އައިޖީއެމްއެޗް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
30 ޑިސެމްބަރ 2025 - 16:01
ސްޓްރޯކް ޖެހިގެން ހަތަރު އަހަރުގެ ތެރޭގައި 500 އެއްހާ މީހުން މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް އެ ހޮސްޕިޓަލުން ދިން ޖަވާބުގައި ބުނީ 2022 ވަނަ އަހަރުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުރި ހިސާބުތަކަށް ބަލާއިރު، ސްޓްރޯކް ޖެހިގެން އެޑްމިޓް ކޮށްގެން ހެދި ޓެސްޓުތަކުން 1،849 އަދި އޯޕީޑީގައި ހެދި ޓެސްޓުތަކުން 2،784 މީހުން ސްޓްރޯކަށް ދެނެގަނެފައިވާ ކަމަށެވެ. އެއީ 4،633 މީހުންނެވެ.
އެ މައުލޫމާތުތައް ދައްކާގޮތުން، އެޑްމިޓް ކޮށްގެން ބަލި ދެނެގަނެވުނު މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 67 އަހަރުގެ މީހުންނެވެ. އެ އުމުރުގެ 63 މީހަކު ވަނީ، އެޑްމިޓް ކޮށްގެން ހެދި ޓެސްޓުތަކުން ސްޓްރޯކަށް އެ މުއްދަތުގައި ތެރޭގައި ޑައިގްނޯސް ކޮށްފައި ވެ އެވެ. އޭގައި ވެސް އެންމެ ގިނައިން ފަރުވާ ދީފައިވަނީ މި އަހަރެވެ. އެއީ 13 އަންހެނުންނާއި 12 ފިރިހެނަކަށެވެ.
އެޑްމިޓްނުކޮށް ހެދި ޓެސްޓުތަކުން ސްޓްރޯކު ދެނެގަނެވުނު މީހުންގެ ތެރޭގައި ވެސް އެންމެ ގިނައީ އުމުރުން 62 އަހަރުގެ މީހުންނެވެ. މި އަހަރުގެ ތެރޭގައި 105 އަންހެނުންނާއި 58 ފިރިހެނަކު ބަލި ދެނެގަނެވިފައިވެ އެވެ.
އިންޕޭޝަންޓުންގެ ތެރޭގައި އެންމެ ހަގު ކުއްޖާއަކީ އުމުރުން އެއް ދުވަސްވީ ތުއްތު ފިރިހެން ކުއްޖެކެވެ. އެންމެ ދުވަސްވީ 99 އަހަރުގެ ފިރިހެނެކެވެ.
އެޑްމިޓު ކޮށްގެން ބަލި ދެނެގަނެވުނު އެންމެ ކުޑައީ އުމުރުން ތިން އަހަރުގެ ކުއްޖެކެވެ. އެ އުމުރުގެ ކުއްޖަކު 2022 އަދި މި އަހަރު ވެސް ސްޓްރޯކަށް ދެނެގަނެފައިވެ އެވެ. އެގޮތަށް ބަލި ދެނެގަނެވުނު އެންމެ ދޮށީ 96 އަހަރުގެ މީހެކެވެ.
އެ މައުލޫމާތުތައް ދައްކާގޮތުން، 2022 ވަނަ އަހަރުން ފެށިގެން މި މަހުގެ 15 އާ ހަމައަށް ސްޓްރޯކުގައި 493 މީހުން ވަނީ މަރުވެފަ އެވެ. އެއީ 197 އަންހެނުންނާއި 296 ފިރިހެނުންނެވެ.
އެ ބަލީގައި ފަރުވާ ދެމުންދަނިކޮށް މަރުވި އެންމެ ކުޑައީ 18 އަހަރުގެ އަންހެނެކެވެ. އެ އުމުރުގެ ދެ މީހުން ވަނީ 2023 ވަނަ އަހަރު ސްޓްރޯކް ޖެހިގެން މަރުވެފަ އެވެ.
މި ހަތަރު އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު 151 މީހުން ވަނީ ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗުގައި މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮވިޑު
30 December 2025
ކޮވިޑު ވެކްސިނުގެ ފަހުން ގިނަވެފައިކަމަށް ހާދަ ބެލެވޭ! ޚޮވިޑްގެ ކުރީގެ ހިސާބުތައް ވެސް މިހާރު ނޫހުން ހޯދާދެއްވާ އެރާއި މިހާރުގެ ހުރި ތަފާތު ހިއްސާކޮށްލިނަމަ ހާދަ ރަނގަޅެވެ
ވީގޮތެއްބުނެބަލަ
30 December 2025
ގަރުދިޔައާ ބަތާ ކާތާ 30 އަހަރު. ބޭރަކުން ނުކަން. ހެދިކާއާ ތެލުލިއެއްޗިއްސާ ފޮނިއެއްޗެހި ހަދައިގެންވެސް ގަނެގެންވެސް ނުކަން. ޖެހުނުކޮންމެއެއްޗެއް ނުކަން. އެކަމަކުވެސް ކޮލެސްޓްރޯލް މަތިވީ މިދިޔަ ތިންހަތަރުއަހަރުތެރޭ. ވީގޮތެއް ނޭނގިފަ ބަތްކާންވެސްބިރުން މިހުންނަނީ.
ތިވީގޮތަކީ......
30 December 2025
ގަރުދިޔައާއި ބަތްކައިގެން ހިރިނުލާ އޮތީއެވެ. ހަރަކާތް މާބޮޑަށް މަދުވީ އެވެ. ބަތް މާގިނައިން ކެއީއެވެ.
ރައިންނި
30 December 2025
މިހުންނަނީ މުހިންމުމައުލޫމާތު
ޢެޑްމުންޑޯ
30 December 2025
ސްޓޯރޯކް ޖެހުމުގެ މައިގަނޑު މައްސަލައަކީ ކޮލެސްޓްރޯލް މަތިވުމާއި ލޭގެޕްރެޝަރ މަތިވުން ހަމަ އެހެންމެ ދެމެފިރިންގެ ގުޅުންގޯސްވެ ޑިޕްރެޝަން ގައި އުޅެންޖެހުމަކީވެސް މައިގަނޑު އެއްސަބަބު ، ހުރިހާވެސް މައްސަލައަކީ ކެއުން ބުއިމުގެ ގޯސް އާދަތަށް ، ކެއުމަށް ވަކި ގަޑިއެއްނެތުމާއި ބެލުމެއްނެތި ޖެހުނު ކޮންމެ އެއްޗެއް ކައި ބޯ ހެދުމުން ކޮލެސްޓްރޯލާއި ހަކުރާއި ޕްރެޝަރ މަތިވެ ބަލިވަނީ ، ހެޔޮނުވާނެ އަމިއްލައަށް އިސްލާހުވޭ ، މިއީ ތިބާ އުޅޭގޮތުން މެދުވެރިވާ ކަމެއް
ޥަންޗޫ
30 December 2025
ޙެލްތުން ދިރާސާއެއް ހެދުން ލަސްވެއްޖެ ކަމެއްތީ!
ޢެޑްމުންޑޯ
30 December 2025
ހެލްތުން ވަނީ ދިރާސާ ހަދާ އާއްމު ކޮއްފައި ، އެދިރާސާ ގައި ހުރި ކަންތައްތައް މިފެންނަނީ ،
ކޮވިޑު ވެކުސިން
30 December 2025
ކޮވިޑް ވެކުސިން މަތިން ހަދާން އެބަހުރިތަ؟ މުޅިދުނިޔެ ހަލާކު ކުރަމުން ދަނީ ކޮންބައެއްކަން ވިސްނާލި ކޮންމެ އިންސާނަކަށް އަންޑަސްޓޭންޑު ވާނެ!
ނައްޓެެ
30 December 2025
ކޮވިޑްވެކްސިން