30 އޮކްޓޯބަރ 2022 - 11:26
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
ސަރުކާރުން 2023 ވަނަ އަހަރަށް ކަނޑައަޅާފައި ވަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިގެން، ދައުލަތުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި ހަރަދުވާނެ ގޮތާއި މަޝްރޫއުތަކާއި މަސައްކަތްތަކަށް ހަރަދު ކުރާނެ ގޮތުގެ ތަފްސީލް ދެއްވައި، ބަޖެޓު ހުށަހަޅުއްވާނެ އެވެ.
މިދިޔަ މާލީ އަހަރުގައި ދައުލަތުގެ ހަރަދުތައް ހިނގި ގޮތާއި ލިބުނު އާމްދަނީގެ ހިސާބުތަކާ ބެހޭ ގޮތުން މިނިސްޓަރު ވާހަކަ ދައްކަވާނެ އެވެ.
ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައިވާ ގޮތުން ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބަޖެޓަށް މަޖިލީހުން އުނި އިތުރެއް ގެނެވިދާނެ އެވެ.
ބަޖެޓް ހުށަހެޅުމަށް ފަހު އެއަށް ބަހުސް ކޮށް ދިރާސާ ކުރާނެ ތާރީހެއް މަޖިލީހުގެ ކޮމިޓީން ނިންމާނެ އެވެ.
މަޖިލީހަށް ބަޖެޓް ހުށަހަޅާއިރު އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުގެ އިސްލާހު އަދިވެސް އޮތީ މުޅި މަޖިލީހުގެ ކޮމިޓީގަ އެވެ.
ޓެކްސް ބިލުގެ މަސައްކަތް މި ހަފްތާ އަންގާރަ ދުވަހަށް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީ ޕީޖީގެ ތެރެއިން ސަރުކާރު ފެކްޝަންގެ ގިނަ މެމްބަރުން ވަނީ އެ ބިލު ވީހާވެސް އަވަހަށް ނިންމައި ފާސް ކުރަން އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
410 މިލިޔަން ޕާޓީ ތަކަށް ބަހާލަ
30 October 2022
ނެތް ފައިސާބއަކުން އަދަދު ޖަހައިގެން ޕާޓީތަކަށް ފައިސާ ހޯދުމަކީ ޤައުމު ކޮޅާލުން. އެބަޖެޓުން ފުރަތަކަ ކުރާ ޚަރަދަކީވެސް ޕާޓީތަކަށް ފައިސާ ދިނުންކަމަށްވެސް ވެދާނެ. އަތުގައި ނެތް އެއްޗެއް ހުރިކަމަށް ހަދައިގެން އެއިން މުދާ ނެގުމަކީ މަނީ ލޯންޑަރ ކުރުމަކަށް ނުވާނެތަ. މިގޮތަށއ ފޭރެންވެސް މެމްބަރުން އޯކޭ. 410 މިލިޔަން ޕާޓީ ތަކަށް.Iމީހުން އުޅޭ ރަށްރަށުގެ ނިސްބަތުން ރަށަކަށް 2.12 މިލިޔަން ރުފިޔާ. ތަރައްޤީ ހަބޭސް . ރައްޔިތުން ފުލަށް. ޕާތީ މެކުހަށް.
ނޯ ވޯޓު
30 October 2022
ތީގެ 50% ގެ ފައިދާ ކުރާނީ އަމީރު މެންނާ މިސަރުކާރުން ކުރާ މަސައްކަތާ ނުބައްދަލު މުސާރަދޭ ސިޔާސީ މީހުންނާ އެމީހުންގެ އައުލާދައް. ތިހާވާ ހަޑި އަހަރުމެން މިތިބީ ބަލާށޭ. 2023 އެބަ އާދޭ ދޯ. ހެހެހެ
ކޮރަލް
30 October 2022
ލިބޭނެ ކަމަށް ލަފާ ކުރަނީ 21 ބިލިއަނެވެ. ލިބެނީ 15 ބިލިއަނެވެ. ބަޖެޓް ފާސްކުރަނީ 41.5 ބިލިއަނެވެ. 20 ބިލިއަން އެއީ ނިލިބޭ އެއްޗެކެވެ. ދެން އެފައިސާ ހޯދަން ޖީއެސްޓީ ބޮޑުކޮށް ހުރިހާ ސަކަރާތެއް ޖަހަން ޖެހެ އެވެ. މިފަހަރު މަޖްލީހުން ބަޖެޓް އޮތް ގޮތައް ފާސް ކޮށްފި ނަމަ އަންނި އަދި އިބޫ އަށް 2023 ގަ ވޯޓް ދޭނެ ކަމެއް ނެތެވެ. ގައުމު މާބޮޑަށްވެސް ދަރުވާ ލަނީ އެވެ. ހުރިހާ ދަރަނި މިއަޅުވަނީ ނިކަމެތި ރައްޔިތުންގެ ބޮލުގަ އެވެ.
ބޮޑުމީހާ
30 October 2022
41 ބިލިއަން. ކޮންތާކުން ހޯދަނީ. ޓެކްސް ބޮޑުކޮށްގެން. ޖޫރިމަނާ ގިނަކޮށްގެން، އަހަރީ ފީތައް ބޮޑުކޮށްގެން. މިސަރުކާރުގެ އިގްތިސާދީ ތަސައްވަރު މީ
ރަދީފު ބިން ރަފައިދާ
30 October 2022
41 ނެރެނީ ކޮންތާކުން. ނެތް އެއްޗަކުން ޚަރަދުކުރެވޭތަ؟
ޑޮކްޓާރ. ބަނާނާ
30 October 2022
ކަލޯގަޔާ ! 41 މިލިޔަނޯ ! މަނިކުފާނޫ... ޖޫރިމަނާ އަށް ކިތައް މިލިޔަން ޖެހިންތޯ ؟ އެގިދާނެތާ މިފަހަރު މަދުއްވާ ގާޑިޔާ ގަޑު ބަހައްޓާނީ ސަތަރި އަޅާފަ ! ޝުކުރިއްޔާ އަމީރު ވަޒީރު!
ޑޮކްޓާރ. ބަނާނާ
30 October 2022
41 ބިލިއަން...
އިމަޖެންސީ ކޯޗު
30 October 2022
2023 ގަ ވެެރިކަމާ ރައީސްޔާމީން ޙަވާލުވެ ވަޑައިގެން ކުރައްވާނެ ތަރައްޤީގެ ވަރަށް މުހިންމު މަސައްކަތެއްގެ ވާހަކަ ވަނީވިދާޅުވެ ވަޢުދުވެ ވަޑައިގެންފަ އެއީ ހއ ދިއްދޫގެ އެއަރޕޯރޓް އަޅުއްވަްިދެއްވާނެ ކަމުގެ ޔަޤީން ވަޢުދު އެހެންވީމަ އެކަމަށް ނަޡަރެއް ބަހައްޓަވައިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތޙާލުންވއަރައިގަތޔމަށް އެކަމަށް ފައިސާ ހިމަނުއްވައިފި ބަޔަކަށް ހެއު ރަޙްމަތް ލައްވާށި
ފައިރޫތާ
30 October 2022
ޢަސްލު ޓިންޓިން ތިކަމަށް ދެކޮޅުނޫންތަ