30 އޮކްޓޯބަރ 2022 - 07:42
ދިރިއުޅުމުގެ ވައްޓަފާޅި އާއި ހާލަތަށް އަންނަ ބަދަލުތަކުން ސިކުނޑި އާއި ނާރުގެ ބަލިތަކަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަހުމަދު ރަޝީދު ހުންނެވި ހިތްހަމަޖެހިވަޑައިގެންނެއް ނޫނެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ގައުމުތަކުގައި، ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގައި ސްޓްރޯކް ޖެހޭ މީހުންގެ އަދަދު ދަށަށް ދާއިރު، ރާއްޖޭގައި އެ މަންޒަރު ފެންނަނީ ތަފާތުކޮށެވެ. އައިޖީއެމްއެޗްގައި އޮގަސްޓް، 2020 ގައި ހުޅުވި ސްޓްރޯކް ޔުނިޓަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސްޓްރޯކް ޖެހިގެން މީހުންނަށް ފަރުވާ ދޭން ގެންދެ އެވެ.
ޑރ. ރަޝީދު "މިހާރު" އާ ހިއްސާކުރެއްވި މައުލޫމާތުތަކަށް ބަލާއިރު އެ ޔުނިޓުން އޮގަސްޓް 26، 2021 އިން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 309 މީހަކަށް އެޑްމިޓުކޮށްގެން ފަރުވާ ދީފައިވެ އެވެ. އަދި މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ އަންގާރަ ދުވަހާ ހަމައަށް 621 މީހަކަށް ފަރުވާ ދީފައިވެ އެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި، ފިލިޕީންސްގެ ނިއުރޮލޮޖިސްޓަކާ އެކު ދެ ޑޮކްޓަރުން މަސައްކަތްކުރައްވާ ޑިޕާޓްމަންޓުން އޯޕީޑީގައި 4،179 މީހުން ބަލާފައިވެ އެވެ.
އޭނާ ވިދާޅުވީ ސްޓްރޯކް ޖެހޭ މީހުން ގިނަވަމުންދިއުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"ކަންބޮޑުވެއޭ ބުނާހާ ގިނަ ސްޓްރޯކް ޖެހޭ މީހުންގެ އަދަދު. ކޮންމެ ދުވަހަކު ވެސް ސްޓްރޯކް ޖެހިގެން އެބަ އާދޭ،" ޑޮކްޓަރު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި އޮގަސްޓް، 2020 ގައި ސްޓްރޯކް ޔުނިޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އައިޖީއެމްއެޗް
ސްޓްރޯކަކީ ސިކުނޑީގައި ލޭ ހޮޅި ބެދުން ނުވަތަ ލޭ ހޮޅި ފަޅައިގެން ދިއުމަށް އަންނަ ނުކުޅެދުންތެރިކަމަށް ކިޔާ ނަމެކެވެ. އެ ނުކުޅެދުންތެރިކަމުގެ ތެރޭގައި ވާގިނެތުން، ވާހަކަދައްކަން އުނދަގޫވުން، ބޯއެނބުރުން އެރުން، ލޮލުގެ ފެނަށް މައްސަލަ ދިމާވެ އެވެ.
ރަޝީދު ވިދާޅުވީ ސްޓްރޯކް ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކޮލެސްޓްރޯލާއި ލޭ މައްޗަށް ދިއުމާއި ހަކުރު މައްޗަށް ދިއުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ނިދާއިރު އޮކްސިޖަން ދަށްވުމާއި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ވެސް ސްޓްރޯކް ޖެހުމަށް މެދުވެރިވާ ކަންކަމެވެ.
ނަމަވެސް، 80 ޕަސެންޓް ސްޓްރޯކަކީ ދިރިއުޅުމަށް ގެންނަ ހެޔޮ ބަދަލުތަކުން ހައްލުކުރެވިދާނެ ކަންތައްތައް ކަމަށް ވިދާޅުވި އެވެ.
- ކޮޅަށް ހުންނައިރު ނުވަތަ ހިނގާއިރު ބެލެންސް ނުކުރެވުން
- އެއް ލޮލަށް ނުވަތަ ދެ ލޮލަށް ނުފެނުން
- މޫނު މަތީގެ އެއް ފަޅި ހަރަކާތް ނުކުރެވުން ނުވަތަ އޮރި ދަމައިގަނެފައި ހުރުން
- ފައިގެ ބާރު ދެރަވުން ނުވަތަ އައްސިވުން
- އަތުގެ ބާރު ދެރަވުން ނުވަތަ އައްސިވުން
- ބޮޑެތި ސްޓްރޯކްގެ އަލާމާތްތަކުގެ ތެރޭގައި ހިތުގެ ވިންދު އަވަސްވުން ހިމެނޭ
#NoMercyOnStroke Push-up challenge #WorldStrokeDay #precioustime campaign #minutessavelives @ibusolih @AhmedMahloof @ADKNashid @Moxamedalu @niyaf @ahmedafaal @aishwajyh @IamFadde pic.twitter.com/LZkXTKJ8Gx
— Ali Niyaf ⚕MD MS MCh Neurosurgery (@AliNiyaf) October 29, 2022
ސްޓްރޯކް ޖެހިއްޖެ ނަމަ އެކަމުން ސަލާމަތްވުމަށް އެންމެ މުހިއްމު ކަމަކީ އަވަސް ފަރުވާ ދިނުމެވެ. ޑރ. ރަޝީދު ވިދާޅުވީ ސްޓްރޯކް ޖެހޭތާ ލަސްވެގެން ހަތަރު ގަޑިއިރާ 30 މިނެޓު ތެރޭގައި ފަރުވާ ދޭން ފެށިއްޖެނަމަ އެ މީހާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެ ކަމަށެވެ.
އެ ވަގުތުގެ ތެރޭގައި އައިވީ މެދުވެރިކޮށް ލޭ ދިޔާ ކުރާ ބޭސް ދެވޭނެ ކަމަށާއި އޭގެ ފަހުން އާދެވިއްޖެނަމަ ޖެހޭނީ، ޑޮކްޓަރު ވިދާޅުވި ގޮތުގައި ސިކުނޑީގައި ގަނޑުވެފައި އިންނަ ލޭ ކޮޅު، ކެތިޓާއެއް ލައްވައިގެން ނަގާށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ޕްރޮސީޖާ ހެދޭނީ ސްޓްރޯކްގެ ގާތްގަނޑަކަށް 15 ޕަސެންޓު މީހުންނަށެވެ. އެއީ ވެސް ހަމައެކަނި ބޮޑެތި ލޭ ހޮޅިތައް ބެދުނީމަ އެކަންޏެވެ.
"ކުރިން އާދެވިއްޖެއްޔާ ރިކަވަރީ ރަނގަޅުވާނެ މާ ބޮޑަށް ވެސް."
"ގިނަ މީހުން އެއްކޮށް ރަނގަޅުވޭ. ގިނަ ސްޓްރޯކްތަކަކީ ކުދިކުދި ސްޓްރޯކް. އެހެންވެ، ގިނަ މީހުންގެ ރިކަވަރީ ރަނގަޅު. އެކީގައި ރަނގަޅުވާ މީހުން ގިނަވާނެ. ބޮޑު ސްޓްރޯކެއް ވެއްޖިއްޔާ، އަވަހަށް އާދެވިއްޖެއްޔާ ރިކަވަރީގެ 80-90 ޕަސެންޓް ހެދޭނެ، އެކަމަކު އެއްކޮށް ރިކަވާ ނުވެދާނެ،" އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި ސްޓްރޯކްގައި ރިކަވަރީ ބިނާވަނީ އެ ސްޓްރޯކް ޖެހޭ ތަނުގެ ގޮތުންނެވެ. ބައެއް ފަހަރު، ވަރަށް ކުޑަ ކުޑަ ސްޓްރޯކެއް އެކަމަކު އެ ޖެހޭ ތަނުގެ ގޮތުން މީހާއަށް ވަރަށް ބޮޑަށް އަސަރުކޮށްފާނެ އެވެ. އަދި ބޮޑު ސްޓްރޯކެއް ޖެހުނު ނަމަވެސް، އެ ޖެހޭ ތަނުގެ ގޮތުން ބޭރަށް މާ ބޮޑު ނުކުޅެދުންތެރިކަމެއް ބޭރު ފުށުން ނުފެނިދާނެކަން ފާހަގަކުރެއްވި އެވެ.
"ސްޓްރޯކްގެ ސައިޒާއި ސިކުނޑީގައި ސްޓްރޯކް ޖެހިފައި އިންނަ ތަން މީގައި މުހިއްމުވަނީ. އެ ދެ ކަންތައް މުހިއްމު ވަނީ. ސައިޒުން ކުޑަ ސްޓްރޯކަކުން ވެސް ވަރަށް ބޮޑަށް ބަލިކަށިވެދާނެ. ސައިޒުން ބޮޑު ސްޓްރޯކަކުން ވެސް އެހާ ބޮޑަށް ބަލިކަށިނުވެ ހުރެދާނެ."
ސްޓްރޯކް ޖެހޭ އުމުރުގެ ތަފާސްހިސާބުތައް ރަސްމީކޮށް ފެންނަން ނެތަސް ޑޮކްޓަރު ވިދާޅުވީ މެދު އުމުރުން ފެށިގެން ދުވަސްވީ މީހުންނަށް ވަރަށް ގިނައިން ސްޓްރޯކް ޖެހިގެން ފަރުވާ ދޭން ގެންދާ ކަމަށެވެ.
Happening Now!
— IGMH (@igmhmv) October 29, 2022
WORLD STROKE DAY 2022
The Department of Neurology, IGMH, conducts a screening and information session at Dharumavantha Hospital ground floor today (29 October 2022) from 10AM to 12PM. #WorldStrokeDay2022 #Precioustime pic.twitter.com/NjtxxFplYQ
ސްޓްރޯކްގެ ވައްތަރުތަކުގެ ތެރޭގައި އެކިއުޓަކީ ސިކުނޑީގައި ލޭހޮޅި ބެދުމ'ން ހިމެނެ އެވެ. ހޭމޮންހެގި ސްޓްރޯކަކީ ލޭ އައުމެވެ. އަދި ޓްރާންސިއެންޓް އިޒެމިކް އެޓޭކް (ޓީއައިއޭ) އަކީ ލޭ ހޮޅި ކުޑަވަގުތު ކޮޅަކަށް ހުޅުވިގެން ދިއުމަށް ކިޔާ ނަމެވެ.
އެ ސްޓްރޯކްތަކުގެ ތެރެއިން ޓީއައިއޭ ޖެހިއްޖެނަމަ ފަހުން އިތުރު ބޮޑު ސްޓްރޯކެއް ޖެހުމުގެ ފުރުސަތު އެބައޮތެވެ. ރިކަރަންޓް ސްޓްރޯކުން ވެސް ދެ ވަނަ ފަހަރަށް އެ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. ރަޝީދު ވިދާޅުވި އެވެ.
- ބޭސް ކެއުން. ހާއްސަކޮށް ސްޓްރޯކް ޖެހުމުން ކެއުމަށް ދޭ ކޮލެސްޓްރޯލް ބޭސް ގަވައިދުން ކެއުން
- ދުންފަތުގެ އިސްތިއުމާލު ނުކުރުން
- ދުޅަހެޔޮ ދިރިއުޅުމެއް ގެންގުޅުން
- ނިދާއިރު ނޭވާލާން އުނދަގޫވާނަމަ މެޝިން ބޭނުންކުރުން
ސްޓްރޯކް ޖެހޭ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ އެކަމަށް ހާއްސަ ޔުނިޓުގަ އެވެ.
ޑރ. ރަޝީދު ވިދާޅުވީ މެޑިކަލް ވޯޑެއްގައި ފަރުވާ ދިނުމަށް ވުރެ ސްޓްރޯކް ވޯޑުގައި ފަރުވާ ދޭ މީހުންގެ ރިކަވަރީ މާ ރަނގަޅު ކަމަށް ދިރާސާތަކުން ވެސް ދައްކާ ކަމަށެވެ. އެ ޔުނިޓު މެދުވެރިކޮށް ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ އަދި އާއްމު ދިރިއުޅުމަކަށް ބޭނުންވާ މުހިއްމު ކަންތައްތައް ކޮށްދެ އެވެ.
"ހޮސްޕިޓަލުން ދޫކޮށްލިއަސް އަހަރެއް ވަންދެން މީހާގެ ހާލަތު ދެނެގަންނާނެ. ހޮސްޕިޓަލުން ދޫކޮށްލާތާ ދެ ހަފުތާގައި ފޮލޯއަޕަށް ގުޅާނެ، މާލޭގައި ހުރެއްޖެނަމަ ފޮލޯއަޕަށް ގެންނާނެ އަދި މާލޭގައި ނެތިއްޔާ ފޯނުން އަދި ތިން މަހުން ތިން މަހުން ފޮލޯއަޕް ހަދާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިނަސް
31 October 2022
ބުޅާ ނަޖިސް މުޅި މާލެގަ. ހުޅުމާލެއާ ވިލިނގިލީގަވެސް. ވާރޭ ވެހޭ އިރަށް މަގުތަކުގަ އޮންނަނީ ނަޖިސް އެކުވެ އުފެދޭ ބަލިފެތުރޭނެ ކަަހަލަ ނަޖިސް ފެން. ދެން ސްޓްރޯކް ޖެހޭ ގޮތް އެނގޭނީ ކިހިނެކޯ. ގައިމުވެސް ނޭވާ ހަމައަށް ލެވޭ ބަޔަކު މިހާރު މަދު. އެންމެން ތޮއްޖެހިގެން މާލެ ސަރަހައްދުގަ އުޅެން ޖައްސާފަ މިއޮތީ ފްލެޓްތަކާއެކު. ސްޓްރޯކް ނުޖެހޭނެ ގޮތެއް ކޮބާ؟ ވޭޕް ކުރާ ޒުވާނުން މަގުތަކުގަ. ވޭޕް ނުކުރާ މީހާވެސް ޖެހެނީ ސްޓްރޯކް ދޯ.
ބޫސްޓަރުން ވާގޮތެއް
31 October 2022
ޙަމަ މަތިމައްޗައް ބޫސްޓު ކޮއްގެން ސްޓުރޯކު ޖެހޭ ލެއް ގިނަވަނީ.. އަދިވެސް ރައްޔިތުން ބޮލައް ޗިޕު ޖެހޭތޯ މި ބޭޅުން މި އުޅުއްވަނީ .. ކުޑަކޮށް ފަތާލިޔަސް މިހާރު ސުޓުރޯކު .. ޖިމްޖެއްސިޔަސް ސުޓުރޯކު..
ބޮޑުމީހާ
30 October 2022
ހާސްވުމާއި ޑިޕްރެޝަން ސްޓްރޯކްޖެހުމަށް މަގުފަހިވޭ. ދެން މި މާލޭގަ އުޅޭ މީހުންގެ ތެރެއިން މިދެކެންތައް ނުހުންނީ މަދު މީހެއްގެ. ކުލި ހަމަކުރަން 18 ގަޑިއިރު މަސައްކަތް، ކާންޖެހޭނީ ހޮޓާތަކުގެ ތެޔޮ ބޮޑި، ކަސްރަތުކުރާނެ ވަގުތެއް ނެތް، 2 ދަރިންނަށް ވުރެ ގިނައިން ތިބިއްޔާ ސްކޫލަށް ގެންދިއުން ނޫން އިތުުރު ކަމެއް ކުރާނެ ވަގުތެއް ނެތް، މިވަރުން އުޅޭއިރު ބޮޑު ކަމެއް ޖެހިއްޖެއްޔާ އެ ޖެހުނީ ކަންތަކާ، ދެން ސްޓްރޯކާއި ހާޓްއެޓެޭކް ވެސް ޖެހޭނެ
ދިވެހިން ދުފަނީ ވަކި ވަރަކަށް ނޫން ވިއްޔާ
30 October 2022
މުހައްމަދު
ބޮލްހަރު
30 October 2022
ސަރުކާރުގެ މައި ހޮސްޕިޓަލު އައިޛީއެމްއެޗުން އެޕޮއިންޓްމެންޓް ލިބެނީ ބަލިމީހާ މަރުވާ ފަހުން. ދެން ދިރިތިބީން ސްޓްރޯކްނުޖެހުނިއްޔާ ރަނގަޅެއްނު. ޔޫރަޕުގައި ހޮސްޕިޓަލަކުން އެޕޮއިންޓްމެންޓް ލިބެނީ ކިތައް ދުވަހުން ކަމެއް ނޭނގޭތީ މިހެން ބުނެލީ. ގައިމުވެސް އިންޑިޔާޓްރިވެންޑްރަމުގެ މެޑިކަލް ކޮލެޖު ސަރުކާރު ހޮސްޕިޓަލުން އަހަރެމެން ދާއިރަށް ހަމަ އެދުވަހު ޑޮކްޓަރަށްދައްކާފައި އަންނަނީ. ދެން މިވާ ގޮތެއްބަލަންރާއްޖޭގައި އުޅެފިއްޔާވެސް ޖެހޭނީ ސްޓްރޯކެއް ތޯއްޗެ.
ޑޮކް79
30 October 2022
ލޭގެ ޕްރެޝަރ، ހަކުރު އަދި ކޮލެސްޓްރޯލް ކޮންޓްރޯލް ކުރަން އެންމެ ބޮޑު ހޮސްޕިޓަލަކަށް ދާކަށް ނުޖެހޭނެ. އާންމު ބަލި ތަކުގެ ޑޮކްޓަރުންނަށް ވެސް ބޭސް ފެށޭނެ.
ނަފާއީ
30 October 2022
ވަކި ވެކްސިނަކުން ކްލޮޓް މައްސަލަ ނިކުންނަކަން އެނގޭއިރު އަދި ގައުމުގެ ބޮޑު ބަޔަކު އެ ވެކްސިންޖެހުމާ ގުޅޭ ކަމަކަށް ތިޔަ ކަމެއް ނުވާނެތާ.
ޙަބީބު.
30 October 2022
އަޅުގަނޑުު ކުރީބައިގަ ކިހިނެއް ގޮސްދައްކާނީ އަޅުގަނޑައް އެފަދަ ކަމެއް ހުރިތޯ ބަލާ ޗެކުކޮއްލާނެ މެޑިކަލް ޗެކަޕް ސްކީމެއް ރާއްޖެޔަކުން ހިލޭ ނެތްތަ ފޯރު ކޮއްދެވާކައް ދާދި އަވަހައް 8 ޕަސަންޓައް ޖީއެސްޓީ ބޮޑުވާނެ އޭރުން ސަންދޯކައްވެސް ދޭނެ ލާރިޔެއް ނުހުންނާނެ
ޑޮކް79
30 October 2022
ޖެނެރަލް ޗެކްއަޕް އެއް އާންމު ބަލި ތަކުގެ ޑޮކްޓަރަކަށް ދައްކައިގެން ހެދޭނެ. އެއީ ބްލަޑް ޕްރެޝަރ، ހަކުރު، ކޮލެސްޓްރޯލް ހުންނަންޏާ ކޮންޓްރޯލް ކުރުން. މި ކަން ކުރުމުން ސްޓްރޯކް ރިސްކް ކުޑަކުރެވޭނެ. ސިގެރޭޓް ބޮންޏާ ހުއްޓާލުންވެސް.
ވަމުންދާގޮތް
30 October 2022
ކުރީބަޔަކު ވަކި ނުދެއްކޭނެ. ދެއްކޭނެ ހަމައެކަނި ގޮތަކީ ޖެހޭ އެއްޗެއް ޖެހިގެން ވެއްޓުން. އޭރުން ދެއްކޭނެ. އެހެންނޫނީ "ސައިކޭޓްރިސްޓް"އަކަށް ދައްކާށޭ ކިޔާފަ ފޮނުވާލާނީ. އެވެސް އަދި ދެއްކޭ ގޮތް ވެއްޖެއްޔާ އިނގޭ. އޯޕީޑީގަ އެ ތިބޭ އިއްޔެ މެންދުރު ކިޔަވައިގެން އައިސް އުޅޭ "ޑޮކްޓަރުން"ނަށް ވެސް ދެއްކޭނީ، ނުވެއްޓި ގްރީން ޒޯނުގައި ގަޑިދެގަޑިއިރު ކެތްކޮށްލެވިއްޖެއްޔާ.
ރޯމިއޯ
30 October 2022
ކުރިން ސްކްރީން ކުރެވޭނެ ނަމަރަގާޅުވާނެ. ޢާސްންދަ ނުލިބުނަސް ސްކްރީން ކުރުން މުހިއްމު. ސްޓޯރޯކް ޖެހުނީމަ މާހަރަދުބޮޑުު.
ބޯހަރު
30 October 2022
ލިޔަންކިޔަން ދަންނަ ގަމާރު ބޯހަރު ގޮތްދޫނުކުރާ ރައްޔިތެއްގެ އޮތް ގައުމެއްގައި ތިޔަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ފިޒީޑްރިންކްސްއާއި ޖަންކްފުޑާއި ސިގިރޭޓްގެ އަޅުންނަށް ވެފައި ތިބި ބަޔަކަށް މީހަކު ދައްކާ ރަނގަޅު ވާހަކައެއްގެ އަޑެއް ނީވޭނެ. ކަންފަތެއް ހުއްޓަސް ދެލޯ ހުއްޓަސް ކަންފަތަށް އަޑުނީވޭ ދެލޮލަށް ނުފެންނަ ހާލަތަށް ގޮސްފައި ތިބި މީހުންގެ އަދަދު ގިނަވަމުންދާ ވަރަކަށް ގައުމުގެ ހާލަތު ދާނީ ދަށަށް. ކިބުރުވެރިކަން އިތުރުވާވަރަކަށް ވާނީ މިހެން.
ބޭކާރުއުންކާރު
30 October 2022
ތިޔަ ވާހަކަ ނުދައްކާ. ބަޔަކު މީހުން ފަގީރުވެދާނެ. ރާއްޖެއަށް ހުއްޓާ ނުލާ ސިގިރޭޓް އެތެރެކޮށްފައި ގުޑުގުޑާ ޚާނާތައް ހަދާފައި އެވަރުން ނުވެގެން ދުންމުޖުމަރާ އެތެރެކޮށްފައި ވަށަވަށައިގެން ހުއްޓާނުލާ އެންމެންނަށް އެ ބޮވޭނެ ގޮތް ހަދައިގެން މިއުޅެނީ ބަޔެއްގެ ވިޔަފާރިއަށް އަސަރެއް ކޮށްފާނެތީ. ހޮޓާހޮޓަލުގައި މަނަލޭ ކިޔާފައި ބޯޑެއް ބެހެއްޓައިގެން އެ ބޯޑަށްވެސް މަލާމާތްކޮށްފައި ބޯންތިބެނީ. މިހާލުގައި އޮތް ތަނެއްގައި ތިވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް.
މަމެން1
31 October 2022
މަގުމަތީގައި ކުޑަކުދިން ގޮވައިގެން ވެސް ހިނގެން ނެތް، މި ދުން ބޯ މީހުންގެ އުދަގޫލާހެދި، ހިނގާ މީހުންނާ ކުދިންގެ އަނގަތެރެއަށް ހަމަ ފޮނުވާލާނީ ދުން ގަނޑު، ނޭވާ ނުލާން ހުއްޓަސް އެ އެއްޗެއް ވަދޭ އަރު ތެރެޔަށް!!
ަާއަހުމަދު
30 October 2022
ތިޑޮކްޓަރ އަހުމަދު ރަޝީދު ބުނި 76 އަހަރުގެ ބައްޕަ ދެން އޮންނަންށޭ ޖެހޭނީ އެންދުގަ އެކަމް އިންޑިޔާ އަށް ގޮސް އާނަންދު ޕޫރީން ހަމަ ބޭސްދިނީ ތެދުވެ ހިންގާ އުޅެން ފަށައިފި މީހާއަށް ވުރެބޮތިވާހަކަ ތި ދައްކަނީ