުތައް ލިބެއްޖެހޭނީ ދިވެހިރާއްޖެއަށް.

The name is already taken The name is available. Register?

އުދުހޭ

23 October 2022

މީގައި ބަލަންވީނާ ނުހައްގުން ބޮޑުބައި ހޯދުމަށްވުރެ އިންސާފުން ލިބޭ މިންވަރު ހޯދުން. މިގޮތުން ފުށުއަރާބައި ހަމައަށް 2 ބައި ކުރުމަކީ ރަގަޅުގޮތް ކަމަށް ވިސްނޭ.

The name is already taken The name is available. Register?

ޢަހުމަދު78

23 October 2022

ޗާގޯސަ އަކީ މޮރިސަސްގެބައެއްނޫން...މޮރިސަސްގެ 70% މީހުންނަކީ އިންޑިއާމީހުން. ޗާގޯސް މޮރިސަސް އައްލިބުމަންފަހު ދެން ރާއްޖެއިންއެއްބަސްވާނެ މޮރިސަސްގެ އިމުގެމައްސަލާގަ. ހުރިހާވެސްމައަސަލަޔަކީ ހިންދުސްތާން ފަރސްޓް.

The name is already taken The name is available. Register?

ޓިނޭ

23 October 2022

އަނެއްކާވެސް އަނެއް އޮޅުވާލުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454