ޔާމީން: ކައުންސިލް އިންތިޚާބެއްގެ ގޮނޑިއެއް ވިޔަސް، އެހެން ޕާޓީއަކަށް ދޫކޮށްނުލާނެ ކަމަށް ޔާމީން ވިދާޅުވި --- ފޮޓޯ/މިހާރު
27 އޮކްޓޯބަރ 2022 - 20:29
ކުރިއަށް އޮތް އެއްވެސް އިންތިހާބެއްގައި ލޯކަލް ކައުންސިލް ގޮނޑިއެއް ވިޔަސް، އެހެން ޕާޓީއަކަށް ދޫކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީން ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދޫއަށް މިއަދު ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ 2013 ވަނަ އަހަރު އެހެން ގޮތެއް ނެތިގެން އެހެން ޕާޓީތަކާ ކޯލިޝަން ހަދައިގެން ބައެއް އަތޮޅުތަކުގެ ގޮނޑިތައް އެހެން ޕާޓީތަކަށް ދޫކޮށްލި ކަމަށެވެ. އެކަމަކު އެހެން ޕާޓީތަކާ ކޯލިޝަން ހެދިޔަސް، ދެން އެއްވެސް ދާއިރާއެއްގެ އެއްވެސް ގޮނޑިއެއް އެހެން ޕާޓީއަކަށް ދޫކޮށްނުލާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ކައުންސިލް އިންތިހާބުގެ ކައުންސިލް ގޮނޑިއެއްހާ ހިސާބު ވެސް ދެނެއް އަޅުގަނޑުމެންނެއް އިއްތިހާދުގެ ޕާޓީއަކަށް ދުލެއް ނުކުރާނަން. އެހެންވީމަ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުކަމަކީ އެއަށް ވުރެ މާ ސީނިއާ ކަމެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް އެއްވެސް ދާއިރާއަކުން އަޅުގަނޑުމެން ދުލެއް ނުކުރާނަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބު އިދިކޮޅު ފަރާތްތަކަށް ނާކާމިޔާބުވީ ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕީޕީއެމްއަށް ވަރަށް ބޮޑަށް މަކަރު ހެދުމުގެ ސަބަބުން ކަމަށެވެ. އަދި އެ އިންތިހާބުގައި ޕީޕީއެމްއާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޖުމްހޫރީ ޕާޓީން އޭރު ދިނުމުން ބައެއް ދާއިރާތައް އެ ޕާޓީއަށް ދޫކޮށްލީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ސަބަބުން ޕީޕީއެމްއަށް ވެސް ގޮނޑިތައް ނުލިބުނީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ދާއިރާތައް ދޫކޮށްލީމަ ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑިތައް ލިބުނީކީއެއް ނޫން. ޕީޕީއެމްއަށް ވެސް އެ ދާއިރާތަކަށް މީހުން ނުދެއްކުނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ދ. އަތޮޅާއި ނ. އަތޮޅަކީ 2013 ވަނަ އަހަރު އެމްޑީއޭއަށް ދޫކޮށްލާފައި އޮތް ދެ އަތޮޅު ކަމަށެވެ. އެކަމަކު ދެން އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރުމާ
31 October 2022
ބްރޯ. ކުރިޔަށް އޮތްތަނުގެ ވާހަކަ ނުދައްކާ. ސަލާމަތް ވެވޭތޯ ބަލާފަ އަނގަ ތަޅާ.
ޙަމްދު
28 October 2022
ރައީސް އިހައްތިވާހަކަ ބާއްވާަފަ ރައީސް ކަމުގައި އުޅުއްވި ދުވަސްވަރު ޢަބަދު ޑޮލަރު ގަންނަން އެއުޅުއްވީ ކީއްވެތޯ؟?
އަފިހުން ޕާޓީތަކަށް ނޯ
28 October 2022
ތި ދެ ޕާޓީގަވެސް ތިބީ ތަޖްރިބާ ކުރެވިފައި ތިބި ޔޫޒްޑް ލީޑަރުން. އާ ވާހަކަ ދެއްކިއަސް ބާ ހީލަތް! އިންތިޚާބަށް އެފަހަރަކަށް ހެޔޮވަރު ވާހަކައެއް، ހޮވުނީމާ އެހެން ވާހަކައެއް!
ހށނ
28 October 2022
ނޫނު އަތޮޅުމީހުންނަށް ކާންދީ ބަލަހަށްޓަނީ އެމްޑީއޭ އިންކަމަށް އެމީހުން ބުނޭ. ހަމަކަށަވަރުން ވެސް ޝިޔާމު ތިކަމުގައި ރުހިއެއް ނުލައްވާނެ.
ދޮން މަނިކު
28 October 2022
ރައީސް ޔާމިނަކީ ވަރަށް ހަރަކާތްތެރި، ހިންގުންތެރި ބޭފުޅެއް ކަމުގައި ދެކެން. ނަމަވެސް ރައީސް ޔާމީނަށް ކުރިޔަށް އޮތް އެއްވެސް އިންތިޚާބެއް ކާމިޔާބު ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ. ވައްކަން ކުރިޔެކޭ އަޅުގަނޑު ނުބުނާނަން. އެންމެ ބޮޑު މައްސަލަޔަކީ އަދުލު އިންސާފުން ކަންތަށް ނުކުރެވުން. ރައްޓެހިންނާއި ޕާރޓީކުދިންނަސް ހައުސިން ޔުނިޓް ބަހާލައި ލިސްޓުވެސް ސިއްރު ކުރީ. މާބޮޑަށް ގާނޫނުތަކަށް ގޮން ޖެހެނީ. ޚުދުމުޚުތާރު ވެރިއެއްގެ ސިފަތަށް އިސްކުރެވެނީ.
ދޫނިހުރާ
30 October 2022
އަނެއްކާ، ކުރީގެ ގާތް އެކަކު އެބަހުރިތަ، މިހާރު ގާތް، އެ އެންމެންނަކީ، މިހާރު ދޮކޮޅުވެރިން، ނާޒިމަކަސް، ކާނަލް ނާޒިމަކަސް، މައުމޫނަކަސް، އަދީބަކަސް، ސަންޓުރެވަލް ޝިޔާމަކަސް، ގާސިމަކަސް، އިމްރާނަކަސް. މިހެން ވުމުގައި ކޮންމެވެސް ކަމެއް އޮންނާނެތާ؟
ގޮނޑިކޮއްކޮ
28 October 2022
މިގޮތަށް ބޮޑާ ވެގަތީމާ އާޚިރުގައި ލިބޭނީ އަނދަގޮނޑިއެއް ކަން ނޭނގެ.
އެފައިސާމިފައިސާ
28 October 2022
ބަލަ އެއީ މަށަށް ރިޝްވަތުގެ ގޮތުގައި ލިބިފައި ހުރި ފައިސާ ކޮޅެކޭ. އަދީބާއި ޙަވާލު ކޮށްގެން ހިންގި ޕްރޮޖެކްޓަކުން. ދެން އެ ފައިސާ ގޯނި ގެޔަށް ވެއްދީމާ ފާތުން އެއްވެސް ނާހައޭ ތީ އަނެއްކާ ކޮން ފައިސާ އެއް ހޭ. ވީމާ އެކްސްރޭ އަށް ކޮން ފޯރިއެއްތަ މިއަރަނީ. ދޭބަލަ މަހަށް.
މިރައިސް23
28 October 2022
ވެރިކަމުގަ ހުރެފަ ތިހެން ބުނިނަމަ ގަބޫލުކުރާނަން. އެއީ ވެރިކަން ކުރިގޮތް ފެނުނުމީހަކަށް އެނގޭނެތާ ބިރުވެރިކަން އޮތްވަރު. މިހާރު ތިޖަހާ ބެރަކާ ލަވަޔަކާ ދިމާނުވޭ. ނުވެސް ވާނެ.
އެކްސްރޭ
28 October 2022
ކަލޯގެ ގޭގަ ނުނިމިއޮތް މަސައްކަތްތައް ނިންމަން އަނެއްކާވެސް ޤައުމުގެ ޚަޒާނާ ތެރެއަށް އަތްބާނަން ބޭނުންވާވަރު ބޮޑުވީ ދޯ? ނޫނީ ކަލޯ ވެރިކަމުގަ ހުރެގެން ޚަޒާނާއިން ދަވާލެވުނުވަރު މަދުވީތަ?
އުސް
28 October 2022
ސާބަސް އެކަކަށް އެކަށްޗެއް ވެސް ނުދޭތި. ގަޓް ދައްކަންވާނެ ރަގަޅަށް މިފަހަރު. ޥެރިކަމަށް ހުވާ ކުރުން އެކަނި ދެން އޮތީ