26 އޮކްޓޯބަރ 2022 - 17:01
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ފަށައިގެން އުޅޭ އުދުވާނުގެ މައްސަލައިގައި އިނގިރޭސި ވިލާތް މަސައްކަތް ކުރަމުން ދާނީ، ޔޫކްރޭން ރައްޔިތުންގެ ދިފާއުގައި އެމެރިކާއާ އެކުގައި ކަމަށް، އިނގިރޭސި އާ ބޮޑުވަޒީރު ރިޝީ ސުނަކް އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރިޝީ ސުނަކް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރޭ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އެކު ފޯނުން މަޝްވަރާ ކުރެއްވި ކަމަށެވެ. ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، ޔޫކްރޭން މައްސަލައިގެ އިތުރުން، ޗައިނާގެ އަސްކަރީ ކުރިއެރުންތަކާއި އުތުރު ކޮރެއާގެ ނިއުކްލިއާ ނުރައްކާތައް ވެސް ހިމެނެ އެވެ.
The United States and the United Kingdom are the closest of allies.
— Rishi Sunak (@RishiSunak) October 25, 2022
I look forward to working together with @POTUS to enhance stability across the world and continue our leading role in support of the people of Ukraine. pic.twitter.com/9KlWiHNTZp
އޭގެ އިތުރުން، ބައިނަލްއަގުވާމީ މުޖްތަމައުގެ ސުލްހަ އާއި ކުރިއެރުމަށްޓަކައި، އެމެރިކާ އާއި އިނގިރޭސި ވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ. އަދި މިހާރު ޔޫކްރޭންގައި ހިންގަމުންދާ އުދުވާނުގެ މައްސަލައިގައި ރަޝިޔާ ޒިންމާދާރު ކުރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރެއްވުމަށް ވެސް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ.
މި މަޝްވަރާތަކާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް، ޑައުނިން ސްޓްރީޓް 10 އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ދާއިރާތަކާ ގުޅޭ ގޮތުންނެވެ.
ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރިޝީ އެންމެ ފުރަތަމަ ގުޅުއްވައި މަޝްވަރާ ކުރެއްވީ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ އެވެ. ޒެލެންސްކީއާ އެކުގައި ކުރެއްވި މަޝްވަރާތަކުގައި، ޔޫކްރޭންގެ ދިފާއުގައި އެ ގައުމުގެ ސިފައިން ކުރަމުންދާ ހަނގުރާމަ އަށް އިނގިރޭސި ވިލާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރިޝީ ވިދާޅުވި އެވެ.
ޒެލެންސްކީ ރޭގައި ކުރެއްވި ޓުވީޓެއްގައި، ދެ ބޭފުޅުން މަޝްވަރާތަކާ ބެހޭ ގޮތުން ވިދާޅުވީ، އެއީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުމުގެ މުޅިން އާ ބާބެއް ފެށުމަށް އެއްބަސްވެވުނު ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި އުދުވާނުން އެ ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާގެ އިތުރުން، ޔޫކްރޭނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަނީ އިނގިރޭސި ވިލާތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް
28 October 2022
ކަލޭމެން ތެރޭގަ، "އަހުމަދު މޮހޮންމަދު" ކިޔާ މީހާގެ ނަން ކަމުގަ އެއް ނަން ލިޔޭ ނަމަ އެ ނަމަކީ "އަހުމަދު". މިއީ ތަމަޅައިން ނަން ކިޔާ އުސޫލު. "ތަނަބާލަސިންގަމް ސުބުރަމަންނިޔަމް" އަށް "ސުބުރަމަންނިޔަމް" އޭ ކިޔައިފިއްޔާ ރުޅިވެސް އަންނާނެ. ޔޫރަޕުގަ މީހާގެ ފުރަތަމަ ނަމުން ކިޔާނީ އެކުވެރިންނަށް. ނުދަންނަ ނުވަތަ، ތިމާއަށްވުރެން މަތީ މީހުންނަށް ކިޔާނީ ފަހަތު ނަމުން. ވީމާ ކަލޭމެންގެ ތިޔަ ކިބަޅި، ތަމަޅަ ގޮތްގަނޑު ދޫކޮށް، ތަހުޒީބު ވެބަލަ. (ވަންގަޅޭ ޕޮންގަޅޭ)
ރަދީފްއޮފިޝަލް
27 October 2022
40 ވަރަކަށް ދުވަސް ފަހުން ކަލޭވެސް ނަގާފަ އެއްލާލާނެ.
އަހުމަދުވަގާރު
27 October 2022
ދިވެހިން ހިތް ފަޅައިގެން ދާނެ
ބީރުބޮލުވަޒީރު.
26 October 2022
އެންމެގާތުގައި އޮތީ އިސްތިޢުފާ.
ޓޯރޭ
26 October 2022
މާކަގިނަދުވަހެއްގައި މަޤާމުގައި ހުރެވޭނެހެން ހީނުވެއެވެ. މިއީ ވަރަށްގިނަވާހަކަ.
ހަޖަމ
26 October 2022
އިންޑިޔާ ދަރިކޮޅު މީހެއްވީމަ ހަޖަމް ނުވީދޯ؟ ކަލޭމެނަށް ހަޖަމް ނުވިޔަސް، ދުނިޔޭގެ ޓެކްނޮލޮޖީގަވެސް އެމީހުން އެދަނީ ބޮންތިއަށް އަރަމުން، އަވަށްޓެރިންވީމަ ކަލޭވެސް ފަހުރުވެރިވާން ދަސްކުރޭ. ކަލޭމެން ހަސަދަވެރިވެގެން އެމީހުނަށް ގެއްލޭނެ އެއްޗެއް ނޯންނާނެ!! މީވެސް ވަރަށް ވާހަކަ.
އަރަމޭ
28 October 2022
ރާއްޖެއަށް އަރާ ތިބޭއިރުވެސް ދިވެހިން އެމީހުން ދެކެ ފަޚުރުވެރިވާންޖެހޭ ދުވަސް އަންނާނެ އަދި ތިޔަ ދާ ވަރުން ދައްޏާ. މާ ކުރިއްސުރެ އެމީހުންގެ މޫތައް އިންދަމުން އެދަނީ މުޅި ދުނިޔޭގަ. އެމީހުން ބޮންތިތަކަށް އެރުން އެއީ ހަމަ ފަޚުރުވެރިވާންވީ ކަމެއްތޯ ނޫނީ ދެރަވާންވީ ކަމެއްތޯ އެނގޭނީ ދުނިޔޭގެ މަތީ ތަންތަނަށް އަރާތިބެ އެންމެ ފަހުން އެމީހުންގެ އަމިއްލަ ގައުމަށް ފައިދާވާ ގޮތަށް ކަންކަން ނިންމަން ފެށީމަ.