އޮކްޓޫބަރ 30، 2022؛ އިންޑިއާގެ ގުޖުރާތުގައި ކޯރެއްގެ މަތިން އަޅާފައި އޮތް އެލުވާ ބްރިޖެއް ކަނޑައިގެން ގޮސް ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންނާއި ކޯރުގެ ތެރެއަށް ގެއްލިފައިވާ ހޯދުމުގެ މަސައްކަތުގައި އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ޓީމުތައް މަސައްކަތް ކުރަނީ. --އޭއެފްޕީ
31 އޮކްޓޯބަރ 2022 - 08:25
އިންޑިއާގެ ހުޅަނގު ސްޓޭޓެއް ކަމަށްވާ ގުޖުރާތުގައި ކޯރެއްގެ މަތިން އަޅާފައި އޮތް އެލުވާ ބްރިޖެއް ކަނޑައިގެން ކޯރުގެ ތެރެއަށް ރޭ ވެއްޓުނު ހާދިސާގައި މަދުވެގެން 120 މީހަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.
ގުޖުރާތުގެ މޯރްބީ އަވަށުގައި، މައްޗޫ ކޯރު ހުރަސް ކުރުމަށް އަޅާފައި އޮންނަ އެލުވާ ބްރިޖު ކަނޑައިގެން ދިއުމުގެ މި ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން ކޯރުގެ ތެރެއަށް ވެއްޓުނެވެ. ހިނގާ މީހުން ހުރަސްކުރުމަށް، ގާތްގަނޑަކަށް ދޮޅު މީޓަރުގެ ފުޅާމިނުގައި ހަދާފައި އޮތް މި ބްރިޖު ކަނޑައިގެން ގޮސް ކޯރުގެ ތެރެއަށް ވެއްޓުނު ވަގުތު އެ ބްރިޖްގައި 400 ވަރަކަށް މީހުން ތިބި ކަމަށް، މަންޒަރު ދުށް މީހުން ބުނެ އެވެ.
Suspension Bridge in BJP’s Gujarat collapsed. More than 400 people fell into water and got injured!
— YSR (@ysathishreddy) October 30, 2022
To be noted that, this bridge was renovated & opened just 5 days ago.
This is Gujarat’s development 👇 pic.twitter.com/8IQi9LHwZR
މި ހާދިސާގައި ކޯރުގެ ތެރެއަށް ވެއްޓުނީ ކިތައް މީހުންކަން މުޅިން ކަށަވަރު ނުވާތީ އާއި ބްރިޖް ވެއްޓުނުއިރު، ބްރިޖުގައި ތިބީ ކޮން ބައެއް ކަމާއި ކިތައް މީހުންކަން ވެސް ޔަގީން ނުވާތީ، މިހާތަނަށް ގެއްލިފައިވަނީ ކިތައް މީހުންކަމެއް ނޭނގެ އެވެ. މީހުން ހޯދުމުގެ މަސައްކަތް ކުރާ ޓީމުތަކުން ބުނާ ގޮތުގައި، ކޯރުގެ ތެރެއިން މިހާރު ވެސް މަރުވެފައިވާ ބައެއް މީހުންގެ ހަށިތައް ފެންނަމުން ދާތީ، މަރުވި މީހުންގެ ޖުމްލަ އަދަދު އިތުވާނެ ކަމަށް ބެލެވެ އެވެ.
ގުޖުރާތުގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި މި ހާދިސާގައި މަރުވިކަން މިހާތަނަށް ކަށަވަރު މީހުންނަށް ބަލާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިންނެވެ. ސިފައިންނާއި ފުލުހުންގެ އިތުރުން ޑިޒާސްޓާ ރެސްޕޮންސް ޓީމުގެ މެންބަރުން ވެސް މިހާރު އަންނަނީ، މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
WARNING: GRAPHIC CONTENT – At least 81 people were killed in India when a footbridge in Gujarat packed with sightseers enjoying holiday festivities collapsed and plunged them into the river below https://t.co/1zNhS72ymp pic.twitter.com/7IwwpkMUh0
— Reuters (@Reuters) October 31, 2022
ބްރިޖު ކަނޑައިގެން ދިއުމާއެކު ބައެއް މީހުން ބްރިޖުގެ އެކި ތަންތަނުގައި އެލިގަނެގެން އެތައް އިރަކު ތިއްބެވެ. އަދި ކޯރުގެ ތެރެއަށް ވެއްޓުނު، ފަތަން ދަންނަ މީހުން ފަތާފައި އެއްގަމަށް އެރީ އެވެ. ފުލުހުން ބުނި ގޮތުގައި ސަލާމަތީ ބާރުތަކުގެ ޓީމުތައް އެ ސަރަހައްދަށް ގޮސް، 80 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްދިނެވެ.
އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި ބްރިޖު މި ވެއްޓުނީ، މަރާމާތު ކުރުމަށް މީގެ ހަތް މަސް ކުރިން ބަންދުކުރުމަށް ފަހު، މަރާމާތުކޮށް ނިމިގެން އަލުން ބޭނުންކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. މަރާމާތު ކުރުމަށް ފަހު އަލުން ބްރިޖު ހުޅުވީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރު، މީގެ 150 އަހަރު ކުރިން ގުޖުރާތުގެ މައްޗޫ ކޯރުގެ މަތިން އަޅާފައިވާ އެލުވާ ބްރިޖު
ގުޖުރާތު ސަރުކާރުން ބުނި ގޮތުގައި، 15 އަހަރުގެ މުއްދަތަށް ބްރިޖު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް އެ ސަރަހައްދުގެ މުނިސިޕަލްޓީގެ ފަރާތުން މިދިޔަ މާޗް މަހު ހަވާލުކުރީ އޮރޭވާ ގްރޫޕް (އަޖަންތާ މެނުފެކްޗަރިން)އާ އެވެ. ނަމަވެސް މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވައިލި އިރު، އެ ކުންފުނީގެ ފަރާތުން އެކަން ނާންގާ ކަމަށް މުނިސިޕަލްޓީގެ ޗީފް އޮފިސަރު ސަންދީޕްސިންހް ޒާލާ ވިދާޅުވި އެވެ.
އެހެންކަމުން، ބްރިޖް މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވައިލުމުގެ ކުރިން، ބްރިޖުގެ ސަލާމަތީ ރައްކާތެރިކަމާ ބެހޭ އޮޑިޓެއް ހެދުމުގެ ފުރުސަތު މުނިސިޕްލަޓީއަށް ލިބިފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮކްޓޫބަރ 30، 2022؛ އިންޑިއާގެ ގުޖުރާތުގައި ކޯރެއްގެ މަތިން އަޅާފައި އޮތް އެލުވާ ބްރިޖެއް ކަނޑައިގެން ގޮސް ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންނާއި ކޯރުގެ ތެރެއަށް ގެއްލިފައިވާ ހޯދުމުގެ މަސައްކަތުގައި އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ޓީމުތައް މަސައްކަތް ކުރަނީ. --އޭއެފްޕީ
މި އެލުވާ ބްރިޖަކީ އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރު، މީގެ ގާތްގަނޑަކަށް 150 އަހަރު ކުރިން ބިނާކޮށްފައިވާ ބްރިޖެކެވެ. އެ ދުވަސްވަރު މިފަދަ ބްރިޖެއް އިންޑިއާގައި ބިނާކުރުމުން، މި ބްރިޖް ވެފައިވަނީ ގުޖުރާތަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ސަރަހައްދަކަށެވެ.
މި ބްރިޖް ވެއްޓުނު ސީދާ ސަބަބެއް މިހާތަނަށް ސާފުނުވި ނަމަވެސް، އޮރޭވާ ގްރޫޕުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ބްރިޖް ވެއްޓުނީ ގިނަ ބަޔަކު އެއްފަހަރާ ބްރިޖުގެ މެދުތެރޭގައި ތިބެގެން، އުނދޯއްޔެއް ގޮތަށް، ދެ ފަރާތަށް ބްރިޖް ހެއްލަން ފެށުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރެޓޭ
31 October 2022
ދޮންކަލޯ ތިޔަ ބުރިޖް ވެއްޓުނީ މަރާމާތު ކުރީތާ ބަރާބަރު 1 ހަފްތާ ފަހުން! އެހެންވީމާ އެ މީހުން ޔައުނީ އިންޑިޔާ މީހުންގެ މަސައްކަތުގެ ފެންވަރާ މަސައްކަތުގައި ފަރުވާ ބަހައްޓާ މިންވަރު މިއިން ހާމަވޭ! އިންޑިޔާ މީހުން ރާއްޖޭގައި ކޮށްފައިހުރި ކޮލަޓީ މަސައްކަތެއް ހުރިއްޔާ ެޭކޮމެންޓް ކޮށްދީބަލަ!
ގަބު ގަބު
31 October 2022
އެމް.ޑީ.ޕީ ފެއިލްވެއްޖެޔޭ! ވިލިމާލެ ބްރިޖުގެ ތަންތަން ނެއްޓެނީޔޭ.
ނާއިމް
31 October 2022
ވިލިމާލެ ބްރިޖުގެ ހާލަތަކަށްވާނީވެސް ތިޔަހެން... މިހާރުވެސް ތަންތަން ނެއްޓި ވިލިމާލެފަރަށް އަރަނީ.... ކަމެއް ކުރެވުނީއެއްނޫން. އެމް.ޑީ.ޕީއަކީ މި ޤައުމުގެ ހަލާކު.
ށަވިޔަނި
31 October 2022
އެއީ 170 އަހަރަށްވުރެ ގިނަދުވަސްވީ ފާލަމެއް. ހިންދިންގެ ތެހެވާރު ތަކުގައި ގިނަ މީހުން އެއްވުމުން މިފަދަ ހާދިސާތައް ހިނގުން އިންޑިއާގަ ވަރަށް އާންމު. އެމްޑީޕީ އާއި ވިލިމާލެ ބްރިޖާ މި ހާދިސާއާ ކޮން ގުޅުމެއް.