ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ މަންމާފުޅާއި އާއިލާގެ ބައެއް ބޭފުޅުންނާ އެކު. .-- ފޮޓޯ: ނާޖިހު ދީދީ
31 އޮކްޓޯބަރ 2022 - 13:00
ރާއްޖޭގެ ތާރީހު ދިރާސާކުރައްވާ މުހައްމަދު ނާޖިހު ދީދީ، ސޯޝަލް މީޑިއާ އަށް އިއްޔެ ފޮޓޯއެއް ދޫކޮށްލެއްވީ އޭގައި ތިބި ބަޔަކު ޔަގީންކުރައްވާށެވެ. ރާއްޖޭގެ ރަށެއްގައިި ވަރަށް ކުރިން ނަގާފައިވާ ފޮޓޯ ހިއްސާކުރެއްވި އިރު، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާ ބޭފުޅުން ކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ.
ނާޖިހު އަށް ޖަވާބު ދެއްވީ ކުރިން ވެސް އެ ފޮޓޯ ފެނިވަޑައިގެން ހުންނެވި ރައީސްގެ ކޮއްކޯފުޅު އައިޝަތު މުހައްމަދު ސޯލިހެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފޮޓޯގައި ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނެވެ. ފޮޓޯގައި މަންމާފުޅުގެ އަރިހުގައި ނޫކުލައިގެ ގަމީސްކޮޅެއް ތުރުކުރައްވައި ހިނިތުންވެވަޑައިގެން އިންނެވީ ރައީސް އެވެ. ދެން ތިއްބެވީ އެއްބަނޑު އެއްބަފާ ބޭފުޅުންނެވެ.
ފޮޓޯއިން ސިފަވަނީ، ރައީސްގެ ތުއްޕުޅު ހަޔާތުން ދުވަހެކެވެ.
ނާޖިހު ވިދާޅުވި ގޮތުގައި އެ ފޮޓޯއަކީ 1974 އާއި 1976އާ ދޭތެރޭގައި ރާއްޖެ ޒިޔާރަތްކުރެއްވި ކްލެރެންސް މެލޮނީ ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ ނާޖިހަށް ލިބުނީ ޕްރޮފެސާ ފްރޭންކް ހައިޑަންގެ ފަރާތުންނެވެ. ސޯޝަލް މީޑިއާގައި އެ ފޮޓޯ ހިއްސާ ކުރެއްވީ، ނާޖިހު ވިދާޅުވި ގޮތުގައި ކޮން ބައެއްކަން ހޯއްދެވުމަށެވެ.
ފޮޓޯގައި އިންނެވި ތުއްޕުޅު ބޭފުޅަކު ރައީސްއާ ކޮންމެވެސް ވަރަކަށް ވައްތަރުވި ނަމަވެސް ޔަގީން ނުކުރެއްވުނީ އެހާ ތުއްޕުޅު ފޮޓޯއެއް ކުރިން ފެނިވަޑައިގެންފައި ނުވާތީ އެވެ.
މިހާތަނަށް އާއްމުވެފައި ވަނީ ރައީސްގެ ޒުވާން ދުވަސްވަރުގެ ފޮޓޯއެކެވެ. އެއީ، ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރު ވެސް އެންމެ ގާތް އެކުވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ނަންގަވާފައިވާ ފޮޓޯއެކެވެ.
#DhivehiArchives
— Dhivehi Archives by Naajih Didi (@NaajihDidi) October 30, 2022
A group of Maldivians from the 1970's. This was captured on one of the islands of the Maldives between 1974 and 1976. Do any of you know any of the people in this picture?
📷 Clarence Maloney / 1974-1976
Via Professor Frank Heidemann pic.twitter.com/5ju2qg0zNE
ޅ. ހިންނަވަރަށް އުފަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ ތާރީހުގައި ވެސް އަތޮޅު ތެރޭގެ ފުރަތަމަ ރައީސް އެވެ. އެމަނިކުފާނުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
02 November 2022
ރައީސް ބޭފުޅާގެ ކުޑައިރު ވަރަށް ނަލަ ފޮޓޯއެއް ! ނާޖިހު ޑީ ޑީ ގެ މިފޮޓޯ ތަކުން އެއިރު ގެ އަހަރުމެން ގެ ދިރިއުޅުން ވަރަށް ރީއްޗަށް ދައްކާލަދޭ.. ޝުކުރަން ޏާޖިހު!
ތޔކހ
01 November 2022
ރާއްޖެ ތެރެ ތަރައްގީ ކޮއް ނިމޭއިރު ރާއްޖެ ތެރޭ މީހުން ތިބޭނީ ނިކަމެތި ވެފަ ޖީއެސްޓީ ބޮޑު ކުރީމަ
ވީ ޑޯންޓު ކެއާ
31 October 2022
ހޫން ދެން އަހަރުންނައް ކީއްތަ؟ މިއަދުވެސް ތިޔަމީހަކު ޓެކްސް ބޮޑުކުރަން ހިފާފަ އެހެރީ ރައްޔިތުން ބިކަކުރަން
ތަލްވާރޭ
31 October 2022
އަހަރުން ދެން މުޅިންވެސް ހޮވާނީ އަތޮޅުތެރެއިން ރައީސުން
ގުޑުގުޑާގުޑަސްޓް
01 November 2022
ބޮޑަށް ރަނގަޅީވެސް މާލޭގެ ގެއަކާ ނުގުޅިހުރި ބޭފުޅަކު.
ކިމް
31 October 2022
ލޮލް ސޯ ފޭކް
ކިތާބީ މަރީ
31 October 2022
ބަލަ އަތޮޅުތެރޭގަ ނޫން ގޮތަކަށް ރާއްޖެގެ އެއްވެސް ހިކިފަސްތަނެއް އެބަ އޮތްބާ އަތޮޅުތެރއަކީ ކޮބައިތަ
ޙގފދ
31 October 2022
ޢެ ފޮޓޯ ހަމަ ފެނިފަ އެއީ އިބޫކަން ޔަގީންވި
ޖަމީލުބެ
31 October 2022
ތުއްޕުޅުއިރުވެސް ހަމަ ހިނިތުން ވުމާއިއެކު! ما شاء الله
ޟަޏު
31 October 2022
މަށަށް އެކަނި ހީވާގޮތްތަ އަރިމަތީގަ ހުރި ސޮރު ހީލާފަ ހުރި ގޮތުން ހީވަނީ ހަމަ އަންނިހެން.އެކަހަލަ ލާނެއް ގޮތަކަށް އެސޮރު އެ ހުރީ.
ކާކު ހިތަށް އަރާނީ؟؟؟
31 October 2022
ކަނޑިކި ފޮތިން ފަހާފައި ހުރި ޖަނގިޔާއެއް ވަރުގެ، ސޯޓުބުރިއެއް ލައިގެން ޖޯލީގައި އޭނދަ ކުއްޖާއަކީ 2018 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޭ ހިތަށް އަރާނީ ފަހެ ކާކުހެއްޔެވެ؟